ފާޙިޝް ޢަމަލުތައް ހުއްޓުވޭނީ ނަފްސުތައް ތަހުޒީބުކޮށްގެން

ޢިލްމު އުފުއްލެވުމާއި ޖާހިލުކަން އިތުރުވުމާއި ޒިނޭކުރުން އާންމުވުމާއި ރާބުއިން ގިނަވުން ފަދަ ފާޙިޝް ޢަމަލުތައް މުޖުތަމަޢުގައި އާންމުވުމަކީ ޤިޔާމަތްވާން ކައިރިވުމުން ހިނގާނެ ކަންކަން ކަމުގައި ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވަނީ ޚަބަރު ދެއްވާފަ އެވެ. (މުއްތަފަޤު). މިފަދަ ޚަބަރުތައް މާތް ނަބިއްޔާ ދެއްވަނީ މިއީ ހިނގާނެ ކަމެއް ކަމަށްވާތީ ދެން އެހެންގޮތެއް ނޯންނާނެ ކަމަށް ބަލައި އެންމެން އެމަގުން ދާން ދެއްވާ ހިތްވަރެއްގެ ގޮތުގައެއް ނޫނެވެ. އަދިކިއެއްތަ، އެއީ މި ފިތުނައިން ސަލާމަތްވާން އެކަލޭގެފާނު ދެއްވާ އިންޒާރެއްގެ ގޮތުގަ އެވެ. ވީމާ ބުއްދިވެރިންނަކީ މި ފިތުނައިގެ ތެރެއަށް ނުވަދެ ސަލާމަތްވާ މީހުންނެވެ.


އިސްލާމް ދީނަކީ ނަފްސުތަކުގެ ހަގީގަތާއި ނަފްސުތަކުގެ މަސްލަހަތު އެންމެ މޮޅަށް ދެނެވޮޑިގެންވާ އެ ނަފްސުތައް ހެއްދެވި ފަރާތުން އައިސްފައިވާ ދީނެވެ. އެހެންކަމުން އިންސާނުންގެ ތެރޭ ހިނގާ ކޮންމެ ފާޙިޝް އަމަލެއް ހުއްޓުވުމަށް ވެސް ހައްލު ހުށަހަޅަނީ އޭގެ އެއްފަޅިން އެކަން ހައްލު ކުރާ ގޮތަކަށް ނޫނެވެ. އޭގައި ހިމެނޭ ހުރިހާ ކަމެއް އެކީ ހިމަނައިގެން ގެންނަ ޝާމިލު ހައްލަކުންނެވެ. މިގޮތުން އިސްލާމް ދީން ޙިމާޔަތް ކުރާ މައިގަނޑު މަޤުޞަދުތައް ރައްކާތެރި ކުރުމަށްޓަކައި ފާޙިޝް ޢަމަލުތައް ހުއްޓުވަން ހުށަހަޅާ ހައްލުގައި ހިމެނެނީ މައިގަނޑު ދެކަމެކެވެ. އެއްކަމަކީ މިފަދަ ފާޙިޝް ޢަމަލުތަކަށް މަގުފަހި ކުރާ ޣަރީޒާތަކާއި ޝައިޠާނީ ވަސްވާސްތަކުން ދުރުހެލިވެ އުޅުމަށް ނަފްސު ތަހުޒީބުކޮށް ތަރުބިޔަތު ކުރުމެވެ. ދެވަނަ ކަމަކީ މިފަދަކަންކަން ކުރަން ޖެހިލުންވާ ވަރަށް ﷲ އާ މެދު ބިރުވެތިކަން ހިތުގައި އަށަގެންނެވޭ ފަދަ ދުނިޔަވީ އަދި އުޚްރަވީ ޢުޤޫބާތްތައް ކަނޑައެޅުމެވެ.

މިގޮތުން ނަފްސު ތަހުޒީބު ކުރުމުގައި ހިމެނޭ އެންމެ ފުރަތަމަ ފިޔަވަޅަކީ ފާޙިޝް ކަންކަމަށް މަގުފަހިކުރާ އިންސާނީ ޣަރީޒާތަކާ މެދު ގަބޫލު ކުރަންޖެހޭ ހަގީގަތްތަކެއް އިސްލާމް ދީން ބަޔާންކޮށްދިނުމެވެ. މިގޮތުން ޖިންސީ އެދުންވެރިކަމާއި މުދަލަށް އޮންނަ ލޯތްބާއި ހިތްހަމަ ޖެއްސުމުގެ ބޭނުންތައް ފަދަ ޣަރީޒާ ތަކަކީ އިންސާނީ ޠަބީޢަތު ކަމާއި އެއީ އޭގެ ޒާތުގައި އިންސާނާއަށް ބޭނުންތެރި ކަންކަން ކަމުގައި ބަޔާންކޮށްދެ އެވެ.

