ކުޅިވަރު / މުހައްމަދު ނިޒާމް (ނިޒާމްބެ)

ގައުމީ ޓީމަށް ކުޅުންތެރިން ނެގުން އިންސާފުވެރިވާން ޖެހޭ: ނިޒާމްބެ

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައިނަލްއަގްވާމީ މެޗުތަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ނަގާއިރު މިހާރަށް ވުރެން ބޮޑަށް އިންސާފުވެރިވާން ޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ގައުމީ ޓީމުގެ 20 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އެކަމަކު ޓީސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގު (ދަގަނޑޭ)، އިޝާން އިބްރާހިމް (ސައްޓު) އަދި މުހައްމަދު ސާމިރު ފަދަ ކުޅުންތެރިންނަށް ފުރުސަތު ނުލިބެ އެވެ.

"ވަރަށް ހިތާމައާ އެކު ފާހަގަކޮށްލަން ލީގުގެ އެއް ވަނައިގައި ޓީސީ އޮތްއިރު އެ ޓީމުން ދެ ކުޅުންތެރިން އެކަމަކު ފަސް ވަނައިގައި އޮތް ޓީމުން ހަތް ކުޅުންތެރިން އަށް ކުޅުންތެރިން. މި އެއްޗެހި އެބަޖެހޭ މި އަށް ވުރެން ރަނގަޅަށް ނަގަން،" ލީގުގައި ރޭ ށ. ފޯކައިދޫ އަތުން 5-1 އިން ޓީސީ މޮޅުވި މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި ފަހަރު ގައުމީ ކޯޗު ޕީޓަ ސެގާޓް މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ސްކޮޑު ނެގިއިރު އެންމެ ބޮޑަށް އިސްކަންދިނީ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމާއި ސާފްގެ ކުރިން އޮތް ގަތަރު ޓްރެއިނިން ކޭމްޕްގައި ބައިވެރިވި ކުޅުންތެރިންނަށް ފުރުސަތު ލިބޭ ގޮތަށެވެ.

ސާފް މުބާރާތް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ)، ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ތިންް ވަނަ ކީޕަރު ހަަސަން ތޮލާލް (ޓޮޕްލަކް) އެވެ. މި ފަހަރުގެ ސްކޮޑުގައި ހިމެނެނީ ދެ ކީޕަރުންނެވެ. އެއީ ސާފްގެ މޮޅު ކުޅުންތެރިއާ މުހައްމަދު ފައިސަލް އާއި މާޒިޔާގެ ޒުވާން ކީިޕަރު ހުސެން ޝަރީފް އެވެ.

ޓީމުން އަލަށް މި ފަހަރު ފުރުސަތު ލިބުނީ ރަނގަޅު ފޯމެއްގައި ހުރި އީގަލްސް އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީންއަށެވެ. ޔާމީން އާއި ނާއިމް އަކީ ގަތަރު ޓްރެއިނިން ކޭމްޕަށް ފަހު ސާފްގެ ފައިނަލް ސްކޮޑުން ބާކީވި ދެ ކުޅުންތެރިންނެވެ.

ނިޒާމްބެ ބުނީ ޓީމު ނެގުމުގައި މިހާރު ކަން އޮތް ގޮތަށް ބަލާއިރު މިއީ ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

"އެއްވެސް ގޮތަކަށް ނުކުޅެ ޕާފޯމް ނުކޮށްތިބި ކުޅުންތެރިން ވެސް ގޮވައިގެން އެ ދަނީ. މިއީ (ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް) ކުރެވޭ ވަރަށް ބޮޑު މަލާމާތެއް. ނޫނީ ކުރެވޭ ބޭއިންސާފެއް. އެކަންކަން އެބަޖެހޭ މި އަށް ވުރެން ރަނގަޅުވާން،" ނިޒާމްބެ ބުންޏެވެ.

ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ބޭނުމަކީ އެ އިރެއްގައި ރަނގަޅަށް ކުޅޭ ކުޅުންތެރިން ހިމަނައިގެން އެ ކުޅުންތެރިން އިތުރަށް ތަރައްގީ ކުރުން ކަމަށާއި އެ ނޫން ވިސްނުމެއްގައި އެކަން ކޮށްގެން ހަގީގަތުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައް ނުކުރެވޭނެ ކަމަށް ނިޒާމްބެ ދެކެ އެވެ.

"މިއީ އެއްގޮތަކަށް ވެސް ވަކި މީހަކަށް ދަތުރެއް ދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން. ފްރެންޑްލީސް މި ކުޅެނީ ގައުމީ ޓީމުގައި ތިބި ކުޅުންތެރިންނަށް އެކްސްޕޯޝާދީ އެ ކުޅުންތެރިންގެ ތަޖުރިބާ އިތުރު ކުރުމަށް. ގައުމަށް އިތުރު ކުރިއެރުން ހޯދަން. އެހެންވީމަ ގަބޫލުކުރަނީ ލީގެއްގައި އެ އިރެއްގައި ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭކަމަށް،" ނިޒާމްބެ ބުންޏެވެ.

މީގެ ކުރިން ވެސް ގިނަ ކޯޗުން ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ނަގާ ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ނިޒާމްބެ ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަކީ ކޯޗުގެ ޒިންމާއެއް ކަމަށާއި އޭނާގެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު އެ މީހަކަށް ފެންނަ ގޮތް ހާމަކޮށް އިންސާފުވެރިކޮށް ކަންތައް ކުރަން ޖެހޭނެ ކަމަށެވެ.

13 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 19%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމަ333

03 November 2018

ބަލަ ނިޒާމްބެ ކަލޯ އަހަރުމެން މިކިޔަނީ ކީކޭ؟ ދަގޭއަށް ޕްރެކްޓިސް މެޗެއް ދީގެން އިތުރަށް ލިބޭނެ ކުރިއެރުމެއް މިހާރު މަށަކަށް ނުފެނޭ...ޒުވާން ކުޅުންތެރިންނަށް ގައުމީޓީމުން ފުރުސަތުދޭށޭ އެންމެ ގިނައިން ބުނާ އެކަކު ނިޒާމްބެތީ...މިހާރު ތިވަނީ ކިހިނެތް...ދެން އެއްވެސް ގައުމަކު އެގައުމެއްގަ ލީގެ ޗެމްޕިއަން ޓީމެއްނޫން ގައުމީޓީމަށް ނަގަނީކީ...ދަގޭ ނުނަގައިގެން އެވާހަކަ ދައްކާއިރު ޕޯޗުގަލް އަކުންވެސް މިހާވަރަކަށް ނޫޅޭ ރޮނާލްޑޯ ގައުމީޓީމަށް ނުނަގާތީ...

The name is already taken The name is available. Register?

އައްމި

31 October 2018

ލީގުގެ ކުރީގަ އޮތަށް ޓީމްގެ އެއްމެންނަށް ގައުމީޓީމުން ޖާގަ ދޭކަން ނުޖެހޭ. ތި ގޮވަނި ކޮސް.

The name is already taken The name is available. Register?

އާރީ

31 October 2018

ގައުމީޓީމަކީ އެއިރެއްގަ އެފްއޭއެމްގަ ތިބޭ ބަސްވިކޭ ދެތިންމީހަކު ބޭނުންވާ ގޮތަށް އަބުރާ ގޭސްގަޑެއް.

The name is already taken The name is available. Register?

‫ފަޓާސް

31 October 2018

‫ނިޒާމްބެ ހަމަ ބިމަށް ފައިބަން އެބަޖެހެއެވެ. ތިޔަ އުޅެވެނީ މާމޮޅު ހެދިގެންނެވެ.

The name is already taken The name is available. Register?

