ކަންބޮޑުވުންތަކުގެ ގެއްލުމުން ސަލާމަތްވާން ގަބޫލުކުރުންތައް ޕޮޒިޓިވްކުރުން

ދިރިއުޅުމުގެ ހަޔާތުގައި ކަންބޮޑުވެ ހިތްނުތަނަވަސްވާ އެތައް ކަމަކާ ކުރިމަތިލާން ޖެހެ އެވެ. މީގެ ސަބަބުތައް ވަރަށް ގިނަ އެވެ. މިގޮތުން ފަގީރުކަމާއި މަސައްކަތެއް ނުލިބުމާއި ދަރަނިވެރިވުން ފަދަ މާލީ ސަބަބުތައް ހުރެއެވެ. ނުކުޅެދުންތެރިވުމާއި އަވަދިނެތި އުޅެން ޖެހުމާއި ބަރުހެލިވުން ފަދަ ޖިސްމާނީ ސަބަބުތައް ހުރެ އެވެ. ކަންކަމާ މެދު ބިރުގަތުމާއި ކުށް އިހުސާސް ކުރެވުމާއި އަމިއްލަ ޒާތަށް އިހުތިރާމު ނުކުރެވުން ފަދަ ނަފްސާނީ ސަބަބުތައް ހުރެ އެވެ. ދޭދޭ ގުޅުންތައް ހީނަރުވުމާއި ޢާއިލީ މައްސަލަތައް ދިމާވުމާއި ގޯނާ ލިބުން ފަދަ އިޖުތިމާއީ ސަބަބުތައް ހުރެއެވެ.


މި ނޫންވެސް މިފަދަ އެތައް ސަބަބަކާ ހުރެ ކަންބޮޑުވެ ހިތްހަމަ ނުޖެހޭ ގޮތް ވެދެ އެވެ. މިގޮތަށް ކަންބޮޑުވުމަކީ މީގެ ޒާތުގައި ނުރަނގަޅު ކަމަކަށް ވުން ލާޒިމެއް ނުވެ އެވެ. އަދިކިއެއްތަ، ދިރިއުޅުމުގެ އެކިއެކި ކަންކަން ނިންމުމާއި ފުރިހަމަ ކުރުމާއި ކަންކަން ކާމިޔާބު ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމުގައި މިފަދަ ކަންބޮޑުވުންތައް ހިމެނެ އެވެ. އެހެންނަމަވެސް މިފަދަ ކަންކަމާމެދު މުއާމަލާތު ކުރެވޭ ގޮތަކުން އެކަން މައްސަލައަކަށް ވެދެ އެވެ.

މިސާލަކަށް މަގުމަތީގައި ދުއްވާއިރު، ވަކިން ޚާއްޞަކޮށް އަވަހަށް ތަނަކަށް ދާއިރު، ހުއްޓެން ޖެހުމަކީ ކަންބޮޑުވެ ނުތަނަވަސްވާ ކަމެކެވެ. މިކަމުގައި ދެގޮތަކަށް މުޢާމަލާތު ކުރެވިދާނެ އެވެ. އެއްގޮތަކީ ކުރިމަތީ ތިބި މީހުންނާ ދިމާއަށް ހަޅޭލަވައި ބަރުގޮނު އަޅައި ޒުވާބުކޮށް ރުޅިގަދަވުމެވެ. އަދި މިކަމުގައި ވަގުތު އިތުރުވަމުންދާ ވަރަކަށް ރުޅިގަނޑު މަތިވެ ހަޑިހުތުރު ބަސްތައް ބުނެ މީހުންނަށް އަނިޔާވާ ފަދަ ކަންކަން ކުރުމެވެ. އަދި މިއިން އެއްވެސް ކަމެއްގެ ސަބަބުން ހަގީގީ މައްސަލައަށް ހައްލެއް ނުލިބުނަސް މިފަދަ ކޮންމެ ފަހަރަކު މި ސުލޫކު އިޚްތިޔާރު ކުރުން އާދައެއް ކަމުގައި ހެދުމެވެ.

