އެންމެ މުހިންމު މިނިވަންކަމަކީ ހައްގު ނޫން ފަރާތްތަކަށް އަޅުވެތިވުމުން މިންޖުވުން

މިނިވަންކަމަކީ ކޮންމެ އިންސާނަކަށް ވެސް ފިޠުރީ ގޮތުން، އެބަހީ އޭނާގެ ޠަބީޢަތު ނިޔާކުރާގޮތުން، ބޭނުންވާ ކަމެކެވެ. އެއްވެސް މީހަކު އަނެކެއްގެ އަޅުވެތިކަމުގެ ދަށުގައި އުޅޭކަށް ބޭނުމެއް ނުވާނެ އެވެ. އެހެންނަމަވެސް މިއާ އެކު އިންސާނީ އެހެން ފިޠުރަތެއްގެ ދަށުން އެއްކައުވަންތަ ފަރާތަށް ބޯލަނބައި އަޅުވެތިވާން ވެސް ބޭނުންވެ އެވެ. ކީރިތި ޤުރްއާނުގައި ﷲ އަންގަވަނީ އެއީ އެ ފިޠުރަތެއްގެ މަތީ އިންސާނާ ހެއްދެވިގެންވާ، އަދި އެއަށް ބަދަލު ނާންނާނެ ފިޠުރަތެއް ކަމަށެވެ. (އައްރޫމް 30). މި ފިޠުރަތަށް ތަބާވުމުގައި، ބައެއް އިންސާނުން އެއްކައުވަންތަ ފަރާތް ދެނެގަތުމުގައި ނުބައިކޮށް ފަހުމް ކުރެ އެވެ. ނުވަތަ ވެށީގެ ތެރެއިން ކުރެވޭ ތަޖުރިބާތަކުގެ ސަބަބުން މި ފިޠުރަތުން އެއްފަރާތަށް ބައެއް ފަހަރު ޖެހިލެވެ އެވެ. ނަތީޖާއެއްގެ ގޮތުން ﷲ އަށް އީމާން ނުވެ ހިނގައިދެއެވެ. ނަމަވެސް މީގެ މާނަ އަކީ މި ފިޠުރަތު އޭގެ ޒާތުގައި ނެތިގެން ދިއުމެއް ނޫނެވެ.


މިނިވަންކަން ބޭނުންވުމުގެ ފިޠުރަތާއި، އެއްކައުވަންތަ ފަރާތަށް ކިޔަމަންވުމުގެ ފިޠުރަތު ފުށުއެރުމެއް ނެތި އެކުއެކީ ފުރިހަމަ ވެގެންދާނީ އެއްކައުވަންތަ ފަރާތް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުވެތިނުވެ ތިމާ މިނިވަން ވެގެންނެވެ. މިކަމަށްޓަކައި ﷲ ފިޔަވައި އެހެން ފަރާތްތަކަށް އިންސާނުން އަޅުވެތިވާ އަޅުވެތިވުމުން މިނިވަންކުރަން އިސްލާމް ދީން މަސައްކަތް ކުރެއެވެ. މިއީ އިސްލާމް ދީނުގެ އެންމެ މަތީ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ހަމަ އެހެންމެ މިއީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެއް އުސޫލެވެ.

ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތި ނުވުމަށް ކީރިތި ޤުރުއާނުގައި ގޮވާލަ އެވެ. މިގޮތުން ތައުޙީދުގެ ޢަޤީދާއަށް ގޮވާލައްވައެވެ. އަދި ޝިރުކު، އޭގެ ހުރިހާ ސިފައެއްގައި މަނާ ކުރައްވަ އެވެ. އެބަހީ، އިންސާނުން އެހެން އިންސާނުންނަށް ނުވަތަ ހައިވާނުންނަށާއި ދިރުން ނެތް އެއްޗެއްސަށް ނުވަތަ ވަހުމްތަކާއި ލައްޒަތުތަކަށް އަޅުވެތިވާ އަޅުވެތިވުމުން ސަލާމަތްވާން އަންގަވަ އެވެ. އަދި ހަމައެކަނި އަޅުވެތިވުން ހައްގު، އަދި އަޅުވެތިވުން ލާޒިމު ފަރާތަށް އެކަނި އަޅުވެތިވާން ތަކުރާރުކޮށް އަންގަވަ އެވެ.

