ޓިކްޓޮކުން އުރްވަޝީ އަށް ލިބުނު 5 ކްރޯޑް ކޮވިޑް-19އާ ދެކޮޅަށް

ޓިކްޓޮކްގައި ހިންގާ ޑާންސް ކްލާސްތަކުން ބޮލީވުޑްގެ ބަތަލާ އުރްވަޝީ ރޮޓޭލާ އަށް އާމްދަނީގެ ގޮތުގައި ލިބުނު ފަސް ކްރޯޑް ރުޕީސް ކޮވިޑް-19 އާ ދެކޮޅަށް ހޭދަކުރަން ހުޅުވި ފަންޑްތަތަކަށް ހަދިޔާކޮށްފި އެވެ.


"ހޭޓް ސްޓޯރީ 4" އާއި "ޕާގަލްޕަންތީ" ފަދަ ފިލްތައް ކުޅުނު ބަތަލާ ބުނިގޮތުގައި އޭނާ ފައިސާ ހަދިޔާކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީތައް ފޯރުކޮށް ދިނުމުގެ މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ.

އޭނާ ބުނީ ފަސް ކްރޯޑް ރުޕީސް (664,597 ޑޮލަރު) އަކީ ބޮޑު އަދަދެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އެ އެހީ އަކީ ޑާންސް ކުލާސް ހިންގައިގެން ޓިކްޓޮކް މިހާތަނަށް ލިބުނު އާމްދަނީ އެއްކޮށް ކަމަށެވެ. ނަމަވެސް އެހީ އަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބަޔަކަށް ދެވޭނެ ރަނގަޅު އެހީއަކަށް ވާނެ ކަމަށް ބުންޏެވެ.

ޓިކްޓޮކުން 18 މިލިއަން މީހުން އުރްވަޝީ ފޮލޯކުރާކުރެ އެވެ. ޓިކްޓޮކްގައި އުރުވަޝީ، 26، ހިންގާ މާސްޓަ ޑާންސް ކުލާސްތަކަކީ ބަރުދަން ލުއިކޮށް، ބައްޓަން ރީތިކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހިންގާ ކްލާސްތަކެކެވެ.

ކޮވިޑް-19 އާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް-ކެއާސް" އަށް ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ފައިސާ ހަދިޔާކޮށްފައިވެ އެވެ. އެގޮތުން އެ ފަންޑަށް އެންމެ ބޮޑު އަދަދެއް ހަދިޔާކުރީ އަކްޝޭ ކުމާރެވެ. އޭނާ 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ހަދިޔާކޮށްފައިވެ އެވެ.