ޖަޕާނުގެ ހޮޓަލެއްގައި މަތިންދާބޯޓު ދުއްވިދާނެ

ޗުއްޓީއަކަށް ތަނަކަށް ދާއިރު އަބަދުވެސް ތަފާތު ކަންކަން ތަޖުރިބާ ކުރެވޭ ކަހަލަ ތަންތަނަށް ދާން ގިނަ ބަޔަކު އިސްކަން ދެ އެވެ. އެހެންވެ ޖަޕާނަށް ޗުއްޓީއަކަށްދާ ނަމަ މި ވެސް ހަމަ ޖައްސާލަން ހަމަ ޝައުގުވެރި ތަނަކަށް ވެދާނެ އެވެ.


ދާންވީ ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ ހަނޭޑާ އިންޓަނެޝަލް އެއާޕޯޓް ކައިރީގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ހޮޓާ ހަނޭޑާ އެކްސެލް ހޮޓެލް ޓޮކްޔޫއަށެވެ.

މިތަނުގެ ކޮޓަރިއެއް ވަނީ މަތިންދާބޯޓެއްގެ "ކޮކްޕިޓާ" އެކު އެތައް ބައެއްގެ ސަމާލު ކަމަށް ވެސް އައިސްފަ އެވެ. މަތިންދާބޯޓެއް އޮޕަރޭޓް ކުރެވޭނެ ފުރިހަމަ ސިމިއުލޭޓާއެއް މި ކޮޓަރި ހިފާ މީހުންނަށް ތަޖުރިބާކޮށްލެވޭނެ އެވެ. މިއީ 90 މިނިޓްގެ އުދުހުމެއްގެ ތެރެއަށް ގެންގޮސްދޭނެ ތަނެކެވެ.

މިކަމަށް ހޭދަކުރަން ޖެހޭ އަގުތަކަށް ބަލާ އިރު، ހަމައެކަނި ކޮޓަރީގެ އަގަށް ރެއަކަށް 25،300 ޔެން (234 ޑޮލަރު) ހޭދަ ކުރަން ޖެހޭނެ އެވެ. އަދި ސިމިއުލޭޓާ އަށް ވަކިން 30،000 ޔެން (277 ޑޮލަރު) ދައްކަން ޖެހޭނެ އެވެ.

މި އަގު ދައްކާލައިގެން ބޮއިން 737-800 މަރުކާގެ މަތިންދާބޯޓެއް ދުއްވައިލުމުގެ އިހުސާސްކޮށްލެވޭނެ އެވެ. މި "ދަތުރުމަތީގައި" އެހީތެރިޔަކާ އެކު ހަނޭޑާ އިން އޮސާކާގެ އިޓާމީ އެއާޕޯޓަށް "ދަތުރުކޮށްލެވޭނެ" އެވެ.

މުޅިން ތަފާތު ގޮތަކަށް ފަރުމާ ކުރި "ސުޕީރިއާ ކޮކްޕިޓް ރޫމާ" ބެހޭ ގޮތުން ހަނޭޑާ އެކްސެލް ހޮޓެލް ޓޮކްޔޫގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަކީ ހަގިވާރާ ބުނީ މިއީ ކަސްޓަމަރުންނަށް މުޅިން ތަފާތު ކަމެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި މިކަމަށް 10 މިލިއަން ޔެން (92،000 ޑޮލަރު) ހަރަދު ކުރި އެވެ.

"އެންމެ ބޮޑު ޓާގެޓަކަށްވީ މިހާރު ޓޯކިއޯގައި ހުރި ހޮޓެލްތަކުން ނުލިބޭ ކަހަލަ މުޅިން ތަފާތު ހިދުމަތެއް، ތަފާތު ތަޖުރިބާއެއް ކަސްޓަމަރުންނަށް ހޯދައި ދިނުން،" އަކީ ބުންޏެވެ.

"ސުޕީރިއާ ކޮކްޕިޓް ރޫމާ" އަށް އާންމުކޮށް ބުކިންސް އަށް ހުޅުވައިލަން ހަމަޖެހިފައި ވަނީ މި މަހުގެ 18 ގަ އެވެ.