ސެމްސަންގަށް ދައުވާކުރަނީ

އެމެރިކާގެ "ފެޓް ސްޓަޓްޒް" އިން ސެމްސަންގަށް ދައުވާކުރަން ނިންމައިފި އެވެ.


މައްސަލަޖެހިގެން އުޅޭނީ "ސެމްސަންގް ހެލްތު" އެޕްލިކޭޝަނާ ހެދި އެވެ. ފެޓް ސްޓަޓްޒް އިން ބުނާ ގޮތުގައި، ސެމްސަންގް ހެލްތު އެޕްލިކޭޝަން މުއްސަނދިކޮށްފައި ވަނީ ފެޓް ސްޓަޓްޒްގެ ފިކުރީމުދަލުން ނާޖާއިޒް ފައިދާ ހޯދައިގެންނެވެ. ސެމްސަންގް ހެލްތު އެޕަކީ ގެލަކްސީ ފޯނުތަކުގައި އާންމު އެޕްލިކޭޝަނެކެވެ.

ސްމާޓް އެޕްލިކޭޝަންތައް އުފެއްދުމުގައި، އެންމެންނަށް ވެސް ބޭނުންހިފެނީ އެއް ޓެކްނޮލޮޖީއެކެވެ. ސިއްހީ ފައިދާތައް އުނގަންނައިދީ، އަތްގައިކޮށްދޭ އެޕްލިކޭޝަނެއް ނަމަ، ބުނެދޭ ގޮތް ތާފާތު ނަމަވެސް، އުނގަންނައިދެވެނީ އެއްކައްޗެކެވެ. މި ފަދަ ހާލަތްތަކުގައި، ދޭއްޗެއް އެއް ގޮތަކަށް ނުވަތަ އެއް ސިފައަކަށް ހުރުން އެކަށީގެންވެ އެވެ. ނަމަވެސް، މި ތަފާތު ސާބިތުކޮށްދިނުމަށް ޝަރުއީ ކޯޓަކަށް ދާންޖެހޭ ފަހަރު ވެސް އާދެ އެވެ. ސެމްސަންގަށް ދިމާވެފައި މި އޮތީ މި ބުނި ކަހަލަ ހާލަތެކެވެ.

ސެމްސަންގް ހެލްތު އެޕްލިކޭޝަންގައި، މީހުން ޝައުގުވެރިކުރުވާ ބަސްތައް ސްކްރީނަށް އަރަ އެވެ. ކެއިންބުއިން އަދި ކަސްރަތުކުރުން ފަދަ އާދަތައް، ސެމްސަންގް ހެލްތު އެޕްލިކޭޝަނާ ހިއްސާކުރުާ ނަމަ، ދެން ކަންކުރަންވީ ގޮތް ބުނެދެ އެވެ. ކަސްރަތުކުރުމަށް ގެންނަން ޖެހޭ ބަދަލު އަދި ހަށިގަނޑަށް ބޭނުންވާ ކެލޮރީއާ ގުޅުން ހުރި މައުލޫމާތު ބުނެދެ އެވެ. މިކަން ކުރުމަށް ސެމްސަންގް ހެލްތު އެޕްލިކޭޝަނަށްގައި ހިމަނާފައި ވަނީ ފެޓް ސްޓަޓްޒްގެ ޓެކްނޮލޮޖީ ކަމަށް އެ ކުންފުނިން ބުނެ އެވެ. ސެމްސްންގަށް އޮތީ މި ނޫން ގޮތެއް ސާބިތުކޮށްދިނުމެވެ.