ލައިފްސްޓައިލް / މައިކްރޮސޮފްޓް

މައިކްރޮސޮފްޓްގެ ކެލިބްރީ ފޮންޓް ދޫކޮށްލަނީ

މައިކްރޮސޮފްޓުން ބޭނުން ކުރަމުން އަންނަ ޑިފޯލްޓް ފޮންޓް ކެލިބްރީ އަށް 15 އަހަރު ފަހުން ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

މި މައިކްރޮސޮފްޓް 365 އަށް ބަދަލު ގެންނާތީ އެކަމަށް އާންމުންގެ ހިޔާލު ވެސް ހޯދަން މިހާރު ވަނީ ފަށައިފަ އެވެ. މި ގެންނަ ބަދަލާ އެކު ވޯޑާއި އައުޓްލުކް ފަދަ އެއްޗެހީގައި ބޭނުންކުރާ ފޮންޓްތަކަށް ބަދަލު އަންނާނެ އެވެ.

އެގޮތުން މައިކްރޮސޮފްޓުން ވަނީ ފަސް ޑިފޯލްޓް ފޮންޓެއް ހާއްސަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެނޮރައިޓް، ސްކީނާ، ސީފޯޑް، ގްރޭންޑްވިއު އަދި ބިއާސްޓަޑް އެވެ. މި ފޮންޓްތަކާ ބެހޭ އިތުރު މައުލޫމާތު މައިކްރޮސޮފްޓްގެ ވެބްސައިޓްގައި ހިމަނާފައި އިރު، ފޮންޓްތައް ހުންނާނެ ގޮތް ވެސް ގެނެސްދީފައި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި 2007 ގައި ބޭނުންކުުރަން ފެށި ކެލިބްރީ އަށް ބަދަލު ގެންނަން ނިންމީ އޭތި މިހާރު މާ ޒަމާންވެ މުސްކުޅިވެއްޖެ ކަމަށް ގަބޫލުކުވޭތީ، ޒަމާނާ ގުޅޭ ތާޒާ އަދި ބޭނުންކުރުމަށާއި ބަލައިލަން ވެސް ރީތި ފޮންޓްތަކެއް ގެނެސްދިނުމުގެ ގޮތުންނެވެ.

އެހެންވެ އަލަށް ގެންނަ ފޮންޓްތަކާ މެދު ގޮތެއް ނިންމާނީ އާންމުންދޭ ހިޔާލުތަކުގެ މައްޗަށްވެސް ބިނާކޮށެވެ.

މައިކްރޮސޮފްޓުން ބުނީ ކެލިބްރީ ފޮންޓް ދޫކޮށްލާނީ އަންނަ އަހަރު ކަމަށާއި އޭގެ ކުރިން މިހާރެކޭ އެއްގޮތަށް އެ ފޮންޓް މައިކްރޮސޮފްޓް އޮފީސް ފޮންޓްތަކުގެ ތެރޭގައި ހިމެނޭނެ އެވެ.

4 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓިން ކުކު

06 May 2021

ތިވާނީ މިލިންޑާ ހެދި ފޮންޓަކަށް އެހެން އެމަންޖެ ވަރިކޮށްފަ ފޮންޓްވެސް ދޫކޮށްލަނީ. އަޅެ!!! ބިލްގޭޑް MV.BOLI މިފޮންޓު އަހަރެމެންނަށް ބަދަލުކޮށް ދީބަލަ އޭރުން ފަހަރެއްގަ މިކޮޅުން ހެޔޮވަރު ޑަބިޔާގަނޑެއްވެސް ލިބިދާނެތޮއްޗެއް.

The name is already taken The name is available. Register?

އަހުމަދުއަލޯ

04 May 2021

ވަރަށް ހުތުރު ފޮންޓެއް ކެލިބްރިއަކީ. އަހަންނަށް އެންމެ ރީތީ ސެރިފް ފޮންޓުތައް. ޓައިމްސް ނިއު ރޯމަން ކަހަލަ.

The name is already taken The name is available. Register?

އަލީލީ

04 May 2021

ހެޔޮ ނުވާނެ ދިވެހިރާއްޖޭގެ ޑިފޯލްޓް ފޮންޓް އެމވީބޮލިން ފަރުމާ އަށް ބަދަލު ކޮށްދީބަލަ

The name is already taken The name is available. Register?

ވޮޗްޑޯގް

04 May 2021

ބޮލި ފޮންޓް ދޫކޮށްލެވޭކަށް ނެތް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454