މިފަދަ އުސޫލުތައް އިސްލާމް ދީނުގައި ވަނީ އެއްބައިވަންތަ އިންސާނިއްޔަވަންތަ ޢާލަމެއް މި ބިމުގައި ގާއިމު ކުރުމަށެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ އެހީތެރިވާ އިންސާނިއްޔަ ޢާލަމެއް މި ބިމުގައި އޮތުމަކީ ކީރިތި ޤުރުއާނުގެ މަތިވެރި މަޤުޞަދުތަކުން އެއް މަޤުޞަދެވެ. ހަމައެއާ އެކު މުއުމިނު އުންމަތެއް ގާއިމު ކުރުމަށް ވެސް މިފަދަ މަޤުޞަދުތަކާއި އުސޫލުތައް ކަނޑައެޅިފައިވެ އެވެ. މިގޮތުން ވަކި ހަމަތަކެއްގެ މަތީ މުއުމިނު އުންމަތެއް ގާއިމު ކުރުމަށް އިސްލާމްދީން ގޮވާލަ އެވެ. މީގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެ އުންމަތް އޭގެ އަމިއްލަ ނަފްސަށް އެހެން އުންމަތްތަކާ ގުޅުމެއް ނެތި އޮތުމެއް ނޫނެވެ. ހަގީގަތުގައި އިސްލާމީ ރިސާލަތަކީ އާލަމީ ރިސާލަތެއްކަން ކީރިތި ޤުރުއާންގެ އެންމެ ފުރަތަމަ ސޫރަތްތަކުގައި ވެސް ހާމަ ކުރައްވަ އެވެ. އަދި އެއީ އެންމެހާ އިންސާނުންނަށްޓަކައި އޮތް ރަޙުމަތެއްކަން ވެސް ބަޔާން ކުރައްވަ އެވެ. އަލްއަންބިޔާއު ސޫރަތުގެ 107 ވަނަ އާޔަތާއި އަލްފުރުޤާނު ސޫރަތުގެ ފުރަތަމަ އާޔަތާއި ޞާދު ސޫރަތުގެ 87 ވަނަ އާޔަތާއި މިނޫންވެސް އެހެން އާޔަތްތަކުން ވަރަށް ސަރީހަކޮށް މިކަން ސާފުވެ އެވެ.

މި ސަބަބުތަކަށްޓަކައި އިސްލާމީ އުންމަތަށް ތަބާވާ މީހުންގެ މައްޗަށް ލާޒިމުވާ އެއް ކަމަކީ މި ޢާލަމީ ރިސާލަތު މުޅި ޢާލަމަށް ފޯރުވުމެވެ. މި ރިސާލަތުގެ ހެޔޮކަމާއި މީގެ ނޫރު އެހެންބަޔަކާ ހަމައަށް ފޯރިޔަ ނުދީ ހިފެހެއްޓުމުގެ ހައްގެއް އިސްލާމީ އުންމަތަކަށް ލިބިގެނެއް ނުވެ އެވެ. ތިމަންމެންނަށް މިމަތިވެރި ހިދާޔަތުން ހިދާޔަތު ލިބުމަށް ފަހު އެހެން އެންމެންނަށް މި ހިދާޔަތު ލިބޭތޯ މަސައްކަތް ކުރުން ލާޒިމު ވާނެ އެވެ. އެންމެ ހެޔޮ އުންމަތެއް ކަމުގައި މުސްލިމު އުންމަތް ވަނީވެސް ﷲ އަށް އީމާން ވުމާ އެކު ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރާތީ އެވެ. އިސްލާމް ދީނަށް ވަނުމަށް އެހެން މީސްތަކުންނަށް ގޮވާލާ ގޮވާލުމަކީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީސްތަކުންގެ ތެރެއަށް އެންމެ ހެޔޮ އުންމަތެއްގެ ގޮތުގައި އެ އުންމަތް ނެރެވިގެން ވަނީ މީސްތަކުންނަށް ހެޔޮ މަގު އަންގައިދިނުމަށެވެ. މީސްތަކުން އަނދިރިން އަލިކަމުގެ ތެރެއަށް ނުކުންނާނެ ގޮތް ދަސްކޮށް ދިނުމަށެވެ.

