ޖިންސީ ޖަރީމާތަކަށް އިސްލާމްދީން ހުށަހަޅާ ހައްލު ތަފާތު

ޖިންސީ ގޯނާގެ ޢަމަލުތައް މުޖުތަމަޢުތަކުގައި ގިނަވަމުންދާތީ މިކަން ހައްލު ކުރުމަށް ހަރުކަށި އަދަބުތައް ދޭން ވަރަށް ގިނަ ފަރާތްތަކުން ގޮވާލަ އެވެ. އާންމުކޮށް ހަރުކަށި ޢުުޤޫބާތްތަކަށް، ޚާއްޞަކޮށް އިސްލާމް ދީނުގައިވާ ޢުޤޫބާތްތަކަށް، އިންކާރު ކުރާ މީހުންވެސް މިކަމަށް ހަރުކަށި ޢުޤޫބާތްތައް ޤާނޫނުގައި ކަނޑައަޅަން ތާއީދު ކުރެ އެވެ. މި ގޮތަށް ޢުޤޫބާތް ކަނޑައެޅުމާ އެކު ދެން މިކަމުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ނުވަތަ ޖިންސީ ތަރުބިޔަތުގެ ޕްރޮގްރާމްތައް ހިންގަން ހުށަހަޅަ އެވެ. މި ދެކަމަކީ ވެސް މައްސަލަ ހައްލުކުރުމުގައި މަންފާ ކުރާނެ ދެކަންތަކެވެ. އެހެންނަމަވެސް ބައެއް މުޖުތަމަޢުތަކުގައި މި ދެކަންތައް ކުރަން ހުށަހަޅާ ގޮތް އެއީ އިސްލާމީ މުޖުތަމައަކަށް އެންމެ ރަނގަޅުވެދާނެ ގޮތް ބާވަ އެވެ؟


މިދެންނެވި މުޖުތަމަޢު ތަކުގައި ކަނޑައަޅާ ޢުޤޫބާތްތަކަށް ބަލާއިރު ޖިންސީ ގޯނާގެ ތެރެއިން ރޭޕް ކުރުމުގެ ޢުޤޫބާތަކަށް ދަންޖެއްސުން ނުވަތަ އުމުރަށް ޖަލަށްލުން ފަދަ ވަރުގަދަ ޢުޤޫބާތްތައް ވެސް ހުރެ އެވެ. އިސްލާމް ދީނުގައި ވެސް މިކަމަށް ދޭ ޢުޤޫބާތް ވަރަށް ވަރުގަދަ އެވެ. އެއީ މަގުފޭރުމުގެ ޢުޤޫބާތެވެ. ދެން އިސްލާމްދީނުގައި ހުންނަ ޢުޤޫބާތްތަކަކީ ގޯނާގެ މިންވަރަށް ބަލައި ތަޢުޒީރު ކުރުމާއި ކަނޑައެޅިފައިވާ ހައްދު ޖެހުމާއި މާރާމާރީ އެއް ހިމެނޭ ނަމަ އެކަމުގެ ޢުުޤޫބާތް ފަދަ ޢުޤޫބާތްތަކެވެ. އަދި މި ހުރިހާ ހާލަތެއްގައި ވެސް ޖަރީމާ ގެ މިންވަރަށް ބަލައި އުޚުރަވީ ޢުޤޫބާތެވެ.