ކަންބޮޑުވުމާއި ނުތަނަވަސްވުމުގެ ހާލަތްތަކާ މުޢާމަލާތު ކުރާއިރު މައިގަނޑު ދެކަމެއް އެބަ މުހިންމު ވެއެވެ. އެއްކަމަކީ ގަބޫލުކުރުންތައް ޕޮޒިޓިވް ކުރުމެވެ. މި ލިޔުމުގައި މި ބަލައިލަނީ ޕޮޒިޓިވްކޮށް ވިސްނުން ގެންގުޅުމަށްޓަކައި އިސްލާމްދީން އަޅުގަނޑުމެންނަށް ދޭ އިރުޝާދުތަކުގެ އަލީގައި ގަބޫލުކުރުންތައް ބަހައްޓަން ކުރަން ޖެހޭނެ ގޮތުގެ މައްޗަށެވެ. މިގޮތުން ފުރަތަމަ ކަމަކީ، ދިރިއުޅުމަކީ އިމްތިހާނެއް ކަން ގަބޫލު ކުރުމެވެ. އަދި މިއިމްތިޙާނުގެ މުއްދަތުގެ ތެރޭގައި ކަންބޮޑުވެ ހިތްނުތަނަވަސްވާ ފަދަ އެތައް ކަމެއް ހިނގާނެ ކަމެވެ.

ދެވަނަ ގޮތަކީ، މި ހާލަތުގައި ޕޮޒިޓިވް ވިސްނުމެއް ގެންގުޅުމާއި ބައެއްކަހަލަ ރަނގަޅު ސުލޫކު އާދަކުރުމެވެ. މިގޮތުން މިހާލަތު މި މެދުވެރިވާ ސަބަބަކީ މިވަރުގެ ހަނި މަގުތަކެއްގައި ދަތުރުކުރުމަށާއި ހިނގާބިނގާވެ އުޅުމަށް އެކަށީގެންނުވާ ވަރަށް މީހުން ގިނަވުންކަން ގަބޫލު ކުރުމެވެ. މަގުތަކުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެގެން ތިބޭ މީހުން ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުން ދިޔަސް އަދި ނުދިޔަސް މިހާތަނަށް އަދި އެކަށޭނަ ހައްލެއް ނެތް ކަމެވެ. އެހެންކަމުން ތަނަކަށް ވަކި ގަޑިއަކަށް ދާން ޖެހޭ ނަމަ ދުރާލާ ނުކުތުން މުހިންމު ކަމެވެ. ތާށިވެފައި އެތައް ވަގުތަކު މަޑުކުރަން ޖެހިދާނެކަމެވެ. ދެން މިއާ އެކު ބައެއް ކަހަލަ ސުލޫކު އާދަ ކުރުމެވެ. މިގޮތުން ދުރާލާ ނުކުތުމެވެ. އަދި ތާށިވެފައި އެ އިންނަ ވަގުތުކޮޅު ކޮންމެވެސް މަންފާހުރި ކަމެއްގައި ހޭދަ ކުރުމެވެ. މިސާލަކަށް މަޢުލޫމާތެއް ލިބޭ އެއްޗެއް ކިޔާލުމެވެ. ނުވަތަ ކައިރީގައި ތިބޭ މީހުންނާ ވާހަކަ ދައްކާލުމެވެ. ނުވަތަ ކޮންމެވެސް ކަހަލަ ޒިކުރެއް (ތަސްބީޙައެއް، އިސްތިޣުފާރެއް، ޙަމްދެއް ފަދަ ޒިކުރެއް) ކުރުމެވެ.

މި މިސާލުގައި ފުރަތަމަ ސިފަކުރި ގޮތަށް، ކަންބޮޑުވުންތަކާއި ނުތަނަވަސްވުންތަކުގެ ހާލަތްތަކުގައި މުޢާމަލާތު ކުރެވޭ ނަމަ އޭގެ ސަބަބުން ލިބޭނީ ގެއްލުންތަކެވެ. މިގޮތުން ރުޅިގަދަވުމާއި މޫޑު ބަދަލުވުން ފަދަ ކަންކަން މެދުވެރިވެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ދަތިވާނެ އެވެ. މީހުންނަށް ލިބޭ ގެއްލުންތަކުގެ ބަދަލު ތަހައްމަލް ކުރަން ޖެހިދާނެ އެވެ. ނަފްސަށް ލިބެންވާ ރާހަތު ގެއްލިގެންދާނެ އެވެ. ލޭމައްޗަށް ދިއުމާއި މޭގައި ރިއްސުމާއި ބަނޑުހަމަނުޖެހުން ފަދަ ޖިސްމާނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. މިނޫނަސް މިފަދަ އެތައް ގެއްލުމެއް ލިބިދާނެ އެވެ. އެކަމަކު މިއާ ޚިލާފަށް ދެވަނަ އަށް ސިފަކުރި ގޮތަށް މުޢާމަލާތު ކުރެވޭ ނަމަ ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިވެގެންދާނެ އެވެ.

