23 މާޗް

March 23, 2019 17
ރޮނާލްޑޯ އާއި މެސީގެ އެނބުރި އައުން އުފާވެރިއެއް ނޫން

ލަންޑަން (މާޗް 23) - މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މަޝްހޫރު ދެ ތަރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ގައުމީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.

08 މާޗް

March 08, 2019 8
މެސީ އެނބުރި ގައުމީ ޓީމަށް

ބީނޯޒް އެރީޒް، އާޖެންޓީނާ (މާޗް 8) - އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމާ ދުރުގައި އަށް މަސް ހޭދަކުރުމަށް ފަހު ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާޖެންޓީނާ ގައުމީ ޓީމާ ގުޅިއްޖެ އެވެ.

27 ޖެނުއަރީ

January 27, 2019 4
މެސީ އަލުން ގައުމީ ޓީމާ ގުޅޭނެ: ކޯޗު

ބުއެނޯޒް އެރީޒް، އާޖެންޓީނާ (ޖެނުއަރީ 27) - އަމިއްލަ ސަބަބުތަކާ ހުރެ މި ވަގުތު ގައުމީ ޓީމާ ދުރުހުރި ލިއޮނަލް މެސީ އަލުން ޓީމާ ގުޅޭނެ ކަމަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

16 އޮކްޓޯބަރ

October 16, 2018 3
މެސީގެ އެހީތެރިކަން އާޖެންޓީނާ އަށް މުހިއްމު: ރޮމޭރޯ

ޖިއްދާ، ސައޫދީ އެރެބިއާ (އޮކްޓޫބަރު 16) - ލިއޮނަލް މެސީ އަކީ ހުނަރަށް ބަލާއިރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާގެ އެހީތެރިކަން އާޖެންޓީނާ ޓީމަށް އަދިވެސް މުހިއްމު ކަމަށް އެ ޓީމުގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2018 2
ގަތަރު ވޯލްޑް ކަޕްގައި މެސީ ކުޅެފާނެ: ސަމްޕައޮލީ

ސެވިލް، ސްޕެއިން (އޮކްޓޫބަރު 10) - ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކުޅެފާނެ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.

09 ސެޕްޓެމްބަރ

September 09, 2018
މެސީ މައްސަލައިގައި އަވަސް އަރުވާލުމެއް ނެތް: ކޯޗު

ބީނޯސް އޭރީޒް (ސެޕްޓެމްބަރު 9) – އާޖެންޓީނާ ގައުމީ ޓީމަށް އަނބުރާ އައުމާ މެދު ކެޕްޓަން ލިއޮނަލް މެސީ ނިންމާނެ ގޮތެއް ބެލުމުގައި އަވަސް އަރުވާލަން ބޭނުންނުވާ ކަމަށް ވަގުތީ ކޯޗު ލިއޮނަލް ސްކަލޮނީ ބުނެފި އެވެ.

16 އޯގަސްޓް

August 16, 2018 7
މެސީ އަނެއްކާ ވެސް ގައުމީ ޓީމުން ރިޓަޔާކުރީތަ؟

ބާސެލޯނާ (އޮގަސްޓް 16) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް އަނެއްކާ ވެސް ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

01 ޖުލައި

July 01, 2018 8
މެސީ އާއި ރޮނާލްޑޯ އަށް ވޯލްޑް ކަޕުގެ ނަސީބެއް ނެތް!

މޮސްކޯ (ޖުލައި 1) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭގެ މެޗުތަކަށް ފަހު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ދެ ތަރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވޯލްޑް ކަޕް ވަނީ ނިމިފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން މިއީ ރޮނާލްޑޯ އާއި މެސީގެ ފަހު ވޯލްޑް ކަޕެވެ. އެހެންވެއްޖެ ނަމަ ވޯލްޑް...

30 ޖޫން

June 30, 2018 13
ޓީމު ނެގުމުގައި މެސީގެ ނުފޫޒެއް ނެތް: ސަމްޕައޯލީ

ކަޒާން (ޖޫން 30) – އާޖެންޓީނާގެ ރޭވުންތަކާއި ޓީމު ސިލެކްޝަނަށް ކެޕްޓަން ލިއޮނަލް މެސީ ނުފޫޒު ނުފޯރުވާ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނެފި އެވެ.

26 ޖޫން

June 26, 2018 15
"މެސީގެ މޫނުމަތިން ފެންނަނީ ހާސްކަން"

މޮސްކޯ (ޖޫން 26) – އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފެންނަނީ ހާސްވެފައި ހުންނަތަން ކަމަށާއި އެއީ ހަގީގީ ކަންބޮޑުވުމެއް ކަމަށް އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ޕަބްލޯ ޒަލަބެޓާ ބުނެފި އެވެ.

22 ޖޫން

June 22, 2018 7
"އާޖެންޓީނާ ޓީމެއްގެ ގޮތުގައި ނުކުޅޭ"

ނިޒްނީ ނޮވޮގޮރޮޑް (ޖޫން 22) – ލިއޮނަލް މެސީ މޮޅު ކަމަށާއި އެކަމަކު އާޖެންޓީނާ އަށް ކަމެއް ހާސިލްކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެން ދަސްކޮށްގެން ކަމަށް ވޯލްޑް ކަޕުގައި ރޭ އެ ޓީމު އަތުން 3-0 އިން މޮޅުވި ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ބުނެފި އެވެ.