މި ހަމައިން ބަލާއިރު ޖިންސީ ގޯނާ ކުރާމީހުންނަށް ހަރުކަށި ޢުޤޫބާތް ދިނުމަށް ކަނޑައެޅުން އެއީ ރަނގަޅު ކަމެކެވެ. އެކަމަކު މީގެ އިތުރުން ދެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތަކުން ފައިދާ ކުރަނީ ކިހާ މިންވަރަކަށް ބާވަ އެވެ؟ މިހެން މި ދެންނެވީ ޖިންސީ ތަރުބިޔަތުގެ ޕްރޮގްރާމްތައް މިދެންނެވި ފަދަ މުޖުތަމަޢު ތަކުގައި ކުރިއަށް ގެންދިޔަސް ޖިންސީ ޖަރީމާތަކަށް މަގުފަހިވާ ވަރަށް ގިނަ ކަންކަން ފަރުދީ މިނިވަންކަމުގެ ނަމުގައި ހުއްދަ ކުރެވިފައި އޮންނާތީ އެވެ. މިގޮތުން ދެ ޖިންސުގެ މީހުން މައްސުނިވެ އުޅުމާއި ގައިގޯޅިވެ ބީހި އުޅުމާއި ބޭނުން ގޮތަކަށް ހެދުން އެޅުން ފަދަ ކަންކަން އަދި ކިއެއްތަ ޒިނޭ ކުރުން ވެސް ހުއްދަ އެވެ. ދެވަނަ ކަމަކަށް މިކަމާ އުޚްރަވީ ޙަޔާތާ ގުޅުވުމަކީ މުހިންމު ކަމެއް ކަމަކަށް ނުބަލަ އެވެ. މީގެ އިތުރުން އިސްލާމްދީން ހުށަހަޅާފަދަ ނަފްސު ތަހުޒީބު ކުރުމުގެ ޕްރޮގްރާމްތަކެއް ނޯވެ އެވެ. މަސައްކަތް ކުރަނީ ހޭލުންތެރި ކުރުވާށެވެ. އެކަމަކު މިބުނާ ހޭލުންތެރި ކުރުވުމަކީ ކޮބައިބާ އެވެ؟

މިދެންނެވި މުޖުތަމަޢު ތަކުގައި ކަނޑައަޅާ ޢުޤޫބާތްތަކަށް ބަލާއިރު ޖިންސީ ގޯނާގެ ތެރެއިން ރޭޕް ކުރުމުގެ ޢުޤޫބާތަކަށް ދަންޖެއްސުން ނުވަތަ އުމުރަށް ޖަލަށްލުން ފަދަ ވަރުގަދަ ޢުޤޫބާތްތައް ވެސް ހުރެ އެވެ. އިސްލާމް ދީނުގައި ވެސް މިކަމަށް ދޭ ޢުޤޫބާތް ވަރަށް ވަރުގަދަ އެވެ. އެއީ މަގުފޭރުމުގެ ޢުޤޫބާތެވެ. ދެން އިސްލާމްދީނުގައި ހުންނަ ޢުޤޫބާތްތަކަކީ ގޯނާގެ މިންވަރަށް ބަލައި ތަޢުޒީރު ކުރުމާއި ކަނޑައެޅިފައިވާ ހައްދު ޖެހުމާއި މާރާމާރީ އެއް ހިމެނޭ ނަމަ އެކަމުގެ ޢުުޤޫބާތް ފަދަ ޢުޤޫބާތްތަކެވެ. އަދި މި ހުރިހާ ހާލަތެއްގައި ވެސް ޖަރީމާ ގެ މިންވަރަށް ބަލައި އުޚުރަވީ ޢުޤޫބާތެވެ.

ޖިންސީ ތަރުބިޔަތުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކޮށްގެން ޖިންސީ ގޯނާ ހުއްޓުވަން މަސައްކަތް ކުރުމާ ބެހޭ ގޮތުން، ވެސްޓަން ސިޑްނީ ޔުނިވަސިޓީގެ އިޖުތިމާޢީ ޢިލްމާއި ޖަރީމާތަކާ ބެހޭ ޢިލްމުގެ ޕްރޮފެސަރެއް ކަމަށްވާ މޮއިރާ ކާރމޮޑީ ގެ ލިޔުމެއްގައި ވެ އެވެ. "ޤާނޫނުތައް ކިތަންމެ ވަރުގަދަވިޔަސް އަދިވެސް މިކަން ހުއްޓުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހެ އެވެ. ޤާނޫނު ކޮށްދޭ ކަމަކީ ޖަރީމާ ހިނގީމާ އަދަބުދިނުން އެކަންޏެވެ... ޖިންސީ ގޯނާތައް ގިނައިން ހިނގާފައި ހުންނަނީ ނުދަންނަ މީހުންގެ މެދުގައެއް ނޫނެވެ. އެންމެ ގިނައިން ހިނގަނީ ދަންނަ މީހުންގެ މެދުގައި ރުހިގެން ޖިންސީ ގުޅުން ހިންގަން އެއްބަސް ނުވެވޭތީ އެވެ. މިހެން މިވަނީ މިކަން ހުއްޓުވަން ހޭލުންތެރި ނުކުރުވޭތީ އެވެ."

