16 ސެޕްޓެމްބަރ

September 16, 2020 9
މެސީ ބިލިއަން ޑޮލަރުގެ ކްލަބާ ދިމާލަށް!

ލަންޑަން (ސެޕްޓެމްބަރު 16) - ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅުންތެރިއަކަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ވެއްޖެ އެވެ.

09 ސެޕްޓެމްބަރ

September 09, 2020 10
މެސީ ނެތަސް ލީގުގެ ހައިބަތު ކުޑަނުވާނެ: ލަލީގާ ރައީސް

މެޑްރިޑް (ސެޕްޓެމްބަރު 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ކްލަބް ދޫކޮށް ދިޔަ ނަމަވެސް ސްޕެނިޝް ލީގުގެ ހައިބަތު ކުޑަނުވާނެ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

07 ސެޕްޓެމްބަރ

September 07, 2020 14
"ގަދަ ބާރުން މެސީ މަޑުކުރުވުން ރަނގަޅެއް ނޫން"

މެޑްރިޑް (ސެޕްޓެމްބަރު 7) - ކޮންޓްރެކްޓްގައި ހިމެނޭ ވަކި މާއްދާއެއްގެ ބޭނުންހިފައި ގަދަ ބާރުން ބާސެލޯނާގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބެހެއްޓުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި ސްޕެއިނާ މިހާރު ހަވާލުވެ ހުރި މަޝްހޫރު ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

04 ސެޕްޓެމްބަރ

September 04, 2020 20
ބާސެލޯނާގައި މަޑުކުރަން މެސީ ނިންމައިފި

ރޮސާރިއޯ، އާޖެންޓީނާ (ސެޕްޓެމްބަރު 4) - މީގެ 10 ދުވަސްކުރިން ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް އެ ކްލަބަށް އެންގިނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް ކްލަބްގައި މަޑުކުރަން ނިންމާފައިވާ ކަމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

03 ސެޕްޓެމްބަރ

September 03, 2020 14
ނިންމުން ބަދަލުކޮށް މެސީ ބާސާގައި މަޑުކުރަނީ: ރިޕޯޓް

ބާސެލޯނާ (ސެޕްޓެމްބަރު 3) - ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ލިއޮނަލް މެސީ ބުނެފައިވީ ނަމަވެސް އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނަށް އޭނާ އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

September 03, 2020
މެސީ ދިއުމުން ލީގުގެ ހައިބަތު ކުޑަވާނެ: މޮޑްރިޗް

މެޑްރިޑް (ސެޕްޓެމްބަރު 3) – ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލައިފި ނަމަ އެކަން ވެގެންދާނީ ސްޕެނިޝް ލީގުގެ ހައިބަތަށް ކުރާނެ އަސަރެއް ކަމަށް ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗް ބުނެފި އެވެ.

September 03, 2020 5
މެސީގެ އަގު 100 މިލިއަން ޔޫރޯ އަށް ކުޑަކޮށްފާނެ

ބާސެލޯނާ (ސެޕްޓެމްބަރު 3) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިއޮނަލް މެސީ އެހެން ކްލަބަކަށް ދޫކޮށްލަން ކިޔާ އަގު 100 މިިލިއަން ޔޫރޯ އަށް ކުޑަކުރަން ބާސެލޯނާ އިން މަޝްވަރާކޮށްފައިވާ...

02 ސެޕްޓެމްބަރ

September 02, 2020 9
އިންޓަ ފަހަތަށް ޖެހިއްޖެ، މެސީ ސިޓީ އަށް؟

ބާސެލޯނާ (ސެޕްޓެމްބަރު 2) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ގެންނަން އިންޓަ މިލާނުން ކުރަމުން އައި މަސައްކަތް ހުއްޓާލުމާ އެކު މެންޗެސްޓާ ސިޓީން މެސީގެ ސޮއި ހޯދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

31 އޯގަސްޓް

August 31, 2020 18
މެސީ އަށް ހިލޭ އެހެން ޓީމަކަށް ނުދެވޭނެ: ލަލީގާ

މެޑްރިޑް (އޮގަސްޓް 31) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ސްޕެނިޝް ލީގުން ބުނެފި އެވެ.

30 އޯގަސްޓް

August 30, 2020 13
ބާސެލޯނާގެ ޕްރެކްޓިހަށް މެސީ ހާޒިރެއްނުވި

ބާސެލޯނާ (އޮގަސްޓް 30) - ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އިއުލާނުކޮށްފައިވާ އެ ޓީމުގެ ތަރި ލިއޮނަލް މެސީ، މިއަދު ފެށި އެ ކްލަބުގެ ޕްރީ ސީޒަނުގެ ފުރަތަމަ ހަރަކާތުގައި ބައިވެރިނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

28 އޯގަސްޓް

August 28, 2020 13
މެސީ ގުޅޭނީ ކޮން ކްލަބަކާ؟

ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވެ، އެކަން އަންގަން އެ ޓީމަށް ފެކުހެއް ފޮނުވުމާ އެކީ ހައިރާންކަން ލިބުނީ ހަމައެކަނި އެ ކްލަބަކަށް ނޫނެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގެ މީހުންގެ ސަމާލުކަން އެ ދިމާލަށް ހުއްޓި އެތައް މިލިއަނަށް ވުރެ ގިނަ މީހުން އެ ވާހަކަ ދައްކަން ފެށި އެވެ. މެސީގެ އެ ނިންމުމާ އެކު...

