ލައިފްސްޓައިލް / ހިތުގެ ބަލި

އަހަރެމެންނަށް ހިތުގެ ބަލި ބޮޑުވާ "ނަސްލީ ސަބަބެއް"

ހިތުގެ ހާލަތު ދެނެގަތުމަށް ޓެސްޓެއް ހަދަނީ. -- ފޮޓޯ: މިހާރު

ސިއްހަތަށް ފައިދާހުރި ކާނާ ކައި ކަސްރަތުކޮށްގެން އުޅެނިކޮށް ވެސް ހިތުގެ ބައްޔެއް ޖެހި ނުރައްކާވުމުން ހިތަށް އަރަނީ އެހެން ވާންޖެހޭ ސަބަބަކީ ކޮބައިތޯ އެވެ. ޑޮކްޓަރުން ދޭ ލަފަޔާއި އިރުޝާދާ މެދު ޝައްކު އުފެދޭ ހިސާބަށް ވެސް ދެ އެވެ. އެކަމަކު ވަރަށް ގިނަ މީހުންނަށް ނޭނގޭ އެއް ކަމަކީ ދެކުނު އޭޝިއާ މީހުންނަށް ހިތުގެ ބަލީގެ ނުރައްކާ ބޮޑުކަމެވެ.

ކިތަންމެ ބަލައިގެން އުޅުނަސް މިކަމުގައި ކޮންޓްރޯލް ނުކުރެވޭ ސަބަބެއް އޮތްކަން އެއީ ހަގީގަތެކެވެ.

އެއީ ދެކުނު އޭޝިއާ އަށް ނިސްބަތްވުމެވެ. ހިތުގެބައްޔަކީ މުޅި ދުނިޔެ އާއި ދެކުނު އޭޝިއާ މީހުންގެ ތެރެއިން ވެސް އެންމެ ގިނަ މީހުން މަރުވާ ސަބަބެވެ. އެމެރިކާގައި ދެ ވަނަ އަށް އެންމެ ހަލުވިކަމާ އެކު އިތުރުވަމުން އަންނަ ނަސްލަކީ ދެކުނު އޭޝިއާ ނަސްލު ކަމަށް ވާއިރު އެހެން އެއްވެސް ނަސްލެއްގެ މީހުންނަށް ވުރެ ގިނައިން، ހިތުގެ ބަލީގައި ދެކުނު އޭޝިއާ ނަސްލުގެ މީހުން މަރުވާ ރޭޓް މަތިކަމަށް ހޯދުންތަކުން ދައްކަ އެވެ. މި ނަސްލުގެ މީހުންނަކީ އިންޑިއާ، ޕާކިސްތާން، ބަންގްލާދޭޝް، ނޭޕާލް، ސްރީ ލަންކާ، ބޫޓާން އަދި ދިވެހިރާއްޖެ ހިމެނެ އެވެ. މި ގައުމުތަކަށް ނިސްބަތްވާ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އެހެން ނަސްލުތަކުގެ މީހުންނާ އަޅާބަލާއިރު ހަތަރު ގުނަ އިތުރެވެ.

