20 ސެޕްޓެމްބަރ

September 20, 2016
މެސީ އާއި ނޭމާ ގަންނަން ސިޓީން މަސައްކަތްކުރި

މެންޗެސްޓާ (ސެޕްޓެމްބަރު 20) - ބާސެލޯނާގެ ލިއޮނަލް މެސީ އާއި ނޭމާ، މެންޗެސްޓާ ސިޓީ އަށް ގެންދަން އެ ކްލަބުން މި ފަހަރު ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

14 ސެޕްޓެމްބަރ

September 14, 2016 10
މެސީގެ ރެކޯޑް ހެޓްރިކުން ބާސެލޯނާ މޮޅުވެއްޖެ

ބާސެލޯނާ (ސެޕްޓެމްބަރު 14) - ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރޭ ލިއޮނަލް މެސީގެ ހެޓްރިކާ އެކު 7-0 އިން ސެލްޓިކް އަތުން ބާސެލޯނާ ބޮޑު މޮޅެއް ހޯދައިފި އެވެ.

30 އޯގަސްޓް

August 30, 2016 3
ދެ އަހަރު އޮތަސް ބާސާ އިން ބޭނުންވަނީ ޔަގީންކަން

ބާސެލޯނާ (އޮގަސްޓް 30) - ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ ދެ އަހަރު އޮތް ނަމަވެސް، ދިގު މުއްދަތަކަށް ކޮންޓްރެކްޓް އާކުރުމަށް ވާހަކަތައް ފަށާފައިވާ ކަމަށް އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާމޮޓެއޫ ވިދާޅުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2016
ސުއަރޭޒްގެ ހެޓްރިކާ އެކު ބާސެލޯނާ އަށް ބޮޑު މޮޅެއް

ބާސެލޯނާ (އޮގަސްޓް 21) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މި ފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ލުއިސް ސުއަރޭޒްގެ ހެޓްރިކާ އެކު 6-2 އިން ރެއާލް ބެޓިސް އަތުން މޮޅުވެއްޖެ އެވެ.

07 ޖޫން

June 07, 2016
ނޫސްވެރިއެއްގެ މައްޗަށް މެސީ ކޯޓުގައި ކުރި ހޯދައިފި

ބާސެލޯނާ (ޖޫން 7) - ސްޕެއިނުގެ ނޫސްވެރިޔަކާ ދެކޮޅަށް އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކުރި އަބުރުގެ ދައުވާ އޭނާ ކާމިޔާބުކޮށްފި އެވެ.

04 ޖޫން

June 04, 2016 3
މެސީގެ މައްސަަލައިގައި ހުކުމް ކުރުން އަންނަ ހަފުތާގައި

ބާސެލޯނާ (ޖޫން 4) - ޓެކްސް އަށް މަކަރު ހެދި ކަމަށް ބުނެ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް ހޮރާސިއޯ މެސީގެ މައްޗަށް ސްޕެއިންގެ ސަރުކާރުން އުފުލާފައިވާ ދައުވާގެ އަޑު އެހުންތައް ނިންމާލައި އަންނަ ހަފުތާގައި ހުކުމް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.