11 ފެބުރުއަރީ

February 11, 2020 3
މެސީ ބާސާ ދޫކޮށްލުމަކީ ނުވާނެ ކަމެއް ނޫން: ބްރެއިޑާ

ބާސެލޯނާ (ފެބްރުއަރީ 11) – ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި އަދި އޭނާ އަށް ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ވެސް ކުޅެވިދާނެ ކަމަށް ބާސެލޯނާގެ ކުރީގެ ޑިރެކްޓަރު އަރިއެޑޯ ބްރެއިޑާ ބުނެފި އެވެ.

08 ފެބުރުއަރީ

February 08, 2020 7
ގާޑިއޯލާ ބޭނުންވަނީ މެސީ ބާސެލޯނާގައި މަޑުކުރަން

މެންޗެސްޓާ (ފެބްރުއަރީ 8) - އެދޭ ގޮތަކީ ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރުން ކަމަށް، އޭނާ އަށް ކުރިން ބާސެލޯނާގައި ކޯޗުކޮށްދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

07 ފެބުރުއަރީ

February 07, 2020 7
ބޮޑެތި ކްލަބްތަކުން މެސީ އަށް ފާރަލަނީ: ރިޕޯޓް

ބާސެލޯނާ (ފެބްރުއަރީ 7) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެ ކްލަބްގެ މެނޭޖްމަންޓާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް ބުނެ މީޑިއާގައި އަޑުފެތުރެންފެށުމާ އެކު އޭނާ ހޯދަން އެކި ކްލަބްތަކުން މަސައްކަތް ފަށައިފި އެވެ.

05 ފެބުރުއަރީ

February 05, 2020 13
އިންޓަވިއު މައްސަލައިގައި އަބިދާލަށް މެސީ ފާޑުކިޔައިފި

ބާސެލޯނާ (ފެބްރުއަރީ 5) - ސްޕެއިނުގެ ނޫހެއް ކަަމަށްވާ ޑާރިއޯ ސްޕޯޓްސް އަށް ބާސެލޯނާގެ ޑިރެކްޓަރު އެރިކް އަބިދާލް ދިން އިންޓަވިއުއެއްގައި މަސްލަހަތު ގެއްލޭ ވާހަކަތަކެއް ދައްކާފައިވާތީ އޭނާ އަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

24 ޖެނުއަރީ

January 24, 2020 2
ބާސެލޯނާ އަކީ މެސީގެ ފަހު ކްލަބަށް ނުވެދާނެ: މަޝެރާނޯ

ސެން ހުއާން، އާޖެންޓީނާ (ޖެނުއަރީ 23) - ބާސެލޯނާ އަކީ ލިއޮނަލް މެސީގެ ފުޓްބޯޅަ ކެރިއަރުގައި ކުޅޭނެ ފަހު ކްލަބަށް ނުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާއާ އެކު އެ ޓީމަށް ކުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު ހަވިއޭ މަޝެރާނޯ ބުނެފި އެވެ.

10 ޖެނުއަރީ

January 10, 2020 4
ހެދުނީ ކުޑަކުދިން ހަދާ ކަހަލަ ގޯސްތަކެއް: މެސީ

ޖިއްދާ، ސައުދީ އަރަބިއާ (ޖެނުއަރީ 10) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބަލިވި މެޗުގެ ފަހު ކޮޅުގައި ބާސެލޯނާ އަށް ހެދުނު ކުޑަކުދިން ހަދާ ކަހަލަ ގޯސްތަކެއް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2019 10
މެސީ ހުއްޓުވުމަކީ ކޯޗުންނަށް ވެސް ޗެލެންޖެއް: މޮރީނިއޯ

ޕެރިސް (ޑިސެމްބަރު 27) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހުއްޓުވުމަކީ ކޯޗިން ކެރިއަރުގައި އޭނާ އަށް ވެސް ކުރިމަތިވި ގޮންޖެހުމެއް ކަމަށާއި އެއީ މެސީއާ ދެކޮޅަށް ނުކުންނަ ކޮންމެ ކޯޗަކަށް ވެސް އޮންނާނެ ޗެލެންޖެއް ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

20 ޑިސެމްބަރ

December 20, 2019 11
ބާސާ އިން މެސީ އަށް އުމުރު ދުވަހުގެ ކޮންޓްރެކްޓެއް

ބާސެލޯނާ (ޑިސެމްބަރު 20) - ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީ އަށް ހުށަހަޅަން ނިންމާފައިވަނީ އުމުރު ދުވަހުގެ ކޮންޓްރެކްޓެއް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

14 ޑިސެމްބަރ

December 14, 2019 7
އެންމެ މޮޅީ މެސީ ކަމަށް ބުނަން އުނދަގޫ: ރޮނާލްޑީނިއޯ

ލަންޑަން (ޑިސެމްބަރު 14) - ފުޓްބޯޅަ ތާރީހުގައި އެންމެ މޮޅީ ބާސެލޯނާގެ ތަރި ލިއޮަނަލް މެސީ ކަމަށް ބުނަން އޭނާ އަށް އުނދަގޫކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2019 11
ރޮނާލްޑޯގެ ހެޓްރިކް ރެކޯޑް މެސީ މުގުރާލައިފި

ބާސެލޯނާ (ޑިސެމްބަރު 8) – މަޔޯކާ އަތުން 5-2 އިން ބާސެލޯނާ ރޭ މޮޅުވި މެޗުގައި ލިއޮނަލް މެސީ ހެޓްރިކް ހަދައި ސްޕެނިޝް ލީގުގައި އެންމެ ގިނަ ހެޓްރިކް ހަދައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑް މުގުރާލައިފި އެވެ.