"ދެރަ ކަމަކީ ދެކުނު އޭޝިއާގައި މިކަހަލަ ތަޖުރިބާކުރަންޖެހޭ މީހުން ވަރަށް ގިނަކަން. އަދި އާއިލާގެ ފަސްޓް-ޑިގްރީ ސާކަލް [މަންމަ އާއި ބައްޕަގެ އާއިލާ] ތެރޭގައި ކުއްލިއަކަށް މަރުވެފައިވާ މީހުން ނުވަތަ ޒުވާން އުމުރުގައި ހިތުގެ ބަލި ޖެހުނު މީހުން އުޅޭނެ،" ސްޓެންފަޑް ސައުތު އޭޝިއަން ޓްރެޑިޝަނަލް ހާޓް އިނިޝިއޭޓިވްގެ ކާޑިއޮލޮޖިސްޓް ޑރ. އަބާ ޚަންޑެލްވާލް ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވެފައިވެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޔުނިވަސިޓީ އޮފް ކެލިފޯނިއާ އާއި ސެން ފްރެންސިސްކޯ އަދި ނޯތުވެސްޓާން ޔުނިވަސިޓީން، ޝިކާގޯ އާއި ބޭ އޭރިއާ އިން ދެކުނު އޭޝިއާގެ 900 އަށް ވުރެ ގިނަ މީހުންގެ ސިއްހީ ހާލަތު ހަތް އަހަރު ވަންދެން ދިރާސާކުރުމަށް ފަހު ނެރުނު ރިޕޯޓެއްގައި ދެކުނު އޭޝިއާ މީހުންނާއި ހިތުގެ ބައްޔާ ހުރި ގުޅުން ބަލާފައިވެ އެވެ. "މަސާލާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ދިރާސާ އިން އެނގިފައިވާ ގޮތުގައި، އެހެން ނަސްލުތަކުގެ މީހުންނާ އަޅާބަލާއިރު، ހަށިގަނޑުގެ ބަރުދަން ލުއިކޮށް ހުއްޓާ ވެސް ލޭމައްޗަށް ދިއުމާއި ޓްރައިގްލިސްރައިޑް މަތިވުމާއި ކޮލެސްޓްރޯލް މާބޮޑަށް މައްޗަށް ދިއުމާއި ޓައިޕް 2 ޑައެބެޓީސް ޖެހުމުގެ ފުރުސަތު ދެކުނު އޭޝިއާ މީހުންނަށް ބޮޑެވެ. އަދި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުން އަވަސްކުރުވާ ކޮރޯނަރީ އާޓަރީ ކެލްސިއަމް މަތިވުމުގެ މައްސަލަ ދެކުނު އޭޝިއާ ފިރިހެނުންނަށް ބޮޑަށް އޮންނަކަން ވެސް ވަނީ އެނގިފަ އެވެ.

"ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 20-25 ޕަސެންޓް ހިއްސާކުރަނީ ދެކުނު އޭޝިއާ މީހުން. މި ބޮޑު އާބާދީއަށް ބަލާއިރު މިއީ އާންމު ސިއްހަތާ ގުޅުން ހުރި ބޮޑު މައްސަލައެއް،" ދިރާސާގައި އިންވެސްޓިގޭޓަރެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ޔޫ.ސީ.އެސް.އެފްގެ ޕްރޮފެސަ އޮފް މެޑިސިން ޑރ. އަލްކާ ކަނަޔާ ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ މުމްބާއީ އަށް އުފަން އަދި އެމެރިކާގެ ކެލިފޯނިއާގައި އުޅެ ބޮޑުވި ޑރ. ކަނަޔާ "މަސާލާ ޕްރޮޖެކްޓް" ގައި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވީ ވެސް އާއިލާ އާއި ރައްޓެހިންގެ ތެރެއިން އެތައް ބަޔަކު ޒުވާން އުމުރުގައި ހިތުގެ ބައްޔަށް ފަރުވާކުރަން ޖެހިފައިވުމުންނެވެ.

މި ދިރާސާއަށް ފަހު އެމެރިކަން ހާޓް އެސޯސިއޭޝަނާއި މެޑިކަލް އެހެން ގްރޫޕްތަކުން ވަނީ ހިތުގެ ބަލީގެ ނުރައްކާ ވަޒަންކުރުމާއި ފަރުވާކުރުމުގައި މީހާގެ ނަސްލަށް ބަލަން ލަފާދީ ކޮލެސްޓްރޯލް ގައިޑްލައިން ވެސް އެގޮތަށް އަޕްޑޭޓްކޮށްފަ އެވެ. ރިސާޗަށް ހަވާލާދީ ގައިޑްލައިންގައި ބުނެފައިވަނީ ދެކުނު އޭޝިއާ މީހުންނަކީ "ހައި ރިސްކް" މީހުން ކަމަށާއި އެހެން ސަބަބުތައް ހުރި ނަމަ [ކޮލެސްޓްރޯލް ދަށްކުރުމަށް] ސްޓެޓިން ދޭންޖެހުމުގެ ފުރުސަތު ބޮޑު ބައެއް ކަމަަށެވެ.

ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ދެކުނު އޭޝިއާ މީހުންގެ ތެރެއިން އެކަށީގެންވާ ބަރުދަނެއް ހުރި 44 ޕަސެންޓް މީހުންގެ ތެރޭގައި މެޓަބޮލިކް މައްސަލަތައް ކަމަށްވާ ހަކުރު މައްޗަށް ދިއުމާއި ޓްރައިގްލިސްރައިޑް މަތިވުމާއި ލޭމައްޗަށް ދިއުމާއި އެޗްޑީއެލް ކޮލެސްޓްރޯލް ދަށްވުން ފަދަ ކަންކަމުގެ ތެރެއިން މަދުވެގެން ދެ ކަމެއް ހުރި