މީނާގެ ވާހަކައިން ފާހަގަ ކޮށްލެވޭ ދެކަމެއް އެބައޮތެވެ. އެއްކަމަކީ އެ މުޖުތަމަޢުތަކުގައި ވެސް ޢުޤޫބާތުގެ ނިޒާމުން އެކަނި މައްސަލަ ހައްލު ނުވާ ކަމެވެ. އާދެ، ޖިންސީ ޖަރީމާތަކަށް މަގުފަހިވާ ކަންކަމަށް މިނިވަންކަން އެއްކޮޅުން ދީފައި އަނެއްކޮޅުން ޢުޤޫބާތުގެ ނިޒާމު އޮތަސް މިކަން ހުއްޓުވަން މާބޮޑު ބާރެއް ނުލިބޭނެ ކަމެވެ. ދެވަނަ ކަމަކީ، މިކަމުގެ އެންމެ ރަނގަޅު ހައްލަކީ ޖިންސީ ކަންކަން ކުރަން ލިބޭ ދައުވަތުތަކަށް އިންކާރު ނުކޮށް ހިތުން ރުހުމުން ބަަލައިގަތުން ކަމެވެ. ނުވަތަ އިންކާރު ކުރާނަމަ ގަދަކަމުން އެކަން ކުރަން ނޫޅެ އިންކާރު ނުކުރާ މީހެއްގެ ގާތަށް ދިއުން ކަމެވެ. ހޭލުންތެރި ކުރުވުމަކީ މިއީ ކަމެވެ. މިއީ ހަމަކަށަވަރުން ވެސް އިސްލާމީ މުޖުތަމަޢެއްގައި ބަލައިގަނެވޭނެ ހައްލެއް ނޫނެވެ. އަދިކިއެއްތަ، މިއީ އިންސާނީ ޠަބީޢަތާ ވެސް ގުޅޭ ހައްލެއް ނޫނެވެ.

އެހެންނަމަވެސް ހިތާމައަކީ، އިސްލާމީ މުޖުތަމަޢުތަކުގައި ބައެއް މީހުން މި ހުށަހެޅުމަށް ތާއީދުކޮށް މިނިވަންކަމާ އެކު އުޅެން ބޭނުން ވުމެވެ. އިސްލާމްދީން ހުށަހަޅައިދޭ ހައްލުގައި ހިމެނޭ ޖިންސީ ޖަރީމާތަކަށް މަގުފަހިވެދާނެ ބައެއް ކަންކަމުން ދުރުހެލިވުން އެހާ މުހިންމު ނޫން ކަމަށް ގަބޫލު ކުރުމެވެ. އެކަމަކު ހަމައެއާ އެކު މި މިނިވަންކަން އޮތުމުން ނުކުމެދާނެ ނުބައި ނަތީޖާއިން ހިމާޔަތް ލިބެންވެސް އަނެއްކޮޅުން ބޭނުން ވުމެވެ. މިއީ އިސްލާމީ މުޖުތަމަޢަކަށް ކަމުދާނެ ގޮތެއް ނޫނެވެ. އިސްލާމީ މުޖުތަމަޢަކަށް ބޭނުންވާނީ އިސްލާމީ ހައްލެކެވެ.

"ޤާނޫނުތައް ކިތަންމެ ވަރުގަދަވިޔަސް އަދިވެސް މިކަން ހުއްޓުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހެ އެވެ. ޤާނޫނު ކޮށްދޭ ކަމަކީ ޖަރީމާ ހިނގީމާ އަދަބުދިނުން އެކަންޏެވެ... ޖިންސީ ގޯނާތައް ގިނައިން ހިނގާފައި ހުންނަނީ ނުދަންނަ މީހުންގެ މެދުގައެއް ނޫނެވެ. އެންމެ ގިނައިން ހިނގަނީ ދަންނަ މީހުންގެ މެދުގައި ރުހިގެން ޖިންސީ ގުޅުން ހިންގަން އެއްބަސް ނުވެވޭތީ އެވެ. މިހެން މިވަނީ މިކަން ހުއްޓުވަން ހޭލުންތެރި ނުކުރުވޭތީ އެވެ."

