އޭވީސީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް

މާލޭގައި ބުދަ ދުވަހު ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް މިރޭ ރާއްޖެ އަންނަން ފަށާނެ ކަމަށާއި މުބާރާތަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރާއްޖޭގެ އިންތިޒާމް ކޮމިޓީގެ ޗެއާމަން މުހައްމަދު ޝާފީ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިތުރުން ތިން ޓީމު ބައިވެރިވާއިރު އޭގެ ތެރެއިން ނޭޕާލް ޓީމާއި ތުރުކުމެނިސްތާން ޓީމު މިރޭ އަންނާނެ އެވެ. ކިރްގިސްތާން ޓީމު އައުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިތުރުން ތިން ޓީމު ބައިވެރިވާއިރު އޭގެ ތެރެއިން ނޭޕާލް ޓީމާއި ތުރުކުމެނިސްތާން ޓީމު މިރޭ އަންނާނެ އެވެ. ކިރްގިސްތާން ޓީމު އައުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ.

މިވަގުތު ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުން އަންނާތީ މުބާރާތް ބޭއްވިދާނެތޯ ސުވާލުތައް އުފެދުނެވެ. އެކަމަކު މިއީ އިންޓަނޭޝަނަލް މުބާރާތަކަށް ވެފައި ވަރަށް ގިނަ ތައްޔާރީތައް ވެފައިވާތީ މުބާރާތް ކުރިއަށްގެންދާނެ އެވެ. ޝާފީ ވިދާޅުވީ މުބާރާތް ކުރިއަށްގެންދާއިރު ކަމާބެހޭ ސިއްހީ ފަރާތްތަކުގެ ލަފައާ އެކު ސަލާމަތީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށާއި އަދި މުބާރާތާ ގުޅޭ ބައެއް ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައިވާ ކަމަށެވެ.

"މުބާރާތަށް ކުރަން ޖެހޭ ބައެއް ކަންކަން އަޅުގަނޑުމެން ކޮމްޕްރޮމައިސްކޮށްފިން މިކަމާ ގުޅިގެން. ކުރިން ރާވާފައި އޮތީ ޔޫތު ޓީމުތަކުގެ ވަރަށް ގިނަ ކުޅުންތެރިން ވެސް ބައިވެރިކޮށްގެން ހަރަކާތްތަކެއް ކުރިއަށްގެންދަން. އަޅުގަނޑުމެން ހުޅުވުމުގެ ރަސްމިއްޔާތު ވެސް ކުރިއަށްގެންދާނީ ބޭއްވޭ އެންމެ ކުޑަކޮށް،" ޝާފީ ވިދާޅުވި އެވެ.

މީގެ އިތުރުން މުބާރާތް ކުރިއަށްދާ ޒުވާނުންގެ މަރުކަޒު ވީހާ ވެސް ބޮޑަށް ސާފުކޮށް އަދި ކުޅިބަލަން ވަންނަ ފަރާތްތަކަށް ސެނިޓައިޒާ ފަދަ ތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާފީ ވިދާޅުވީ ގައުމީ ވޮލީބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ސްވައިން ފްލޫ ވެކްސިން ޖަހާފައިވާ ކަމަށެވެ.

މުބާރާތުގެ މެޗުތަކުގެ ޓިކެޓް މާދަމާ ޒުވާނުންގެ މަރުކަޒާއި ވޮލީބޯޅަ އެސޯސިއޭޝަނުން އަދި ޕީއެސްއެމްގެ ކައުންޓަރުން ވިއްކަން ފަށާނެ އެވެ. ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 50ރ. އަށެވެ.