10 އޮކްޓޯބަރ

October 10, 2017 8
އާޖެންޓީނާ ގޮވައިގެން މެސީ މަރުގެ މެޗަކަށް

ކުއީޓޯ، އެކުއެޑޯ (އޮކްޓޯބަރު 10) - ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި ރަށުންބޭރުގައި އެކުއެޑޯއާ އަތުން އާޖެންޓީނާ އަށް މޮޅެއް ހޯދައިދޭން ވަނީ މަޖުބޫރުވެފަ އެވެ. އަންނަ އަހަރު ރަޝިއާގައި އޮންނަ މުބާރާތަށް އަމިއްލަ ބާރުގައި...

06 އޮކްޓޯބަރ

October 06, 2017 33
ކޮލިފައިނުވެދާނެ ކަމުގެ ބިރާ އެކު އާޖެންޓީނާ ކަރުތާ ފެނަށް

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮކްޓޯބަރު 6) – ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕެރޫއާ ލަނޑެއް ނުޖެހި އެއްވަރުވެ ލިއޮނަލް މެސީ އާއި އާޖެންޓީނާ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެކަމުގެ ހަގީގީ ބިރާ ކުރިމަތިވެއްޖެ އެވެ.

06 މެއި

May 06, 2017
މެސީގެ ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމައިފި

ލަންޑަން (މެއި 5) - ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މާޗް މަހު ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމި ނިންމުން ފީފާއިން އުވާލައިފި އެވެ.

29 މާޗް

March 29, 2017 9
މެސީގެ މައްސަލައިގައި ފީފާއަށް ފާޑުކިޔައިފި

ބުއެނޯޒް އެރީޒް، އާޖެންޓީނާ (މާޗް 29) - ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމުމުން އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބޯޒާ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

28 މާޗް

March 28, 2017 5
ފީފާއިން މެސީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި

ޒިއުރިކް، ސްވިޒަލެންޑް (މާޗް 28) - ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ފީފާ އިން ނިންމައިފި އެވެ.

03 ފެބުރުއަރީ

February 03, 2017 2
ސިންގަޕޫރުން މެސީ އާއި އާޖެންޓީނާ އަށް ދައުވަތުދީފި

ލަންޑަން (ފެބްރުއަރީ 3) - ސިންގަޕޫރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމާއި ލިއޮނަލް މެސީ އަށް މެޗެއް ކުޅުމަށް ހާއްސަ ދައުވަތެއް ދީފި އެވެ.

16 ނޮވެމްބަރ

November 16, 2016 1
މެސީގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ އަށް ހަމަޖެހުމެއް

ސެން ހުއާން، އާޖެންޓީނާ (ނޮވެމްބަރު 16) – ކެޕްޓަން ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ޒޯނުގައި މިއަދު ކޮލަމްބިއާ އަތުން 3-0 އިން މޮޅުވެ އާޖެންޓީނާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.

23 ސެޕްޓެމްބަރ

September 23, 2016 3
މެސީ މައްސަލައިގައި އާޖެންޓީނާ ކޯޗު ރުޅިގަދަވެއްޖެ

ބީނޯސް އޭރީޒް (ސެޕްޓެމްބަރު 23) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަނިޔާތަކުން ސަލާމަތްކުރުމަށް ބާސެލޯނާ އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

02 ސެޕްޓެމްބަރ

September 02, 2016 4
އެނބުރި އައިސް މެސީ އާޖެންޓީނާ މޮޅުކޮށްދީފި

ބީނޯސް އޭރީޒް، އާޖެންޓީނާ (ސެޕްޓެމްބަރު 2) - މިދިޔަ ޖޫން މަހު ކޮޕާ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި އުރުގުއޭ އަތުން 1-0 އިން އާޖެންޓީނާ މޮޅުކޮށްދީފި އެވެ.

13 އޯގަސްޓް

August 13, 2016 9
މެސީ އަލުން ގައުމީ ޓީމަށް ކުޅެން ނިންމައިފި

ބީނޯސް އޭރީޒް (އޮގަސްޓް 13) - ކޮޕާ އެމެރިކާގެ ނާކާމިޔާބީއާ ގުޅިގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ނިންމުން ބަދަލުކޮށް އަލުން ގައުމީ ޓީމަށް ކުޅެން ނިންމައިފި އެވެ.

02 އޯގަސްޓް

August 02, 2016
އާޖެންޓީނާގެ ކޯޗަކަށް ބައުޒާ

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮގަސްޓް 2) - ހުސްވެފައިވާ އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ސައޮ ޕައޮލޯގެ ކުރީގެ ކޯޗު އެޑްގާޑޯ ބައުޒާ ހަމަޖައްސައި، ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަލުން ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަރްމަންޑޯ ޕެރޭޒް...

27 ޖޫން

June 27, 2016 1
ތިން އަހަރު، ތިން ފައިނަލް، މެސީ އަށް ނާކާމިޔާބު!

އީސްޓް ރުތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - ކޮޕަ އެމެރިކާގެ ފައިނަލުގައި ޖެހިޖެހިގެން ދެ ވަނަ އަހަރު ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، އާޖެންޓީނާ ގައުމީ ޓީމާ އެކު ބޮޑު މުބާރާތެއް ކާމިޔާބުކުރަން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ތިން އަހަރުގެ ތެރޭ ލިބުނު ތިން ވަނަ ފުރުސަތު ގެއްލިއްޖެ އެވެ.

19 ޖޫން

June 19, 2016
މެސީ ރެކޯޑް ލަނޑާ އެކު އާޖެންޓީނާ ސެމީ އަށް

ފޮކްސްބޮރޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ލިއޮނަލް މެސީގެ ރެކޯޑް ލަނޑާ އެކު 4-1 ވެނެޒުއޭލާ އަތުން މޮޅުވެ އާޖެންޓީނާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

11 ޖޫން

June 11, 2016 2
މެސީގެ ހެޓްރިކުން އާޖެންޓީނާ ކުއާޓާ އަށް

ޗިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 11) - ދެ ވަނަ ހާފުގައި ކުޅެން އަރައި 18 މިނެޓުގެ ތެރޭ ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު ޕެނަމާ 5-0 އިން ބަލިކޮށް އާޖެންޓީނާ ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.