21 ޖޫން

June 21, 2018 6
މެސީ ހުރީ އާދަޔާހިލާފު ރޫހެއްގައި: ސަމްޕައޮލީ

މޮސްކޯ (ޖޫން 21) - ފުރަތަމަ މެޗުގައި ދިމާވި ކަންތައްތައް ހަނދާން ނައްތާލައި ކުރިއަށްދިއުމަށްޓަކައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުރީ އާދަޔާހިލާފު ރޫހެއްގައި ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.

16 ޖޫން

June 16, 2018 5
މެސީ އަށް ކުރާ އިތުބާރަށް ބަދަލެއް ނާދޭ: ކޯޗު

މޮސްކޯ (ޖޫން 16) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި މިރޭ އައިސްލެންޑާ 1-1 އިން އެއްވަރުވިއިރު، މެޗުން މޮޅުވާން ލިބުނު ޕެނަލްޓީ އާޖެންޓީނާގެ...

June 16, 2018 2
މެސީ ވަށައިގެން ޓީމު އޮތުމަކީ މައްސަލައެއް ނޫން!

މޮސްކޯ (ޖޫން 16) – އާޖެންޓީނާ ޓީމުގައި ކެޕްޓަން ލިއޮނަލް މެސީ އަށް މާބޮޑެތި ޒިންމާތަކެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި އެކަމަކު އެވަރުގެ ހުނަރުވެރި...

30 މެއި

May 30, 2018 24
މެސީގެ ހެޓްރިކާ އެކު އާޖެންޓީނާ އަށް ފުރިހަމަ މޮޅެއް

ބީނޯސް އޭރީޒް، އާޖެންޓީނާ (މެއި 30) - ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރޭ ހައިޓީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ކެޕްޓަން ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-0 އިން އާޖެންޓީނާ ފުރިހަމަ މޮޅެއް ހޯދައިފި އެވެ.

28 މެއި

May 28, 2018 14
އާޖެންޓީނާ އަކީ އެންމެ ވަރުގަދަ ޓީމެއް ނޫން: މެސީ

ބީނޯސް އޭރީޒް، އާޖެންޓީނާ (މެއި 28) - މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމު އޮތީ އާޖެންޓީނާގައި ނޫން ކަމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

13 އެޕްރީލް

April 13, 2018 7
"އެހެން ކުޅުންތެރިން މެސީ އަށް އެހީވާން ޖެހޭ"

ބީނޯސް އޭރީޒް (އޭޕްރިލް 13) – ލިއޮނަލް މެސީ އަށް އެކަނިމާއެކަނި އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްނުދެވޭނެ ކަމަށާއި އޭނާ އަށް އެހީތެރިވުމަށްޓަކައި އެ ޓީމުގެ އެހެން ކުޅުންތެރިން ކުޅުމުގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކްލައުޑިއޯ ޓާޕިއާ ވިދާޅުވެއްޖެ އެވެ.

26 މާޗް

March 26, 2018 20
މެސީގެ "ބޮލުގައި ހުރީ ބަޑިޖައްސާފައި": ސަމްޕައޮލީ

މެޑްރިޑް (މާޗް 26) - އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ލިއޮނަލް މެސީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ގޮތުގައި ސިފަކޮށް ގިނަބަޔަކު ތިބީ އޭނާގެ "ބޮލުގައި ބަޑިޖައްސައިގެން" ކަމަށް އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.

22 މާޗް

March 22, 2018 10
މެސީގެ މޮޅުކަން ސާބިތުކޮށްދޭން ނުޖެހޭ: މަރަޑޯނާ

ބީނޯސް އޭރީޒް (މާޗް 22) – ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ލިއޮނަލް މެސީ ހިމެނޭކަން ވޯލްޑް ކަޕެއް ކާމިޔާބުކޮށްގެން ސާބިތުކޮށްދޭން އޭނާ ޖެހޭ ކަމަށް ބުނާ ފަރާތްތަކުގެ އަޑު ނޭހުމަށް ޑިއެގޯ މަރަޑޯނާ އެދިއްޖެ އެވެ.

16 މާޗް

March 16, 2018 8
މެސީގެ ފޯމް ރަނގަޅުވުމުން އާޖެންޓީނާ ހިތްހަމަޖެހިފައި

ބާސެލޯނާ (މާޗް 16) - ބާސެލޯނާއާ އެކު ލިއޮނަލް މެސީ މި ސީޒަން ރަނގަޅު ފޯމެއްގައި ނިންމާލުމަކީ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.

11 އޮކްޓޯބަރ

October 11, 2017 44
އާޖެންޓީނާ ވޯލްޑް ކަޕަށް، ހުރިހާ ޝުކުރެއް މެސީއަށް!

ކުއީޓޯ، އިކުއެޑޯ (އޮކްޓޯބަރު 11) – މަތީ ފަންތީގެ ފުޓްބޯޅަ ކުޅެން އެންމެ އުނދަގޫ އެއް މާހައުލު އޮތް އިކުއެޑޯގެ ކުއީޓޯގައި ކުޅެ، ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު އިކުއެޑޯ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ އާޖެންޓީނާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށް ގިނަ ބަޔަކަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނަދީފި އެވެ.