ކުޅިވަރު / ގޯލް ކީޕަރު އިމްރާން މުހައްމަދު

ކިރަން ދޫކޮށްލައި ޓީސީން ކީޕަރު އިމްރާން ގެނެސްފި

ގޯލްކީޕަރު އިމްރާން: ކުރިއަށް އޮތް ސީޒަނުގައި ފެނިގެންދާނީ ޓީސީން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ނޭޕާލްގެ ގޯލްކީޕަރު ކިރަން ޝެމްޝޮން ދޫކޮށްލައި، ގައުމީ ޓީމުގެ ގޯލު ކުރިން ބެލެހެއްޓި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ގެެނެސްފި އެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް ޓީސީގެ ގޯލު ބެލެހެއްޓި ކިރަން ގެންނަން އެ ޓީމުން ނިންމި ނަމަވެސް އޭނާ އެ ޓީމުގެ ޕްރެކްޓިސްގައި އަދި ބައިވެރިނުވެ އެވެ. މިދިޔަ އަހަރު މުސާރަ ނުލިބޭ މައްސަލައިގައި ނިއު އިން ވަކިކުރި އިމްރާން ހުރީ ކްލަބަކާ ނުގުޅި އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ނިއު އަށް މި ފަހަރު ކުޅެވޭ ގޮތް ހެދުމަށް ކުރެވޭ މަސައްކަތުގައި އިމްރާން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޓީސީގެ އޮފިޝަލަކު "މިހާރަ"ށް ބުނީ ކިރަން ނުގެންނަން ނިންމީ ކޮންޓްރެކްޓްގައި ސޮއިިކުރުމަށް ފަހު ކްލަބުން ބޭނުންވި ތާރީހަށް ޕްރެކްޓިހުގައި ބައިވެރިނުވުމުގެ އިތުރުން ނޭޕާލްގެ ގައުމީ ޓީމުގެ އެކުވެރިކަމުގެ މެޗުތަކަކަށް ދިއުމަށް އަމިއްލަ އަށް އެދިފައިވާތީ އެވެ. އަދި ކިރަން އެ މެޗުތައް ކުޅެން ދާން ބޭނުންވާ ތާރީހުތަކަކީ ޓީސީ އަށް ވެސް މުހިއްމު މެޗުތަކެއް ހުރި ދުވަސްތަކެއް ކަމުގައިވުމުން ޓީސީން ނިންމީ ކިރަންއާ އެކު ކުރިއަށް ނުދިއުމަށް ކަމަށް ބުންޏެވެ.

ޓީސީ ވެގެންދާނީ އުމުރުން 37 އިމްރާން ކުޅޭ ހަ ވަނަ ކްލަބަށެވެ. މީގެ ކުރިން އިމްރާން ވަނީ އީގަލްސް، ވިކްޓަރީ، ނިއު، ވީބީ އައްޑޫ އެފްސީ، އަދި މާޒިޔާގެ ގޯލު ބަލަހައްޓައިފަ އެވެ. ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅުނު އިމްރާން ގައުމީ ޓީމުން ރިޓަޔަކުރީ މިދިޔަ ޑިސެމްބަރު މަހު ކުޅުނު ހާއްސަ މެޗަކުންނެވެ.

ނިއުއާ ވާދަވެރި ވިކްޓަރީން ކެރިއަރު ފެށި އިމްރާން ނިއުއާ އެންމެ ފުރަތަމަ ގުޅުނީ 2012 ވަނަ އަހަރެވެ. އަދި 2013 ވަނަ އަހަރު ނިއު އިން ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު އިމްރާން ވަރަށް މުހިއްމު ދައުރެއް އަދާކުރި އެވެ.

ޓީސީ އަށް ސޮއިކުރުމަށް ފަހު އިމްރާން އެ ޓީމުގެ ބައެއް އޮފިޝަލުންނާ އެކު.-- ފޮޓޯ: ޓީސީ

ރާއްޖޭގެ ކީޕަރުންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ހަދަން ނިންމައި މިދިޔަ އަހަރު އޮކްޓޫބަރު މަހު އެކަން އިއުލާނުކޮށްފަ އެވެ. އެގޮތުން ބަލާއިރު މި ސީޒަނަކީ ބިދޭސީ ގޯލްކީޕަރުން ހިމަނައިގެން ކުޅެވޭނެ ފަހު އަހަރެވެ.

