ލައިފްސްޓައިލް / ސިންގަޕޫރު

އެންމެ އުސް ޕްރިފެބްރިކޭޓެޑް އިމާރާތް ސިންގަޕޫރުގައި ހަދަނީ

އިމާރާތްކުރަން މިހާރު އާންމުކޮށް ބޭނުންކުރާ ކޮންކްރިޓާ ނުލައި މިހާތަނަށް އިމާރާތްކުރާ އެންމެ އުސް ޕްރިފެބްރިކޭޓެޑް ޓަވަރު ހެދުމުގެ މަސައްކަތް ސިންގަޕޫރްގައި ފަށައިފި އެވެ.

މި ވަގުތު ވެސް މިީގެ އެންމެ އުސް އިމާރާތް ހުރީ އެ ގައުމުގަ އެވެ. އެއީ 140 މީޓަރު (459 ފޫޓް) ގެ "ކްލެމެންޓް ކެނޮޕީ" އެވެ. އެ އިމާރާތުގެ ރެކޯޑް މުގުރައިލަން ސިންގަޕޫރުން އަލުން މަސައްކަތް ފެށި އިރު، ދުނިޔޭގެ އެންމެ އުސް ޕްރިޕެބް ޓަވަރުގެ މަސައްކަތް މި ފަހަރު ވެސް ކުރަނީ ކުރީގެ އިމާރާތް ހެދި އޭޑީޑީޕީ އާކިޓެކްޓްސްއިންނެވެ.

އެތަނުން ބުނި ގޮތުގައި ސިންގަޕޫރްގައި އެންމެ އުސްކޮށް އިމާރާތްކުރެވޭ 56 ބުރި އަށް އެ ގައުމާއި މެލޭޝިއާގެ ބޯޑަރު ގުޅޭ ސަރައްދެއް ކަމަށްވާ ބުކިތު މެރާހް ޑިސްޓްރިކްޓްގައި ޒަމާނީ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން އިމާރާތްކުރަނީ 192 މީޓަރު (630 ފޫޓް) ގެ ދެ ޓަވަރެވެ.

"އެވެނިއު ސައުތު ރެޒިޑެންސެސް" ގެ ނަން ދީފައިވާ މި ޕްރޮޖެކްޓް އޭޑީޑީޕީ އާކިޓެކްސް އިން ކުރިއަށް ގެންދަނީ އިމާރާތްކުރުމުގެ ދާއިރާގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ޕްރިފެބްރިކޭޓެޑް ޕްރިފިނިޝްޑް ވޮލިއުމެޓްރިކް ކޮންސްޓްރަކްޝަން (ޕީޕީސީވީ) މެތަޑަށެވެ. މީގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ މީހުންގެ އަދަދު މަދުވުމާއި މަސައްކަތުގެ ސަބަބުން އުފެދޭ ކުންޏާއި މަސައްކަތްކުރާ އިރު އިވޭ އަޑުފަށްގަނޑު ވެސް އެތައް ގުނައަކުން ކުޑަވެގެން ދާނެ އެވެ.

ނުވަސަތޭކަ ނުވަދިހަ އަށް އެޕާޓްމަންޓް އެކުލެވޭ ގޮތަށް އިމާރާތްކުރާ "އެވެނިއު ސައުތު ރެޒިޑެންސެސް" "މޮޑިއުލްސް" މެލޭޝިއާގެ ސިނާއީގެ ފެކްޓްރީއެއްގައި ތައްޔާރުކޮށްފައިވާ އިރު އެތަކެތި ހުންނަނީ ހަ ކަންލީ ކޮންކްރީޓް އެކުލެވޭ ފޮށިގަނޑުތަކެއްގެ ގޮތުގަ އެވެ.

