ދެ ދުނިޔޭގެ ހަޔާތް ކާމިޔާބު ކުރެވޭނީ އިސްލާމީ ޢަޤީދާ އަށް ތަބާވެގެން

އިސްލާމީ ސަގާފަތާއި ޢިލްމު ލިބިފައި ނުވާ، ނުވަތަ ފުރިހަމަ ގޮތުގައި އެ ސަގާފަތާއި ޢިލްމު ދޭހަވެފައި ނުވާ މީހުން ދެކޭ ގޮތުގައި އިންސާނާގެ ހަޔާތަކީ ހަމައެކަނި ދުނިޔަވީ ހަޔާތެވެ. އަދި މި ހަޔާތުގައި އިންސާނާގެ ދައުރަކީ ހިތްހަމަ ޖެއްސުމާއި އުފާކުރުމާއި އެދުންތައް ފުއްދުމެވެ. އަދި މިކަމުގައި ކޮންމެ ފަދަ ހުރަހެއް ދިމާވިއަސް ކޮންމެ ގޮތަކުން ނަމަވެސް އެ ހުރަހެއް ގިރާކޮށް ވާދަވެރި ވުމެވެ. އޭރުން އާޚިރުގައި "ކާމިޔާބު ވާނީ އެންމެ ގާބިލު" މީހާ އަށެވެ. މިފަދަ ބައެއް މީހުންގެ ނަޒަރުގައި ކައުނުގައި މިވާ ހުރިހާ އެއްޗެއް އުފެދިފައި މިވަނީ އެތަކެތި އަމިއްލައަށެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ކައުނުގައިވާ ތަކެތި އެންމެ ފުރަތަމަ ހެއްދެވި ފަރާތެއް ވެ އެވެ. މިގޮތުން މި ތަކެތީގެ އަސްލު ހެއްދެވުމަށް ފަހު ދެން އެފަރާތުގެ ދައުރު އެހިސާބުން ވަނީ ނިމިފަ އެވެ. ވީމާ އެ ތަކެތީގެ ދިރުން ދެމިގެން އެދަނީ އެތަކެތީގެ އަމިއްލަ ބާރުންނެވެ.


އެހެންކަމުން، ކައުނުގައިވާ ދިރޭ ކޮންމެ އެއްޗަކީވެސް އެފަދަ އެހެން ހުރިހާ އެއްޗެއްސާ ދާއިމީ ހަނގުރާމައެއްގައި ދިރިއުޅެމުންދާ އެއްޗެކެވެ. ކާމިޔާބު ލިބޭނީ އޭގެ ތެރެއިން އެންމެ ގާބިލު އެއްޗަކަށެވެ.

ކައުނާއި، ހެއްދެވި ފަރާތާ މެދު މި އިޝާރާތްކުރި ފަދައިން ގަބޫލު ކުރާ ބަޔަކަށް ﷲ އަށް އީމާންވުމަކީ މުހިންމު ކަމަކަށް ނުވާނެ އެވެ. އަދި ފަހަރެއްގައި ﷲ ވޮޑިގެންވާ ކަމަށް މިބައި މީހުން ގަބޫލު ކުރި ނަމަވެސް އެކަލާނގެއަށް އަޅުވެތިވެ ﷲ އަށް އީމާންވުމުގެ ޢަޤީދާ އާއި ޝަރީއާ އަށް ތަބާވާން ޖެހޭނެ ކަމަކަށް މިފަދަ މީހުން ގަބޫލެއް ނުކުރާނެ އެވެ. އެ މީހުން ދެކޭ ގޮތުގައި ﷲ އަށް އެކަމުން ލިބޭ ފައިދާއެއް ނުވަތަ ގެއްލުމެއްވެސް ނެތް ކަމަށްވާއިރު، އެމީހަކު ބޭނުން ގޮތަކަށް އެ މީހެއްގެ ދިރިއުޅުން ބައްޓަން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ. ވީމާ މުޅި އުމުރު އެއްކޮށް އަޅުވެތިކަމުގައި ހޭދަ ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުގެ އަލީގައި މިކަންކަމާ މެދު ނަޒަރު ހިންގާލުމުން ފާހަގަވާ ކަމަކީ، މާތް ﷲ މި ކައުނާއި ކައުނުގައިވާ އެންމެހާ މަޚްލޫޤުން އުފެއްދެވުމަށް އެކަލާނގެ އިރާދަކުރެއްވި ހިނދު، އެކަލާނގެ ހިކުމަތްވަންތަ ކަމުގެ ދަށުން، އެ މަޚްލޫޤުންގެ ތެރެއިން އެއް ވައްތަރު ޚާއްޞަކޮށް އިޚްތިޔާރު ކުރެއްވުމަށް ވެސް އިރާދަ ކުރެއްވެވި ކަމެވެ. އެމަޚްލޫޤަކީ އިންސާނާ އެވެ. އިންސާނާއަށް ލިބިގެންވާ ޚާއްސަ ކަމުގެ ތެރެއިން އެއް ކަމަކީ ކައުނުގައިވާ އެންމެހާ އެއްޗެތި އޭނާއަށްޓަކައި ކިޔަމަންތެރި ކުރެއްވިގެން ވުމެވެ. އަދި ބިން ޢިމާރާތްކޮށް ބިމުގެ ޚަލީފާކަން އަދާ ކުރުމުގެ މަސްއޫލިއްޔަތު އިންސާނާ އަށް ހަވާލު ކުރެއްވިގެން ވުމެވެ.

