"އެއުރެންނާ ދެކޮޅަށް، ކުޅަދާނަވީހާ ބާރެއް ތައްޔާރުކުރާށެވެ!"

އިސްލާމް ދީނަކީ އަމަންއަމާންކަމާއި ހަމަޖެހުމަށް ލޯބިކުރާ ދީނެކެވެ. އިސްލާމް ދީނާ ފުށުއަރާ ފިކުރުތަކާއި ޢަޤީދާތައް ޞައްޙަ ކަމަށް ގަބޫލު ނުކުރިޔަސް އެއަށް އިޙުތިރާމުކޮށް އެ ތަފާތަށް އިޢުތިރާފުވާ ދީނެކެވެ. އެހެންނަމަވެސް މީގެ މާނައަކީ މުސްލިމުން އެހެން މީހުންގެ އަޅުވެތިކަމުގެ ދަށުގައި ނިކަމެތިކަން މަތީ ތިބެން ޖެހޭނެއެކޭ ނޫނެވެ. އޭގެ ބަދަލުގައި އިސްލާމް ދީން ބޭނުންވަނީ މުސްލިމުންނަކީ ބާރުވެރި ބައެއް ކަމުގައިވާށެވެ. އަދި ދީނުގެ ޢަދުއްވުން ޖެހިލުންވާ ބައެއް ކަމުގައިވާށެވެ. މި ސަބަބަށްޓަކައި ދީނުގެ ޢަދުއްވުންނާ ދެކޮޅަށް ކުޅަދާނަވީހާ ބާރެއް ތައްޔާރުކޮށް މިކަމުގައި އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ވަރު ކުރަން ﷲ އަންގަވާފައި ވެ އެވެ.


ކީރިތި ޤުރްއާނުގެ އަލްއަންފާލު ސޫރަތުގެ 60 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެ އެވެ. "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައި މީހުން ތައްޔާރު ކުރާށެވެ! އަދި އަސްތައް ވެސް ބަނދެ ތައްޔާރު ކުރާށެވެ! އެކަމުން ﷲ ގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުންނާއި، އެއުރެން ނޫން އެހެން ބަޔަކު ބިރުގެންނެވުމަށްޓަކަ އެވެ." މި އާޔަތުގައި މި ބަޔާންކުރާ އެއްޗެއް ސައްހަގޮތުގައި ދޭހަވުމަށްޓަކައި މުހިންމު ސުވާލުތަކެއް ކުރަން ޖެހެ އެވެ. މިގޮތުން މި އާޔަތުގައި މިވާ "އެއުރެން" ނަކީ ކޮބައިބާ އެވެ؟ "ބާރު ތައްޔާރު ކުރާށޭ" ބުނާ ބަހުގެ މުރާދަކީ ކޮބައިބާ އެވެ؟ އަދި އެކަމުގެ ބޭނުމަކީ ކޮބައިބާ އެވެ؟

