12 ޖުލައި

July 12, 2019
އެންމެ ބޮޑު އާމްދަނީ ލިބުނު ސެލެބްރިޓީއަކީ ޓޭލާ

ފާއިތުވި އެއް އަހަރު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އަކީ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ކަމަށް ފޯބްސް އިން ބުނެފި އެވެ.

28 އެޕްރީލް

April 28, 2019 1
ރޮނާލްޑޯ ކްލަބް ލެވެލްގައި 600 ގޯލް ހަމަކޮށްފި

މިލާން (އޭޕްރިލް 28) – އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާ ޔުވެންޓަސް 1-1 އިން އެއްވަރުވި މެޗުގައި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާ ކްލަބް ލެވެލްގައި 600 ލަނޑު ހަމަކޮށްފި އެވެ.

23 މާޗް

March 23, 2019 17
ރޮނާލްޑޯ އާއި މެސީގެ އެނބުރި އައުން އުފާވެރިއެއް ނޫން

ލަންޑަން (މާޗް 23) - މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މަޝްހޫރު ދެ ތަރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ގައުމީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.

14 މާޗް

March 14, 2019 11
ރޮނާލްޑޯ އަށް ތައުރީފު ހައްގު: މެސީ

ބާސެލޯނާ (މާޗް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޔުވެންޓަސް އަށް ޖާގަ ހޯދައިދޭން ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ކުޅުމަށް ތައުރީފު ހައްގުވާ ކަމަށް އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިޔާ ބާސެލޯނާ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

28 ޑިސެމްބަރ

December 28, 2018
ވާދަވެރިކަމުގެ ފައިދާ ކުރީ ސަޕޯޓަރުންނަށް: މެސީ

ބާސެލޯނާ (ޑިސެމްބަރު 28) - އޭނާއާ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރި އެއް ބަޔަކީ ފުޓްބޯޅަ ސަޕޯޓަރުން ކަމުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

18 ޑިސެމްބަރ

December 18, 2018 4
ރޮނާލްޑޯ އާއި މެސީ އަށް މޮޑްރިޗް ފާޑުކިޔައިފި

ޒަގްރެބް، ކްރޮއޭޝިއާ (ޑިސެމްބަރު 18) - މި ފަހަރުގެ އެވޯޑް ހަފްލާތަކަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހާޒިރުނުވާތީ، މި އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ލޫކަ މޮޑްރިޗް ފާޑުކިޔައިފި އެވެ.

11 ޑިސެމްބަރ

December 11, 2018 10
އިޓަލީ ލީގަށް އަންނަން މެސީ އަށް ރޮނާލްޑޯގެ ޗެލެންޖެއް

ޓިއުރިން، އިޓަލީ (ޑިސެމްބަރު 11) - މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާއާ އެންމެ ވާދަވެރި ބާސެލޯނާގެ ލިއޮނަލް މެސީ އިޓާލިއަން ލީގަށް އަންނަން ޗެލެންޖްކޮށްފި އެވެ.

10 ނޮވެމްބަރ

November 10, 2018 14
މެސީ އާއި ރޮނާލްޑޯ އަށް ބެލޮންޑިއޯ ނުލިބޭނެ: އެމްބާޕޭ

ޕެރިސް (ނޮވެމްބަރު 10) - ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށާއި އެކަމަކު މި އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު އެ ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ނުލިބޭނެ ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ...

25 ސެޕްޓެމްބަރ

September 25, 2018
ރޮނާލްޑޯ އާއި މެސީ އަށް ސުކާގެ ބަހުގެ ހަމަލާއެއް

ލަންޑަން (ސެޕްޓެމްބަރު 25) - ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ފީފާގެ އެވޯޑް ހަފްލާ އަށް ހާޒިރުވެފައިނުވާތީ އެ ދެ ކުޅުންތެރިންނަށް ކްރޮއޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އަދި ކުރީގެ ކުޅުންތެރިއާ ޑާވޯ ސުކާ ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2018 4
ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ޔުވެންޓަސް: މެސީ

ބާސެލޯނާ (ސެޕްޓެމްބަރު 4) – ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވުމުން ހައިރާންކަން ލިބުނު ކަމަށާއި އެކަމަކު އޭނާއާ އެކު މިހާރު ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ޔުވެންޓަސް ކަމަށް ބާސެލޯނާގެ ލިއޮނަލް މެސީ ބުނެފި އެވެ.

