06 މެއި

May 06, 2017
މެސީގެ ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމައިފި

ލަންޑަން (މެއި 5) - ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މާޗް މަހު ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމި ނިންމުން ފީފާއިން އުވާލައިފި އެވެ.

03 މެއި

May 03, 2017 2
ސީރިއާ ކުދިންނަށް މެސީގެ އެހީއެއް!

ބާސެލޯނާ (މެއި 3) - ހާލުގައިޖެހިިފައިވާ ސީރިއާ ކުދިންނަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ފަރާތުން 20 ކްލާސްރޫމް ހަދިޔާކޮށްފި އެވެ.

24 އެޕްރީލް

April 24, 2017 22
މެސީގެ 500 ވަނަ ލަނޑުން ބާސާ އެއް ވަނަ އަށް

މެޑްރިޑް (އޭޕްރިލް 24) – މެޗުގެ ފަހު ވަގުތު ލިއޮނަލް މެސީ ވައްދާލި، އޭނާގެ 500 ވަނަ ލަނޑާ އެކު ރޭ ރަށުން ބޭރުގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

02 އެޕްރީލް

April 02, 2017 2
މެސީ އަބަދުވެސް ރެފްރީންނަށް އިހުތިރާމްކުރޭ: އެންރީކޭ

ބާސެލޯނާ (އޭޕްރިލް 2) ބޭއަދަބީ ބަހުން ލައިންސްމަނާ މުހާތަބު ކުރުމުން ފީފާއިން ސަސްޕެންޑް ކޮށްފައިވާ އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަކީ އަބަދުވެސް ރެފްރީންނަށް އިހުތިރާމްކުރާ ކުޅުންތެރިއެއް ކަަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

30 މާޗް

March 30, 2017 6
މެސީ އަށް ދިނީ ނުހައްގު އަދަބެއް: ބާސެލޯނާ

ބާސެލޯނާ (މާޗް 30) - އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަށް ފީފާ އިން ދީފައިވާ ހަތަރު މެޗުގެ ސަސްޕެންޝަނަކީ ނުހައްގު އަދި މާބޮޑު އަދަބު ކަމަށް އޭނާގެ ކްލަބް ބާސެލޯނާ އިން ބުނެފި އެވެ.

29 މާޗް

March 29, 2017 9
މެސީގެ މައްސަލައިގައި ފީފާއަށް ފާޑުކިޔައިފި

ބުއެނޯޒް އެރީޒް، އާޖެންޓީނާ (މާޗް 29) - ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމުމުން އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބޯޒާ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

28 މާޗް

March 28, 2017 5
ފީފާއިން މެސީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި

ޒިއުރިކް، ސްވިޒަލެންޑް (މާޗް 28) - ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ފީފާ އިން ނިންމައިފި އެވެ.

21 މާޗް

March 21, 2017 4
މެސީ މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ބާސެލޯނާ

ބާސެލޯނާ (މާޗް 21) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ރޮބާޓް ފެނާންޑޭޒް ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2017 1
މެސީގެ މިސްރު ދަތުރު ފަސްކޮށްފި

ގާހިރާ (ފެބްރުއަރީ 16) - މިސްރުގައި ހެޕަޓައިޓިސް ސީއާ ދެކޮޅަށް ފަށަން ނިންމާފައިވާ ކެމްޕެއިން ލޯންޗު ކުރުމަށް އެ ގައުމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ކުރަން އޮތް ދަތުރު ފަސްކޮށްފި އެވެ.

03 ފެބުރުއަރީ

February 03, 2017 2
ސިންގަޕޫރުން މެސީ އާއި އާޖެންޓީނާ އަށް ދައުވަތުދީފި

ލަންޑަން (ފެބްރުއަރީ 3) - ސިންގަޕޫރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމާއި ލިއޮނަލް މެސީ އަށް މެޗެއް ކުޅުމަށް ހާއްސަ ދައުވަތެއް ދީފި އެވެ.

27 ޖެނުއަރީ

January 27, 2017 9
މެސީގެ ދިފާއުގައި މަރަޑޯނާ ނުކުމެއްޖެ

ނޭޕްލްސް، އިޓަލީ (ޖެނުއަރީ 27) – އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރިޔަސް ނުކުރިޔަސް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވެގެންދާނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ބުނެފި އެވެ.