27 އޯގަސްޓް

August 27, 2020 4
މެސީ ދޫކޮށްލަން ބާސެލޯނާ ދެކޮޅު

ބާސެލޯނާ (އޮގަސްޓް 27) - ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ލިއޮނަލް މެސީ އެ ކްލަބަށް އަންގާފައިވީ ނަމަވެސް އޭނާ ދޫކޮށްލަން އެ ޓީމުން ބޭނުންނުވާ ކަމަށް ދާދި ފަހުން ހަމަޖެއްސި ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ރާމޮން ޕްލޭނެސް ބުނެފި އެވެ.

26 އޯގަސްޓް

August 26, 2020 21
ބާސެލޯނާ ދޫކޮށްލަން މެސީ ނިންމައިފި!

ބާސެލޯނާ (އޮގަސްޓް 26) - އާ އެއްބަސްވުމެއްގައި ލިއޮނަލް މެސީ ސޮއިކުރާނެ ކަމަށް ބާސެލޯނާ އިން ބުނަމުންދަނިކޮށް، ކްލަބް ދޫކޮށްލަން ބޭނުންވާކަން މެސީ ބާސެލޯނާ އަށް އަންގައިފި އެވެ.

24 އޯގަސްޓް

August 24, 2020
ބާސެލޯނާގެ އިންތިހާބީ ކެންޑިޑޭޓަކާ ކްލޮޕް ވާހަކަދެއްކި

ބާސެލޯނާ (އޮގަސްޓް 24) - ބާސެލޯނާއާ ކޯޗަކަށް ގެންނަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާ މަޝްވަރާކުރި ކަމަށް، އަންނަ އަހަރު ބާއްވާ ބާސެލޯނާގެ އިންތިހާބުގައި ވާދަކުރައްވާ ޖޯޑީ ފާރޭ ވިދާޅުވެއްޖެ އެވެ.

23 އޯގަސްޓް

August 23, 2020 6
މެސީ ބާސާ ދޫކޮށްލުމީ ހައްލެއް ނޫން: ބްރެޒިލް ރޮނާލްޑޯ

ބާސެލޯނާ (އޮގަސްޓް 23) – ބާސެލޯނާ އަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެކަމަކު ލިއޮނަލް މެސީ ދޫކޮށްލުމަކީ ހައްލު ނޫން ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ރޮނާލްޑޯ ބުނެފި އެވެ.

14 އޯގަސްޓް

August 14, 2020 3
"މެސީ އާއި ލެވަންޑޯސްކީ އަޅާކިޔުމަކީ ގޯހެއް"

ލިޒްބަން (އޮގަސްޓް 14) - މި ސީޒަނުގެ ކުޅުމަށް ބަލާފައި ވިޔަސް މިރޭގެ މެޗުގެ ކުރިން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއާ އަޅާކިޔުމަކީ ހެދޭނެ ގޯހެއް ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

09 އޯގަސްޓް

August 09, 2020 5
ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ އަށް

ބާސެލޯނާ (އޮގަސްޓް 9) – ނަޕޯލީ 3-1 އިން ބަލިކޮށް ބާސެލޯނާ އިން އަދި ޗެލްސީ 4-1 އިން ބަލިކޮށް ބަޔާން މިއުނިކުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

28 ޖުލައި

July 28, 2020 3
މެސީ ބޭނުންވަނީ ބާސެލޯނާގެ ކޯޗަކަށް ބިއެލްސާ ގެންނަން

ލަންޑަން (ޖުލައި 28) - ބާސެލޯނާ އިން އާ ކޯޗެއް ހޯދަން މަސައްކަތްކުރާ ކަމަށް އަޑުފެތުރިފައިވާއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބޭނުންވަނީ ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބިއެލްސާއާ ޓީމު ހަވާލުކުރުމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

20 ޖުލައި

July 20, 2020 10
މެސީ ރަންބޫޓް ހޯދައި ރެކޯޑެއް ގާއިމްކޮށްފި

ވިކްޓޯރިއާ-ގަސްޓެއިޒް (ޖުލައި 20) – ސްޕެނިޝް ލީގުގެ ފަހު މެޗުގައި ރޭ ޑިޕޯޓިވޯ އަލަވެސް އަތުން 5-1 އިން ބާސެލޯނާ މޮޅުވިއިރު ކެޕްޓަން ލިއޮނަލް މެސީ ދެ ލަނޑު ޖަހައި، ސްޕެނިޝް ލީގުގެ ރަންބޫޓް ހަތް ވަނަ ފަހަރަށް ހޯދައި އެ އެވޯޑް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ހަދައިފި އެވެ.

18 ޖުލައި

July 18, 2020 10
މިގޮތަށް ކުޅެގެން ޗެމްޕިއަންސް ލީގު ނުހޯދޭނެ: މެސީ

ބާސެލޯނާ (ޖުލައި 18) - މިހާރު ބާސެލޯނާ އޮތް ހާލަތުގައި ކުރިއަށްގޮސްގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގު އެ ޓީމަށް ނުހޯދޭނެ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

12 ޖުލައި

July 12, 2020 1
ބާސެލޯނާ މޮޅުވިއިރު އޮންރީގެ ރެކޯޑާ މެސީ ހަަމަކޮށްފި

ބާސެލޯނާ (ޖުލައި 12) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަލޮޑޮލިޑް އަތުން 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ހަދާފައިވާ ރެކޯޑަކާ ހަމަކޮށްފި އެވެ.

04 ޖުލައި

July 04, 2020 14
މެސީ އަންނަ އަހަރު ބާސެލޯނާ ދޫކޮށްލަނީ: ރިޕޯޓް

ބާސެލޯނާ (ޖުލައި 4) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަންނަ އަހަރު އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.