މީގެ އަހަރުތަކެއް ކުރިން ފެނުނު ނަމަވެސް މިހާތަނަށް ނަމެއް ދީފައި ނެތް ސޫތްޕަކަށް، މޫސުމަށް އަންނަ ބަދަލުތަލާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ އަދި ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ސްވިޑްންގެ ގްރެޓާ ތަމްބާގް ނަމާ ގުޅުވައިގެން ނަން ދީފި އެވެ.
އުމުރުން 16 އަހަރުގެ ދަރިވަރުގެ ނަމާ ގުޅުވައިގެން ނަން ދިނީ 60ގެ އަހަރުތަކުގެ ތެރޭގައި ކެންޔާ އިން ފެނުނު ބީޓްލްގެ ވައްތަރަކަށެވެ. އެއަށް މިހާރު ދީފައިވާނަމަކީ ނެލޯޕްޓޯޑްސް ގްރެޓާ އެވެ. މި ސޫތްޕަކީ ލޮލާއި ފިޔަގަނޑެއް ވެސް ނުހުންނަ، މިލިމީޓަރެއްގެ ސައިޒުގައި އޮންނަ މުށިކުލައިގެ އެއްޗެކެވެ. އަދި ބޮލުގެ ދެ ފަރާތުގައި ދެ ނަރުވާ ވެސް ހުރެ އެވެ.
'You are never too small to make a difference.'
— Natural History Museum (@NHM_London) October 25, 2019
A new species of miniature beetle has been named after @GretaThunberg, in recognition of her advocacy for climate action and protecting the natural world 🌍🐞 https://t.co/BWMgS2VbcM
އިނގިރޭސިވިލާތުގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމްގެ ފަރާތުން ސައިންޓިސްޓް ޑރ. މައިކަލް ޑާބީ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި ގްރެޓާގެ ނަމާ ގުޅުވައިގެން މިއަށް ނަން ދިނީ ތިމާވެށީގެ ހިމާޔަތަށް އޭނާ ކުރާ ހިތްވަރު ގަދަ މަސައްކަތާ ހެދި އެވެ.
"އޭނާގެ އެ މަސައްކަތަކީ އެތައް ބަޔަކަށް ނަމޫނާ މަސައްކަތެއް. އަދި ތިމާވެށީގެ ހިމާޔަތުގައިކުރާ ވަރަށް ވެސް އަގުހުރި މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މަޝްހޫރު އަދި ނުފޫޒު ގަދަ ބައެއް މީހުންގެ ނަމާ ގުޅުވައިގެން އެކި އެ އެ ޗިއްސަށް ނަން ދިނުމަކީ ވަރަށް އާންމު ކަމެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކުރަފި
27 October 2019
އޮހޮހޯ. ތިޔަކަން މަށަށް ސިފަވަނީ ކުރި ޖެއްސުމަކަށް. އެ ކުއްޖާ އަދި ބޮޑުވެސް ވާނޭ ވިއްޔަ.