މަކަރު ހެދުމާއި އޮޅުވާލުމަކީ މޮޅުކަމެއް ކަމަށް ދެކިގެން ނުވާނެ

އިންސާނުން އެކަކު އަނެކަކާ ދެމެދު ނުވަތަ އެއްބަޔަކު އަނެއް ބަޔަކާ ދެމެދު އޮންނަ ގުޅުންތަކުގައި ނުވަތަ ކުރާ މުޢާމަލާތުތަކުގައި މަކަރު ހަދައި އޮޅުވާލުމަކީ ބައެއް މީހުންގެ އާދައެކެވެ. އަދި މިގޮތަށް އެ މީހުންގެ ބޭނުންތައް ފުއްދުން އެއީ ފެޝަނެއް ކަމަށް ދެކޭ ބައެއް މީހުން ވެސް އުޅެ އެވެ. އަދި އެއީ ތިމާގެ މޮޅު ކަމާއި ބުއްދިވެރިކަން ހުރި މިންވަރު ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެފަދަ މީހުން ދެކެ އެވެ. އެހެންވެ އޮޅުވާލައި މަކަރު ހަދައިގެން އެކުރެވުނު "މޮޅު" ކަމުގެ މައްޗަށް ފަޚުރުވެރިވެ އުޅޭތަން ވެސް ފެނެ އެވެ.


އެހެން ނަމަވެސް މިގޮތަށް މީހުންނަށް މަކަރު ހަދައި އޮޅުވާލުމަކީ މޮޅުކަމެއް ހެއްޔެވެ؟ ތިމާގެ ވިސްނުން ތޫނުކަން ދަލީލު ކޮށްދޭން އޮތް އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ތިމާއަކީ އުފެއްދުންތެރި ޚިޔާލުގެ ވެރިއެއް ކަން އަންގައިދޭން އެންމެ މުހިންމު ގޮތް ހެއްޔެވެ؟ ނުވަތަ އެއީ ފުރިހަމަ ސިޔާސަތެއްގެ މޮޅު އުކުޅެއް ހެއްޔެވެ؟ ހަގީގަތަކީ އެކަމުގައި ތިމާގެ ވިސްނުމާއި ބުއްދި ބޭނުންކުރެވި މޮޅު އުފެއްދުންތަކާއި އީޖާދުތައް އެކުލެވިފައިވީ ނަމަވެސް އެއީ ނުބައިވެގެންވާ މަކަރުވެރި ޢަމަލުތަކެއް ފިޔަވައި އެހެން ކަމެއް ނޫނެވެ. އެކަމުގެ ގެއްލުން އެތައް ބަޔަކަށް ފޯރައިގެންދާ ހިނދު އެއީ ޚުދު އެކަން ކުރާ މީހާއަށް ވެސް ލިބޭ ގެއްލުމެކެވެ. އެކަމުން ހާސިލު ކުރެވެނީ ހަމައެކަނި ކަނޑައެޅިފައިވާ ވަކި ވަގުތަކަށް ލިބޭ ކާމިޔާބެކެވެ. އެއަށް ފަހު މީހާ ގެއްލުމާއި ހަލާކުގެ ތެރެއަށް ދާން މަޖުބޫރުވެ އެވެ.

ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތާ މެދު ވިސްނައި ފިކުރުކުރާ މީހުންނަށް އިބުރަތްތައް ހާސިލުވާނެ އެވެ. މިފަދަ މީހުންގެ ހާލަތު ދިރާސާކޮށްލުމުން ފެނިގެންދާނީ އާޚިރުގައި ނާކާމިޔާބެވެ. މަދު ހާލަތެއްގައި މި ދުނިޔެމަތީ އެ ނުބައި ނިމުމާ ހަމައަށް ނުދެވި ފަހަރެއްގައި ސަލާމަތް ވެވިދާނެ އެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ކާމިޔާބުވުމެއް ނޫނެވެ. ސަބަބަކީ މި ދުނިޔޭގެ ހަޔާތް ނިމުމުން ހުރިހާ ކަމެއް ނިމިގެން ނުދިއުމެވެ. އެހެންކަމުން އާޚިރަތުގައި އެކަމުގެ ހިތި ނަތީޖާގެ ރަހަ ދެކޭނެކަން ކަށަވަރެވެ. އަދިކިއެއްތަ، މިގޮތަށް ދުނިޔެމަތީގެ ނާކާމިޔާބުން ސަލާމަތްވެ ޖަޒާއެއް ނުލިބި ދާ އެފަދަ މީހުންނަށް އާޚިރަތުގައި ވޭން ގަދަވާނެ އެވެ. އެހެނީ މަކަރު ހަދައި އޮޅުވާލާ މީހުން އެހަދާ މަކަރާއި އޮޅުވާލުމަކީ އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އޮޅުވާލާ އޮޅުވާލުމަކަށް ވާތީ އެވެ. އަލްބަޤަރާ ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ އެފަދަ މީހުން މާތް ﷲ އަށާއި އީމާންވީ މީހުންނަށް މަކަރުހަދާ ހެދުމަކީ އެމީހުންނަށް އެކަން އިހުސާސް ނުވާ ހާލު ތިބެ ޚުދު އެމީހުންގެ އަމިއްލަ ނަފްސަށް ހަދާ މަކަރެއް ކަމުގަ އެވެ. މުރާދަކީ އެފަދަ މަކަރު ހަދައި އޮޅުވާލުމުން އެކަމުގެ ގެއްލުން އެ މީހުންނަށް ކަށަވަރުން ވެސް ލިބޭނެ އެވެ.