އިސްލާމް ދީނުގައި މިކަމަށް ހައްލު ހުށަހަޅާއިރު ގެނެސްދޭ ޢުޤޫބާތުގެ ނިޒާމުގައި އުޚްރަވީ ޢުޤޫބާތް ހިމެނެ އެވެ. އަދި ދުނިޔަވީ ޢުޤޫބާތްތައް ވަރަށް ހަރުކައްޓެވެ. މިއީ އެހެންމީހުން އެ ހުށަހަޅާ ޢުޤޫބާތުގެ ނިޒާމަށްވުރެ ނަތީޖާ މާބޮޑަށްވެސް ރަނގަޅުވާނެ ނިޒާމެކެވެ. މިކަން މިހެން އޮތް ނަމަވެސް އިސްލާމްދީން ހުށަހަޅަނީ ހަމައެކަނި ޢުޤޫބާތުން ހައްލުކުރާކަށް ނޫނެވެ. އެއަށްވުރެ ކުރިން، މީސްތަކުންގެ ނަފްސުތައް ހެޔޮގޮތުގައި ތަހުޒީބު ކުރަން ޖެހެ އެވެ. ނަފްސު ތަހުޒީބު ކުރުމުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. ކުރީގެ ލިޔުމެއްގައި މިކަންކަމަށް ވާނީ އަލިއަޅުވާލާފަ އެވެ. ޚުލާޞާކޮށް ބަލައިލާއިރު މިކަމުގައި ހިމެނޭ ފުރަތަމަ ފިޔަވަޅަކީ ޖިންސީ ޣަރީޒާ އާ މެދު ވަކި ކަންތައްތަކެއް ގަބޫލުކޮށް އެކަންކަމަށް ހިތުން ރުހުމެވެ.

ދެވަނަ ފިޔަވަޅަކީ، ޖިންސީ ޖަރީމާތަކުން މީހާ ދުރުހެލިވުމަށްޓަކައި ތަޤުވާވެރިކަން އިތުރުކުރުމެވެ. ތިންވަނަ ފިޔަވަޅަކީ، ޖިންސީ އެދުންވެރިކަމުގެ ޣަރީޒާ ތަހުޒީބު ގޮތެއްގައި ފުއްދޭނެ މަގެއް ހޯދުމެވެ. އެއީ ކައިވެނި ކުރުމެވެ. ހަތަރުވަނަ ފިޔަވަޅަކީ ޙަރާމް ގޮތުގައި މި އެދުން ފުއްދުމަށް މަގުފަހިވެދާނެ ހުރިހާ ކަމަކުން ދުރުހެލިވުމެވެ. މިގޮތަށް ނަފްސު ތަހުޒީބުކުރަން ކުރާ މަސައްކަތް ފުރިހަމައަށް ކުރެވިއްޖެ ނަމަ ޢުޤޫބާތަކާ ހަމައަށް ނުގޮސް ރައްކާތެރިވެވޭނެ އެވެ. އެހެންނަމަވެސް އިންސާނާގެ ޠަބީޢަތަށް ބަލާއިރު ބައެއް ފަހަރު މިކަން ކާމިޔާބު ނުވާނެތީ ދެން އޮންނަނީ ޢުޤޫބާތުގެ ނިޒާމެވެ. މީގެ ތަފްސީލުވެސް ކުރީގެ ލިޔުމުގައިވާނެ އެވެ.

މިދެންނެވި ހައްލު ހުށަހަޅައިދެނީ، ނަފްސުތަކުގެ ހަގީގަތާއި ނަފްސުތަކުގެ މަސްލަހަތުތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެ ނަފްސުތައް ހެއްދެވި ފަރާތުންނެވެ. އެހެންކަމުން އިސްލާމްދީން ހުށަހަޅާ ހައްލަކީ ކަމުގެ އެއް އަރިމަތިން ހައްލު ގެނައުމުގެ ބަދަލުގައި އެކަމުގައި ހިމެނޭ ހުރިހާ އަރިމަތިތަކެއް ހިމަނައިގެން ގެންނަ ހައްލެކެވެ. މިހައްލުގައި ޖިންސީ ހުރިހާ ޖަރީމާތަކެއް (ޒިނޭ ވެސް އަދި މިކަމަށް މަގުފަހިވާ ކަންކަން ވެސް) މަނާކުރަން ނަހީތައް އައިސްފައި ވެ އެވެ. ވަޢީދުގެ ބަސްފުޅުތައް އައިސްފައިވެ އެވެ. ހިތަށް ބިރުވެރިކަން ވަންނަ ފަދަ އުޚްރަވީ ޢުޤޫބާތްތަކާއި ދުނިޔަވީ ޢުޤޫބާތްތައް ވެ އެވެ.