ފާޙިޝް ޢަމަލުތަކުން މީހާ ދުރުހެލިވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތަޤުވާވެރިކަން އިތުރުކުރުމެވެ. މިކަމަށް އޮތް އެންމެ މުހިންމު މަގަކީ އަޅުކަންތައް އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ. އަދި އެކަމުގައި ފަރުވާކުޑަ ނުކޮށް އޭގެ މަންފާ ލިބެނިވި ގޮތުގައި އޭގެ ރޫޙާ އެކު ކުރުމެވެ. ތަޤުވާގެ މާނައަކީ ﷲ ގެ ކޯފާއާ ތިމާއާ ދެމެދު ހުރަހެއް ބިނާކުރުމެވެ. މިފަދަ ހުރަހަކަށް ވާނީ ﷲ ގެ އަމުރުތަކަށް ކިޔަމަންވުމާއި ނަހީތަކުން ދުރުހެލިވުމެވެ.

އެކަމަކު ހަމައެއާ އެކު މީގެ ބޭނުން ހިފަން އޮތީ ޝަރުޢީ ގޮތުން ހުއްދަކުރާ މަގުތަކުން އެކަނި ކަން ގަބޫލު ކުރަން ޖެހެ އެވެ. މިގޮތުން މިސާލަކަށް ޖިންސީ ޣަރީޒާ ފުއްދުމަށް ބަލާނަމަ ޝަރުޢީ ހަމަތަކުގެ މަތިން ކައިވެނިކޮށްގެން ނޫން ގޮތަކަށް އެ ޣަރީޒާ ފުއްދުމަކީ ހުއްދަ ސަރަހައްދު ފަހަނަޅައިދިއުމެއްކަން ގަބޫލު ކުރަން ޖެހެ އެވެ. (އަލްމަޢާރިޖް 29-31). އަދި މި މަގުން ދިއުމަކީ ޝައިޠާނާގެ ފިޔަވަޅުމަތީ ހިނގުންކަން ގަބޫލު ކުރަން ޖެހެ އެވެ. (އައްނޫރު 21). މުދަލަށް އޮންނަ ދަހިވެތިކަން ފުއްދަން ޖެހޭނީ ހުއްދަ މުޢާމަލާތު ތަކުގެ ތެރެއިންކަން ގަބޫލު ކުރަން ޖެހެ އެވެ. ބުއްދި ރައްކާތެރި ކުރުމަށްޓަކައި ބުއްދިއަށް ގެއްލުން ލިބޭ ހުރިހާ ބާވަތްތަކުން ދުރުހެލިވާން ޖެހޭނެކަން ގަބޫލު ކުރަން ޖެހެ އެވެ. މި ޤަބޫލުކުރުންތައް ހިތުގެ އަޑިން ބަލައިގަނެވޭނީ މީހާގެ އީމާންތެރިކަން ހުންނަ މިންވަރަކުންނެވެ. އެހެންކަމުން އީމާންތެރިކަން ވަރުގަދަވާނެ ހުރިހާ ކަމެއް ވެސް މިކަމުގައި ބޭނުންތެރި އެވެ. އިސްލާމްދީނުގައި މިކަމުގެ މަގުތައް ބައިވަރު އެބައޮތެވެ.

ދެވަނަ ފިޔަވަޅަކީ، މިފަދަ ހުރިހާ ފާޙިޝް ޢަމަލުތަކުން މީހާ ދުރުހެލިވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތަޤުވާވެރިކަން އިތުރުކުރުމެވެ. މިކަމަށް އޮތް އެންމެ މުހިންމު މަގަކީ އަޅުކަންތައް އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ. އަދި އެކަމުގައި ފަރުވާކުޑަ ނުކޮށް އޭގެ މަންފާ ލިބެނިވި ގޮތުގައި އޭގެ ރޫޙާ އެކު ކުރުމެވެ. ތަޤުވާގެ މާނައަކީ ﷲ ގެ ކޯފާއާ ތިމާއާ ދެމެދު ހުރަހެއް ބިނާކުރުމެވެ. މިފަދަ ހުރަހަކަށް ވާނީ ﷲ ގެ އަމުރުތަކަށް ކިޔަމަންވުމާއި ނަހީތަކުން ދުރުހެލިވުމެވެ. ތަޤުވާވެރި ވުމަށްޓަކައި ނަފްސުގައި އަށަގަންނުވަން ޖެހެނީ މިދެކަމެވެ.