އާޔަތުގައި މި އިޝާރާތް ކުރާ "އެއުރެން" ނަކީ ކޮބައިކަން އެނގޭނީ އޭގެ ކުރިން ހުރި އާޔަތްތަކަށް ވެސް ނަޒަރު ހިންގާލުމުންނެވެ. މިގޮތުން، ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ކާމިޔާބާއި، ކާފިރުންނަށް ލިބުނު ވޭނާއި، ޝައިޠާނާ ކާފިރުންނަށް އެހީވާނެ ކަމަށް ބުނެ ފަހުވަގުތު ބަރީއަވެގަތް ގޮތާއި، މުނާފިގުން މުސްލިމުންނާ މެދު ބުނަމުން ދިޔަ ހަގީގަތެއް ނެތް ވާހަކަ ތަކަށް މި ސޫރަތުގެ 42 ވަނަ އާޔަތުން ފެށިގެން އިޝާރާތް ކުރުމަށް ފަހު، 55 ވަނަ އާޔަތާއި އެއާ ޖެހިގެން އޮތް އާޔަތުގައި ދެން ބަޔާން ކުރައްވާފައި ވަނީ ކާފިރުންގެ ވާހަކަ އެވެ. މިގޮތުން އެމީހުން އީމާން ނުވާނެ ވާހަކަ އެވެ. އަދި ކިތަންމެ ވަރަކަށް އެމީހުން ޢަހުދު ކުރިޔަސް ކޮންމެ ފަހަރަކު އެމީހުން ޢަހުދަށް ބޭވަފާތެރިވާ ވާހަކަ އެވެ. އެއަށް ފަހު ދެން އޮތް ދެ އާޔަތުގައި ﷲ އަމުރު ކުރައްވަނީ ހަނގުރާމައިގައި މި މީހުން އަތުލައިގަނެވިއްޖެ ނަމަ ދެން އަންނަން ތިބި ބަޔަކު ވަކިވަކިވެގެން ދާނެ ގޮތަށް މި މީހުންނަށް އަދަބު ދިނުމަށެވެ. އަދި މި މީހުންގެ ފަރާތުން ޚިޔާނާތްތެރިކަމެއް އަތުވެދާނެ ކަމަށް ބިރުގަންނަ ނަމަ މި މީހުންގެ ޢަހުދު އަނބުރާ ރައްދު ކުރުމަށެވެ. އެއީ ހުރިހާ ފަރާތަކަށް ވެސް ހަމަހަމަވާ ގޮތަށެވެ. މިއަށްފަހު 59 ވަނަ އާޔަތުގައި ﷲ ބަޔާން ކުރައްވަނީ މިފަދަ ކާފިރުންނަށް މިންޖުވެގެން ކުރިއަރައިދެވޭނެ ކަމަށް މި ކާފިރުން ހީ ނުކުރުމަށެވެ. އަދި އެއުރެންނަށް ﷲ ނުކުޅައްދައި ނުލެވޭނެ ކަމަށެވެ.

ކީރިތި ޤުރްއާނުގެ އަލްއަންފާލު ސޫރަތުގެ 60 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެ އެވެ. "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައި މީހުން ތައްޔާރު ކުރާށެވެ! އަދި އަސްތައް ވެސް ބަނދެ ތައްޔާރު ކުރާށެވެ! އެކަމުން ﷲ ގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުންނާއި، އެއުރެން ނޫން އެހެން ބަޔަކު ބިރުގެންނެވުމަށްޓަކަ އެވެ." މި އާޔަތުގައި މި ބަޔާންކުރާ އެއްޗެއް ސައްހަގޮތުގައި ދޭހަވުމަށްޓަކައި މުހިންމު ސުވާލުތަކެއް ކުރަން ޖެހެ އެވެ. މިގޮތުން މި އާޔަތުގައި މިވާ "އެއުރެން" ނަކީ ކޮބައިބާ އެވެ؟ "ބާރު ތައްޔާރު ކުރާށޭ" ބުނާ ބަހުގެ މުރާދަކީ ކޮބައިބާ އެވެ؟ އަދި އެކަމުގެ ބޭނުމަކީ ކޮބައިބާ އެވެ؟

ވީމާ 60 ވަނަ އާޔަތުގައި، "ކުޅަދާނަވީހައި ބާރެއް ތައްޔާރު ކުރާށޭ" އަންގަވާފައި އެ ވަނީ މި ކާފިރުންނަށް އިޝާރާތް ކޮށެވެ. މި ތައްޔާރީގެ ދެވަނަ ބޭނުމެއްގެ ގޮތުގައި އާޔަތުގައި ބަޔާންކުރައްވާފައި އެވަނީ އެ މީހުންގެ ހިތްތަކަށް މުސްލިމުންގެ ލަޝްކަރާ މެދު ބިރުވެރިކަން ވެއްދުމެވެ. މިހެން މިކަން ކުރަންޖެހެނީ މިބައި މީހުންނަކީ ﷲ އާއި މުސްލިމުންގެ ޢަދުއްވުން ކަމަށް ވާތީ އެވެ. އެހެންވެ އާޔަތުގައި މި މީހުންގެ އިތުރުން ވެސް، (ކޮންބައެއްކަން އޭރު ނޭނގޭ، އެކަމަކު ފަހުން އެނގޭނޭ) މިފަދަ އެހެން ޢަދުއްވުން ބިރުގެންނެވުން ވެސް ހިމެނޭ ކަން ބަޔާން ކުރައްވާފައި ވެ އެވެ. މިއީ ޢަސްކަރީ ގޮތުން ބަލާއިރު ވަރަށް މުހިންމު ކަމެކެވެ. މިއާޔަތާ ގުޅޭގޮތުން ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު ނުކުތާ އަކީ ވެސް އެއީ އެވެ. އާދެ، މި ތައްޔާރީގެ އަދި މި ބިރު ދެއްކުމުގެ ހަގީގީ ބޭނުމެވެ. މިގޮތުން މީގެ އެއް ބޭނުމަކީ ޢަދުއްވުންނާ ހަނގުރާމައެއް ކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެ ނަމަ ކާމިޔާބު ވެވޭ ވަރަށް ތައްޔާރަށް ތިބުމެވެ. ދެވަނަ ބޭނުމަކީ، ހަނގުރާމައަކަށް އަދުއްވުން ނުކުންނަން ނުކެރޭ ވަރު ކުރުމެވެ. އެވަރަށް އެމީހުންގެ ހިތްތަކަށް މުސްލިމުންނާ މެދު ބިރުވެރިކަން ވަދެފައި އޮތުމެވެ. ސަބަބަކީ އޭރުން ހަނގުރާމަ ނުކޮށް އަމާންކަން މަތީ އުންމަތް ތަރައްގީ ކުރަން މުސްލިމުންނަށް ފުރުސަތު ލިބޭނެތީ އެވެ.