މިފަދަ ފުރިހަމަ ހައްލެއް އިސްލާމްދީން ހުށަހަޅާފައި އޮތަސް މީގެ ވާހަކަ ދެކެވޭއިރު މީގެ ތެރެއިން ބައެއް ކަންކަމަށް މާބޮޑަށް އިސްކަންދެވޭ ފަހަރު އާދެ އެވެ. މިގޮތުން ނަފްސު ތަހުޒީބު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަމިއްލައަށް ކުރަންޖެހޭ ކަންކަން ކުރުމާއެކު ދެންތިބި މީހުންވެސް މިކަމަށް އެހީތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމުގެ ވާހަކައަށް ވަރަށް ބާރުލެވެ އެވެ. މިސާލަކަށް ހިލޭ މީހުންގެ ތެރޭގައި ޒީނަތްތެރިކަން ފާޅުނުކުރުމާއި އެދުންވެރިކަން ހިލިދާނެ ފަދަ ޢަމަލުތައް ނުކުރުން ފަދަ ކަންކަމުގެ ވާހަކަ އެވެ. މިގޮތަށް ވާހަކަ ދެކެވުމުން ބައެއް މީހުންނަށް ދޭހަވަނީ އިސްލާމްދީނުގައި ޖިންސީ ޖަރީމާތައް ހުއްޓުވަން އަޅާފައި އޮންނަ އެންމެ މުހިންމު ފިޔަވަޅަކީ އެހެންމީހުން، ޚާއްޞަކޮށް އަންހެނުން ފިރިހެނުންނަށްޓަކައި، ކޮށްލަދޭން ޖެހޭ ދެތިންކަމެއް ކަމަށެވެ. މިއީ ވަރަށްބޮޑު ކުށްހީ އެކެވެ. އެހެނީ އިސްލާމްދީން ގެނެސްދެނީ ޝާމިލު ހައްލެއް ކަމަށް ވާތީ އެވެ. އަދި މިކަމުގައި އެހެން މީހުންގެ އެހީތެރިކަމަށް ވުރެ ކުރިން ތިމާ އަމިއްލައަށް ކުރަންޖެހޭ ކަންކަން މާގިނައިން ހުންނާތީ އެވެ.

ހަގީގަތުގައި އަންހެނުން ﷲ ގެ އެ އަމުރުފުޅުތަކަށް ކިޔަމަންނުވެ ޒީނަތްތެރިކަން ފާޅު ކުރިޔަސް އަދި ޢައުރަ ނިވާ ނުކޮށް ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުތަސް ފިރިހެނުން އެ މަންޒަރު ބަލައިގެން ނުވާނެ އެވެ. މީގެ މާނައަކީ އަންހެނުން މިހެން އުޅުން ހުއްދަވާނެއޭ ބުނުމެއް ނޫނެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން ނޫރު ސޫރަތުގައި އައިސްފައިވާ އާޔަތްތަކަށް ބަލާއިރު އަންހެނުންގެ ޒީނަތްތެރިކަން ފާޅު ނުކުރުމަށް އޮތް އަމުރަށްވުރެ މާ ކުރިން، ފިރިހެނުންގެ ބެލުންތައް ތިރި ކުރުމަށާއި އެމީހުންގެ ލަދުވެތި ގުންވަންތައް ރައްކާތެރި ކުރުމަށް އަމުރު އައިސްފައި އޮތުމުން އެއިން ދޭހަވާ މާނަ ހާމަކޮށްދިނުމެވެ. މިވާހަކައަށް އިތުރަށް ތާއީދު ލިބެނީ ޒިނޭގެ ޢުޤޫބާތް ދެ މީހުންނަށް ވެސް އެއްވަރަކަށް އޮތުމުންނެވެ. އެ އާޔަތުގައި އަންހެން މީހާގެ ނަން ކުރިއަށް އޮތުމުން އެއިން މުހިންމު ކަމެއް ދޭހަވިއަސް، ޒިނޭގެ ޢަމަލު ނުވަތަ ޖިންސީ ގޯނާ ހިނގަނީ ހަމައެކަނި އަންހެނުން ޒީނަތްތެރިކަން ފާޅުކުރާތީ ކަމަށްބަލައިގެން ފިރިހެނުންނަށް ލުޔެއް ދީފައި ނުވަތަ އަންހެނުންނަށް ޢުޤޫބާތް ބޮޑުކޮށްފައި ނުވެ އެވެ.

