16 ޑިސެމްބަރ

December 16, 2019 11
ކައުންސިލްތަކުން ވިޔަފާރިތައް ފަށައިދޭން ޖެހޭ: ފައްޔާޒް

ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ދޭ ބަޖެޓުގެ ތެރެއިން ވިޔަފާރިތައް ފެށުމަށް ޚަރަދު ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު އެދިވަޑައިގެންފި އެވެ.

December 16, 2019 29
ރިސޯޓާ ކައިރި ރަށްރަށުގެ މީހުންނަށް ވަޒީފާ ދެނީ

އަލަށް ހުޅުވާ ރިސޯޓުތަކުން ވަޒީފާ ދޭއިރު، އަންނަ އަހަރުން ފެށިގެން އިސްކަން ދޭނީ އެ ރިސޯޓަކާ އެންމެ ކައިރި ރަށްރަށުގެ މީހުންނަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު...

15 ޑިސެމްބަރ

December 15, 2019 17
ކައުންސިލަރުން އިތުރުވުމަކީ ބުރައެއް ނޫން: ރައީސް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީތަކުގެ ކައުންސިލަރުންގެ އަދަދު އިތުރުވި ނަމަވެސް އެއީ ދައުލަތަށް ބުރަ އަކަށް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

12 ޑިސެމްބަރ

December 12, 2019 9
ޕްރިމަރީން ފުރުސަތު އޮތީ އަހަރުނިމޭއިރު ތިބި މީހުންނަށް

އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ބައިވެރިވެވޭނީ އަދި ވޯޓު ދެވޭނީ މި އަހަރުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް އެކަނި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

10 ޑިސެމްބަރ

December 10, 2019 23
އަންހެނުން ބާރުވެރި ކުރެވޭނެ ފުރުސަތު އެބައޮތް: ގާސިމް

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ޚާއްސަ ކުރަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ދެކޮޅު ހެއްދެވީ އަންހެނުން ބާރުވެރި ކުރުވުމާ ދެކޮޅުވުމަށް ނޫން ކަމަށާއި ގާނޫނަކުން ގޮނޑި ޚާއްސަ ނުކުރިޔަސް، އަންހެނުންނަށް އެ ފުރުސަތު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ...

06 ޑިސެމްބަރ

December 06, 2019 24
މާލެ އަތޮޅު ކައުންސިލްގެ ފައިިސާގެ ބޮޑެތި މައްސަލަތަކެއް

މާލެ އަތޮޅު ކައުންސިލްގެ ފައިސާ ޚަރަދު ކުރުމުގެ މައްސަލަތަކަކާއި ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުން ފެންމަތިކޮށްފި އެވެ.

04 ޑިސެމްބަރ

December 04, 2019 31
މަޖިލީހުން ކައުންސިލަރުން ވަކިކުރާ މައްސަލަ ހޫނު!

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން އެ ކަމަށް އަމާޒުވެއްޖެ އެވެ.

02 ޑިސެމްބަރ

December 02, 2019 14
ލާމަރުކަޒީ ނިޒާމަށް ދެން އަންނަން އޮތީ ބޮޑު ބަދަލެއް!

ރާއްޖެ ލާމަރުކަޒީކޮށް ހިންގަން ކަނޑައަޅާފައި ވިޔަސް ކައުންސިލްތަކުގެ މައްޗަށް ސަރުކާރުތަކުގެ ބާރާއި ކޮންޓްރޯލް އޮތްލެއް ބޮޑުކަމުން، އެ މަގުސަދު ހާސިލްނުވާކަން، މިދިއަ ނުވަ އަހަރުގެ ތަޖުރިބާ އިން އެނގެ އެވެ. އެކަމަކު ލާމަރުކަޒީ ގާނޫނަށާއި ގާނޫނު އަސާސީއަށް ސަރުކާރުން ގެންނަން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ...

07 ނޮވެމްބަރ

November 07, 2019 23
ކައުންސިލްތަކަށް 1.6 ބިލިއަން، ބޮޑު ބާރުވެރިކަމެއް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ކަނޑައަޅައި، މައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކައުންސިލްތަކުގެ އަތް މައްޗަށް ދޫކޮށްލައިފި އެވެ.

24 އޮކްޓޯބަރ

October 24, 2019 22
އާ ރަށްރަށަށް ނަމެއް ކިޔާލަން ވެސް ނުލިބޭ: ސުއޫދު

ރާއްޖޭގައި ފަޅުތައް ހިއްކައިގެން އަަލަށް ރަށްރަށް އުފައްދާ އިރު އެ ތަންތަނުގެ އިހްތިސާސް ގާނޫނަކުން ކަނޑަ ނާޅާތީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ...

