ކުޅިވަރު

ދުނިޔޭގެ ފްރީސްޓައިލް ފުޓުބޯޅަ ކޮމިއުނިޓީއަށް ރާއްޖެ، ލީޑަރަކީ ސުޕަމޭން

ރާއްޖޭގެ ސްޓްރީޓްސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރު (ސުޕަމޭން)، އޭނާ ވަނީ ދެ ފަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދައި، ވޯލްޑް ޗެމްޕިއަންޝިޕް ގައި ދެ ފަހަރު ރާއްޖެ ތަމްސީލު ކޮށްފައި.-- ފޮޓޯ: ސައިފް ފޭސްބުކް

ދުނިޔޭގެ ފްރީސްޓައިލް ފުޓުބޯޅައިގެ މައި ޖަމިއްޔާގެ 116 ވަނަ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ، ވޯލްޑް ފްރީސްޓައިލް ފުޓްބޯޅަ އެސޯސިއޭޝަން (ޑަބްލިއުއެފްއެފްއޭ) އާ ގުޅިފައި ވާކަން އިއްޔެ އެ ޖަމިއްޔާއިން އިއުލާން ކޮށްފި އެވެ.

ޑަބްލިއުއެފްއެފްއޭ ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސައި، ރާއްޖޭގެ ލީޑަރެއްގެ ގޮތުގައި ޖަމިއްޔާގައި ގައުމު ތަމްސީލު ކުރާނީ ރާއްޖޭގެ ފްރީސްޓައިލް ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި މުހައްމަދު ސައިފް ޒާހިރު (ސުޕަމޭން) އެވެ.

މިކަމާ ގުޅިގެން ޑަބްލިއުއެފްއެފްއޭ އަށް ދިން ބަޔާނެއްގައި ސައިފް ބުނެފައި ވަނީ، ރާއްޖޭގެ ފްރީސްޓައިލް ފުޓުބޯޅަ ކޮމިއުނިޓީ ލީޑް ކުރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވ. އަދި ރާއްޖޭގައި ކުރިއަރަމުން އަންނަ ހުނަރުވެރި ކުދިންނަށް ފުރުސަތުތައް ތަނަވަސް ކޮށްދިނުމުގެ އިތުރުން ހުނަރުތައް ތަރައްގީ ކުރުމަށް އެހީތެރިވެދީ، ރާއްޖޭގައި ފްރީސްޓައިލް ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދޭން ބޭނުންވާ ކަމަށް ވެސް ސައިފް ބުނެފައި ވެއެވެ.

ދުނިޔޭގެ ފްރީސްޓައިލް ފުޓުބޯޅަ ކޮމިއުނިޓީގައި ރާއްޖެ ހިމެނުމަށް ޑަބްލިއުއެފްއެފްއޭ އާއެކު އެއްބަސްވުމަކަށް އައީ ވެސް ސައިފް އާއެކު އެވެ. އެ ޖަމިއްޔާ އިން ވަނީ ރާއްޖޭގައި ފްރީސްޓައިލް ހުނަރު ކުރިއަރުވަން ސައިފް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކޮށްފަ އެވެ. އަދި ސައިފް އާއެކު ރާއްޖޭގައި ކުޅިވަރު ފުޅާދާއިރާއެއްގައި ތަރައްގީ ކުރެވޭނެ ކަމަށް ވެސް އެ ޖަމިއްޔާގެ ރައީސް ސްޓީވް އެލިއަސް އާއި ގްލޯބަލް ނެޓްވޯކްގެ ހެޑް ޕެކޯ ޕީރްތޯ ހާމަ ކުރައްވަ އެވެ.

ސައިފް އަކީ ރާއްޖޭގައި މިހާތަނަށް ރެޑްބުލް އިން ބޭއްވި ސްޓްރީޓް ސްޓައިލް މުބާރާތް ދެ ފަހަރު ވެސް ކާމިޔާބު ކުރި އެތުލީޓެވެ. އޭނާ ވަނީ 2010 އަދި 2012 ވަނަ އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދައި، 2010 ގައި ދެކުނު އެފްރިކާ ގައި އަދި ފަހުން އިޓަލީގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ.

އޭގެ ފަހުން ރާއްޖޭގައި ފްރީސްޓައިލް ފުޓުބޯޅަ އެސޯސިއޭޝަނެއް އުފައްދަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެންމެ ބޭނުންވި ގޮތަށް ކަންކަން ނުދިޔަ އެވެ. ނަމަވެސް ކުޅިވަރު ތަރައްގީ ކުރަން އޭނާ ވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން އޭނާގެ އަމިއްލަ ކޮންސެޕްޓަކަށް 2017 ވަނަ އަހަރު ރާއްޖޭގައި އޯޕަން ފްރީސްޓައިލް މުބާރާތެއް ވެސް ބާއްވައިފަ އެވެ. އަދި ލިބުނު ތަރުހީބަށް ބަލައި، އޭނާ ވަނީ ކުޑަކުދިން ފްރީސްޓައިލް ފުޓިބޯޅައަށް ތަމްރީން ކުރަން ފަށައި، 2020 ވަނަ އަހަރުގެ ފަހުކޮޅު ވަނީ އޭނާގެ އަމިއްލަ ބްރޭންޑެއް އުފައްދައި، އެކަޑަމީއަކާ އެކު ފްރީސްޓައިލް ފުޓުބޯޅަ ކޯޗިން ވެސް ފަށައިފަ އެވެ.

މީގެ އިތުރުން ސައިފް ވަނީ 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިޔޯ ގައި ބޭއްވި ޕެރަލިމްޕިކްސް ގޭމްސް ގައި، ދުވުންތެރިޔާ މުހައްމަދު މާޒިން ގެ ގައިޑް ރަނާއެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454