ދިރިއުޅުމަށް މަސައްކަތެއް ނުކޮށް ﷲ އަށް އަޅުވެތިވުން ފުރިހަމައެއް ނުވާނެ

މާތް ﷲ އިންސާނުން އުފައްދަވައި ދުނިޔެ އަށް ފޮނުއްވެވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެބަހީ އެކަލާނގެ އަންގަވާ ކަންކަން ކުރުމަށާއި ނަހީ ކުރައްވާ ކަންކަން ނުކުރުމަށެވެ. މިގޮތަށް އިންސާނުން އަޅުވެތިވުމަކީ ﷲ އަށް އެއިން މަންފާއެއް ލިބެން އޮތް ކަމެއް ނޫނެވެ. އެކަމަކު މިއީ އިންސާނުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި އެކަލާނގެ މިންވަރު ކުރައްވާފައިވާ ކަމެކެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން އުޚުރަވީ ހަޔާތުގައި އަބަދުގެ އަބަދަށް އުފަލުގައި އުޅެން ލިބިދޭ ފުރުސަތެކެވެ. އެހެންކަމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދަން ބޭނުންވާ ނަމަ ﷲ އަށް ފުރިހަމަގޮތުގައި އަޅުވެތިކަން އަދާކުރަން ޖެހެއެވެ. މިކަން ފުރިހަމަވާނީ އިސްލާމްދީނުގައިވާ ޢިބާދާތުތަކުގެ އިތުރުން ދިރިއުޅުމަށްޓަކައި ވެސް މަސައްކަތް ކޮށްގެންނެވެ.


އިސްލާމްދީނުގައި ފަރްޟު ކުރެވިފައިވާ ޢިބާދާތުތަކަށް ބަލާއިރު އިންސާނެއްގެ ހަޔާތުން އެ ފަރްޟުތައް އަދާކުޅައުމަށް ހޭދަވަނީ ނިސްބަތުން ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. މިގޮތުން ކޮންމެ ރެއަކާއި ދުވާލަކު ފަރްޟު ނަމާދުތައް އަދާ ކުރުމަށް ޖުމްލަކޮށް ހޭދަވާނީ ގާތްގަނޑަކަށް އެންމެ ގަޑިއެއްގެ އިރެވެ. ދެންހުރި ފަރްޟު ތަކަކީ ވެސް ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަށް ހުރަސްއެޅޭނެ ކަން ކަމެއް ނޫނެވެ. މިސާލަކަށް ރޯދައަށް ހުރެގެން ދިރިއުޅުމަށްޓަކައި ކުރާ ވަރަށް ގިނަ މަސައްކަތްތައް ކުރެވޭނެ އެވެ. ޙައްޖުގެ އަޅުކަމުގައި ތިމާގެ ވަޒަން ދޫކޮށް ދުރުތާކަށް ގޮސް ހުރި ނަމަވެސް ދުނިޔަވީ ކަންކަމުގައި ވަގުތު ހޭދަ ކުރަން ޖާގަ އޮވެ އެވެ.

ޢިބާދާތު އަދާކުރަން ހޭދަވާ ވަގުތުގެ އިތުރުން އިންސާނާގެ ހަޔާތުގައި ނިދުމަށާއި އަރާމު ކުރުމަށާއި ސާފުތާހިރުވުމަށް ހޭދަވާ ވަގުތުތައް ފިޔަވައި ދެން ހުރިހާ ވަގުތަކީ ވެސް ދިރިއުޅުމުގެ މަސައްކަތްތައް އަދާކުރުމަށް ލިބިފައިވާ ވަގުތެވެ. މި ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ހިފުމަށްޓަކައި ދިރިއުޅުމުގެ ހަޔާތް ދެނެގަނެ މި ދުނިޔޭގައި ﷲ ލައްވަވާފައިވާ އެންމެހާ ނިޢުމަތްތަކުން ފައިދާ ލިބިގަންނާނެ ގޮތްތައް ދަސްކޮށް އެކަމަށް މަސައްކަތް ކުރުމަކީ މުސްލިމެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރުން ލާޒިމު ކަމެކެވެ. އެހެނީ އެއީ އިސްލާމް ދީނުގައި އަޅުކަމުގެ ތެރެއިން ހިމެނޭ ކަންކަމަށް ވުމެވެ. ފަރްޟުތައް އަދާކުރުމަށް ފަހު އެއާ ގުޅިގެން ހުންނަ ސުންނަތް އަޅުކަންތައް އަދާކުރުމަކީ އަޅުކަމަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ. އަދި އިތުރު ސަވާބު ހޯދުމަށް ކުރާ ތަޠައްވުޢު އަޅުކަމުން އިތުރު ސަވާބު ހޯދޭނެކަން ކަށަވަރެވެ.