ކުށްކުރުން އެއީ ހަމަ ކޮންމެ އާދަމުގެ ދަރިއަކަށް ވެސް ކުރެވޭނެ ކަމެއްކަމެވެ. އަދި ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތައުބާވާ މީހުންކަމެވެ. މިކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހިވަސައްލަމް، ވަނީ ބަޔާން ކުރައްވައިފަ އެވެ. (އައްތިރުމިޛީ).

ވީމާ ކަންބޮޑުވުމާއި ނުތަނަވަސްވުމުގެ ހާލަތްތަކާ މުޢާމަލާތު ކުރާއިރު މައިގަނޑު ދެކަމެއް އެބަ މުހިންމު ވެއެވެ. އެއްކަމަކީ ގަބޫލުކުރުންތައް ޕޮޒިޓިވް ކުރުމެވެ. މި ލިޔުމުގައި މި ބަލައިލަނީ ޕޮޒިޓިވްކޮށް ވިސްނުން ގެންގުޅުމަށްޓަކައި އިސްލާމްދީން އަޅުގަނޑުމެންނަށް ދޭ އިރުޝާދުތަކުގެ އަލީގައި ގަބޫލުކުރުންތައް ބަހައްޓަން ކުރަން ޖެހޭނެ ގޮތުގެ މައްޗަށެވެ. މިގޮތުން ފުރަތަމަ ކަމަކީ، ދިރިއުޅުމަކީ އިމްތިހާނެއް ކަން ގަބޫލު ކުރުމެވެ. އަދި މިއިމްތިޙާނުގެ މުއްދަތުގެ ތެރޭގައި ކަންބޮޑުވެ ހިތްނުތަނަވަސްވާ ފަދަ އެތައް ކަމެއް ހިނގާނެ ކަމެވެ. މިގޮތުން ބިރުވެރިކަމާއި ހައިހޫނުކަމާއި ފަގީރުކަމާއި ބަލިމަޑުކަމާއި ފުރާނަތައް ގެއްލުމާއި ރިޒުގުމަދުވުން ފަދަ ކަންކަމުން ﷲ އިންސާނުން އިމްތިޙާނު ކުރައްވާނެކަމެވެ. (އަލްބަޤަރާ 155). ދެވަނަ ގަބޫލު ކުރުމަކީ، ކެތްތެރިކަމަކީ މަތިވެރި ދަރުމަ ލިބޭނެ ސިފައެއްކަމެވެ. ދެންމެ މި އިޝާރާތްކުރި އާޔަތް ނިންމާލަމުންވެސް ﷲ ވަޙީކުރައްވަނީ ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ހުރި ކަމަށެވެ.

ތިންވަނަ ގަބޫލު ކުރުމަކީ، ކުށްކުރުން އެއީ ހަމަ ކޮންމެ އާދަމުގެ ދަރިއަކަށް ވެސް ކުރެވޭނެ ކަމެއްކަމެވެ. އަދި ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތައުބާވާ މީހުންކަމެވެ. މިކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހިވަސައްލަމް، ވަނީ ބަޔާން ކުރައްވައިފަ އެވެ. (އައްތިރުމިޛީ). ހަތަރުވަނަ ގަބޫލު ކުރުމަކީ، ދިރިއުޅުމުގެ ހަޔާތުގައި ތިމާ އަށް އެކަމަކީ ނުރުހޭ ކަމެއް ކަމުގައި ވިއަސް ތިމާއަށް ނޭނގި އެކަމުގައި މަންފާތަކެއް ހުރެދާނެ ކަމެވެ. ހަމައެއާ އެކު ތިމާ އަށް އެކަމަކީ ހިތްއެދޭ ކަމެއް ކަމުގައި ވިއަސް ތިމާއަށް ނޭނގި އެކަމުގައި ގެއްލުންތަކެއް ހުރެދާނެ ކަމެވެ. (އަލްބަޤަރާ 216).