"މި ޕްރޮޖެކްޓްގައި އަސްލު މި ބޭނުންކުރެވެނީ ކާރު އުފައްދަން ބޭނުންކުރާ ކޮންސެޕްޓްކަށް،" އޭޑީޑީޕީ އާކިޓެކްޓްސްގެ އެސޯސިއޭޓް ޕާޓްނަރެއް ކަމަށްވާ މާކަސް ޗެންގް ތުއާން ހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީސީވީ މެތަޑަކީ އިމާރާތްކުރުމުގެ ކުރިމަގެވެ. އަދި މީގެ ސަބަބުން ފައިދާ ގިނަ ކަމަށް ބުންޏެވެ.

"އެވެނިއު ސައުތު ރެޒިޑެންސެސް" ޕްރޮޖެކްޓް މިހާރު ކުރިއަށްދާ އިރު މަސައްކަތް ނިންމައިލަން ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރުގެ ކުރީކޮޅު އެވެ. މިތަން ނިމޭ އިރު އެންމެ މި ޒަމާނުގެ ލަގްޒީ އެޕާޓްމަންޓްތައް ހިތްފަސޭހަ ދިރިއުޅުމަކަށް މަގުފަހިވާ ގޮތަށް ހެދިފައި ހުންނާނެ އެވެ. އަދި ދެ ޓަވަރުގެ އެންމެ ހާއްސަ އެއް ސިފައަކަށް ވާނީ ގަނަ އަދަދަކަށް ގަސް ހައްދާފައިވާ ޓެރެސްތަކެއް ހުރުމެވެ.

ސިންގަޕޫރް ފިޔަވައި މި ވަގުތު ޕްރިފެބްގެ އެންމެ އިސް އިމާރާތްތައް ހުރި ތަންތަނަކީ ސައުތު ލަންޑަންގެ ކްރޯއިޑޮން ޓަވަރު (135 މީޓަރު/433 ފޫޓް) އާއި ނިއު ޔޯކްގައި ހަދާފައިވާ ރެޒިޑެންސް އިމާރާތެއް ކަމަށްވާ 109 މީޓަރު (359 ފޫޓް) ގެ ތަނެވެ.

4 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 16%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޯބެ

07 October 2020

ޖިފުޓި ޖަހައިގެން އުޅޭ ރައްޔިތަކު ސިންގަޕޫރުގަ އުޅޭކަމަކަށް ނުވޭ.. ކޮންމެ މީހަކަށް އެއްމެ ކުޑަ އާމްދަނީ މަހަކު 900 ޑޮލަރު ކޮއްމެ އާއިލާއަކަށް ގޯއްޗެއްނެތް ނަމަ ފުލެޓެއް ހުރޭ.. # ސިންގަޕޯރ ޓޫރިސްޓް

The name is already taken The name is available. Register?

ނިކަން ބައްލަވާ

07 October 2020

ދުނިޔޭގެ މުއްސަދި ކަން މަދު ބަޔަކު ފޭރިގަނެގެން ފޮނިބޯ އިރު ހައްޤު ތަކޭކިޔާ ބޭފުން ނަށް ކުރެވޭ ކަމެއް ނޯވެއެވެ.

The name is already taken The name is available. Register?

ޖަމީލު4

07 October 2020

ތިބުނީ ސައުދީ ކިންގގެ ވާހަކަތޯ.

The name is already taken The name is available. Register?

ހަމަ ތެދު ބަސް

07 October 2020

ލަގްޒަރީ އުސް އިމާރާތުގެ މަތީގައި ތިބެފައި ތިރި އަށް ބަލާލާއިރު ޖިފްޓި ތަކުގައި ދިރިއުޅޭ ފަޤީރުން ނާއި ޕޭމަންޓްގައި ނިދާ ނިކަމެތިން ފެނިފައި ހިތަށް އަސަރު ނުކުރާ އިންސާނުނަށް ތި އުސް އިމާރަތް ވާނީ "ލަޤްޒަރީ ހިތްފަސޭހަ ސުވަރުގެ" އަކަށެވެ.އެކަމަކު އަހަރެމެނަށް އެކަން ހިތްފަސޭހައެއް ނުވާނެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454