މިފަދަ ޢަޤީދާއެއް ގެންގުޅޭ ބަޔަކަށް ދޭ ޖަވާބަކުން އެބައި މީހުންނަށް ލިބޭނެ މަންފާއެއް ފަހަރެއްގައި ނޯވެދާނެ އެވެ. އެހެންނަމަވެސް މިފަދަ ޢަޤީދާތަކާ މެދު ފުރިހަމަ އިޖާބައެއް ލިބުމަކީ އީމާންވެގެންތިބި މީހުންނަށް އިތުރު ޔަގީންކަމަކާއި އަލިކަމެއް ހަމަކަށަވަރުން ވެސް ލިބޭނެ ކަމެކެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުގެ އަލީގައި މިކަންކަމާ މެދު ނަޒަރު ހިންގާލުމުން ފާހަގަވާ ކަމަކީ، މާތް ﷲ މި ކައުނާއި ކައުނުގައިވާ އެންމެހާ މަޚްލޫޤުން އުފެއްދެވުމަށް އެކަލާނގެ އިރާދަކުރެއްވި ހިނދު، އެކަލާނގެ ހިކުމަތްވަންތަ ކަމުގެ ދަށުން، އެ މަޚްލޫޤުންގެ ތެރެއިން އެއް ވައްތަރު ޚާއްޞަކޮށް އިޚްތިޔާރު ކުރެއްވުމަށް ވެސް އިރާދަ ކުރެއްވެވި ކަމެވެ. އެމަޚްލޫޤަކީ އިންސާނާ އެވެ. އިންސާނާއަށް ލިބިގެންވާ ޚާއްސަ ކަމުގެ ތެރެއިން އެއް ކަމަކީ ކައުނުގައިވާ އެންމެހާ އެއްޗެތި އޭނާއަށްޓަކައި ކިޔަމަންތެރި ކުރެއްވިގެން ވުމެވެ. އަދި ބިން ޢިމާރާތްކޮށް ބިމުގެ ޚަލީފާކަން އަދާ ކުރުމުގެ މަސްއޫލިއްޔަތު އިންސާނާ އަށް ހަވާލު ކުރެއްވިގެން ވުމެވެ. (އަލްބަޤަރާ 30 އަދި ހޫދު 61). މި މުހިންމު ދައުރު އިންސާނާ އަދާ ކުރަން ޖެހެނީ މާތް ﷲ އެކަށައަޅުއްވާފައިވާ ވަކި މަންހަޖަކާ އެއްގޮތަށެވެ. އެގޮތަށް އިންސާނާ އެކަން ކޮށްފިނަމަ މާތް ﷲ އަށް އެ އަޅުވެތިވެވެނީ އެވެ. އަދި އެއަޅުވެތިވުން އޮންނަ މިންވަރެއްގެ މައްޗަށް ބިނާކޮށް އޭނާއަށް އުޚްރަވީ ހަޔާތުގައި ޖަޒާ ލިބޭނެ އެވެ. ނަމަވެސް ސުވާލަކީ މިގޮތަށް ﷲ އަށް އިންސާނާ އަޅުވެތިވާންވީ ކީއްވެހެއްޔެވެ؟

އިސްވެ ދެންނެވުނު މަގުސަދަށްޓަކައި މާތް ﷲ އިންސާނާ ހެއްދެވިއިރު އެ މަގުސަދު ފުރިހަމައަށް ކާމިޔާބު ކުރެވޭނެ ފަދަ ވަރަށް ޚާއްސަ ސިފަތަކަކާއި ގާބިލުކަމެއް ﷲ އޭނާގެ ކިބައިގައި ލައްވަވާފައި ވެ އެވެ. މިގޮތުން ބުއްދި އާއި ވިސްނުމުގެ ބާރު ދެއްވެވި އެވެ. އަދި ހިއްސުތަކުގެ ބާރު ދެއްވެވި އެވެ. މި ދެބާރުގެ އެހީގައި ޢިލްމު ލިބިގަތުމާއި، ކަންކަން ހޯދައި ދިރާސާ ކުރުމުގެ ބާރު ދެއްވެވި އެވެ. އަދި އަމިއްލަ އެދުންވެރިކަން ދެއްވެވި އެވެ. އަދި އޭގެ އެހީގައި މިލްކު ކުރުމާއި ހޯދައިގަތުގެ ދަހިވެތިކަން ދެއްވެވި އެވެ. ކަންކަން ތަދުބީރުކޮށް ރޭވުމާއި ކަންކަން ކުރުމުގެ ގާބިލުކަން ދެއްވި އެވެ. އަދި އޭގެ އެހީގައި ބާރުފޯރުވުމާއި ކޮންޓްރޯލު ކުރުމުގެ ދަހިވެތިކަން ދެއްވި އެވެ. ލޯތްބާއި ފޫހިވުމާއި ރުޅި ފަދަ ތަފާތު މުހިންމު އިހުސާސްތަކާއި ޝުއޫރުތައް އިންސާނާގެ ކިބައިގައި ލެއްވެވި އެވެ.

މިދެންނެވި ބާރުތަކާއި ސިފަތައް އިންސާނާއަށް މާތް ﷲ ނުދެއްވާނަމަ އޭނާއަށް ހަމަ އެންމެ ކަމެއްވެސް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނީހެވެ. ނަމަވެސް މި ބާރުތަކާއި ސިފަތަތަކީ ދެމިޔަލީ ކަނޑިއެއް ފަދަ އެއްޗެއްސެވެ. އޭގެ ބޭނުން ކަނޑައެޅިފައިވާ ވަކިގޮތްތަކެއްގެ މަތިން ނުކޮށްފިނަމަ ބަލާ އާއި މުސީބާތްތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެއިން ކޮންމެ ސިފައަކީވެސް އިންސާނާ އެއާމެދު ޣާފިލުވެ އޭނާގެ ދަރަޖަ ހަނދާން ނެތި ބޮޑާވުމަށް މަގު ހުޅުވިފައިވާ ސިފައެކެވެ. ފަހަރެއްގައި އިންސާނާ އިލާހިއްޔަ ވަންތަ ދަރަޖައަށް ދެވުނު ކަމުގެ އިހުސާސް ވެސް ކުރުވާފާނެ ސިފައެކެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަނެއްކޮޅުން މިއިން ކޮންމެ ސިފައެއްވެސް އޭގެ ނުރަނގަޅު ގޮތުގައި ބޭނުން ކުރެވިއްޖަ ނަމަ އޭގެ ގެއްލުން އެހެން މަޚްލޫޤުންނަށް ފޯރައެވެ. މިގޮތުން އެހެން މީހުންނަށް އަނިޔާވެރިވުމަށާއި ނިކަމެތިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ބާރާއި ކޮންޓްރޯލު ބޭނުން ކުރެވިދާނެއެވެ. އެހެންމީހުންގެ މުދަލާއި ގެދޮރު ނުހައްގުން އަތުލުމަށް މިލްކު ކުރުމަށް އޮންނަ ދަހިވެތިކަން ބޭނުން ކުރެވިދާނެ އެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަމާއި އަރާރުންވުންތައް އުފެދޭނެ އެވެ. ތާރީޚު ދައްކައިދީފައިވާ ހަގީގަތަކީ މިއީ އެވެ.

އެހެންކަމުން ހަމައެކަނި ދިރިއުޅުމުގެ ހަޔާތަށް ވިސްނާލިއަސް އިންސާނުން އަމިއްލައަށް ހަދާ ގަވައިދުތަކާއި އުސޫލުތަކަކީ ވަކި ވަގުތަކަށް ވަކި ބަޔަކަށް ފިޔަވައި އެހެން މީހުންނަށް ފަހަރެއްގައި އެއިން ގެއްލުންހުރި އެއްޗަކަށް ވެސް ވެދާނެ އެވެ. އެހެން ކަމަށްވާނަމަ އުޚްރަވީ ހަޔާތް އޮތް ކަމަށް ގަބޫލު ކުރާ ބަޔަކަށް ﷲ ގެ މަންހަޖު ފިޔަވައި ސަލާމަތުގެ އެހެން މަގެއް ނެތެވެ. އެކަލާނގެ އަންގަވަނީ އެކަލާނގެ ހަޒުރަތުގައި ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށެވެ. (އާލްޢިމްރާން 19). ހަމައެފަދައިން އެކަލާނގެ އަންގަވަނީ ދީނެއްގެ ގޮތުގައި އިސްލާމް ފިޔަވައި އެހެން ދީނެއް އިޚްތިޔާރުކޮށްފިނަމަ އެކަން އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި އާޚިރަތުގައި އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ މީހުން ކަމުގައެވެ (އާލްޢިމްރާން 85)..

އެހެންކަމުން މިސިފަތަކާއި ބާރުތައް ނުބައި ގޮތުގައި ބޭނުން ނުކޮށް އިންސާނާއަށާއި އޭނާގެ ވަށައިގެންއުޅޭ އެހެން އިންސާނުންނާއި ހުރިހާ މަޚްލޫޤުންނަށް އެންމެ އިންސާފުވެރި އަދުލު ވެރި ގޮތެއްގައި ބޭނުން ކުރުމަށް ގަވައިދުތަކަކާއި އުސޫލުތަކެއް އޮންނަން ޖެހެ އެވެ. މި ގަވައިދުތަކާއި އުސޫލުތަކަކީ އިންސާނާއަށް އެކަނި އެންމެ ފުރިހަމަ ގޮތުގައި ތައްޔާރު ކުރެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ އިންސާނާ އަކީ އަބަދުވެސް އަމިއްލަ ނަފްސުގެ ފައިދާއާ މެދު ބޮޑަށް ވިސްނާ އަދި ހަވާނަފްސުގެ އެދުންތަކަށް ލެނބުމުގެ ބާރު އޮންނަ މަޚްލޫޤަކަށް ވާތީ އެވެ. އަދި އަމިއްލަ މަންފާ އާއި ހަވާނަފްސުގެ އެދުންތައް އެއްކިބާ ކޮށްގެން މިފަދަ ގަވައިދުތަކަކާއި އުސޫލުތަކެއް ހެދިއަސް ޒަމާނާއި ތަން ބަދަލުވެގެންދާ ހިނދު މިގޮތުން ހެދޭ ގަވައިދުތައް އެހެން ބަޔަކަށް ކަމަކު ނުދާނެތީ އެވެ.

އެހެންކަމުން ހަމައެކަނި ދިރިއުޅުމުގެ ހަޔާތަށް ވިސްނާލިއަސް އިންސާނުން އަމިއްލައަށް ހަދާ ގަވައިދުތަކާއި އުސޫލުތަކަކީ ވަކި ވަގުތަކަށް ވަކި ބަޔަކަށް ފިޔަވައި އެހެން މީހުންނަށް ފަހަރެއްގައި އެއިން ގެއްލުންހުރި އެއްޗަކަށް ވެސް ވެދާނެ އެވެ. އެހެން ކަމަށްވާނަމަ އުޚްރަވީ ހަޔާތް އޮތް ކަމަށް ގަބޫލު ކުރާ ބަޔަކަށް ﷲ ގެ މަންހަޖު ފިޔަވައި ސަލާމަތުގެ އެހެން މަގެއް ނެތެވެ. އެކަލާނގެ އަންގަވަނީ އެކަލާނގެ ހަޒުރަތުގައި ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށެވެ. (އާލްޢިމްރާން 19). ހަމައެފަދައިން އެކަލާނގެ އަންގަވަނީ ދީނެއްގެ ގޮތުގައި އިސްލާމް ފިޔަވައި އެހެން ދީނެއް އިޚްތިޔާރުކޮށްފިނަމަ އެކަން އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި އާޚިރަތުގައި އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ މީހުން ކަމުގައެވެ (އާލްޢިމްރާން 85).

