އަންހެނުންނަށް ވުރެ ފިރިހެނުންނަކީ ސަކަ، މަޖާ އަދި ސަމާސާ ބޮޑު ބައެއް ކަމަށް ދިރާސާއެއްގައި ބުނުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެމެރިކާގެ ނޯތު ކެރޮލައިނާ ޔުނިވަސިޓީ އާއި އެބެރީޒްޓްވިތު ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާގައި ބުނިގޮތުގައި އެވްރެޖްކޮށް އަންހެނުންނާ އަޅާބަލާ އިރު ފިރިހެނުންނަކީ 63 ޕަސެންޓް މަޖާ އަދި ސަކަ ބައެކެވެ.
މި ދިރާސާ ހަދާފައި ވަނީ މިކަމާ ބެހޭ ގޮތުން ކުރިން ހޯދާފައިވާ 28 ހޯދުމެއް އެނަލައިޒްކޮށްގެންނެވެ. އެގޮތުން އޭގައި ދެ ޖިންސްގެ 5،000 މީހުންގެ ހިއުމާ ޓެސްޓްކޮށްފައިވެ އެވެ. މިކަން ކޮށްފައި ވަނީ ދެ ޖިންސްގެ މީހުން ލައްވައި ފޮޓޯތަކަކަށް ކެޕްޝަން ލިޔުއްވައިގެންނެވެ. އަދި އެ ފޮޓޯތަކުގެ ކެޕްޝަންތައް ޖަޖުންގެ ޕެނެލަކުން ޖަޖްކުރި އިރު، ފޮޓޯތަކުގައި ކެޕްޝަން ލިޔުނީ ސީދާ ކޮން ޖިންސެއްގެ މީހެއްކަން ޖަޖުންނަކަށް ނޭނގެ އެވެ.
ނަމަވެސް ޖަޖުންގެ ނަތީޖާތަކަށް ބަލާއިރު، ކެޕްޝަން ލިޔުނު މީހުންގެ ތެރެއިން ފިރިހެނުން ލިޔުނު ކެޕްޝަންތައް މާ މަޖަލެވެ.
"މި ހޯދުންތަކަށް ބަލާއިރު ޔަގީންކުރެވުނު ކަމަކީ އަންހެނުންނަށް ވުރެ ފިރިހެނުންގެ ހިއުމަ މަތިކަން،" ސައިކޮލޮޖީ ޓްރޭޑްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ދިރާސާ ހެދި ޓީމްގައި ހިމެނޭ ޑރ. ގިލް ގްރީންގްރޮސް ވިދާޅުވި އެވެ.
It's just another boring 'study' that claims women don't NEED to be funny to find a mate so we're not. Nothing new.
— Eleanor Morton Died Ten Years Ago This Very Day (@EleanorMorton) October 29, 2019
އޭނާ ވިދާޅުވި ގޮތުގައި އެވްރެޖްކޮށް އަންހެނުންނަށް ވުރެ ފިރިހެނުން ސަކަ އަދި މަޖާ ބައެއްގެ ގޮތުގައި ފާހަގަކުރެވުނަސް، ކޮންމެ ފިރިހެނަކީ ކޮންމެ އަންހެނަކަށް ވުރެ މިޒާޖު ސަކަ މީހެއް ނޫން ކަމަށެވެ.
"އެކަމަކު ޖުމްކޮށް ބަލާ ނަމަ އެ ތަފާތު ބޮޑު އަންހެނުންނަށް ވުރެ ފިރިހެނުންގެ މެދުގައި،" ގިލް ވިދާޅުވި އެވެ.
The wildest part of that stupid new are women funny “study” is that I’ve literally never met a funny man.
— Charlie Dinkin (@CharlieDinkin) October 30, 2019
އޭނާ ވިދާޅުވި ގޮތުގައި މިހެން ދިމާވުމުގައި ސަބަބުތަކެއް ވެސް ހުންނާނެ އެވެ. އޭގެ ތެރޭގައި އަންހެނުންނަށް ވުރެ ބޮޑަށް ފިރިހެނުން ހާމަކަން ބޮޑުކޮށް އުޅުމާއި ދެ ޖިންސްގެ މީހުންގެ މެދުގައި އޮންނަ ތަފާތާއި މުޖުތަމައުގައި ދެ ޖިންސްގެ މީހުންނާ ދޭތެރޭ ދެކޭ ގޮތާއި އަންހެނުންނަށް ވުރެ ބޮޑަށް ފިރިހެނުން ގްރޫޕް ހަދައިގެން އުޅުމާއި ޝުއޫރުތައް ފާޅުކުރުމުގައި ފަސްނުޖެހުން ހިމެނެ އެވެ.
Oh I dunno...I find the “scientific premise” of this hilarious. Can we stop debating this, please? Beyond the derivative binary premise, it’s still a totally subjective thing & the testing was even more so. Smart, funny women make the world go ‘round. https://t.co/bdCgq0RMk1
— Kate Scary Terry 🎃🕸👻 (@Kate_Terry725) October 30, 2019
މި ދިރާސާ އަށް، ބައެއް އަންހެން ކޮމީޑިއަނުންނާއި އާންމު ބައެއް އަންހެނުން ވެސް ފާޑުކިޔާފައިވެ އެވެ. އަދި ދިރާސާ ގަބޫލުކުރަން އުނދަގޫ ކަމަށް ބައެއް ބުނެފައިވެ އެވެ. ބައެއް މީހުން ބުނިގޮތުގައި މިއީ އެއްގޮތަކަށް ވެސް ބަހުސްކުރަން ޖެހޭ ކަމެއް ނޫނެވެ. އަދި މިފަދަ ދިރާސާތައް ހަދައިގެން ތަފާތުކުރުންތައް އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށާއި މިއީ ބޭކާރު މަސައްކަތް ކަމަށް ބުނެފައިވެ އެވެ.