މި ކައުނުގައި ކޮންމެ ކަމެއްވެސް ހިނގަނީ ﷲ މިންވަރު ކުރައްވާގޮތަކަށް ކަމެވެ. އެހެންވެ މުޞީބާތްތަކަކީ ވެސް އޭގެ ތެރެއިން ހިމެނޭ ކަންކަން ކަމެވެ. (އަލްޙަދީދު 22). އެކަމަކު ދުނިޔެ މަތީގައި ތިމާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ﷲ ޢަދުލުވެރިވާނެކަމާއި އޯގާތެރިވާނެ ކަމެވެ. މިގޮތުން ދުނިޔޭގައި ނުވަތަ އާޚިރަތުގައި ތިމާއަށް ބަދަލު ލިބޭނެ ކަމެވެ.

ފަސްވަނަ ގަބޫލު ކުރުމަކީ، މި ކައުނުގައި ކޮންމެ ކަމެއްވެސް ހިނގަނީ ﷲ މިންވަރު ކުރައްވާގޮތަކަށް ކަމެވެ. އެހެންވެ މުޞީބާތްތަކަކީ ވެސް އޭގެ ތެރެއިން ހިމެނޭ ކަންކަން ކަމެވެ. (އަލްޙަދީދު 22). އެކަމަކު ދުނިޔެ މަތީގައި ތިމާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ﷲ ޢަދުލުވެރިވާނެކަމާއި އޯގާތެރިވާނެ ކަމެވެ. މިގޮތުން ދުނިޔޭގައި ނުވަތަ އާޚިރަތުގައި ތިމާއަށް ބަދަލު ލިބޭނެ ކަމެވެ. ހަވަނަ ގަބޫލު ކުރުމަކީ ރިޒުގާ މެދު ތިމާ ކަންބޮޑުވާން ނުޖެހޭނެ ކަމެވެ. ހަމައެކަނި ޖެހޭނީ މަސައްކަތް ކުރަންކަމެވެ. މަސައްކަތް ކޮށްފިއްޔާ ކޮންމެ މަޚްލޫޤަކަށް ވެސް ﷲ ވަނީ ރިޒުޤު ކަނޑައަޅުއްވާފައި ކަމެވެ. އަދި ނުކުޅެދިގެން މަސައްކަތް ނުކުރެވޭ ފަރާތްތަކަށް ވެސް ރިޒުޤު ލިބޭނެ އިންތިޒާމު ﷲ ވަނީ ލައްވަވާފައި ކަމެވެ. (އަލްޢަންކަބޫތު 60).

ހަތްވަނަ ގަބޫލު ކުރުމަކީ، ﷲ ގެ ޙަޟްރަތުގައި އެންމެ ވަރުގަދަ މީހަކީ ބައްދައިގެން ގަދަވާ މީހާ ނޫންކަމެވެ. އެކަމަކު ރުޅި އަންނަ ހިނދު އޭގެ މައްޗަށް ނަފްސު ކޮންޓްރޯލް ކުރާ މީހާ ކަމެވެ. އަށްވަނަ ގަބޫލު ކުރުމަކީ، ތިމާއަށް ލިބޭ މިންވަރަށް ޝުކުރު ކުރުމަކީ ﷲ އިތުރު ކޮށްދެއްވާނެ ކަމެއްކަމާއި ނިޢުމަތަށް ކުފުރުވުމަކީ ﷲ ގެ ޢަޒާބު ގަދަފަދަވާނެ ކަމެއް ކަމަށް ގަބޫލުކުރުމެވެ. (ސޫރަތު އިބްރާހީމް 7). ނުވަވަނަ ގަބޫލު ކުރުމަކީ، ތަޤުވާވެރި ވާނަމަ ތިމާ ހީވެސް ނުކުރާހާ ގޮތްގޮތުން ތަނަވަސްކަން ލިބޭނެކަމެވެ. އަދި ތަޤުވާވެރިވާނަމަ އެމީހަކަށް ﷲ ކަންކަން ފަސޭހަކޮށްދެއްވާނެ ކަމެވެ. އަދި ﷲ އަށް ވަކީލު ކުރާ މީހަކަށް ﷲ ފުދޭނެ ކަމެވެ. އެހެން ފަރާތެއް ބޭނުންނުވާނެ ކަމެވެ. (އައްޠަލާޤު 2-3).

