ޒޯން ހަޔެއްގެ ޗެމްޕިއަންކަން ތިމަރަފުއްޓަށް

އެސްޓީއޯ މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ލ. ގަން ބަލިކުރުމަށް ފަހު ތ. ތިމަރަފުށި ހޯދައިފި އެވެ.


ތިމަރަފުށި ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ލ. ގަމުގައި ކުޅުނު ފައިނަލުގެ ދެ ވަނަ ލެގުގެ މެޗު 3-3 އިން އެއްވަރުކޮށްގެންނެވެ. ތިމަރަފުށީގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-2 އިންނެވެ. އެ ޓީމަށް ކުރި ލިބުނީ 5-6 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

އިއްޔެގެ މެޗުގައި ތިމަރަފުށީގެ ލަނޑުތައް ކާމިޔާބުކުރީ އަބްދުﷲ މުނާޒް، އަމީން ޝާހް އަދި އާދަމް ނާސިހް އެވެ. ގަމުގެ ލަނޑުތައް ޖެހީ އަބްދުﷲ މަސީހް، އިބްރާހިމް ހަނީފް އަދި އަލީ ޝަމީމް އެވެ.

މި ނަތީޖާއާ އެކު ތިމަރަފުއްޓަށް ވަނީ މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުން ފުރުސަތު ލިބިފަ އެވެ. ފައިނަލް ބުރު ކުޅޭނެ ރަށެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ނ. ހޮޅުދޫ އަތުން ނ.ލަންދޫ މޮޅުވީ 2-1 އިންނެވެ. އަދި މ. މުލަކުން ވަނީ 3-0 އިން ވޭވަށް ބަލިކޮށްފަ އެވެ.