ޢިބާދާތު އަދާކުރަން ހޭދަވާ ވަގުތުގެ އިތުރުން އިންސާނާގެ ހަޔާތުގައި ނިދުމަށާއި އަރާމު ކުރުމަށާއި ސާފުތާހިރުވުމަށް ހޭދަވާ ވަގުތުތައް ފިޔަވައި ދެން ހުރިހާ ވަގުތަކީ ވެސް ދިރިއުޅުމުގެ މަސައްކަތްތައް އަދާކުރުމަށް ލިބިފައިވާ ވަގުތެވެ. މި ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ހިފުމަށްޓަކައި ދިރިއުޅުމުގެ ހަޔާތް ދެނެގަނެ މި ދުނިޔޭގައި ﷲ ލައްވަވާފައިވާ އެންމެހާ ނިޢުމަތްތަކުން ފައިދާ ލިބިގަންނާނެ ގޮތްތައް ދަސްކޮށް އެކަމަށް މަސައްކަތް ކުރުމަކީ މުސްލިމެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރުން ލާޒިމު ކަމެކެވެ.

އެހެންނަމަވެސް ދިރިއުޅުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ކުރާ ތަޠައްވުޢު އަޅުކަންތަކަށް ވުރެ އަދި ބައެއް ހާލަތްތަކުގައި ސުންނަތް އަޅުކަންތަކަށް ވުރެވެސް ދިރއުޅުމަށް މަސައްކަތްކުރުން އެއީ މާ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. ސަބަބަކީ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ﷲ އިންސާއާ ހަވާލު ކުރައްވާފައި ބިމުގެ ޚަލީފާ ކަމުގެ ދަށުން ބިން އާރާސްތު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައިވާތީ އެވެ. އެއީ އެކަލާނގެ އަމުރުފުޅަށް ކިޔަމަންވުން ކަމުގައިވާތީ އެވެ. އެހެންވެ ބައެއް ހާލަތުގައި މިކަން ވާޖިބަކަށްވެ އެވެ. އަދި އަނެއްބައި ހާލަތުގައި ކިފާޔަތުގެ ފަރުޟެއް ކަމުގައިވެ އެވެ. އަދި މިކަމުގެ އަގު، އީމާންވާ އިންސާނާ އަށް ﷲ ދެއްވާނެ އެވެ. މިކަން އަލްއަންބިޔާއު ސޫރަތުގެ 94 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެ އެވެ.

އިސްލާމްދީނުގެ އަމާޒަކީ އިންސާނުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު ފަހިކޮށްދިނުން ކަމަށް ވާއިރު ދިރިއުޅުމުގެ ހަޔާތާ ބެހޭގޮތުން އެއްޗެއް ނޭނގި އެ ހަޔާތަށްޓަކައި މަސައްކަތް ނުކޮށް ތިބުމަކީ ދީނުގެ އަމާޒު ހާސިލު ނުކުރެވޭނެ ކަމެކެވެ. އަދި ބިމުގެ ޚަލީފާކަން އިންސާނާ އަށް ފުރިހަމަ ގޮތުގައި އަދާނުކުރެވޭނެ ކަމެކެވެ. ޞާލިޙު އިންސާނަކަށް ވެވޭނީ ދިރިއުޅުމުގެ ހަޔާތަށްޓަކައި ވެސް މަސައްކަތް ކޮށްގެންނެވެ. އަނެއްކޮޅުން ބަލާއިރު އެ މަސައްކަތަކީ އާޚިރަތް ކާމިޔާބު ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ބައެއް ވެސް މެ އެވެ. ވީމާ އާޚިރަތަށްޓަކައި މަސައްކަތް ކުރުމަކީ ހަމައެކަނި ޢިބާދާތުގެ ތެރޭ ހިމެނޭ ކަންތައްތައް އަދާކުރުމެއް ނޫންކަން ވަރަށް ސާފުކޮށް އެނގެން ޖެހެ އެވެ. އެހެން ނޫންނަމަ ބައެއް މީހުންނަށް ހީވެފައި އޮންނާނީ ތިމާ އަޅުވެރިއަކަށް ވުމަށްޓަކައި ނުވަތަ ސުވަރުގެ ހާސިލު ކުރުމަށްޓަކައި ޖެހޭނީ އަބަދު މިސްކިތުގައި އިންނަން ކަމަށެވެ.

ދިރިއުޅުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ކުރާ ތަޠައްވުޢު އަޅުކަންތަކަށް ވުރެ އަދި ބައެއް ހާލަތްތަކުގައި ސުންނަތް އަޅުކަންތަކަށް ވުރެވެސް ދިރއުޅުމަށް މަސައްކަތްކުރުން އެއީ މާ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. ސަބަބަކީ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ﷲ އިންސާއާ ހަވާލު ކުރައްވާފައި ބިމުގެ ޚަލީފާ ކަމުގެ ދަށުން ބިން އާރާސްތު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައިވާތީ އެވެ. އެއީ އެކަލާނގެ އަމުރުފުޅަށް ކިޔަމަންވުން ކަމުގައިވާތީ އެވެ.

ޛިކުރު ކުރުމާއި ދުޢާ ކުރުމަކީ އިސްލާމްދީނުގައި ވަރަށް މުހިންމު ކަމެކެވެ. އަދި ސުންނަތް އަޅުކަންތަކަކީ ވެސް ފުރިހަމަ ޝަޚްޞިއްޔަތެއް ބިނާ ކުރުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. އެކަމަކު ފުރިހަމަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި ފިކުރީ ގޮތުންނާއި އުފެއްދުންތެރިކަމާއި ޚިދުމަތްތެރިކަން ފޯރުވުމުގެ ގޮތުން މުސްލިމުން މިއަދު މަސައްކަތް ކުރަން ޖެހޭ ދާއިރާތައް ވަރަށް ގިނަ އެވެ. ޢިލްމީ ރޮގުން ކުރިއަރައި ގިނަ ބަޔަކު އެ ރޮނގުރޮނގުން ޚާއްޞަ މީހުންނަށް ވާން ޖެހޭ އެތައް ރޮނގެއް މުސްލިމު ޖަމާޢަތްތަކުގައި މިއަދު ވަނީ ގިނަވެފަ އެވެ. އަޅުގަނޑުމެންގެ ދިވެހި ރާއްޖެ އަށް ބަލާއިރު ވެސް ތަފާތު ރޮނގުރޮގުން ކުރިއަރާފައިވާ އެތައް ބަޔަކު ބޭނުންވެ އެވެ. އެކި ރޮނގުރޮނގުން ޚާއްޞަ ވެފައި ތިބި މީހުންވެސް އެ މީހުންގެ މައިދާނުގައި އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަކީ ވެސް މިއަދު އަޅުގަނޑުމެން ވިސްނަން ވެފައިވާ ކަމެކެވެ. އިސްލާމީ އުންމަތް ކުރިއަރައި ތަރައްގީވާން ބޭނުން ނަމަ ދިރިއުޅުމުގެ ތަފާތު މައިދާންތަކުގައި މަސައްކަތް ކުރަން ޖެހެ އެވެ. އެހެން ނޫންނަމަ ދިރިއުޅުމުގެ ހަޔާތުގައި މުސްލިމުން ދާނީ ފަހަތަށެވެ.

ﷲ އަށް އީމާންނުވެ އެކަލާނގެ އަށް އަޅުވެތިނުވާ މީހުން ވެސް ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާ ނަމަ އެއީ ހަގީގަތުގައި ﷲ އިންސާނުން އުފެއްދެވި މަގުސަދުން ބައެއް ފުރިހަމަ ކުރެވެނީ އެވެ. ނަމަވެސް އެމީހުން މަސައްކަތް ކުރަނީ ﷲ އަށް އަޅުވެތިވުމަށްޓަކައި ނޫން ކަމަށްވާތީ އެއީ އަޅުކަމެއް ކަމުގައި ބަލައިނުގަނެވޭނެ އެވެ. އަދި އުޚުރަވީ ހަޔާތުން އެ މީހުންނަށް ހެޔޮޖަޒާއެއް ނުލިބޭނެ އެވެ. އަދިކިއެއްތަ، ﷲ އަށް އީމާންނުވެ އެކަލާނގެ އަށް އަޅުވެތި ނުވާތީވެ އެކަމުގެ އުގޫބާތް ވެސް ލިބޭނެ އެވެ. ކޮންމެއަކަސް ދުނިޔެއަށްޓަކައި އެމީހުން މަސައްކަތް ކުރީތީވެ އެކަމުގެ ޖަޒާ މި ދުނިޔެމަތީގައި ﷲ އެމީހުންނަށް ދެއްވާނެ އެވެ. އެހެންވެ މި ދުނިޔެމަތީ ހިތްހަމަ ޖެހުމާއި އަރާމުގައި އެމީހުންނަށް އުޅެވިދާނެ އެވެ. ނަމަވެސް މިއާ ޚިލާފަށް މުސްލިމުން ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަނީ ﷲ އަށް އަޅުވެތިވުން ފުރިހަމަ ކުރުމަށްޓަކައި ކަމުގައިވާތީ ދުނިޔެމަތީގައި އެމަސައްކަތުން މަންފާ ލިބުމާ އެކު އުޚުރަވީ ހަޔާތުގައި ވެސް އެއަށް ހެޔޮ ޖަޒާ ލިބޭނެ އެވެ.

ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތައް އަޅުކަމެއްގެ ގޮތުގައި ވުމަށްޓަކައި މުސްލިމުން ވިސްނަން ޖެހޭ ވަރަށް މުހިންމު ކަމެއް އޮވެ އެވެ. އެއީ ދުނިޔަވީ ހަޔާތަށްޓަކައި މަސައްކަތް ކުރަމުން ދާއިރު ދީނީ ފަރުޟުތަކާއި ވާޖިބުތަކުގެ މަތިން ހަނދާން ނައްތާނުލުމެވެ. މިކަން މިގޮތަށް އޮންނަން ޖެހުނަސް ފަރުޟުތަކަށް އެއްވެސް ފަރުވާތެރިކަމެއް ނުދީ ދިރިއުޅުމުގެ މަސައްކަތްތަކުގައި ހޭދަކުރާ މީހުން މުސްލިމުންގެ ތެރޭގައި ވަރަށް ގިނަ އެވެ.

ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތައް އަޅުކަމެއްގެ ގޮތުގައި ވުމަށްޓަކައި މުސްލިމުން ވިސްނަން ޖެހޭ ވަރަށް މުހިންމު ކަމެއް އޮވެ އެވެ. އެއީ ދުނިޔަވީ ހަޔާތަށްޓަކައި މަސައްކަތް ކުރަމުން ދާއިރު ދީނީ ފަރުޟުތަކާއި ވާޖިބުތަކުގެ މަތިން ހަނދާން ނައްތާނުލުމެވެ. މިކަން މިގޮތަށް އޮންނަން ޖެހުނަސް ފަރުޟުތަކަށް އެއްވެސް ފަރުވާތެރިކަމެއް ނުދީ ދިރިއުޅުމުގެ މަސައްކަތްތަކުގައި ހޭދަކުރާ މީހުން މުސްލިމުންގެ ތެރޭގައި ވަރަށް ގިނަ އެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އެހެނީ ﷲ ގެ ރުހިވޮޑިގަތުމާއި އެކަލާނގެ ހަޟްރަތުން ނަޞްރު ބޭނުންވާ ނަމަ އެންމެ ފުރަތަމަ ސަމާލުވާން ޖެހޭނީ އެކަލާނގެ ފަރްޟު ކުރައްވާފައިވާ ޚާއްޞަ އަޅުކަންތަކަށެވެ. އެއަށް ފަހު ބައެއް ހާލަތްތަކުގައި ސުންނަތް އަޅުކަންތައް ތަކަށެވެ. ދުނިޔަވީ މަސައްކަތްތައް އަންނަންވާނީ އޭގެ ފަހަށެވެ. އިތުރު ސަވާބާއި ދަރުމަ ހޯދުމަށް ކުރާ ތަޠައްވުޢު އަޅުކަންތައްތައް އަންނަންވާނީ ކުރިން މިދެންނެވި ކަންކަމަށް ފަހުގަ އެވެ.

ނަމަވެސް މި ތަރުތީބުން ދިރިއުޅުމުގެ ވަގުތުތައް ހޭދަ ކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސަށާއި އާއިލާއަށާއި މުޅި އިސްލާމީ އުންމަތަށް ފައިދާއެއް ނެތް އަދިކިއެއްތަ ގެއްލުން ލިބޭ ފަދަ ކަންކަމުގައި ބައެއް މީހުން ވަގުތު ހޭދަ ކުރެ އެވެ. މިއީ މުސްލިމުންގެ އަމަލުތައް ހުންނަން ޖެހޭނެ ގޮތެއް ނޫނެވެ. މުސްލިމުންނަކީ ޢިލްމީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން އެހެން އެއްވެސް ބައެއްގެ ކުރިން ބާރު ގަދަ ބަޔަކަށް ވާން ޖެހޭނެ ބައެކެވެ. މިގޮތުން ކޮންމެ މުސްލިމަކު ވެސް މުހިންމު ރޮނގަކުން ޢިލްމު ހާސިލުކޮށް ނުވަތަ ދިރިއުޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކުން ކިތަންމެ އާދައިގެ ވިއަސް މަސައްކަތެއް ދަސްކޮށް އެ މަސައްކަތެއް ކުރުމަކީ ﷲ އަށް އަޅުވެތިވުން ފުރިހަމަ ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެކެވެ.