ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޝޯމީގެ ފޮޓޯ ޗެލެންޖަކީ 2019 ގައި ފެށި ހަރަކާތެއް
04 އެޕްރީލް 2021 - 08:07
ޝޯމީގެ ފޯނެއް ގެންގުޅޭ ނަމަ މިއީ ކޮންމެހެން ވެސް ބައިވެރިވެލަން ރަނގަޅު މުބާރާތެކެވެ. ފަސްހާސް ޑޮލަރުގެ އިނާމެއް ވެސް ހޯދިދާނެ އެވެ. ޝޯމީން 2019 ގައި ފެށި "ޝޮޓް ބާއި މައި އެވޯޑްސް" އަކީ އެ ކުންފުނީގެ ފޯނުތަކުން ނަގާ ހިތްގައިމު ފޮޓޯ އާއި ވީޑިއޯތަކުން ކްރިއޭޓިވިޓީ ދައްކާލައިގެން އިނާމު ހޯދޭ މުބާރާތެކެވެ.
މި އަހަރުގެ މި ޗެލެންޖަށް ހުޅުވައިލީ މިދިޔަ މަހުގެ 22 ގަ އެވެ. "ޔޯ ވިޝަން، ޔޯ ސްޓޯރީ" ގެ ނަމުގައި ކުރިއަށް ގެންދާ މި އަހަރުގެ ޗެލެންގެ ދެ އެޕިސޯޑަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު ފުރަތަމަ އެޕިސޯޑްގެ ތީމަކީ "ކަލަފުލް ލައިފް" އެވެ. މާޗް މަހުގެ 22 ގައި މިއަށް ހުޅުވައިލުމާ އެކު، ފޮޓޯތަކާއި ވީޑިއޯތައް ހުށަހެޅުމުގެ ފުރުސަތު ދެ މަސް ދުވަހަށް އޮންނާނެ އެވެ. އެ މީހަކު ބޭނުންވާ ގޮތަކަށް އެކަމަކު "ވާހަކައެއް ކިޔައިދޭ ގޮތަށް" ފޮޓޯ/ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
އެހެންވީމާ މިހާރު މިއޮތީ ފުރަތަމަ ބައިގައި ބައިވެރިވެލުމުގެ ފުރުސަތެވެ.
The first episode of the #ShotByMi Awards 2021 is all about color! Check out the brilliant photographs we've received from our Mi Fans so far!
— Xiaomi (@Xiaomi) April 3, 2021
Think you can do better? Submit your work now: https://t.co/VX4al5qTdS pic.twitter.com/1IdW7tnVCK
މިހާރުވެސް ވަރަށް ގިނަ ބަޔަކު ރެޖިސްޓްރީކޮށް އެ މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ފޮނުވާފައިވެ އެވެ.
"ކަލަފުލް ލައިފް" ގެ ދެ މަހުގެ ސުންގަނޑި ހަމަވުމުން ޝޯމީން އަހަރުގެ ދެވަނަ އެޕިސޯޑް އެހން ތީމަކާ އެކު އިއުލާންކުރާނެ އެވެ.
147 million+ dollars!
— Xiaomi (@Xiaomi) April 3, 2021
That's right, that's the total value of all the special offers that are available for #MiFanFestival2021!
Are you ready to #ExploreThePossibilities with Xiaomi? pic.twitter.com/FvW9NhMCb7
އެ ކުންފުނިން ބުނި ގޮތުގައި ދެ އެޕިސޯޑަށް ހުށަހަޅާ ފޮޓޯތަކާއި ވީޑިއޯތައް ޖަޖްކުރާނީ އެކަމަށް ހާއްސަ ތަޖުރިބާކާރު ޕެނަލަކުންނެވެ. އެގޮތުން ބޮޑު އިނާމަކީ ކޮންމެ ކެޓަގަރީއަކަށް 5،000 ޑޮލަރާ އެކު އެންމެ ފަހުގެ ޝޯމީގެ ފޯނަކާ އެކު ވެސް އިތުރު އިނާމުތަކެވެ.
މުޅި ޗެލެންޖަށް ޝޯމީން 147 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކުރާނެ އެވެ.
ވަނަތަކަށް ހޮވޭ އެއްޗެހި އިއުލާންކުރުން އޮންނާނީ ޖޫން މަހުގެ 18 ގަ އެވެ. އޭގެ ކުރިން ކޮލިފައިވާ ހުށަހެޅުންތައް ޝޯމީގެ ވެބްސައިޓްގައި އާންމުކުރާނެ އެވެ.
ޝޯމީން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޗެލެންޖްގައި 170 އަށް ވުރެ ގައުމުން 81،000 ފޮޓޯ/ވީޑިއޯ ހުށަހެޅި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައް
04 April 2021
އަހަރުން ނަމަ ލިޔާނީ "ޔުއަރ ވިޒަން، ޔުއަރ ސްޓޯރީ"
އަލީލީލީ
04 April 2021
ކޮން ޝޯމީ އެއްތަ. ޒިއޯމީ އެއީ
އިބްރާހިމްދީދީ
04 April 2021
ކޮން ޒިއާއޯމީ އެއްތަ؟ ޝޯމީ ކިޔަނީ. ނޭގެންޏާ، އެހެން މީހުން ކައިރީ އަހައިގެން އޮޅުންފިލުވާ.
ލޮކްޑައުން ފަރީދާ
04 April 2021
އެ ސޮރު އެ ކިޔަނީ ލިޔެފައި އޮންނަ ގޮތަށް.