އައިއޯއައިޖީ: ސިންގަލްސް ބައިން ރަފާ އާއި ދީމާ ސެމީ އަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސްގެ ސެމީ ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދައިފި އެވެ.


ދީމާ ސެމީ އަށް ދިޔައީ މޮރިޝަސްގެ ހޮސެނަލީ އޫމެހާނީ އަތުން 4-2 ސެޓުން މޮޅުވެގެންނެވެ. ރަފާ ފައިނަލުން ޖާގަ ހޯދީ ރިޔޫނިއަންގެ ޕިކާޑް އޯޑްރޭ އަތުން ސީދާ ހަތަރު ސެޓުން މޮޅުވެގެންނެވެ.

ކުއާޓާ ފައިނަލުން ރާއްޖޭން ދެން ވާދަކުރި ފާތިމަތު ޖުމާނާ ނިމާލް ވަނީ މޮރިޝަސްގެ ޖަލިމް ނަންޑެޝްވާރީ އަތުން 4-2 ސެޓުން ބަލިވެފަ އެވެ. ޖުމާނާ އެ މެޗުން މޮޅުވި ނަމަ ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ރަފާއާ އެވެ.

ރަފާ އާއި މޮރިޝަސްގެ ޖަލިމް ނަންޑެޝްވާރީ ބައްދަލުކުރާ ސެމީ ފައިނަލް މެޗާއި ދީމާ އާއި މޮރިޝަސްގެ ގުކޫލް ވިދާދު ވާދަކުރާ ސެމީ ފައިނަލް މެޗު ފަށާނީ މިއަދު މެންދުރުފަހު ރާއްޖެ ގަޑިން 3:20 ގަ އެވެ.

ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ދިވެހި ކުޅުންތެރިންގެ ތެރެއިން މުއީނާ މުހައްމަދު ވަނީ ގަދަ 16 ކުޅުންތެރިންގެ ބުރުން ކަޓައިފަ އެވެ. އަދި ފިރިހެން ތިން ކުޅުންތެރިން ކަމަށްވާ މޫސާ މުންސިފާއި މުހައްމަދު ޒީސްތު ނަސީމް އަދި ޝައްފާން އިސްމާއިލް އަށް ވެސް އެ ބުރު ފަހަނައަޅައި ނުދެވެ އެވެ.

ރަފާ އާއި ދީމާ ވަނީ މުބާރާތުގެ ވިމެންސް ޑަބަލްސް އިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފަ އެވެ. އެ އިވެންޓުން ރިހި މެޑަލް ހޯދީ މުއީނާ އާއި ޖުމާނާ އެވެ. އަދި އެ ހަތަރު ކުޅުންތެރިން ހިމެނިގެން ރާއްޖޭގެ އަންހެން ޓީމު ވަނީ އަންހެން ޓީމު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.