އައިފޯން 12، އެހެން އައިފޯނުތަކަށް ވުރެ އަގުބޮޑުވާނެ ކަމަށް ސަޕޯޓަރުން ބިރުން

އައިފޯން 12، އައިފޯނު މަރުކާގެ އެހެން ހުރިހާ އައިފޯނަކަށް ވުރެ އަގުބޮޑުވާނެ ކަމަށް، މާކެޓް ދިރާސާކުރާ މީހުން ބުނެފި އެވެ. އެ މީހުން ބުނާ ގޮތުން، އައިފޯން 12 އަގުބޮޑުވަނީ އުފައްދަން ހިނގާ ޚަރަދާ ހެދި އެވެ.


އައިފޯން 12 މި ފަހަރު 5ޖީ އަށް ބަދަލުވާނެ އެވެ. މިއީ ފޯނުގެ އަގު އުފުލޭނެ ސަބަބެއްކަން ގަބޫލުކުރެވެ އެވެ. ޖީއެސްއެމް ނެޓްވޯކްގައި މުވާސަލާތު ހަރުދަނާކުރުމަށް 5ޖީ ފޯނުތަކުގައި ތަފާތު ޗިޕްތަކެއް ވެސް ބޭނުންކުރަން ޖެހެ އެވެ. މިއީ މުޅިން އަލަށް އުފައްދަންޖެހޭ ކޮމްޕޯނެންޓްތަކެކެވެ. ކުރިން ކުރަންޖެހިފައި ނެތް ޚަރަދެކެވެ. ޚަރަދު ފޫބައްދަން ޖެހެ އެވެ. އަގުތައް އުފުލަންޖެހެނީ މިހެންވެ އެވެ.

އައިފޯން 12، މާ ބޮޑަށް ވެސް އަގުބޮޑުވެދާނެ ކަމަށް ބެލެވޭތީ، ފޯނާ އެކު ޗާޖަރު އަދި އިއާޕޮޑް ނުހިމަނާނެ ކަމަށް ވެސް ދަނީ ބުނެވެމުންނެވެ. އެހެން ނަމަވެސް މި ނިންމުމުގެ ފަހަތުގައި އެހެން ސިއްރެއް ވެސް އެބަ އޮތެވެ. އައިފޯނު ފޮށީގައި މި އާލާތްތައް ނުހިމަނަނީ ހަމައެކަނި އައިފޯނުގެ އަގު ބޮދުވެދާނެތީއެއް ނޫނެވެ.

ސްމާޓްފޯނެއްގެ ބޭނުމުގައި މީހަކު ގަންނަ ކޮންމެ ފޯނަކާ އެކު ޗާޖަރެއް ގަތުން ލާޒިމްކުރުމަކީ ޔޫރަޕް ގައުމުތަކަށް ކަމުދާ ކަމަކަށް ނުވެ އެވެ. މިކަމުގެ ފަހަތުގައި އޮތް ސިއްރަކީ، ޔޫރަޕް ކޮންޓްރޯލްކުރާ އިދާރީ ބާރުތަކުން ބުނާ ގޮތުގައި، "އިލެކްޓްރޯނިކް ކުނި" މާ ގިނަވުމެވެ. އެހެންކަމުން ފޯނު ފޮށި ތެރޭގައި އޮންނަ ޗާޖަރު، ހެޑްފޯނު އަދި އޭތިމީތި ވަކިވަކިން ލިބެން ހުރުމަކީ އެންމެ ކަމުދާ ގޮތް ކަމަށް ޔޫރަޕުން ދެކެ އެވެ. އަދި މި ގޮތަށް ނެތް ފޯނުތައް ޔޫރަޕްގައި ވިއްކުން ފަސޭހަ ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސްމާޓްފޯން އުފައްދާ ހުރިހާ ކުންފުނިތަކެއް ޖަމާކޮށް ފޯނުތަކަށް ބެލި ނަމަވެސް، އައިފޯނަށް ވުރެ ފެންވަރު ރަނގަޅު އަދި ހަރުދަނާ "ހާޑްވެއާ" ހުރީ ކޮން ފޯނެއްގަ ހެއްޔެވެ؟ ސޮފްޓްވެއާ އަދި ހާޑްވެއާ އެކުގައި ކުޅެ މޮޅު ނަތީޖާ ނެރަން ކުޅަދާނަ އެހެން ފޯނެއް، އައިފޯނު ފިޔަވައި ދުށިން ހެއްޔެވެ؟ އެޕަލް އަކީ އުފެއްދުންތަކުގައި ފެންވަރު ދަމަހައްޓާ ކުންފުންޏެކެވެ. ރަނގަޅު ޚިދުމަތްތަކުގެ އަގު އަބަދު ވެސް ބޮޑެވެ.