ތިންވަނަ ފިޔަވަޅަކީ، ޣަރީޒާތައް ފުއްދާނެ ހުއްދަ އަދި ތަހުޒީބު މަގުތައް އިޚްތިޔާރު ކުރުމެވެ. މިގޮތުން މިސާލަކަށް ޖިންސީ އެދުންވެރިކަމުގެ ޣަރީޒާ ތަހުޒީބު ގޮތެއްގައި ފުއްދާނީ ކައިވެނި ކޮށްގެންނެވެ. މިގޮތުން މިކަމަށް ކުޅަދާނަ ވެއްޖެ ނަމަ ލަސްނުކޮށް މިކަން ކުރަން ޖެހެ އެވެ. (އައްނޫރު 32). އަދި ކުޅަދާނަކަމެއް ނެތް ނަމަ ﷲ އެކަމަށް މަގުފަހިކޮށްދެއްވަންދެން ޢިއްފަތްތެރިކަން މަތީ ދެމިހުންނަން ޖެހެ އެވެ. (އައްނޫރު 33). ޢިއްފަތްތެރިކަން ދަމަހައްޓަން އެހީއެއްގެ ގޮތުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދަސްކޮށްދެއްވާފައިވާ އެއް ވަސީލަތަކީ ރޯދަ ހިފައިގެން ނަފްސަށް ތަހުޒީބުކަން ގެނައުމެވެ.

ގޭގައި ތިބިކަމުގައި ވިއަސް ގެއަށް ހިލޭ މީހުން ވެއްދުމުގައި ސަމާލުވުމާއި ވަކިން ޚާއްޞަކޮށް ކައިވެނީގެ ސަބަބުން ގާތްކަމެއް އުފެދިފައި ތިބޭ މީހުންނާ ގައިގޯޅިވެ ނޫޅުން ހިމެނެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުން އެނގޭ ގޮތުގައި މިފަދަ މީހުންނާ ގައިގޯޅިވުން އެއީ މަރު ފަދަ ކަމެކެވެ. އަނެއް މުހިންމު ކަމަކީ ހިލޭ ދެ މީހަކު އެކަހެރި ނުވުމެވެ. ކީރިތި ރަސޫލާ، ބަޔާން ކުރައްވަނީ އެފަދަ ކަމެއް ހިނގައިފި ނަމަ ތިންވަނަ ފަރާތެއްގެ ގޮތުގައި ޝައިޠާނާ އެދެމެދަށް ފާވާނެ ކަމަށެވެ.

ހަތަރު ވަނަ ފިޔަވަޅަކީ، ޙަރާމް ގޮތުގައި ޣަރީޒާތައް ފުއްދުމަށް މަގުފަހިވެދާނެ ހުރިހާ ކަމަކުން ދުރުހެލިވުމެވެ. މިގޮތުން މިސާލަކަށް ޖިންސީ ޣަރީޒާގައި ނަމަ ބެލުންތައް ތިރިކޮށް ލަދުވެތި ގުނަވަން ރައްކާތެރި ކުރަން ޖެހެ އެވެ. (އައްނޫރު 30-31). ބެލުންތައް ތިރި ކުރުމުގެ ތެރޭގައި ސީދާ މީހުންނަށް ބެލުމުގެ އިތުރުން އެދުންވެރިކަމާ އެކު މީހުންގެ ފޮޓޯ އަށް ބެލުން ވެސް ހުއްޓާލަން ޖެހެ އެވެ. މިކަންކަމަށް އިތުރު ބާރެއް ލިބޭނެ ކަމެއްގެ ގޮތުގައި، ފޮރުވިފައިވާ ޒީނަތްތެރިކަން ފާޅު ނުކުރުމާއި ޖިންސީ ޝަހުވަތްތެރިކަން ހިލޭފަދަ ގޮތްގޮތަށް ދެ ޖިންސުގެ މީހުން އެއްވެ ނޫޅުމާއި ޖާހިލިއްޔަ ޒަމާނުގެ ޒީނަތުން ޒީނަތްވެގެން ބޭރަށް ނުނުކުތުން ފަދަ ކަންކަން ހިމެނެ އެވެ. (އަލްއަޙްޒާބު 33). އަދި ގޭގައި ތިބިކަމުގައި ވިއަސް ގެއަށް ހިލޭ މީހުން ވެއްދުމުގައި ސަމާލުވުމާއި ވަކިން ޚާއްޞަކޮށް ކައިވެނީގެ ސަބަބުން ގާތްކަމެއް އުފެދިފައި ތިބޭ މީހުންނާ ގައިގޯޅިވެ ނޫޅުން ހިމެނެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުން އެނގޭ ގޮތުގައި މިފަދަ މީހުންނާ ގައިގޯޅިވުން އެއީ މަރު ފަދަ ކަމެކެވެ. އަނެއް މުހިންމު ކަމަކީ ހިލޭ ދެ މީހަކު އެކަހެރި ނުވުމެވެ. ކީރިތި ރަސޫލާ، ބަޔާން ކުރައްވަނީ އެފަދަ ކަމެއް ހިނގައިފި ނަމަ ތިންވަނަ ފަރާތެއްގެ ގޮތުގައި ޝައިޠާނާ އެދެމެދަށް ފާވާނެ ކަމަށެވެ.

