ލެޓިއުސްގެ މުހިންމު ރެސިޕީތަކެއް

ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކާނާތަކަށް އިސްކަންދޭންޖެހޭ ކަމުގެ ވާހަކަ މި ދުވަސްކޮޅު ވަރަށް ބޮޑަށް ދެކެވެ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބޮޑެވެ. އެހެންވެ ކެއުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލެއް ގެންނަ އިރު، އޭގެ ތެރެއަށް ލެޓިއުސް އިތުރުކޮށްލަމާ ހިނގާށެވެ.


މިއީ ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ ކާލަން އެހާމެ މީރު ފަތެކެވެ. ލެޓިއުސް އަކީ ވިޓަމިން އޭ އާއި ކޭ އިން މުއްސަނދި އެއްޗެކެވެ. އެހެންވެ އާންމުކޮށް ލެޓިއުސް ބޭނުންކުރާ ނަމަ ދިފާއީ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލު ހޯދައި ދިނުމުގައި އިސް ރޯލެއް އަދާކުރާނެ އެވެ.

ލެޓިއުސްގެ ހާއްސަ ސިފަތަކުގެ ތެރޭގައި ގިނަ އަދަދަކަށް ފެން އެކުލެވޭ އެއްޗަކަށްވުމާއި ކެލަރީ އާއި ކޮލެސްޓްރޯލް މަދުވުން ހިމެނެ އެވެ. ލެޓިއުސްގެ ކޮންމެ 100 ގްރާމެއްގައި އެކުލެވޭނީ އެންމެ 15 ކެލަރީ އެވެ. ޒީރޯ ކޮލެސްޓްރޯލް ފަތަކަށްވުމުގެ އިތުރުން 96 ޕަސެންޓް ފެން އެކުލެވޭ އެއްޗެކެވެ.

ލެޓިއުސްގެ ސިއްހީ ފައިދާތަކުގެ ތެރޭގައި ބަރުދަން ލުއިކުރަން އެހީވުމާއި ލޭގައި ހަށިގަނޑުގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދިނުމާ އެކު، ދިފާއީ ނިޒާމަށް ކުރިމަތިވާ ސިއްހީ މައްސަލަތައް ލުއިކޮށް ދިނުން ހިމެނެ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ލެޓިއުސް ބޭނުންކުރުމުން ބަނޑުހައިވުން ކުޑަކޮށްދޭނެ އެވެ. ނަތީޖާ އަކީ ބަރުދަން ލުއިވުމެވެ.

ދެން އޮތީ ލެޓިއުސް ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ކާނާތަކެއްގެ ވާހަކަ އެވެ. އެގޮތުން މިއޮތީ ފަސް ރެސިޕީއެކެވެ. މި ދުވަސްކޮޅު ގޭގައި ތަޖުރިބާކޮށްލަން ރަނގަޅުވާނެ އެވެ.

1. ރޮމައިން ލެޓިއުސް ސެލަޑް

2. ބްރޮކޮލީ އެންޑް ލެޓިއުސް ސެލަޑް

3. ޕައިނަޕްލް އެންޑް ލެޓިއުސް ސެލަޑް

4. ގްރީކް ސެލަޑް ވިތު ލެޓިއުސް

5. ޗިކެން ސީޒާ ޕާސްޓާ ސެލަޑް