އަލްބަޤަރާ ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ އެފަދަ މީހުން މާތް ﷲ އަށާއި އީމާންވީ މީހުންނަށް މަކަރުހަދާ ހެދުމަކީ އެމީހުންނަށް އެކަން އިހުސާސް ނުވާ ހާލު ތިބެ ޚުދު އެމީހުންގެ އަމިއްލަ ނަފްސަށް ހަދާ މަކަރެއް ކަމުގަ އެވެ. މުރާދަކީ އެފަދަ މަކަރު ހަދައި އޮޅުވާލުމުން އެކަމުގެ ގެއްލުން އެ މީހުންނަށް ކަށަވަރުން ވެސް ލިބޭނެ އެވެ.

މަކަރު ހެދުމާއި އޮޅުވާލުމަކީ އިންސާނާ އެ ފިޠުރަތެއްގައި މާތް ﷲ ލައްވަވާފައިވާ ފިޠުރަތާ ވެސް ޚިލާފު ކަމެކެވެ. މިކަމުގެ ހެއްކަކީ އެކަކު ވެސް އެމީހަކަށް އެހެން މީހަކު މަކަރެއް ހަދައި އޮޅުވާލަން ބޭނުންނުވާ ކަމެވެ. އެންމެ ބޮޑު މަކަރުވެރި ކަލޭގެ ވެސް އެހެން މީހަކު އޭނައަށް މަކަރެއް ހަދައި އޮޅުވާލާނަމަ ރުޅިގަދަވާނެ އެވެ. ވީމާ އެއީ އިންސާނީ ފިޠުރަތާ ޚިލާފު ކަމެކެވެ. މޮޅުކަމާއި ބުއްދިވެރި ކަމާއި ވިސްނުންތޫނުކަމަކީ ﷲ އިންސާނުންނަށް ދެއްވާ ނިޢުމަތްތަކެކެވެ. ދުނިޔަވީ މި އިމްތިޙާނުގައި އޭނާގެ ދައުރު އަދާކުރުމަށް ދެއްވާ ބާރުތަކެކެވެ. ނުވަތަ ވަސީލަތްތަކެކެވެ. އެހެންކަމުން އޭގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި އޭގެ ބޭނުން ހިފަމުން ދާން ޖެހޭނީ އަބަދުވެސް އެންމެންނަށް އެންމެ މަޞްލަޙަތު ހުރި ހެޔޮ ގޮތުގަ އެވެ.

މާތްވެގެންވާ އިސްލާމް ދީނަކީ ފިޠުރަތުގެ ދީނެވެ. އެ ދީނުގެ ހުރިހާ އަމުރުތަކަކާއި ނަހީތަކެއް ބިނާވެފައި ވަނީ އިންސާނާގެ ފިޠުރަތު އޭގެ ސާފު ގޮތުގައި ބަހައްޓައި އެމަގުން އިންސާނާ ކައްސާލައިގެން ދިޔަ ނުދިނުމަށެވެ. އިންސާނުން އެއްބަޔަކު އަނެއް ބަޔަކަށް އޮންނަ މުޢާމަލާތުތަކުގައި އޮޅުވާލުމާއި މަކަރު ހެދުން އެއީ އިންސާނާގެ ފިޠުރަތުން ކައްސާލުމެވެ. އެހެން ކަމުން މަކަރުހެދުމާއި އޮޅުވާލުމަށް އިސްލާމް ދީން ދެކޮޅު ހަދަ އެވެ. އޭގެ ބަދަލުގައި އިޚްލާޞްތެރި ވުމަށް އަންގަވަ އެވެ. (އައްޒުމަރު 2) އަނަސްގެފާނުގެ ކިބައިން ރިވާވެގެންވާ ނަބަވީ ޙަދީޘެއްގައި ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަނަސްގެފާނަށް ޙަދީޘްފުޅު ކުރައްވަނީ އެއްވެސް މީހަކާމެދު މަކަރުހަދައި އޮޅުވާލުމުގެ ކަންފުޅެއްވެސް ހިތުގައި ނުބާއްވައި ހެނދުނުވާއިރު ވެސް އަދި ހަވީރުވާއިރު ވެސް (އެބަހީ އަބަދުވެސް) ހުރުމަށް ކުޅަދާނަ ނަމަ އެކަން ކުރުމަށެވެ. އެކަމަކީ ކީރިތިރަސޫލާގެ ސުންނަތުގެ ތެރެއިން ހިމެނޭކަމެއް ކަމަށާއި އެކަން ދިރުވައިފި މީހަކީ އެކަލޭގެފާނު ދެކެ ލޯބިވާ މީހަކު ކަމަށާއި އެކަލޭގެފާނު ދެކެ ލޯބިވާ މީހަކު އެކަލޭގެފާނާ އެކު ސުވަރުގޭގައި ވާނެކަން އެ ޙަދީޘްގެ ފަހު ބައިގައި ބަޔާންވެފައިވެ އެވެ.