ހަމައެއާ އެކު މި އިޝާރާތްކުރި ފަދަ ކަންކަން އިސްލާމީ ހައްލުގެ ތެރޭގައި އޮންނާތީ އަނެއްބަޔަކު އެކަމާ ހިތްހަމަ ނުޖެހުމަކީ ވެސް ހިތާމަހުރި ކަމެކެވެ. އެކަމަކު މި ދެންނެވި ފަދަކަންކަން ނުހުއްޓުވައި ހުށަހަޅާ ހައްލަކީ އިންސާނީ ޠަބީޢަތާ ދުރު ހައްލެކެވެ. ޕެޓްރޯލުގައި އަލިފާން ހިފަނީ އޭގެ އެއްބައިގައި ހިފާފައި އަނެއްބައިގައި ނުހިފައި ދޫކޮށްލާފައެއް ނޫނެވެ.

ވީމާ މިއީ ވަކި ބައެއްގެ ބޮލުގައި، ޚާއްޞަކޮށް އަންހެނުންގެ ބޮލުގައި، ތުހުމަތެއް އަޅުވަން އިސްލާމްދީން ހުށަހަޅާ ކަންކަމެއް ނޫނެވެ. ހަގީގަތުގައި އަންހެނުން ﷲ ގެ އެ އަމުރުފުޅުތަކަށް ކިޔަމަންނުވެ ޒީނަތްތެރިކަން ފާޅު ކުރިޔަސް އަދި ޢައުރަ ނިވާ ނުކޮށް ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުތަސް ފިރިހެނުން އެ މަންޒަރު ބަލައިގެން ނުވާނެ އެވެ. މީގެ މާނައަކީ އަންހެނުން މިހެން އުޅުން ހުއްދަވާނެއޭ ބުނުމެއް ނޫނެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން ނޫރު ސޫރަތުގައި އައިސްފައިވާ އާޔަތްތަކަށް ބަލާއިރު އަންހެނުންގެ ޒީނަތްތެރިކަން ފާޅު ނުކުރުމަށް އޮތް އަމުރަށްވުރެ މާ ކުރިން، ފިރިހެނުންގެ ބެލުންތައް ތިރި ކުރުމަށާއި އެމީހުންގެ ލަދުވެތި ގުންވަންތައް ރައްކާތެރި ކުރުމަށް އަމުރު އައިސްފައި އޮތުމުން އެއިން ދޭހަވާ މާނަ ހާމަކޮށްދިނުމެވެ. މިވާހަކައަށް އިތުރަށް ތާއީދު ލިބެނީ ޒިނޭގެ ޢުޤޫބާތް ދެމީހުންނަށް ވެސް އެއްވަރަކަށް އޮތުމުންނެވެ. އެ އާޔަތުގައި އަންހެން މީހާގެ ނަން ކުރިއަށް އޮތުމުން އެއިން މުހިންމު ކަމެއް ދޭހަވިއަސް، ޒިނޭގެ ޢަމަލު ނުވަތަ ޖިންސީ ގޯނާ ހިނގަނީ ހަމައެކަނި އަންހެނުން ޒީނަތްތެރިކަން ފާޅުކުރާތީ ކަމަށްބަލައިގެން ފިރިހެނުންނަށް ލުޔެއް ދީފައި ނުވަތަ އަންހެނުންނަށް ޢުޤޫބާތް ބޮޑުކޮށްފައި ނުވެ އެވެ.

ވީމާ، ޖިންސީ ޖަރީމާތައް މަދުކުރަން ބޭނުންވާ ނަމަ އިސްލާމީ ހައްލު އެއްފަރާތްކޮށް ނުވަތަ އެއަށް ހަޖޫ ޖަހައި އެހެންމީހުން ހުށަހަޅައިދޭ ހައްލަށް އެކީއެކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައެއް ނުވާނެ އެވެ. އިސްލާމީ ހައްލަކީ އޭގައި ޝާމިލުކަން އެކުލެވޭ ނުވަތަ ވަށާޖެހޭ ތަފާތު ހައްލެކެވެ.