19 ނޮވެމްބަރ

November 19, 2019 4
މެސީގެ ޕެނަލްޓީން އާޖެންޓީނާ ސަލާމަތްވެއްޖެ

ތެލް އަވީވް (ނޮވެމްބަރު 19) - އިޒްރޭލުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ލިއޮނަލް މެސީ ފަހު ވަގުތު ވައްދާލި ޕެނަލްޓީން 2-2 އިން އުރުގުއާއާ އެއްވަރުކޮށް އާޖެންޓީނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2019 12
ރެފްރީން އުޅެނީ މެސީގެ ސަޕޯޓަރުން ގޮތަށް: ސިލްވާ

ރިޔާޒް (ނޮވެމްބަރު 17) – ބައެއް ރެފްރީން އުޅެނީ ލިއޮނަލް މެސީގެ ސަޕޯޓަރުން ގޮތަށް ކަމަށް ބުނެ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

16 ނޮވެމްބަރ

November 16, 2019 6
މެސީގެ ގޯލުން އާޖެންޓީނާ އިން ބްރެޒިލް ބަލިކޮށްފި

ރިޔާޒް (ނޮވެމްބަރު 16) – ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ރޭ ސައުދީ އަރަބިއާގައި ވާދަވެރި ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ މޮޅުވެއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2019 1
ބްރެޒިލާ ދެކޮޅަށް ކުޅެން މެސީ އަލުން ގައުމީ ޓީމަށް

ސެން ހުއާން، އާޖެންޓީނާ (ނޮވެމްބަރު 1) – ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ލިއޮނަލް މެސީ އަށް ދިން ތިން މަހުގެ ސަސްޕެންޝަނަށް ފަހު އޭނާ އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރުވެއްޖެ އެވެ.

05 އޯގަސްޓް

August 05, 2019 4
މެސީ އަށް މަރަޑޯނާ ތައުރީފުކޮށްފި

މެކްސިކޯ ސިޓީ (އޮގަސްޓް 5) – ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ ލިއޮނަލް މެސީ ދެއްކި ވާހަކަތަކަށް އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ތައުރީފުކޮށްފި އެވެ.

03 އޯގަސްޓް

August 03, 2019 16
މެސީ އަށް ތިން މަހުގެ ސަސްޕެންޝަނެއް!

އަސުންސިއޮން، ޕެރަގުއޭ (އޮގަސްޓް 3) - ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ބާއްވާ ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވި ކަމަށް ބުނެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ތިން މަހަށް...

26 ޖުލައި

July 26, 2019 6
މެސީގެ އަނެއް މައްސަލައިގައި ކޮންމެބޯލް ހިމޭނުން

އަސުންސިއޮން، ޕެރަގުއޭ (ޖުލައި 26) - ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ބާއްވާ ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވާ ކަމަށް ބުނެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި ވާހަކަތަކާ ގުޅިގެން ބަލަމުން އަންނަ...

08 ޖުލައި

July 08, 2019 30
ކޮންމެބޯލް އިން މެސީ އަށް ބޮޑު އަދަބެއް ދެނީ

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖުލައި 8) - ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ބާއްވާ ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވާ ކަމަށް ބުނެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އަށް ބޮޑު...

07 ޖުލައި

July 07, 2019 47
ކޮޕަ އެމެރިކާގައި އޮތީ ކޮރަޕްޝަން: މެސީ

ސައޮ ޕައޮލޯ، ބްރެޒިލް (ޖުލައި 7) - ފާއިތުވި ދެ ފަހަރު ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ކޮޕަ އެމެރިކާ ތަށި ގެންދިޔަ ޗިލީ އަތުން ރޭ އާޖެންޓީނާ މޮޅުވި މެޗަށް ފަހު ކެޕްޓަން ލިއޮނަލް މެސީ މުބާރާތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ. މި ފަހަރުގެ މުބާރާތުގެ ތިން ވަނަ އާޖެންޓީނާ ހޯދީ 2-1 އިން މޮޅުވެގެންނެވެ.

03 ޖުލައި

July 03, 2019 8
ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް: މެސީ

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ޖުލައި 3) - ބްރެޒިލް އަތުން ރޭގެ ސެމީ ފައިނަލުގައި 2-0 އިން ބަލިވެ، މި ފަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތި ވިޔަސް ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

29 ޖޫން

June 29, 2019 11
ފަސޭހަނުވާނެ، ބްރެޒިލް ބަލިކުރެވޭނެ: މެސީ

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 29) - ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށާއި އެކަމަކު އެ ޓީމު ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އާޖެންޓީނާގެ ކެޕްޓަން މެސީ ބުނެފި އެވެ.