އަނަސްގެފާނުގެ ކިބައިން ރިވާވެގެންވާ ނަބަވީ ޙަދީޘެއްގައި ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަނަސްގެފާނަށް ޙަދީޘްފުޅު ކުރައްވަނީ އެއްވެސް މީހަކާމެދު މަކަރުހަދައި އޮޅުވާލުމުގެ ކަންފުޅެއްވެސް ހިތުގައި ނުބާއްވައި ހެނދުނުވާއިރު ވެސް އަދި ހަވީރުވާއިރު ވެސް (އެބަހީ އަބަދުވެސް) ހުރުމަށް ކުޅަދާނަ ނަމަ އެކަން ކުރުމަށެވެ. އެކަމަކީ ކީރިތިރަސޫލާގެ ސުންނަތުގެ ތެރެއިން ހިމެނޭކަމެއް ކަމަށާއި އެކަން ދިރުވައިފި މީހަކީ އެކަލޭގެފާނު ދެކެ ލޯބިވާ މީހަކު ކަމަށާއި އެކަލޭގެފާނު ދެކެ ލޯބިވާ މީހަކު އެކަލޭގެފާނާ އެކު ސުވަރުގޭގައި

މަކަރު ހަދައި އޮޅުވާލުމުގެ އަސާސްތަކުގެ ތެރެއިން އެއް އަސާސަކީ މީހުންނާމެދު ނުބައި ހީކުރުންތައް ހީކުރުމެވެ. ނުބައި ހީކުރުންތައް އިސްލާމްދީން ނަހީކުރެއެވެ. ގިނަ ހީކުރުންތަކުން ދުރުހެލިވުމަށާއި ބައެއް ހީއަކީ ފާފައެއް ކަމަށް ކީރިތިޤުރުއާނުގައި އަންގަވާފައި ވެއެވެ. (އަލްޙުޖުރާތު 12). މީހުންނާމެދު ރަނގަޅަށް ހީކުރުން އެއީ އަޅުކަމުގެ ތެރެއިން ވާކަމެއް ކަމަށް ކީރިތިރަސޫލާ ޙަދީޘް ކުރެއްވި ކަމަށް އަބޫހުރައިރާ ރިވާ ކުރައްވާފައި ވެ އެވެ.

