ޖޯޖް ކްލޫނީގެ ދެމަފިރިންގެ ފަރާތުން ބޭރޫތަށް 100،000 ޑޮލަރު ހަދިޔާކޮށްފި

ފައިސާ ހަދިޔާކޮށްފައި ވަނީ އަމާލްގެ އުފަން ގައުމުގެ ތިން ޖަމިއްޔާއަކަށް

މިދިޔަ ހަފުތާގައި ލުބުނާންގެ ވެރިރަށް ބޭރޫތުގައި ހިނގި ގޮވުމުގެ ނުރައްކާތެރި ހާދިސާ އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނި އާއި އަންހެނުން އަދި އަމާލް ކްލޫނީ 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.


އެ ދެމަފިރިންގެ ފަރާތުން ފައިސާގެ އެހީ ދީފައި ވަނީ ބޭރޫތުގެ ތިން ޖަމިއްޔާއަކަށެވެ. އެ ތިން ޖަމިއްޔާ އަކީ ލެބަނީޒް ރެޑް ކްރޮސް އާއި އިމްޕެކްޓް ލެބަނަންގެ އިތުރުން ބޭތުނާ ބޭތަކު އެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އަމާލަކީ ބޭރޫތަށް އުފަން މީހެކެވެ. އެއްމާބަނޑު ދެ ކުދިން ތިބީ އަމާލަކީ މިހާރު އިނގިރޭސިވިލާތުގެ ރަށްވެހިކަން ވެސް އޮންނަ އަދި އެ ގައުމުގައި ދިރިއުޅެމުން އަންނަ މީހެކެވެ.

ބޭރޫތުގައި ހިނގި ނުރައްކާތެރި ހާދިސާއާ ބެހޭ ގޮތުން ކްލޫނީގެ ދެމަފިރިން ބުނީ އެ ހާދިސާއާ ގުޅިގެން އާންމުންގެ ދިރިއުޅުމަށް ލިބުނު ގެއްލުންތަކާ ދޭތެރޭ ވަރަށް ހިތާމަކުރާ ކަމަށާއި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ދިރިއުޅުން ވިއްސިވިހާލިވެގެން ގޮސްފައިވާ ކަމަށެވެ.

ބަނދަރުމަތީގައި ހުރި ކެމިކަލް ގުދަންތަކެއްގައި ބާރުގަދަ ގޮވުންތަކެއް މި މަހުގެ 4 ވަނަ ދުވަހު ގޮވި ހާދިސާގައި މިހާތަނަށް 150 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ އިރު 5،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުން މިހާރު އަންނަނީ ލުބުނާނަށް އެހީވަމުންނެވެ.