މާލެ: ޖުލައި 26، 2017: ދިވެހިރާއްޖެ މިނިވަންވިތާ 52 އަހަރު ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ބޭއްވި މިނިވަންދުވަހުގެ ކުޅިވަރުތަކުގެ ތެރެއިން: ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ޝަރަފްކޮށްދެއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓްގެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި .---މިހާރު ފޮޓޯތައް: ހުސައިން ވަހީދު / މިހާރު

ވީމާ އިސްލާމީ އުންމަތުގެ ޢާލަމިއްޔަވަންތަކަމާއި އެ ދީނުގެ ރަޙުމަތް ފާޅުވެގެން ދިއުމަށްޓަކައި ކީރިތި ޤުރުއާނުގެ ޒަރީއާ އިން އެ ދީން ގޮވާލާ މަތިވެރި އުސޫލުތަކަށް އެންމެހާ އިންސާނުން އަހުލުވެރި ކުރުވަން ޖެހެއެވެ. މިދެންނެވި އުސޫލުތަކުގެ ތެރެއިން، އެއް އުސޫލަކީ ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތިވާ އަޅުވެތިވުމުން އިންސާނާ މިންޖު ކޮށްދިނުމެވެ. ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތި ނުވުމަށް ކީރިތި ޤުރުއާނުގައި ގޮވާލަ އެވެ. މިގޮތުން ތައުޙީދުގެ ޢަޤީދާއަށް ގޮވާލައްވައެވެ. އަދި ޝިރުކު، އޭގެ ހުރިހާ ސިފައެއްގައި މަނާ ކުރައްވަ އެވެ. އެބަހީ، އިންސާނުން އެހެން އިންސާނުންނަށް ނުވަތަ ހައިވާނުންނަށާއި ދިރުން ނެތް އެއްޗެއްސަށް ނުވަތަ ވަހުމްތަކާއި ލައްޒަތުތަކަށް އަޅުވެތިވާ އަޅުވެތިވުމުން ސަލާމަތްވާން އަންގަވަ އެވެ. އަދި ހަމައެކަނި އަޅުވެތިވުން ހައްގު، އަދި އަޅުވެތިވުން ލާޒިމު ފަރާތަށް އެކަނި އަޅުވެތިވާން ތަކުރާރުކޮށް އަންގަވަ އެވެ.

އަހުލު ކިތާބީން އެމީހުންގެ ޢިލްމުވެރިންނާއި ރާހިބުން އަދި ޢީސާގެ ފާނު ކަލުން ކަމުގައި ބެލި ނަމަވެސް ކީރިތި ޤުރުއާން ބަޔާން ކުރައްވަނީ މީސްތަކުންނަށް އަމުރުވެވިގެން ވަނީ ހަމައެކަނި މާތް ﷲ އަށް އަޅުވެތިވުމަށް ކަމަށެވެ. (އައްތައުބާ 13). ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކިއެކި ގައުމުތަކުގެ ވެރިންނަށް އިސްލާމް ދީނަށް ގޮވާލެއްވުމަށް ފޮނުއްވެވި ފަތްކޮޅުތައް ނިންމަވާލައްވާފައި ވަނީ ވެސް ކީރިތި ޤުރުއާނުގައި އެއްކައުވަންތަކަމަށް ގޮވާލާ ވަރަށް މުހިންމު އާޔަތަކުންނެވެ. (އާލްޢިމްރާން 46). އެ އާޔަތުގައި، އެއްބަޔަކު އަނެއް ބަޔަކު ﷲ ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުބަލަން އަމުރު ކުރައްވާފައި ވެ އެވެ.

މި ގޮވާލެއްވުމަކީ ހަގީގަތުގައި އިންސާނިއްޔަވަންތަ ޢާލަމެއް މި ބިމުގައި ގާއިމު ކުރުމަށް ކުރެވުނު މުހިންމު އިޢުލާނެކެވެ. އިންސާނުން އެއްބަޔަކު އަނެއް ބަޔަކަށް ސަޖިދަ ޖެހުން އެ ހިސާބުން ހުއްޓުނު ކަމުގެ އިޢުލާނެކެވެ. ނިއްކުރިތައް އުފުލުމުގެ ވަގުތު ޖެހިއްޖެ ކަމާއި ސަޖިދަ ޖެހުން ހަމައެކަނި އެ ނިއްކުރިތަކުގެ ވެރި ފަރާތަށް ނޫނީ ނެތް ކަމުގެ އިއުލާނެކެވެ. ބުރަކަށިތައް ތެދުކުރުމުގެ ވަގުތު އަތުވެއްޖެ ކަމާއި ގުދުވެ ކުރުނީސްކުރުން ހަމައެކަނި އެ ބުރަކަށިތައް ޚަލްޤު ކުރެއްވި ފަރާތަށް ނޫނީ ނެތް ކަމުގެ އިޢުލާނެކެވެ.

