ބަޖެޓް ފާސްކުރަން އެފްއޭއެމުން ކޮންގްރެސްއެއް ބާއްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މި އަހަރުގެ ބަޖެޓް ފާސްކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ނިންމައިފި އެވެ.


އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހު ކޮންގްރެސް ބާއްވަން ނިންމާފައިވާ ކަމަށާއި އެ ކޮންގްރެސްގައި އޮންނާނީ ބަޖެޓް ފާސްކުރުން ކަމަށެވެ. މި އަހަރު އެފްއޭއެމުން ވަނީ ދެ ކޮންގްރެސްއެއް ބާއްވައިފަ އެވެ. އެ ދެ ކޮންގްރެސްގައި އޮތީ އަސާސީ ގަވާއިދު ފާސްކުރުމާއި އިންތިހާބު ބޭއްވުމެވެ.

ބަޖެޓް ފާސްނުކުރާތީ އެފްއޭއެމުން މި އަހަރު އަދި ކްލަބްތަކަށް ފައިސާ ދޫނުކުރެ އެވެ. މީގެ އިތުރުން ވެސް ބަޖެޓް ފާސްނުވާތީ އެފްއޭއެމްގެ ބައެއް ކަންކަން ވަނީ މަޑުޖެހިފަ އެވެ.