މިއީ މިހެން އޮތް ކަމެއްކަން ކަށަވަރު ވަނީ ޖެހިގެން އޮތް އާޔަތްތަކުންނެވެ. މިގޮތުން ﷲ އަންގަވަނީ "އަދި ޞުލްޙައިގެ ފަރާތަށް އެއުރެން ލެނބިލައިފި ނަމަ ކަލޭގެފާނު ވެސް (އެގޮތް ގަބޫލު ކުރައްވައި) އެފަރާތަށް ލެނިބިވަޑައިގަންނަވާށެވެ! އަދި ﷲ އަށް ވަކީލު ކުރާށޭ." އެވެ. އަދި ކާފިރުން މިގޮތަށް ހެދީ ކެހި ދިނުމުގެ މަގުސަދުގައި ކަމަށް ވިއަސް ﷲ އަށް ވަކީލު ކުރާނަމަ ﷲ ފުދޭނެ ކަމަށާއި ﷲ ގެ ނަޞްރާއި މުއުމިނުންގެ މަސައްކަތުން ގަދަކަން ދެއްވާނެ ކަމަށެވެ. ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރިޔަސް އެކުވެރި ނުކުރެވޭނެ ހިތްތައް ވެސް ﷲ އެކުވެރިކުރައްވާނެ ކަމަށެވެ. އެހެންކަމުން ނަބިއްޔާ އަށް ﷲ ފުދޭނެ ކަމަށެވެ.

މިގޮތުން ﷲ އަންގަވަނީ "އަދި ޞުލްޙައިގެ ފަރާތަށް އެއުރެން ލެނބިލައިފި ނަމަ ކަލޭގެފާނު ވެސް (އެގޮތް ގަބޫލު ކުރައްވައި) އެފަރާތަށް ލެނިބިވަޑައިގަންނަވާށެވެ! އަދި ﷲ އަށް ވަކީލު ކުރާށޭ." އެވެ. އަދި ކާފިރުން މިގޮތަށް ހެދީ ކެހި ދިނުމުގެ މަގުސަދުގައި ކަމަށް ވިއަސް ﷲ އަށް ވަކީލު ކުރާނަމަ ﷲ ފުދޭނެ ކަމަށާއި ﷲ ގެ ނަޞްރާއި މުއުމިނުންގެ މަސައްކަތުން ގަދަކަން ދެއްވާނެ ކަމަށެވެ. ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރިޔަސް އެކުވެރި ނުކުރެވޭނެ ހިތްތައް ވެސް ﷲ އެކުވެރިކުރައްވާނެ ކަމަށެވެ. އެހެންކަމުން ނަބިއްޔާ އަށް ﷲ ފުދޭނެ ކަމަށެވެ.