23 ޖޫން

June 23, 2019 14
މަރުގެ މެޗަކަށް މެސީ ނުކުންނަނީ ބޮޑު އިތުބާރަކާ އެކު

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 23) - ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުން ޖާގައެއް ބޭނުން ނަމަ މޮޅުވުން މަޖުބޫރު މެޗަކަށް، އޭޝިއާގެ ޗެމްޕިއަން ގަތަރާ ދެކޮޅަށް މިރޭ އާޖެންޓީނާ ނުކުންނައިރު އިތުބާރު އެބަ އޮތް ކަމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

20 ޖޫން

June 20, 2019 34
އާޖެންޓީނާގެ އަމިއްލަ ބާރު ގެއްލިއްޖެ

ބެލޯ ހޮރިޒެންޓޯ (ޖޫން 20) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅުނު ދެ ވަނަ މެޗުގައި މިއަދު ލިއޮނަލް މެސީގެ ލަނޑާ އެކު ޕެރެގުއޭއާ 1-1 އިން އެއްވަރުވިއިރު، ކުއާޓާ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

16 ޖޫން

June 16, 2019 29
އާޖެންޓީނާ އަށް ހިތްދަތި ފެށުމެއް، މެސީ އުއްމީދުގައި

ސަލްވަޑޯ، ބްރެޒިލް (ޖޫން 16) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވެ ހިތްދަތި ފެށުމަކާ ކުރިމަތިލާންޖެހުނު ނަމަވެސް ކުރިއަށް އޮތް ދެ މެޗުގައި ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

08 ޖޫން

June 08, 2019 12
މެސީގެ ދެ ލަނޑާ އެކު އާޖެންޓީނާ އަށް މޮޅެއް

ސެން ހުއާން، އާޖެންޓީނާ (ޖޫން 8) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން މިއަދު ކެޕްޓަން ލިއޮނަލް މެސީގެ ދެ ލަނޑާ އެކު ނިކަރަގުއާ އަތުން 5-1 އިން މޮޅުވެއްޖެ އެވެ.

01 ޖޫން

June 01, 2019 15
ހަމައެކަނި މެސީ އަށް ޕްރެޝަރުކުރުމަކީ ގޯހެއް: އަގުއޭރޯ

ބީނޯޒް އޭރީޒް (ޖޫން 1) – އާޖެންޓީނާ އަށް ކާމިޔާބު ހޯދުމުގެ ޒިންމާ ހަމައެކަނި އޮތީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ނޫން ކަމަށާއި އެކަމަށް ހަމައެކަނި އޭނާ އަށް ޕްރެޝަރުކުރުމަކީ ގޯހެއް ކަމަށް އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.

22 މެއި

May 22, 2019 7
މެސީ އާއި އަގުއޭރޯ ސްކޮޑަށް، އިކާޑީ އާއި ހިގުއައިން ބާކީވެއްޖެ

ބީނޯޒް އޭރީޒް (މެއި 22) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ނެގި އާޖެންޓީނާ ޓީމުގެ އެޓޭކް ބެލެހެއްޓުން ބާސެލޯނާގެ ލިއޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯއާ ހަވާލުކުރި އިރު، އިންޓަ މިލާނުގެ މައުރޯ އިކާޑީ އާއި ޗެލްސީގެ ގޮންޒާލޯ ހިގުއައިން އަށް ފުރުސަތެއް ނެތެވެ.

26 އެޕްރީލް

April 26, 2019 2
"އާޖެންޓީނާގައި މެސީ ފެއިލްކޮށްލަނީ ސަޕޯޓަރުން"

ސެވިލް، ސްޕެއިން (އޭޕްރީލް 26) - އާޖެންޓީނާގައި ލިއޮނަލް މެސީ އަށް އެންމެ މޮޅު ކުޅުމެއް ދައްކަން އުނދަގޫވަނީ އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އަމާޒުވާ ހައްގުނޫން ފާޑުކިއުންތަކުގެ ސަބަބުން ކަމަށް އާޖެންޓީނާގެ ކުރީގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.

30 މާޗް

March 30, 2019 8
އެންމެ ފަހުން މެސީގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

ބީނޯޒް އެރީޒް، އާޖެންޓީނާ (މާޗް 30) - އާޖެންޓީނާ ގައުމީ ޓީމުގައި އޭނާ ދައްކާ ކުޅުމާ ބެހޭގޮތުން އެ ގައުމުގެ މީޑިއާ އިންނާއި އެކި ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

23 މާޗް

March 23, 2019 17
ރޮނާލްޑޯ އާއި މެސީގެ އެނބުރި އައުން އުފާވެރިއެއް ނޫން

ލަންޑަން (މާޗް 23) - މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މަޝްހޫރު ދެ ތަރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ގައުމީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.