ވީމާ މިދެންނެވި މައްސަލައަށް އޮތް ހައްލަކީ އިސްލާމީ ޢަޤީދާ އަށް އިންސާނާ ތަބާވުމެވެ. އެހެނީ އިސްލާމީ ޢަޤީދާ ފިޔަވައި މިކައުނު އުފެއްދެވި ފަރާތުން ބާވާލެއްވި، އަދި އެއަށް ބަދަލެއް ނާންނަ އެއްވެސް ޢަޤީދާއެއް އަދި ނިޒާމެއް މިދުނިޔެއަކު ނެތެވެ. އިންސާނާ އަށް ސަލާމަތްކަން ލިބިގެންވަނީ އިސްލާމީ ޢަޤީދާގަ އެވެ. އަދި ފަރުދީގޮތުންނާއި ޖަމާއަތުގެ ގޮތުން އިންސާނާ އަށް ދެ ދުނިޔޭގައި މަންފާ ލިބެން އޮތީ މި ޢަޤީދާ ގަ އެވެ. މިސަބަބަށްޓަކައި މާތް ﷲ އަންގަވަނީ އެކަލާނގެ ބާވާލެއްވި މަންހަޖަށް ތަބާވުމަށެވެ. އަދި ތަންދޮރު ނުދަންނަ މީހުންގެ އެދުންތަކަށް ތަބާނުވުމަށެވެ. (އަލްޖާޘިޔަތު 18). އަދި ހަގީގީ ޢިލްމު، އެބަހީ ﷲ ގެ ވަހީ އައުމަށްފަހު އެހެންބައެއްގެ އެދުންތަކަށް ތަބާވުމަކީ އަނިޔާވެރިންގެ ތެރެއިންވުން ކަމަށެވެ. (އަލްބަގަރާ 145). އަދި ﷲ ގެ ހިދާޔަތުގެ ބޭރުން އެ މީހެއްގެ ހަވާނަފްސުގެ އެދުންތަކަށް ތަބާވާ މީހާއަށް ވުރެ ގެއްލެނިވުން ބޮޑު އެހެން މީހެއް ނުހުންނާނެ ކަމަށެވެ. (އަލްޤަޞަޞް 50).

މިނޫންވެސް މިފަދަ އެތައް އާޔަތަކުން ކަށަވަރު ކޮށްދެނީ އިސްލާމީ ޢަޤީދާއަށް އިންސާނުން ތަބާވާން ޖެހޭ ކަމެވެ. އަދި މި ޢަޤީދާ ބަލައިގެންފައިވާ މުސްލިމުން ދުވަހަކުވެސް މި ޢަޤީދާ ދޫކޮށްނުލައި ވަރުގަދައަށް ހިފަހައްޓައިގެން ތިބެން ޖެހޭ ކަމެވެ. ހަވާނަފްސުގެ ބައެއް އެދުންތައް މި ޢަޤީދާއަށް ތަބާވާ މީހަކަށް ނުފުއްދި ފަހަރެއްގައި ހިގައިދާނެ އެވެ. އެހެންނަމަވެސް ދުނިޔަވީ ހަޔާތުގައި އިންސާނަކަށް ފުދޭ މިންވަރަށް އުފާވެރިކަމާއި ބާއްޖަވެރިކަން މަތީ ދިރިއުޅުމުގެ ފުރުސަތު ހަމަޔަގީނުންވެސް ގެއްލިގެން ނުދާނެ އެވެ. އަދި ހަމަ ކަށަވަރުން އުޚްރަވީ ހަޔާތުގެ ސަލާމަތާއި މަންފާ ހޯދޭނެ އެހެން އެއްވެސް މަގެއް އިސްލާމީ ޢަޤީދާއަށް ތަބާވެގެން މެނުވީ ނުލިބޭނެ އެވެ.