މި އާޔަތްތަކަށް ފަހު ހަނގުރާމައާ ގުޅޭ ވަރަށް މުހިންމު އެހެންކަމަކަށް ވެސް ﷲ އަމުރު ކުރައްވާފައި ވެ އެވެ. އެއީ ކުރިން އަމުރު ކުރެއްވި ތައްޔާރީ އާއި ބިރުދެއްކުމާ ވެސް ގުޅުން ހުރި ކަމެކެވެ. އެކަމަކީ، ހަނގުރާމައެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ޖެހިލުމެއް ނެތި ހަނގުރާމަ އަށް ނުކުންނަން ކެރޭ ވަރަށް މުއުމިނުތަކުންނަށް ހިތްވަރު ދެއްވުމެވެ. މިގޮތުން ކެތްތެރިކަމާއި އީމާންކަމާ އެކު ހަނގުރާމަ ކޮށްފިއްޔާ މުސްލިމުންގެ އަދަދު ކިތަންމެ މަދަސް ﷲ ގެ މަދަދު ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ﷲ ދެއްވަ އެވެ. މިކަހަލަ 20 މީހުން ތިބިއްޔާ ކާފިރުންގެ 200 މީހުން، އަދި މިކަހަލަ 100 މީހުން ތިބިއްޔާ ކާފިރުންގެ 1،000 މީހުންގެ މައްޗަށް ވެސް ގަދަވެގަނެވޭނެކަން ﷲ ބަޔާން ކުރައްވަ އެވެ. (އަލްއަންފާލް 65). މިއީ އީމާންތެރިކަމާއި ކެތްތެރިކަމުގެ ފޮނި މޭވާ އެވެ.

މި ބަޔާންކުރެވުނު ކަންކަމަށް ފުންކޮށް ވިސްނާލުމުން އެނގިގެން ދަނީ ޢަދުއްވުންނާ ދެކޮޅަށް ކުޅަދާނަވީހާ ބާރެއް ތައްޔާރުކޮށް މިކަމުގައި އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ވަރު ކުރުމުގެ މުހިންމު ކަމެވެ. އަދި މީގެ ބޭނުމަކީ ޢަދުއްވުންގެ ހަމަލާތައް ދިފާޢު ކުރުމާއި، އިސްލާމްދީނުގެ މަގުސަދުތަކަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް ހަނގުރާމަ ކުރެވޭ ފަދަ ގާބިލު ބަޔަކަށް މުސްލިމުން ވުމެވެ. އަދި ޢަދުއްވުން ބިރުވެރިކަމެއްގެ މަތީ ބައިތިއްބައިގެން އަމަންއަމާންކަން މަތީ ތިބުމުގެ ފުރުސަތު ހޯދުމެވެ. މިއީ ދުނިޔޭގެ ހުރިހާ މުޖުތަމައު ތަކެއްގައިވެސް ކުރަމުންދާ ކަމެކެވެ. އެހެންވިއްޔާ މުސްލިމުންނަށް މިކަމުގެ ހައްގު ނުލިބޭންވީ ކީއްވެގެން ހެއްޔެވެ؟

ނަމަވެސް ހިތާމައަކީ، ޖިހާދުގެ ނަމުގައި ބިރުވެރި ޢަމަލުތައް ހިންގާ މީހުންނާއި، ދީނާ މެދު ޝުބުހާތައް އުފައްދާ މީހުން އެފަދަ ހަރުކަށި ޢަމަލުތައް އިސްލާމްދީނުގައި ހުއްދަކަމަށް ހުއްޖަތެއްގެ ގޮތުގައި ދައްކާ ދަލީލުތަކުގެ ތެރޭގައި މިއާޔަތްވެސް ހިމަނާތީ އެވެ. އެކަމަކު ކުރިން މި ފާހަގަކުރި ކަންކަމަށް ބަލައިލުމުން އެނގި ކަށަވަރު ވަނީ މި އާޔަތަކީ ޣައިރު މުސްލިމުންނަށް ޢުދުވާނީ ހަމަލާއެއް ދޭން ބާރުއަޅާ އާޔަތެއް ނޫން ކަމެވެ. އަދި ޖިހާދާ ބެހޭގޮތުން ކީރިތި ޤުރްއާނުގައިވާ އާޔަތްތަކާއި އެއާ ގުޅުންހުރި ހަދީސްތަކާއި އިސްލާމްދީނުގެ މައިގަނޑު މަގުސަދުތަކާއި އިސްލާމީ އަގުތަކާއި ފިޤުހުގެ އުސޫލުތަކަށް ބަލައިލުމުން މިކަމަށް އިތުރު ޔަގީންކަމާއި ކަށަވަރުކަން ލިބިގެންދެ އެވެ.