އިމްރާންގެ އިތުރުން ޓީސީން ސޮއި ހޯދި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގައި މޮޅު ކުޅުމެއް ދެއްކި އިސްމާއިލް އީސާ (މެސީ) ހިމެނެ އެވެ. މިދިޔަ އަހަރުތަކުގައި ޓީސީ އަށް ކުޅުނު ގިނަ ކުޅުންތެރިން ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުންތައް އާ ކޮށްފަ އެވެ.

ފާއިތުވި އަހަރުތަކުގައި ޓީސީ އަށް ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. ޓީސީން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކާއި ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗެއްގެ މަގާމުގައި ހުރި މުހައްމަދު އާތިފް (އާތީ) އެވެ.

އަންނަ މަހު ހަތް ވަނަ ދުވަހު ދެ ލެގަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށާއިރު، އެ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ އާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ އެވެ. ފޯކައިދޫ އަށް އެ ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށިން އެ ފުރުސަތު ދޫކޮށްލުމުންނެވެ. ފޯކައިދޫ ދަނޑުގައި ކުޅޭ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ. ދެ ވަނަ ލެގު ކުޅޭނީ އަންނަ މަހު 10 ވަނަ ދުވަހު މާލޭގަ އެވެ.

7 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 11%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން އާމިރު

30 May 2019

މިވެސް ހަމަ އަޖައިބެއް ކަހަލަކަމެއް. މުސްކުޅިނުވާ ކީޕަރެއް މުނޫނީ މިދުނިޔޭގަ ނުހުންނާނެ.

The name is already taken The name is available. Register?

ހަގީގަތް

29 May 2019

ތީގައިން އެއްވެސް ޓީމަކަށް އޮސްކާ ބުރުޒޮން ހުރިއިރު ނިއު ކުޅުނު ކަހަލަ ރީތި ފުޓްބޯޅައެއް ނުކުޅެވޭނެ. އަދި ބަލްގޭރިޔާގެ ކޯޗުގެ ދައުރުގައި ކުޅުނު ކުޅުމާ އެއްޗަރުގެ ކުޅުމެއްވެސް ނުކުޅެވޭނެ. ނިއުރޭޑިއަންޓަކީ ފުޓްބޯޅަ ދަނޑުމައްޗަށް އުފާވެރިކަން ގެނެސްދިން ކްލަބެއް.

The name is already taken The name is available. Register?

ކާފަ

29 May 2019

ކިރަން ބައްފަ މެންގެ އުމުރުގެ މީހަކު ގެނެޔަސް ކާމިޔާބެއް ނުހޯދޭނެ.

The name is already taken The name is available. Register?

Ahmad

29 May 2019

ކާފަ ތިހުރީ މުސްކުޅިވެފަ.. ދެންވެސް މަޑުންގޭގަ އޮވެވޭތޯ ބަލާ އެހެންމީހުނާ ނުބެހި..

The name is already taken The name is available. Register?

މޯޑް

28 May 2019

ކުޅޭނި ކުލަބެއް ލިބުނީމަ ދެން އުޅޭނި ކަމެއް ނެތެއްނު. ހަގީގަތުގަ އިންމަ މެންގެ ސަބަބުން ނިއު އެ ހާލަތަށް ވެއްޓްނީ. އެއްމެ ފުރަތަމަ ގޯސް ހެދީ އިންމަ.

The name is already taken The name is available. Register?

އަހަންމަ

29 May 2019

އިންމަ ގޯސްވީ އެހެން ކްލަބަކަށް ސޮއިކުރީމަ.. ނިއުގެ މައްސަލަތައް ހުރިހާތާކުވެސް.. އަމީރީގެ މުސާރަވެސް ނުދިނީ އިންމަ ދޯ.. ހަޖަމް ނުވިޔަސް ބޮޑުވަރު...

The name is already taken The name is available. Register?

ހަސަން ނުވަވަނަ

28 May 2019

ދެން އަހަރުމެން ބަލާނަން ނިއުރޭޑިއަންޓަށް ކުޅެވޭގޮތް ހަދަން މީނަ ކިހާވަރަކަށް ދެފައި އެއްތާކު ނުޖަހާ ދުވޭތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454