02 ޖޫން

June 02, 2020
ވަގުތީ ކައުންސިލްގެ ބާރު ހަނިކުރާ ބިލް ތަސްދީގުކޮށްފި

ލޯކަލް ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމިތިބޭ މުއްދަތުގައި ކައުންސިލްތަކުގެ ބައެއް ބާރުތައް...

June 02, 2020 10
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް

ލާމަރުކަޒީ ނިޒާމްގެ ހިންގުން ނުހުއްޓި ސަލާމަތްވީ ހަނި ގޮތަކަށެވެ. ކައުންސިލްތަކުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު މާދަމާ ހަމަވާނެ އެވެ. ސަރުކާރުން ގާނޫނުއަސާސީ އަށް...

28 މެއި

May 28, 2020 11
ވަގުތީ ކައުންސިލްގެ ބާރު ބޭނުންކުރަން ޚާއްސަ އުސޫލެއް

އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމި ތިބޭ މުއްދަތުގައި ކައުންސިލްގެ ބައެއް ބާރުތައް ބޭނުން ކުރުމުގައި ޚާއްސަ ހުއްދަތަކެއް ނަގަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ފާސްކޮށްފި އެވެ.

23 މެއި

May 23, 2020 16
ކައުންސިލްތަކުން އާންމުންނަށް އެހީ ދެނީ ގާނޫނާ ޚިލާފަށް

ފިނޭންސް މިނިސްޓްރީން ބުނީ، ކައުންސިލްތަކުގެ ބަޖެޓުން އެހީ ދެވޭނީ ޖަމާއަތުގެ ފައިދާ އަށާއި ރަށުގެ ތަރައްގީއަށް މަންފާ ކުރާ ޕްރޮގްރާމްތައް ހިލޭ ސާބަހަށް ހިންގާ ޖަމިއްޔާތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަަށް. އެ ނޫން ފަރާތްތަކަށް އެފަދަ އެހީއެއް ނުދެވޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ލަފާދީފައި.

16 މެއި

May 16, 2020 10
ދައުރު ދަންމަން ސަރުކާރުން ހުށަހެޅި ބިލް އެޖެންޑާކޮށްފި

މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އެޖެންޑާކޮށްފި އެވެ.

14 މެއި

May 14, 2020 23
އާންމު ގާނޫނަކުން ދައުރު އިތުރެއް ނުކުރެވޭނެ: ފިލްޒާ

ގާނޫނު އަސާސީ އިސްލާހު ނުކޮށް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނަކުން ފާސްނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.

12 މެއި

May 12, 2020 5
ދައުރު އިތުރުކުރާ ބިލްގެ އާންމުންގެ ޚިޔާލަށް

ލޯކަލް ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި އެވެ.

11 މެއި

May 11, 2020 12
"ދައުރު އިތުރުނުކޮށްފިނަމަ ދިމާވާނެ ގޮންޖެހުން ބޮޑު"

މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު ހަމަވުމުގެ ކުރިން ގާނޫނުއަސާސީ އިސްލާހު ނުކޮށްފި ނަމަ، ދިމާވާނެ ދަތިތަކުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

05 މެއި

May 05, 2020 24
ދައުރު އިތުރުކުރާ ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް

ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތް ޚާއްސަ ގާނޫނެއް ފާސްކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ޚިލާފް ބިލެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

29 މާޗް

March 29, 2020 32
ޖެނުއަރީ 6ގެ ކުރިން އިންތިޚާބު ބާއްވަން ގާނޫނެއް

ކޮރޯނާވައިރަހުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ 6 ގެ ކުރިން ބާއްވަން ޚާއްސަ ގާނޫނެއް ހަދަން ނިންމައިފި އެވެ.

01 މާޗް

March 01, 2020 16
ހެލްތުގެ 20 މަޝްރޫއެއް ހިންގަން ކައުންސިލްތަކަށް

ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ހިންގަން ރަށްރަށުގެ ކައުންސިލްތަކާ މިއަދު ހަވާލުކޮށްފި އެވެ.

23 ޖެނުއަރީ

January 23, 2020 10
ކައުންސިލްތަކަށް 134 މިލިއަން ރުފިޔާ ދީފި

ދައުލަތުގެ މި އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައެޅި 1.6 ބިލިއަން ރުފިޔާގެ ތެރެއިން 134 މިލިއަން ރުފިޔާ ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީފި އެވެ.