ީޮބުރޯ0.1

31 October 2018

ދިވެހި ކޯޗުންނާއި، ނޫސްވެރިނާއި، ކުޅުނކުޅުންތެރިންނާއި އަދި ދިވެހި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރައްޔިތުންގެ ވިސްނުން ބަދަލުކުރަން އެބަޖެހޭ. ދަގަޑޭ އެއްވެސް އަބަދަކު ނުހުންނާނެ

The name is already taken The name is available. Register?

ހޯރަަ

31 October 2018

އޮށްގާ ސްޓޭޑިއަމަށް ކުޅެންދާ މީހުންވެސް ގައުމީޓީމަށް ނަގަންވީނު

The name is already taken The name is available. Register?

ީޮބުރޯ0.1

31 October 2018

ދަގަޑޭ ނުނެގީމަ ތިހުރިހާވާހަކައެއް ތި ދައްކަނީ. ދަގަޑޭ ނެގިނަމަ ދެންތިބީ ކޮން ކުޅުންތެރިންނެއްތޯވެސް ބަލާނުލީސް. މިދިޔަ 2 އަހަރު ދަގަޑޭއަށްވުރެ މޮޅަށް ކުޅުން ކުޅުންތެރިންހުއްޓާ ދަގަޑޭ ނެގީމަ މައްސަލަ އަކައްނުވި. ނިޒާމްބެ ޓީމްނަގާނީ ގައުމީ ކޯޗައްވެވުން ދުވަހަކުން. ނިޒާމްބެ އެހާމޮޅުނަމަ ހުރީހީ ގައުމީ ކޯޗް އެހުރިމަގާމުގަ. ދަގަޑޭ ނުނަގައިގެން ކޯޗައް މަލާމާތްކޮށް ކޮށް ހުއްޓާ އެއައީ ތަށިހިފައިގެން އެކަމުވެސް އޭނަޔައް ރެސްޕެކްޓް ކުރާކައްނުވޭ

The name is already taken The name is available. Register?

މިމީހާ

31 October 2018

ނިޒާމްގެ ވާހަކައަށް ތާއީދު. ނިއު ރޭޑިއަންޓުން ނަގާފަ އެތިބީ ޙައްޤު ކުޅުންތެރިން. ޓީސީއިން ސައްޓުއާއި ދަނގަޑޭއަށް ޖާގަދިނުން މުހިންމު. މާޒިޔާގެ އިމާޒު އަދި އަސަދު ﷲ އަށް ފުރުސަތު ލިބުނުގޮތެއް ނޭންގުނު. ދެން ވިކްޓްރީއިން ނަގާފައި އިން ސޮރާއި ގްރީންގެ ޔާމިނަށް ފުރުސަތު ދޭން ޖެހޭކަމަށް ނުފެނޭ. ޤައުމީ ކޯޗުގެ އެގާރައަށްވުރެ ބޮޑަށް ސާންތިގެ އެގާރައަކާއި ވައްތަރީ. އުންމީދުކުރަން މެލޭޝިޔާ މެޗުގައި ރަނގަޅު ފައިޓެއްދީގެން މެޗު ކާމިޔާބު ކުރާނެކަމަށް.

The name is already taken The name is available. Register?

ހަސަންބެ.

31 October 2018

ސިޔާސީމީހުން އަދި ކޯޓަށް ފަހު މިއޮތީ ގައުމީޓީމު. ބަލަ މިގައުމުގައި ރަގަޅަށް އޮތީ ކޮންކަމެއް.

The name is already taken The name is available. Register?

ހުސީ1

31 October 2018

ވެލް ސެއިޑް

The name is already taken The name is available. Register?

ބައްސާމް

31 October 2018

ތީ ސާންތި ޖަހާ ސަކަރާތެއް. މުޅި އެތި ގަޑުބަޑު ކޮށްފި. ލީގް ލީޑަރ ޓީސީން 2 މީހުން؟ އަޖައިބު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454