"މަސާލާ" ރިޕޯޓުން ހާމަވި އެންމެ އަޖައިބުކުރުވަނިވި ކަންކަމުގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ "ކޮމްޕޮޒިޝަން" އާ ގުޅުން ހުރި ކަންކަމެވެ. ޑރ. ކަނަޔާ އާއި އޭނާގެ ޓީމުން ސީޓީ ސްކޭނަށް ބަލައިގެން ހޯދި ކަންކަމުން އެނގުނު ގޮތުގައި ހަށިގަނޑުގައި ފެޓް ގިނަވެގެން ނުވާނެ ތަންތަން ކަމަށްވާ ފުރަމޭ، ބަނޑު އަދި ގައިގެ މަސްތަކުގައި ފެޓް ގިނަވުމުގެ ފުރުސަތު ދެކުނު އޭޝިއާ މީހުންނަށް ބޮޑެވެ. މި ސަރަހައްދުތަކުގައި ގިނަވާ ފެޓްގެ ސަބަބުން މެޓަބޮލިކް ނިޒާމަށް ލިބޭ ގެއްލުން، ހަމުގެ ދަށުގައި އުފެދޭ ފެޓުން ލިބޭ ގެއްލުންތަކަށް ވުރެ މާ ބޮޑެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 25 އިން ދަށުގައި ހުންނަ ނަމަ އެއީ ޖުމްލަ ގޮތެއްގައި ބަލާއިރު އެކަށީގެންވާ ބަރުދަނެކެވެ. - އޭޝިއާ ނަސްލުގައި ހިމެނޭ ޗައިނާ، ފިލިޕިންސް އަދި ޖަޕާނު މީހުންގެ ހަށިގަނޑުގައި މި ނުރައްކާ ފެޓް ހުރުމުގެ ފުރުސަތު ބޮޑެވެ. މި މީހުންގެ ތެރޭގައި، ދޮން ނަސްލުގެ މީހުންނާ އަޅާބަލާއިރު އޮބީސިޓީ ނުވަތަ ފަލަ ބަލި މަދު ނަމަވެސް ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ ބޮޑުވާ ޓައިޕް 2 ޑައެބެޓީސް ދެ ގުނަ އިތުރެވެ.

"މަސާލާ" ރިސާޗުން އެނގުނު ގޮތުގައި ހިތުގެ މައްސަލަތައް އެންމެ ބޮޑީ ދެކުނު އޭޝިއާ މީހުންނަށެވެ. އަނަލްސް އޮފް އިންޓާނަލް މެޑިސިންގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ދެކުނު އޭޝިއާ މީހުންގެ ތެރެއިން އެކަށީގެންވާ ބަރުދަނެއް ހުރި 44 ޕަސެންޓް މީހުންގެ ތެރޭގައި މެޓަބޮލިކް މައްސަލަތައް ކަމަށްވާ ހަކުރު މައްޗަށް ދިއުމާއި ޓްރައިގްލިސްރައިޑް މަތިވުމާއި ލޭމައްޗަށް ދިއުމާއި އެޗްޑީއެލް ކޮލެސްޓްރޯލް ދަށްވުން ފަދަ ކަންކަމުގެ ތެރެއިން މަދުވެގެން ދެ ކަމެއް ހުއްޓެވެ. އެކަމަކު ދޮން ނަސްލުގެ މީހުންގެ ތެރޭގައި މި މައްސަލަތައް ހުރީ 21 ޕަސެންޓް މީހުންގެ އެވެ.

"މަސާލާ" ދިރާސާގެ ގިނަ ބައިވެރިންނަކީ ދެކުނު އޭޝިއާގެ މި ޖީލުގެ މީހުންނެވެ. ދިރާސާ އިން އެނގުނު ގޮތުގައި ހިތުގެ ބައްޔާއި އެ މީހުންގެ ކެއުމުގެ އާދަކާދައާ ގުޅެ އެވެ. ހިތުގެ ބަލިތަކުގެ ފުރުސަތު އެންމެ ބޮޑު ކަމަށް ފާހަގަވީ ދެކުނު އޭޝިއާގެ އާންމު ކެއުންތަކަށް އާދަވެފައިވާ މީހުންނާއި ހުޅަނގުގެ ލައިފްސްޓައިލް ވަރަށް ބޮޑަށް ފޮލޯކުރާ މީހުންގެ މެދުގައި ހިތުގެ ބަލީގެ ނުރައްކާ ބޮޑު ކަމަށެވެ. އަދި ނުރައްކާ އެންމެ ކުޑައީ ދެކުނު އޭޝިއާގެ ލައިފްސްޓައިލާއި ހުޅަނގުގެ ލައިފްސްޓައިލަށް ވެސް އުޅެމުން ސިއްހީ ގޮތުން ރަނގަޅު ކާނާ އަށް ވެސް އިސްކަންދޭ މީހުން ކަމަށް ދިރާސާ އިން ދެއްކި އެވެ.