03 ޑިސެމްބަރ

December 03, 2019 14
މެސީ ބެލޮންޑިއޯ ހަ ވަނަ ފަހަރަށް ހޯދައިފި

ޕެރިސް (ޑިސެމްބަރު 3) – ކްލަބާއި ގައުމީ ޓީމަށް ތަފާތު ބޮޑު ކާމިޔާބެއް ހޯދައިނުދެވުނަސް، އިންޑިވިޖުއަލީ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ކެރިއަރުގައި ރެކޯޑް ހަ ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ރޭ ހާސިލްކޮށްފި އެވެ.

02 ޑިސެމްބަރ

December 02, 2019 6
މެސީގެ ގޯލުން ބާސެލޯނާ އަލުން ކުރިއަށް

މެޑްރިޑް (ޑިސެމްބަރު 2) – މެޗުގެ ފަހުކޮޅު ލިއޮނަލް މެސީ ވައްދާލި ލަނޑާ އެކު އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް އަލުން އަރައިފި އެވެ.

19 ނޮވެމްބަރ

November 19, 2019 4
މެސީގެ ޕެނަލްޓީން އާޖެންޓީނާ ސަލާމަތްވެއްޖެ

ތެލް އަވީވް (ނޮވެމްބަރު 19) - އިޒްރޭލުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ލިއޮނަލް މެސީ ފަހު ވަގުތު ވައްދާލި ޕެނަލްޓީން 2-2 އިން އުރުގުއާއާ އެއްވަރުކޮށް އާޖެންޓީނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2019 3
މެސީގެ ކޮންޓްރެކްޓް އާކުރެވޭތޯ މަސައްކަތްކުރަނީ

ބާސެލޯނާ (ނޮވެމްބަރު 18) – އާ ކޮންޓްރެކްޓަކާ ބެހޭގޮތުން ލިއޮނަލް މެސީއާ މަޝްވަރާކުރަމުން އަންނަ ކަމަށް ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް ބުނެފި އެވެ.

17 ނޮވެމްބަރ

November 17, 2019 12
ރެފްރީން އުޅެނީ މެސީގެ ސަޕޯޓަރުން ގޮތަށް: ސިލްވާ

ރިޔާޒް (ނޮވެމްބަރު 17) – ބައެއް ރެފްރީން އުޅެނީ ލިއޮނަލް މެސީގެ ސަޕޯޓަރުން ގޮތަށް ކަމަށް ބުނެ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

16 ނޮވެމްބަރ

November 16, 2019 6
މެސީގެ ގޯލުން އާޖެންޓީނާ އިން ބްރެޒިލް ބަލިކޮށްފި

ރިޔާޒް (ނޮވެމްބަރު 16) – ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ރޭ ސައުދީ އަރަބިއާގައި ވާދަވެރި ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ މޮޅުވެއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2019 1
ބްރެޒިލާ ދެކޮޅަށް ކުޅެން މެސީ އަލުން ގައުމީ ޓީމަށް

ސެން ހުއާން، އާޖެންޓީނާ (ނޮވެމްބަރު 1) – ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ލިއޮނަލް މެސީ އަށް ދިން ތިން މަހުގެ ސަސްޕެންޝަނަށް ފަހު އޭނާ އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރުވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2019 2
މެސީ ތަފާތު ދައްކައިފި، ބާސާ އަލުން އެއް ވަނަ އަށް

ބާސެލޯނާ (އޮކްޓޫބަރު 30) - ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީ ދެއްކި ތަފާތާ އެކު ރެއާލް ވަލޮޑޮލިޑް އަތުން 5-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

18 އޮކްޓޯބަރ

October 18, 2019 10
އަމިއްލަ އަށް މޮޅު ވާހަކަ ނުދައްކާނަން: މެސީ

ބާސެލޯނާ (އޮކްޓޫބަރު 18) - އޭނާގެ އަމިއްލަ އަށް އޭނާގެ މޮޅު ވާހަކަ ދައްކައިގެން ޕްރޮމޯޓް ވުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2019 10
ބާސެލޯނާ ދޫކޮށްލަން ވިސްނިން: މެސީ

ބާސެލޯނާ (އޮކްޓޯބަރު 10) – ބާސެލޯނާ ދޫކޮށްލަން 2013 ވަނަ އަހަރު ބޭނުންވި ކަމަށާއި އެކަމަކު މިހާރު ދެން ބޭނުންވަނީ އެ ކްލަބުގައި ކެރިއަރު ނިންމާލަން ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.