ﷲ ގެ ޙަޟްރަތުގައި އެންމެ ވަރުގަދަ މީހަކީ ބައްދައިގެން ގަދަވާ މީހާ ނޫންކަމެވެ. އެކަމަކު ރުޅި އަންނަ ހިނދު އޭގެ މައްޗަށް ނަފްސު ކޮންޓްރޯލް ކުރާ މީހާ ކަމެވެ. އަށްވަނަ ގަބޫލު ކުރުމަކީ، ތިމާއަށް ލިބޭ މިންވަރަށް ޝުކުރު ކުރުމަކީ ﷲ އިތުރު ކޮށްދެއްވާނެ ކަމެއްކަމާއި ނިޢުމަތަށް ކުފުރުވުމަކީ ﷲ ގެ ޢަޒާބު ގަދަފަދަވާނެ ކަމެއް ކަމަށް ގަބޫލުކުރުމެވެ. (ސޫރަތު އިބްރާހީމް 7).

ދިހަވަނަ ގަބޫލު ކުރުމަކީ، ހެޔޮ މިންވަރަށް ރުހޭ ފަދައިން ނުބައިމިންވަރަށްވެސް ރުހެން ޖެހޭނެކަމެވެ. (ސޫރަތު ލުޤްމާން 20). އަދި ނުބައި މިންވަރަކީ ވަގުތީ ކަމެއް ކަމެވެ. ﷲ އެކަން ފިއްލަވައިދެއްވާނެ ކަމެވެ. (ސޫރަތު ޔޫނުސް 107). އެގާރަވަނަ ގަބޫލު ކުރުމަކީ، ކަންބޮޑުވެ ހިތްނުތަނަވަސްވާ ކަންކަމުން އަރައިގަނެވޭނެކަން ގަބޫލު ކުރުމަކީ އެފަދަކަންކަމުން މިންޖުވުމުގެ ދެބައިކުޅަ އެއްބައިކަމެވެ. ބާރަވަނަ ގަބޫލު ކުރުމަކީ، ތިމާގެ އަމިއްލަ ނަފްސަކީ ގަދަރު ލިބިގެންވާ އަދި މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހޭ ނަފްސެއް ކަމެވެ. މިގޮތުން ﷲ އިންސާނާ މާތް ކުރައްވާފައިވާ ކަމެވެ. އަދި ކުށެއް ކުރެވުނަސް ތައުބާވުމުން ތިމާގެ ގަދަރު ހިފެހެއްޓޭނެ ކަމެވެ. އެހެންފަރާތްތެއްގެ ސަބަބުން ދިމާވާ ކަމެއްގައި ވިއަސް ތިމާގެ މައްސަލަ ހައްލު ކުރާނީ ތިމާ އަމިއްލައަށް ކަމެވެ. މިގޮތުން ކަންބޮޑުވާ ކަންކަމުގެ ސަބަބުތައް ދެނެގަނެ އެ ސަބަބުތައް ނައްތާލަން މަސައްކަތް ކުރަންޖެހޭނެ ކަމެވެ.

މިގޮތަށް ގަބޫލުކުރުންތައް ޕޮޒިޓިވް ކުރެވިއްޖެ ނަމަ ކަންބޮޑުވެ ނުތަނަވަސްވާ ހާލަތްތައް ހެޔޮގޮތުގައި މެނޭޖް ކުރަން ވަރަށްބޮޑު އެހީއަކަށް ވާނެ އެވެ. ދެން ބޭނުންވާނީ މި ފަދަ ގަބޫލުކުރުންތަކާ އެކުގައި ވަކިކަހަލަ ސުލޫކުތަކެއްގެ މައްޗަށް މީހާ އާދަ ކުރުމެވެ. އޭރުން ﷲ ގެ ވާގިފުޅާ އެކު ނަފްސާނީ ދުޅަހެޔޮކަމެއް ލިބިގެންދާނެ އެވެ. މި ސުލޫކުތަކާ ބެހޭ ގޮތުން އެހެން ލިޔުމެއްގައި އަލިއަޅުވާލެވޭތޯ ބަލާނަމެވެ.