October 24, 2019 26
ފްލެޓްތައް މެނޭޖްކުރާނެ ގާނޫނީ ނިޒާމެއް ގެންނަން ޖެހޭ

ރާއްޖޭގައި ގިނަ އަދަދެއްގެ ފްލެޓްތައް އަޅަމުން އަންނަ އިރު އެ ފްލެޓްތަކުގެ ކަންތައްްތައް ބަލަހައްޓާނެ ގާނޫނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު...

15 އޮކްޓޯބަރ

October 15, 2019 6
އަންހެނުންގެ ކޮމިޓީތަކަށް ބަޖެޓު ދޭން ލާޒިމުކުރަނީ

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބާރާއި ބަޖެޓު ލިބޭ ގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.

13 އޮކްޓޯބަރ

October 13, 2019 22
ޝާޒްލީ އަށް ނަސްލީ ގޮތުން ތަފާތު ކުރި މައްސަލައެއް!

ނިއު ޒީލެންޑުގައި ބޭއްވި ކައުންސިލް އިންތިޚާބުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ދިވެއްސެއް ކަމަށް ވާ ޝާޒްލީ ރަޝީދަށް ނަސްލީ ގޮތުން ބަޔަކު ތަފާތުކުރި ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2019 32
އިތުރު ބާރުތަކާ އެކު ކައުންސިލްގެ ދައުރު ފަސް އަހަރަށް

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރުމާ އެކު ބޮޑެތި ބާރުތަކެއް ދޭން ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ނިންމައި، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

08 އޮކްޓޯބަރ

October 08, 2019 5
އޮޅުން ބޮޅުން: ވިސްނަވާ، ބަދަލަކަށް ބޭނުންވޭ!

ލާމަރުކަޒީ އުސޫލުން ތަންތަން ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކް ވެއްޓެއް ރަށު ފެންވަރުގައި ވެސް ގާއިމްކުރުމެވެ. މަޝްވަރާ ކޮށްގެން، ޚިޔާލު ހޯދައިގެން، ރަށުގެ ބޭނުންތަކަށް ބަލައިގެން ރަށްފުށުގައި ޑިމޮކްރެސީގެ އުޞޫލު އަށަގެންނެވުމެވެ. ޑިމޮކްރެސީގެ ބޮޑު "ސްޓޭޖަށް" އެރުމަށް އެންމެ ތިރިން ފެށިގެން މީހުން ތަމްރީނު ކުރުމެވެ....

13 ސެޕްޓެމްބަރ

September 13, 2019 36
ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓާލާ: ޝަރީފް

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓާލާފައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުން ބުއްދިވެރި ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2019 50
ކައުންސިލް އިންތިހާބު: މުހިންމީ ގާބިލް މީހާ!

އަނެއްކާ ވެސް އާ އިންތިޚާބެއް ބޯމަތިވަނީ އެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އިއުލާން ކުރުމާއެކުހެން، އެކި ގޮތްގޮތުން މީހުން މިހާރު އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. އިންތިޚާބާ ދިމާކޮށް، އިދިކޮޅު ޕީޕީއެމުން ރަށްރަށަށް ދަތުރުތައް ފަށާފައިވާއިރު،...

22 އޯގަސްޓް

August 22, 2019 18
ރަށުގެ އިހްތިސާސްގައި ވަނީ ރައްޔިތުންގެ މިލްކު: ނަޝީދު

ރަށްރަށުގެ މުއްސަނދިކަން އޮންނަން ޖެހޭނީ އެ ރަށްތަކުގެ ރައްޔިތުންނަށް ކަމަށާއި ރަށުގެ އިހްތިސާސްގައި ހުންނަނީ ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މިލްކު ކަމަށް ރައްޔިތުންގެ...

August 22, 2019 25
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ

ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރަން ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު...

21 އޯގަސްޓް

August 21, 2019 5
ކައުންސިލްތަކުގެ ބަޖެޓް އަންނަ އަހަރު ބޮޑުވާނެ: އަމީރު

އަންނަ އަހަރު ކައުންސިލްތަކަށް ދޭ ބަޖެޓު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

19 އޯގަސްޓް

August 19, 2019 6
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށަނީ

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖައްސައިފި އެވެ.

03 ޖުލައި

July 03, 2019 23
ތިނަދޫ ކައުންސިލްގެ ރައީސަށް 30 ދުވަހުގެ ނޯޓިސްއެއް

ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅުކުރުމަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދަށް 30 ދުވަހުގެ މުއްދަތެއް ދޭން އެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

07 މެއި

May 07, 2019 3
އިސްތަންބޫލްގެ އިންތިޚާބު އަލުން ބާއްވަނީ

އިސްތަންބޫލް (މެއި 7) - ތުރުކީގެ އިދިކޮޅު ފަރާތުން ކާމިޔާބު ކުރި އިސްތަންބޫލްގެ ލޯކަލް ކައުންސިލް އިންތިޚާބު އަލުން ބާއްވަން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.