މި ގޮވާލެއްވުމަކީ ހަގީގަތުގައި އިންސާނިއްޔަވަންތަ ޢާލަމެއް މި ބިމުގައި ގާއިމު ކުރުމަށް ކުރެވުނު މުހިންމު އިޢުލާނެކެވެ. އިންސާނުން އެއްބަޔަކު އަނެއް ބަޔަކަށް ސަޖިދަ ޖެހުން އެ ހިސާބުން ހުއްޓުނު ކަމުގެ އިޢުލާނެކެވެ. ނިއްކުރިތައް އުފުލުމުގެ ވަގުތު ޖެހިއްޖެ ކަމާއި ސަޖިދަ ޖެހުން ހަމައެކަނި އެ ނިއްކުރިތަކުގެ ވެރި ފަރާތަށް ނޫނީ ނެތް ކަމުގެ އިއުލާނެކެވެ. ބުރަކަށިތައް ތެދުކުރުމުގެ ވަގުތު އަތުވެއްޖެ ކަމާއި ގުދުވެ ކުރުނީސްކުރުން ހަމައެކަނި އެ ބުރަކަށިތައް ޚަލްޤު ކުރެއްވި ފަރާތަށް ނޫނީ ނެތް ކަމުގެ އިޢުލާނެކެވެ. އެންމެހާ އިންސާނުންނަކީ ޢިއްޒަތާއި ގަދަރު ލިބިގެންވާ ބައެއް ކަމާއި ނިކަމެތިވެ ޛަލީލަކަށް ވުން އޮތީ ހަމައެކަނި ކުޅަދުންވަންތަ އެއްކައުވަންތަ ފަރާތުގެ ކުރިފުޅުމަތީ އެކަނިކަން ހާމަ ކުރެއްވުމުގެ އިޢުލާނެކެވެ. ބިރުވެރިކަމާއި އަދި އުއްމީދުތަކާއެކު ވެސް އެންމެހާ ހިތްތައް ކުރިމަތި ކުރަން އޮތް ހަމައެކަނި ފަރާތަކީ ﷲ އެވެ. އަދި އެންމެހާ ޝަރުޢުތަކެއް ކަނޑައެޅުއްވުމުގެ މިލްކުވެރިކަން ލިބިގެން ވަނީވެސް ހަމައެކަނި އެ ފަރާތަށެވެ.

މި ހުރިހާ ސަބަބުތަކަށްޓަކައި އަޅުވެތިވުން އޮތީ ހަމައެކަނި އެ ފަރާތަށެވެ. އެހެން ފަރާތްފަރާތަށް އަޅުވެތި ވުމަކީ އެއްބައިވަންތަ އިންސާނިއްޔަވަންތަ ޢާލަމެއް މި ބިމުގައި ގާއިމު ކުރުމަށް ހުރަސް އެޅޭނެ ކަމެކެވެ. އަދި އިންސާނާ އަށް އެންމެ ފުރިހަމަ ގޮތުގައި މިނިވަންކަން ލިބުން އޮތީވެސް ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތިވުން ދޫކޮށްލައިގެންނެވެ. މި ތަނުގައި ފުރިހަމަ މިނިވަންކަމޭ މި ބުނާ ބަހުގެ މާނައަކީ އެ މިނިވަންކަމަކުން އިންސާނާ އަށް މި ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ގެއްލުމެއް ނުލިބޭ ގޮތަށް ލިބިގެންދާ މިނިވަންކަމެވެ. ނުވަތަ ގެއްލުމެއް ނުލިބޭ ގޮތުގައި ތިމާ ބޭނުންކުރާ މިނިވަންކަމެވެ. އެއްވެސް މަރުހަލާއެއްގައި ތިމާ އަށް ގެއްލުމެއް ލިބޭ ކަމެއް ކުރުމަށް ތިމާ އަށް މިނިވަންކަން ލިބިފައި އޮތަސް އެ މިނިވަންކަމުގެ ބޭނުން އެ ގޮތަށް ހިފުމަކީ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ނުހިފުމެވެ. ވީމާ ފުރިހަމަ އަދި ފައިދާހުރި މިނިވަން ކަމެއް ތިމާ ބޭނުންވާ ނަމަ ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތިވުން ދޫކޮށްލަން ޖެހެ އެވެ.