މިކަންކަން މިހެން ދިމާވުމާ ގުޅިފައިވަނީ ކާތަކެއްޗާއި ކެއުމުގެ އާދަ ބަހައްޓާ ގޮތަށެވެ. "މަސާލާ" ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓް މީހުންނަކީ ވެޖެޓޭރިއަނުންނެވެ. މިއީ އިންޑިއާގައި ވަރަށް އާންމު އަދި ޔޫރަޕްގައި ވަރަށް ސިއްހީ ކަމެއްގެ ގޮތުގައި ނަން ވެފައި އޮންނަ މި އާދައެކެވެ. އެކަމަކު ވެޖެޓޭރިއަނުންގެ ތެރެއިން ދެކުނު އޭޝިއާގެ "ތެލުލި" ލުއި ކާނާތަކާއި ފޮނި ބުއިންތަކާއި ފެޓްގެ ބައި ގިނަ ޑެއިރީ ކާނާ ކާ މީހުންނަށް، ވެޖެޓޭރިއަން ނޫން މީހުންނަށް ވުރެ ބޮޑަށް ހިތުގެ ބަލީގެ ނުރައްކާ ބޮޑެވެ.

މީގެ އިތުރުން ރެޑް އަދި ޕްރޮސެސްކުރި އެއްގަމު މަހާއި ރިފައިންޑް ކާބޯހައިޓްރޭޓާއި ތަރުކާރީ އާއި މޭވާއާ އެކު ޑައެޓުގައި ރާ ހިމަނާ މީހުންނަށް ވެސް މެޓަބޮލިކް މައްސަލަތަކުގެ ނުރައްކާ ބޮޑުކަން ދިރާސާ އިން އެނގިފައިވެ އެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތ‫ަބުރޭޒީ

22 July 2021

‫ދެކުނު އޭޝިޔާ މީހުން ބޭނުންކޮއްގެން ދިރާސާ ކުރާއިރު ޔޫރަޕާއި އެމެރިކާނުން ބޭނުންކޮއްގެން ވެސް މަސާލާގަޑެއް އނބުރާލިނަމަ އެނގޭނީ އެވެރިންގެ ހިތުގެ މައްސަލަ ހުރި މިންވަރު , އޮބެސިޓީ އެންމެ ބޮޑު ހިސާބުތަކަކީ ޔޫރަޕާއި އެމެރިކާ.

The name is already taken The name is available. Register?

ކޮވެލި

22 July 2021

ހިތުގެ ބަލި ދިމާވެދާނެ ކޮންމެ ޢުމުރެއްގައިވެސް. އެކަމަކު ގަވައިދުން ޗެކްއަޕް ހަދާ ކޮލެސްޓްރޯލް، ޕްރެޝަރ އަދި ހަކުރު އެދެވޭ މިންގަނޑެއްގައި ބެހެއްޓުން މުހިންމު. ހާސްކަމާ ފިކުރު ބޮޑުވުން އަދި މާލީ ކަންކަމާ ފިކުރު ބޮޑުވުން ހިތުގެ ބަލި އިތުުރަށް ބޮޑު ކުރޭ.

The name is already taken The name is available. Register?

ނެކްސްޓް

22 July 2021

މުޅި ލޮޔުމުގެ މުޖްލަ މާނަައަކީ ކެއްއުން ގެއްގުޅޭ ގޮތުން ދިމާވާކަމެއްކަމަށް. ސުރުހީއިން ހީވީ ޖެނެޓިކަލް ކަމެއްހެން

The name is already taken The name is available. Register?

ޥަަޒް

22 July 2021

ދުންފަތުގެ އިސްތިއުމާލު ކުރުން ގިނަ ވުމުން. ސިގެރެޓް އެންމެ އަގު ހެވީ ދެކުނު އޭސީއާގަައި.

The name is already taken The name is available. Register?

ނޮރިޖ

23 July 2021

ލިޔުމަކު ނެތް ތިހެނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454