އިންސްޓަގްރާމް ވެސް އަނދިރިވެއްޖެ

އިންސްޓަގްރާމް އަށް ޑާކް މޯޑް މި އޮތީ އައިސްފަ އެވެ. އެކަމަކު ވެސް، އިންސްޓަގްރާމް އެޕްލިކޭޝަންގެ ތެރެއިން މިކަން ވާކަށް އަދި ނެތެވެ. އިންސްޓްގްރާމް ޑާކް މޯޑަށް ބަދަލުކުރަން އެދޭ ނަމަ ޖެހެނީ، ތިޔަ ގެންގުޅޭ ފޯނު، ޑާކް މޯޑަށް ބަދަލުކޮށްލާށެވެ.


އައިފޯން، އައިއޯއެސް 13 އަށް އަޕްޑޭޓްކުރުމުން، އިންސްޓަގްރާމް ޑާކް މޯޑަށް ބަދަލުކޮށްލެވެ އެވެ. އެންޑްރޮއިޑް 10 އަށް އޮޕަރޭޓިން ސިސްޓަމް ބަދަލުކޮށްލެވޭ ނަމަ، އެންޑްރޮއިޑް ފޯނުތަކުން ވެސް މިކަން ކުރެވެ އެވެ. ފޯނުގެ ސެޓިން އަށް ވަންނާށެވެ. އެ އަށް ފަހު "ޑިސްޕްލޭ އެންޑް ސެޓިން" އަށް ވަދެ "ޑާކް މޯޑް" އަށް ބަދަލުކޮށްލާށެވެ. އެންޑްރޮއިޑް ފޯނުތަކުގައި ވެސް ދާދި އެއް ކަހަލަ ގޮތަކަށެވެ.

އިންސްޓަގްރާމްގައި ތަބީއަތުގައި ޑާކް މޯޑެއް އަދި ނެތެވެ. ނަމަވެސް، މިކަން ވެސް ކޮށްފާނެ ކަމަށް އެބަ ބެލެވެ އެވެ. އެހެން ހުރިހާ އެންމެންނަށް ވުރެ އަވަހަށް، އިންސްޓަގްރާމް ޑާކް މޯޑް ތަޖުރިބާކުރަން އެދޭ ނަމަ، "އަޕްޑޭޓް"އެއް ހުރިތޯ އަބަދާއި އަބަދު ބަލަބަލާ ހުންނާށެވެ.

ސްމާޓްފޯން އެޕްލިކޭޝަންތަކުގައި ޑާކް މޯޑަކީ މިހާރު ވަރަށް މަޝްހޫރު ފީޗާއެކެވެ. ވިންޑޯޒް އަދި މެކް ބޭނުންކުރާ މީހުންނަށް ވެސް، ޑާކް މޯޑަކީ ހިތްގައިމު ފީޗާއެކެވެ. ޑާކް މޯޑްގެ އެންމެ މުހިންމެ ކަމަކީ، ލޮލަށް ފަސޭހަވުމެވެ. ގިނައިރު ބެޓެރީ ބާރު ދަމަހައްޓަން އެދޭ ނަމަ ޑާކް މޯޑް އަކީ ބޭނުންތެރި ފީޗާއަކަށް ވާނެ އެވެ.

ސްމާޓްފޯން އެޕްލިކޭޝަން އުފައްދާ ކުންފުނިތަކުން ވެސް ޑާކް މޯޑް އަށް ބޮޑު ސަމާލުކަމެއް ވަނީ ދީފަ އެވެ. ޔޫޓިއުބް، ކްރޯމް، ވައިބާ އަދި ޓެލެގްރާމް ފަދަ ސޯޝަލް އެޕްލިކޭންތަކުގައި ވެސް ޑާކް މޯޑް ވަނީ ހިމަނައިފަ އެވެ.