31 ޑިސެމްބަރ

December 31, 2019 43
ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދޭން ނިންމަވައިފި

ހދ. ކުޅުދުއްފުށްޓަށް ސިޓީގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

December 31, 2019 4
ކުޅުދުއްފުއްޓަށް ސިޓީގެދަރަޖަ ދިނުމާމެދު ގޮތެއް ނިންމަނީ

ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމާމެދު މިއަދު ގޮތެއް ނިންމައި އެކަން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

December 31, 2019 39
އަންހެނުންނަށް ގޮނޑިތައް ޚާއްސަކުރުމުން ސުޕްރީމް ކޯޓަށް

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް...

26 ޑިސެމްބަރ

December 26, 2019 9
އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ 31 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ގައި ބާއްވަން އެ ޕާޓީން މިއަދު ނިންމައިފި އެވެ.

02 ޑިސެމްބަރ

December 02, 2019 14
ލާމަރުކަޒީ ނިޒާމަށް ދެން އަންނަން އޮތީ ބޮޑު ބަދަލެއް!

ރާއްޖެ ލާމަރުކަޒީކޮށް ހިންގަން ކަނޑައަޅާފައި ވިޔަސް ކައުންސިލްތަކުގެ މައްޗަށް ސަރުކާރުތަކުގެ ބާރާއި ކޮންޓްރޯލް އޮތްލެއް ބޮޑުކަމުން، އެ މަގުސަދު ހާސިލްނުވާކަން، މިދިއަ ނުވަ އަހަރުގެ ތަޖުރިބާ އިން އެނގެ އެވެ. އެކަމަކު ލާމަރުކަޒީ ގާނޫނަށާއި ގާނޫނު އަސާސީއަށް ސަރުކާރުން ގެންނަން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ...

22 އޯގަސްޓް

August 22, 2019 18
ރަށުގެ އިހްތިސާސްގައި ވަނީ ރައްޔިތުންގެ މިލްކު: ނަޝީދު

ރަށްރަށުގެ މުއްސަނދިކަން އޮންނަން ޖެހޭނީ އެ ރަށްތަކުގެ ރައްޔިތުންނަށް ކަމަށާއި ރަށުގެ އިހްތިސާސްގައި ހުންނަނީ ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މިލްކު ކަމަށް ރައްޔިތުންގެ...

August 22, 2019 25
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ

ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރަން ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު...

10 ފެބުރުއަރީ

February 10, 2019 51
މާލެ ތޮއްޖެހުމުގެ އަސްލަކީ މަރުކަޒީ ވިސްނުން: ރައީސް

މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ މަރުކަޒީ ވިސްނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

February 10, 2019 11
ލާމަރުކަޒީ ނިޒާމުން ކުރިއެރުން ގެނެސްދޭނެ: އިމްރާން

ލާމަރުކަޒީ ނިޒާމުގައި އާ ކުލަތަކެއް ޖައްސައި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މުހިއްމު ދައުރުތަކެއް އަދާކޮށް، ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ...

February 10, 2019 48
ތަރައްގީގެ ދުވެލި ބަރުހެލީ ލާމަރުކަޒީ ކުރަން ނުކެރޭތީ

ރާއްޖޭގެ އިގުތިސޯދީ ދުވެލި މަތިވަމުން އައި ނަމަވެސް ތަރައްގީގެ ދުވެލި ބަރުވެގެން އުޅެނީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ނުކެރިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު...

28 ޖެނުއަރީ

January 28, 2019 12
ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް މުރާޖައާ ކުރަނީ

ކައުންސިލަރުންނާ ދެކޮޅަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް މުރާޖައާ ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާނެންސް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

30 ޑިސެމްބަރ

December 30, 2018 6
ފުވައްމުލަކު ސިޓީ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލު ކުރައްވައިފި އެވެ.

11 ޑިސެމްބަރ

December 11, 2018 23
ބިމާ ގުޅޭ ކަންކަމުގެ ބާރު ކައުންސިލްތަކަށް ދެނީ

ބިންތަކާއި ފަޅުތަކާ ގުޅޭ ކަންކަމުގެ ބާރުތައް ސިޓީ ކައުންސިލްތަކަށް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

22 ޑިސެމްބަރ

December 22, 2017 23
ކައުންސިލްގެ ހުއްދަ ނެތި ރިނބުދުއަށް ދަތުރުދިއުން މަނާ

ދ. ރިނބުދޫ ކައުންސިލްގެ ހުއްދަ ނެތި، އެހެން ރަށެއްގެ މީހަކު އެ ރަށަށް ދަތުރުދިއުން އެރަށު ކައުންސިލުން މަނާކޮށްފި އެވެ.