މަކަރު ހަދައި އޮޅުވާލުމަކީ ހަމައެކަނި މީހަކަށް ވަކި ކަމެއް ކޮށްދޭން ބުނެ އެކަން އެގޮތަށް ކުރާކަން ދައްކައިގެން އެކަން ނުކުރުމެއް ނުވަތަ އެހެން ގޮތަކަށް ކުރުމެއް އެކަންޏެއް ނޫނެވެ. މީގެ އިތުރުން ވެސް މަކަރުހެދުމާއި އޮޅުވާލުމުގެ ތެރޭ ހިމެނޭ ކަންކަން ހުރެ އެވެ. މިގޮތުން އިސްލާމްދީނަށް ނަޞްރުދީ ވާގިވެރިވާކަން ދައްކައި އެކަމަކު އޮޅުވާލުމެއްގެ ތެރޭ އެ ދީނާ ހަނގުރާމަ ކުރުމަކީ މަކަރު ހެދުމެކެވެ. ފަޤީރުންނަށް ކަމޭހިތައި އެހީތެރިވާކަން އިޢުލާނުކޮށް އެފަދަ މީހުންނަށް އެހީތެރި ނުވުމަކީ މަކަރު ހެދުމެކެވެ. އިންސާނިއްޔަތަށް ލޯބިކުރާކަން، ނުވަތަ މިނިވަންކަމާއި އަމަންއަމާންކަމަށް ލޯބިކުރާކަން ދައްކައި އެކަމަކު އޮޅުވާލައިގެން މީހުން މަރައި މީހުން އިސްތިޣުލާލު ކޮށް އަޅުވެތި ކުރުމަކީ މަކަރު ހެދުމެކެވެ. ޓެރަރިޒަމްއާ ދެކޮޅުހަދަމޭ ކިޔައި އޮޅުވާލައިގެން ކުށެއްނެތް މަޢުޞޫމުންގެ ފުރާނަތައް ދުއްވާލުމަކީ މަކަރު ހެދުމެކެވެ. ރައްޔިތުންނަށް ހެޔޮގޮތްތައް އެދޭ ކަމަށް ވަހުމް ކުރުވައިގެން ވެރިކަން ހޯދައި އަމިއްލަ މަސްލަހަތަށް އެކަނި މަސައްކަތް ކުރުމަކީ މަކަރުހަދައި އޮޅުވާލުމެކެވެ. މިހެންގޮސް އެކަމުގައި މީސްތަކުންގެ ލޯމަތީ ވަކި ގޮތެއް ދައްކައި އެނޫން ގޮތަކަށް ނުބައި ރޭވުންތަކާއި އޮޅުވާލުމުގެ ތެރެއިން ކުރެވޭ ކޮންމެ ކަމަކީވެސް މަކަރު ހެދުމެކެވެ.

މަކަރު ހަދައި އޮޅުވާލުމުގެ އަސާސްތަކުގެ ތެރެއިން އެއް އަސާސަކީ މީހުންނާމެދު ނުބައި ހީކުރުންތައް ހީކުރުމެވެ. ނުބައި ހީކުރުންތައް އިސްލާމްދީން ނަހީކުރެއެވެ. ގިނަ ހީކުރުންތަކުން ދުރުހެލިވުމަށާއި ބައެއް ހީއަކީ ފާފައެއް ކަމަށް ކީރިތިޤުރުއާނުގައި އަންގަވާފައި ވެއެވެ. (އަލްޙުޖުރާތު 12). މީހުންނާމެދު ރަނގަޅަށް ހީކުރުން އެއީ އަޅުކަމުގެ ތެރެއިން ވާކަމެއް ކަމަށް ކީރިތިރަސޫލާ ޙަދީޘް ކުރެއްވި ކަމަށް އަބޫހުރައިރާ ރިވާ ކުރައްވާފައި ވެ އެވެ.

މި ނުބައި އާދައިން ސަލާމަތްވާން މަސައްކަތް ކުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އެއީ މިކަމުގައި މީހުންނަށް ދެވޭ އަނިޔާ އިން އެ މީހުން ސަލާމަތް ކުރުމަށެވެ. އަދި ޚުދު އެކަން ކުރާ މީހާ އަށް ލިބޭ ގެއްލުން ވެސް ބޮޑުވާތީ އެވެ. އޭނާއަށް ވަގުތީ މަގުސަދެއް ހާސިލު ކުރެވުނަސް އެކަން ދެމިހުންނަނީ ވަކި ވަގުތެއް ވަންދެންނެވެ. ވީމާ ތިމާ ފަޅާއަރައި އެކަމާ ދެރަވާން ޖެހޭތަން އަންނާނެކަން އަބަދުވެސް ހަނދާންކުރަން ޖެހެ އެވެ. އެހިނދު އެހެން މީހުންނަށް ތިމާ ދިން ގެއްލުން ފޫބައްދައިދޭން މަޖުބޫރު ވެދެ އެވެ. މުޖުތަމަޢުން އެފަދަކަންކަން ނައްތާލުމުގެ މަގުސަދުގައި ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން އަދަބެއް ލިބުން މަޖުބޫރުވެ އެވެ. ނަތީޖާއެއްގެ ގޮތުން ތިމާއާ އެއްވެސް ކަހަލަ މުޢާމަލާތެއް ކުރުމަށް މީހުން ދެން ނުރުހޭނެ އެވެ. މި ހުރިހާ ކަމެއްގެ އިތުރުން އާޚިރަތުގެ ޢަޛާބާ މެދު ވިސްނާލުން ހުއްޓެވެ. އެހެން މީހުންނަށް ތިމާގެ ފަރާތުން ދެވުނު އަނިޔާއާއި ކުރެވުނު ގޯނާއާ މެދު ވިސްނާލުން ހުއްޓެވެ. އެ މީހުން ތިމާއަށް ކޮށްފާނެ ބަދު ދުޢާ ތަކާމެދުވެސް ވިސްނާލުން ހުއްޓެވެ.