14 ޖެނުއަރީ

January 14, 2017 4
މެސީ އަށް އިހުތިރާމް ނުކުރުމުން މަގާމުން ދުރުކޮށްފި

ބާސެލޯނާ (ޖެނުއަރީ 14) - ލިއޮނަލް މެސީ އަށް ދޭން ޖެހޭ އިހުތިރާމް ނުދީ މީޑިއާގައި ވާހަކަތަކެއް ދެއްކި ބާސެލޯނާގެ ޑިރެކްޓަރެއް ކަަމަށްވާ ޕެރޭ ގްރަޓަކޯސް މަގާމުން ދުުރުކޮށްފި އެވެ.

09 ޖެނުއަރީ

January 09, 2017 2
ފަހު ވަގުތު މެސީ ބާސެލޯނާ ސަލާމަތްކޮށްދީފި

މެޑްރިޑް (ޖެނުއަރީ 9) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ލިއޮނަލް މެސީ ޖެހި ލަނޑުން ވިޔަރެއާލް އަތުން ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

21 ޑިސެމްބަރ

December 21, 2016
މެސީ ބާސެލޯނާގައި މަޑުކުރާނެ: ކްލަބުގެ ރައީސް

ބާސެލޯނާ (ޑިސެމްބަރު 21) – ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ފެށިފައިނުވި ނަމަވެސް އެ ކްލަބުގައި މަޑުކުރަން މެސީ ނިންމާފައިވާ ކަމަށް ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.

17 ޑިސެމްބަރ

December 17, 2016 1
މެސީ އަށް 500 މިލިއަން ޔޫރޯގެ ހުށަހެޅުމެއް!

ލަންޑަން (ޑިސެމްބަރު 17) - ޗައިނާ ސުޕަ ލީގުގެ ކްލަބް ހެބޭއީ ޗައިނާ ފޯޗިއުން އިން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް 500 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

14 ޑިސެމްބަރ

December 14, 2016 2
ކޮތަޅު ޖާޒީގައި މަޝްހޫރުވި ކުއްޖާއާ މެސީ ބައްދަލުކޮށްފި

ދޯހާ، ގަތަރު (ޑިސެމްބަރު 14) – ޕްލާސްޓިކް ކޮތަޅަކުން ހަދާފައިވާ ލިއޮނަލް މެސީގެ ޖާޒީއެއްގައި، މަޝްހޫރުކަން ހޯދި އަފްގާނިސްތާނުގެ އުމުރުން ހަ އަހަރުގެ މުރްތަޒާ އަހްމަދީއާ އެންމެ ފަހުން އޭނާގެ ހީރޯ، މެސީ ބައްދަލުކޮށްފި އެވެ.

10 ޑިސެމްބަރ

December 10, 2016
"މެސީ މަޑުކުރުމަކީ ކްލަބަށް ލިބޭނެ ބޮޑު އުފަލެއް"

ބާސެލޯނާ (ޑިސެމްބަރު 10) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ޓީމުގައި މަޑުކުރުމަކީ އެ ކްލަބަށް ލިބޭނެ އެންމެ ބޮޑު އެއް އުފާކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2016 1
އެވޯޑަށް ވާދަކުރަނީ ރޮނާލްޑޯ، މެސީ އަދި ގްރިޒްމަން

ޒިއުރިކް (ޑިސެމްބަރު 3) – ފީފާ އިން އަލަށް ތައާރަފްކުރާ ބެސްޓް ފީފާ އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން ނޮމިނޭޓްވެއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2016 4
މެސީގެ ލަނޑުން ބާސެލޯނާ ސަލާމަތްވެއްޖެ

ބާސެލޯނާ (ނޮވެމްބަރު 28) - ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީ ޖެހި ލަނޑުން ރެއާލް ސޮސެއިޑާޑްއާ 1-1 އިން އެއްވަރުވެ، ބަލިނުވެ ބާސެލޯނާ ސަލާމަތްވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2016
ގާޑިއޯލާގެ އެދުމަކީ މެސީ ބާސެލޯނާގައި މަޑުކުރުން

މެންޗެސްޓާ (ނޮވެމްބަރު 26) – ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ގަތުމުގެ ވިސްނުމެއް ނެތް ކަމަށް، އޭނާ އަށް ބޮޑު އޮފާއެއްކުރަން ތައްޔާރުވެފައިވާ ކަމަށް ބެލެވިފައިވާ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.