މިއީ ބޮޑެތިވާން ބޭނުން ނުވާ ބައެއް

ތުއްތު ކުދިންގެ އުޅުން ކޮޕީކޮށްގެން އެކުދިން އުޅޭ ދިރިއުޅުން އުޅެން ބޭނުންވާ ބަޔަކުވެސް ދުނިޔޭގައި އެބައުޅެ އެވެ.


އޭބީޑީއެލް ނުވަތަ "އެޑަލްޓް ބޭބީ ޑައިޕާ ލަވާ" ކިޔާ މި ގްރޫޕްގައި ބައިވެރިވާ މީހުން މިހާރު ދަނީ ގިނަވަމުންނެވެ. މި ގްރޫޕްގައި ފިރިހެނުންނާއި އަންހެނުން ވެސް އުޅެ އެވެ. މި މީހުން ގަބޫލުކުރާ ގޮތުގައި ބޮޑެތި މީހުންނަށް ވުމަކީ އެމީހަކު ބޭނުމިއްޔާ ވާން ޖެހޭ ކަމެކެވެ. "ތުއްތު ކުދިންގެ" ދިރިއުޅުން އެމީހުން ޚިޔާރުކޮށްފައި ވަނީ "އުމުރުން ދުވަސްނުވެ" ތިބުމަށާއި އަރާމު ދިރިއުޅުމެއް އުޅުމަށް ކަމަށް ބުނެ އެވެ.

ސޯޝަލް ނެޓްވާކް ސައިޓްތަކުގައި މީގެ ބައެއް މީހުން ވަނީ އެމީހުން ދިރިއުޅޭ ގޮތުގެ ފޮޓޯތައް ވެސް އާއްމުކޮށްފަ އެވެ. މި މީހުން ތިބެނީ ތުއްތުކުދިން ޖަހާ ކަހަލަ ނެޕީ ވެސް ޖަހައިގެންނެވެ. އަދި ތުން ޖަހައިގެން ތުން ބޯލަ ބޯލަ ތިބޭ މިހުން ވެސް މި ފޮޓޯތަކުން ފެނެ އެވެ.

ޓޮޑް އޭނާގެ ފިހާރައިގައި

މީގެ ތެރެއިން އެކަކީ ޖޯން މައިކަލް-ވިލިއަމްސް އެވެ. އުމުރުން 30 އަހަރުގައި ޖޯން ލަނީ ތުއްތު ކުދިން ލާ ކަހަލަ ހެދުމެވެ. އަދި މިއަހަރުގެ އެޕްރީލް މަހު އޭނާ ވަނީ އޭބީޑީއެލް އަކަށް ވާން ޝައުގުވެރިވާ މީހުންނަށް ޚާއްސަކޮށްގެން ފިހާރައެއް ވެސް ހުޅުވާފަ އެވެ.

ޓައިކޭބްލްސް ކިޔާ މި ފިހާރައިގައި އޭބީޑީއެލް އަކަށް ވާން ބޭނުން މީހުންނަށް ބޭނުންވާ ހުރިހާ ސާމާނެއް ހުރެ އެވެ.

ޗިކާގޯގައި ހުންނަ މި ފިހާރައިގައި ކުޑަކުދިން ނިންދަވާ ކަހަލަ އެނދާއި ރޮކިން ހޯސް އަދި ނެޕީ އާއި ތުއްތު ކުދިންނަށް ބޭނުންވާ ހުރިހާ ސާމާނެއް ހުރެ އެވެ. ނަމަވެސް ބޮޑެތި މީހުންގެ ސައިޒުގެ އެއްޗިއްސެވެ.

ޓޮޑް ގެ ޓުވީޓެއް

ނެޕީ ކަހަލަ ތަކެތީގެ އިތުރުން މަމީ، ޑެޑީ، ބޭބީގާލް، ބޭބީބޯއި އަދި ލިޓްލް ފަދަ ލިޔުންތައް ލިޔެފައި ހުންނަ ޓީޝާޓް ވެސް މި ފިހާރައިން ވިއްކަ އެވެ. އަދި ބޮޑުމީހަކަށް ވާން ބޭނުން ނުވާ ކަމަށް ލިޔެފައިވާ ޓީޝާޓް ވެސް ހުރެ އެވެ.

މައިކަލް ވިލިއަމް އަމިއްލައަށް އޭނާއަށް ކިޔަނީ "ޓޮޑް" އެވެ. މިއީ "ޓޮޑްލާ" ކުރުކޮށް ކިޔާ ނަމެކެވެ. އޭނާ އާދަކޮށް ނެޕީ ޖަހައިގެން އުޅޭތާ މިހާރު 14 އަހަރު ވެއްޖެ އެވެ.

ޓޮޑް ބުނަނީ އޭނާ މިކަން ކުރަން ފެށީ އަމިއްލަ ހިތްހަމަޖެހުމާއި އަރާމަށް ކަމަށެވެ.

ޓޮޑް އޭނާ ނިދާ އެނދު ދައްކާލަނީ

ޓޮޑް ބުނަނީ އެމީހުން އުފައްދާ ކޮންމެ ބާވަތަކީ އަދި އެމީހުން އިންތިޒާމްކުރާ ކޮންމެ އިވެންޓަކީ ތުއްތުއިރުގެ މައުސޫމްކަން އެމީހުންގެ ދިރިއުޅުމަށް ގެނައުމަށް ކުރާ ކަމެކެވެ.

"ބޮޑެތި މީހުންނަށް ވީތީ އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތައް ދިމާވޭ. އަދި ހަގީގީ ދިރިއުޅުމުން ވަރަށް ބޮޑަށް ސްޓްރެސްވޭ. ނަމަވެސް ކުޑަ ކުއްޖެއްގެ މާ ބޮޑު ފިކުރެއް ނޯންނާނެ،" ޓޮޑް ބުންޏެވެ.

ޓޮޑްގެ އަމިއްލަ ޓްވިޓާ އެކައުންޓުން އޭނާ ކޮށްފައި ހުންނަ ބައެއް ޓުވީޓްތަކުގައި ކުޑަކުދިންނަށް ކާން ދޭން ބައިންދާ ކަހަލަ ގޮނޑިއެއްގައި އިނދެގެން ކާ ތަނާއި ނެޕީ ޖަހައިގެން އެހެން އެއްވެސް އެއްޗެއް ނުލާ އިންނަ ފޮޓޯތައް ވެސް ހިމެނެ އެވެ.