ފާޙިޝް ޢަމަލުތަކުގެ ތެރެއިން ގަދަކަމުން ޖިންސީ އެދުން ފުއްދުމަށް އަދި މިއަށްވުރެ މާ ވަރުގަދަ ޢުޤޫބާތެއް އިސްލާމް ދީނުގައި ކަނޑައަޅާފައިވެ އެވެ. އެއީ ޙިރާބާ ނުވަތަ މަގުފޭރުމުގެ ޢުޤޫބާތެވެ. އެއީ ޤަތުލު ކުރުން ނުވަތަ ޞަލީބަށް އެރުވުން ނުވަތަ ތަފާތުވާ ގޮތުގައި އަތްފައި ބުރިކުރުން ނުވަތަ ރަށުން ބޭރަށް ފޮނުވާލުމެވެ. ދުނިޔެމަތީގައި ހުރި މި ނިކަމެތިކަމާ އެކު ގަދަފަދަވެގެންވާ ޢަޛާބު މިބައިމީހުންނަށް އާޚިރަތުގައިވެ އެވެ. (އަލްމާއިދާ 33).

އާދެ، މިފަދައިން އިންސާނާގެ ނަފްސު ތަހުޒީބު ކުރުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ. އެހެންނަމަވެސް މި މަސައްކަތް ބައެއް ފަހަރު ކާމިޔާބުނުވެ ދިޔުމަކީ ވެދާނެ ކަމެކެވެ. މި ހާލަތުގައި ދެން ބޭނުންވާނީ ﷲ އާ މެދު ބިރުވެރިކަން ހިތުގައި އުފެއްދުމެވެ. މިކަމަށް އޮތް އެއް ގޮތަކީ އުޚްރަވީ ޙަޔާތުގައި އޮތް ބިރުވެރިކަން ތަޞައްވުރު ވުމެވެ. އެހެންނަމަވެސް ފުރަތަމަ ފިޔަވަޅުގައި ފާހަގަކުރި އީމާންތެރިކަން ވަރުގަދަ ކުރުމުގެ ތެރެއިން މިކަން ކާމިޔާބު ނުވެއްޖެ ނަމަ ދެން އިސްލާމް ދީން ގެނެސްދޭ ހައްލަކީ ދުނިޔަވީ ވަރުގަދަ އަދި ހަރުކަށި ޢުޤޫބާތްތައް ކަނޑައެޅުމެވެ.

މިގޮތުން މިސާލަކަށް ޖިންސީ ފާޙިޝް ކަންކަން ހުއްޓުވުމަށްޓަކައި ޒިނޭ ކުރާ އަންހެންމީހާ އާއި ޒިނޭކުރާ ފިރިހެންމީހާއާ ދެމީހުން ކުރެ ކޮންމެ މީހެއްގެ ގައިގައި 100 އެތިފަހަރުން ހައްދު ޖަހަން ޖެހެ އެވެ. މިކަމުގައި ﷲ ގެ ދީނުގައި އެ ދެމީހުންނާ މެދު އޯގާތެރިކަމެއް ނުބެހެއްޓުމަށާއި މިޢުޤޫބާތް ދެވޭތަން މުއުނިނުންގެ ބަޔަކު ދުށުމަށް އަމުރު އޮވެ އެވެ. އަދި ޖެހިގެން އޮތް އާޔަތުގައި އަންގަވާފައި ވަނީ މި މީހުން މުއުމިނުންނާ ކައިވެނި ނުކުރުވުމަށެވެ. (އެއީ ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަ ނުވާހާ ހިނދަކު އެވެ.) އަދި މިފަދަ ވަރުގަދަ ޢުޤޫބާތެއް ދޭ ކަމަކަށް ވާތީ ދެންއޮތް އާޔަތުގައި ޤަޛުފު ކުރާ މީހުންނަށް ޢުޤޫބާތްތަކެއް ކަނޑައަޅާފައި ވެ އެވެ. އަދި އީމާންވީ މީހުންގެ މެދުގައި ފާޙިޝް ކަންކަން ޢާންމުކުރަން ލޯބިކުރާ މީހުންނަށް ދުނިޔެ އާއި އާޚިރަތުގައި ﷲ ޢަޛާބު ދެއްވާނެ ކަމަށް ހަމަ މި ސޫރަތުގެ 19 ވަނަ އާޔަތުގައި އަންގަވާފައި ވެ އެވެ. ޒިނޭކުރީ މުޙްޞަނުން ކަމުގައިވާ ނަމަ ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޙައްދަކީ ރަޖަމް ކުރުމެވެ.