24 އޯގަސްޓް

August 24, 2018 2
މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން ނިމިއްޖެ: ވަލްވާޑޭ

ބާސެލޯނާ (އޮގަސްޓް 24) – ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމާ އެކު އޭނާ އާއި ބާސެލޯނާގެ ލިއޮނަލް މެސީއާ ދެމެދު އޮތް ވާދަވެރިކަން ނިމިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

01 އޯގަސްޓް

August 01, 2018 4
ޓެކުހަށް މަކަރުހެދުން، ސްޕެއިނުގައި ތަރިންގެ ވެއްޓުން

ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު ސްޕެއިން ލީގުގެ ވަރަށް ގިނަ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އޭޖެންޓުން އަދި ކޯޗުން ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ މައްސަލަތަކުގައި ޖަލުގެ ހުކުމެއް އައި ފުޓްބޯޅަ ތަރިން ވެސް ހިމެނެ އެވެ. އަދި ބޮޑު ޖޫރިމަނާއެއް ދައްކައިގެން ސަލާމަތްވި ކުޅުންތެރިން...

01 ޖުލައި

July 01, 2018 8
މެސީ އާއި ރޮނާލްޑޯ އަށް ވޯލްޑް ކަޕުގެ ނަސީބެއް ނެތް!

މޮސްކޯ (ޖުލައި 1) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭގެ މެޗުތަކަށް ފަހު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ދެ ތަރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވޯލްޑް ކަޕް ވަނީ ނިމިފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން މިއީ ރޮނާލްޑޯ އާއި މެސީގެ ފަހު ވޯލްޑް ކަޕެވެ. އެހެންވެއްޖެ ނަމަ ވޯލްޑް...

15 ޖޫން

June 15, 2018 2
މިއީ ރޮނާލްޑޯ އާއި މެސީގެ ފަހު ފުރުސަތު: މޮރީނިއޯ

މޮސްކޯ، ރަޝިއާ (ޖޫން 15) - މި ފަހަރުގެ ވޯލްޑް ކަަޕަކީ މި މުބާރާތުގެ ތަށި އުފުލާލަން ދުނިޔޭގައި މި ވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އަށް ލިބޭ ފަހު ފުރުސަތު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

18 މެއި

May 18, 2018 2
މެސީ އާއި ރޮނާލްޑޯ ނުގެނެވުމަކީ ހިތާމައެއް: ވެންގާ

ލަންޑަން (މެއި 18) - ބާވީސް އަހަރަށް ފަހު އާސެނަލް ކޯޗުކަމުން ވަކިވާން ޖެހުނުއިރު އެންމެ ހިތާމަކުރާ ކަންތައްތަކުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާސެނަލަށް ގަންނަން ލިބި ބޭނުން ނުކުރެވުން ހިމެނޭ ކަމަށް އާސެން ވެންގާ ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2017 5
މެސީއާ އެއްވަރުގެ މުސާރައެއް ރޮނާލްޑޯ އަށް ދެނީ

މެޑްރިޑް (އޮކްޓޯބަރު 27) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް އެ ޓީމުން ދޭ ވަރުގެ މުސާރައެއް ދާދި ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދޭން އެ ކްލަބުގެ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

22 ސެޕްޓެމްބަރ

September 22, 2017 15
ފީފާ އެވޯޑަށް މެސީ، ރޮނާލްޑޯ އަދި ނޭމާ ވާދަކުރަނީ

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 22) - ފީފާ އިން މިދިޔަ އަހަރު އަލަށް ތައާރަފްކުރި ފީފާ ބެސްޓް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިއަކަށް މި ފަހަރު ބާސެލޯނާގެ ލިއޮނަލް މެސީ އާއި އެންމެ ފަހުން އެ އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޕީއެސްޖީގެ ނޭމާ ޝޯޓްލިސްޓްކޮށްފި އެވެ.

16 އޯގަސްޓް

August 16, 2017 4
ޔުއެފާ އެވޯޑަށް ރޮނާލްޑޯ، މެސީ އަދި ބުފޮން ވާދަކުރަނީ

ލަންޑަން (އޮގަސްޓް 16) – ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑަށް ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ނަން ޝޯޓްލިސްޓްކޮށްފި އެވެ.

03 ޑިސެމްބަރ

December 03, 2016 1
އެވޯޑަށް ވާދަކުރަނީ ރޮނާލްޑޯ، މެސީ އަދި ގްރިޒްމަން

ޒިއުރިކް (ޑިސެމްބަރު 3) – ފީފާ އިން އަލަށް ތައާރަފްކުރާ ބެސްޓް ފީފާ އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން ނޮމިނޭޓްވެއްޖެ އެވެ.

10 ނޮވެމްބަރ

November 10, 2016 2
"މެސީ އާއި ރޮނާލްޑޯގެ ޖާގަ ފުރާނީ ނޭމާ އާއި ޑީބަލާ"

މިއުނިކް (ނޮވެމްބަރު 10) – އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެ ފެންވަރު ބްރެޒިލްގެ ނޭމާ އާއި އާޖެންޓީނާގެ ޕައުލޯ ޑީބަލާގެ ކިބައިގައި އެބަހުރި ކަމަށް ބަޔާން މިއުނިކުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.