މިގޮތުން މިސާލަކަށް ޖިންސީ ފާޙިޝް ކަންކަން ހުއްޓުވުމަށްޓަކައި ޒިނޭ ކުރާ އަންހެންމީހާ އާއި ޒިނޭކުރާ ފިރިހެންމީހާއާ ދެމީހުން ކުރެ ކޮންމެ މީހެއްގެ ގައިގައި 100 އެތިފަހަރުން ހައްދު ޖަހަން ޖެހެ އެވެ. މިކަމުގައި ﷲ ގެ ދީނުގައި އެ ދެމީހުންނާ މެދު އޯގާތެރިކަމެއް ނުބެހެއްޓުމަށާއި މިޢުޤޫބާތް ދެވޭތަން މުއުނިނުންގެ ބަޔަކު ދުށުމަށް އަމުރު އޮވެ އެވެ. އަދި ޖެހިގެން އޮތް އާޔަތުގައި އަންގަވާފައި ވަނީ މި މީހުން މުއުމިނުންނާ ކައިވެނި ނުކުރުވުމަށެވެ. (އެއީ ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަ ނުވާހާ ހިނދަކު އެވެ.)

ފާޙިޝް ޢަމަލުތަކުގެ ތެރެއިން ގަދަކަމުން ޖިންސީ އެދުން ފުއްދުމަށް އަދި މިއަށްވުރެ މާ ވަރުގަދަ ޢުޤޫބާތެއް އިސްލާމް ދީނުގައި ކަނޑައަޅާފައިވެ އެވެ. އެއީ ޙިރާބާ ނުވަތަ މަގުފޭރުމުގެ ޢުޤޫބާތެވެ. އެއީ ޤަތުލު ކުރުން ނުވަތަ ޞަލީބަށް އެރުވުން ނުވަތަ ތަފާތުވާ ގޮތުގައި އަތްފައި ބުރިކުރުން ނުވަތަ ރަށުން ބޭރަށް ފޮނުވާލުމެވެ. ދުނިޔެމަތީގައި ހުރި މި ނިކަމެތިކަމާ އެކު ގަދަފަދަވެގެންވާ ޢަޛާބު މިބައިމީހުންނަށް އާޚިރަތުގައިވެ އެވެ. (އަލްމާއިދާ 33). އެމީހެއްގެ ނަފްސު ހެޔޮގޮތުގައި ތަހުޒީބު ނުވާ މީހުންނަށް ވެސް މި ދުނިޔަވީ ޢުޤޫބާތްތަކުން އަސަރެއް ކުރާނެކަން ކަށަވަރެވެ. ސަބަބަކީ އީމާންތެރިކަމެއް ނެތް މީހުންނަށް ވެސް މާއްދީ އަނިޔާއަށް ކެތްކުރަން ދަތިވާނެތީ އެވެ. އަދި ފަޟީޙަތްވުމަށް ނަފްސު އިންކާރު ކުރާނެތީ އެވެ.

ވީމާ މި ވަރުގަދަ ޢުޤޫބާތްތައް ތަންފީޒު ކުރެވޭނެ ނިޒާމެއް މުޖުތަމަޢުގައި ޤާއިމުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް މިއީ މައްސަލައިގެ ހައްލުގެ އެއްބަޔެވެ. ހަގީގަތުގައި އިސްލާމް ދީން ހުށަހަޅާ ހައްލުގެ އެންމެ މުހިންމު ބަޔަކީ ކުރިންވެސް އިޝާރާތްކުރި ފަދައިން ނަފްސުތައް ތަހުޒީބު ކުރުމެވެ. ވަރުގަދަ ޟަމީރުތަކެއް އުފެއްދުމެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް ބިރުވެތިވާ ބަޔަކު ތަރުބިޔަތު ކުރުމެވެ. އެއާ އެކު ޢުޤޫބާތުގެ ނިޒާމު އޮތުމުން މުޖުތަމަޢުގައި ފާޙިޝް ކަންކަން މަދުވާނެކަން ކަށަވަރެވެ.