ގައުމީ ފިރިހެން ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ސާބިއާގެ ކޯޗު މިލޮރަޑް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ތަޖުރިބާ އާއި ކާމިޔާބަށް ބެލިޔަސް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅާ ޓީމަށް ހަމަޖެއްސި ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭނެ ކޯޗެކެވެ. އެ ފަދަ ވަނަވަރަކާ އެކު އޭނާ އަށް ފަސޭހައިން ކޮންމެ ގައުމެއްގައި ވެސް މަސައްކަތް ކުރެވޭނެ އެވެ. އެކަމަކު އޭނާ ރާއްޖޭގެ ފިރިހެން ވޮލީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ނިންމީ މި ޗެލެންޖާ މެދު ހުރި ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނެވެ.
"ތެދެއް އަހަރެން ބަލްގޭރިއާ، ސާބިއާ އަދި އީރާނަށް ވެސް ކޯޗުކޮށްދީފިން ކުރިން. އެކަމަކު އެ ހުރިހާ ކަމަކީ ކުރިންވެފައި ހުރި ކަންތައް. އަހަންނަކީ އަބަދުވެސް ޗެލެންޖް ނަގާ މީހެއް. ރާއްޖޭގެ ވޮލީ ޓީމާ ހަވާލުވީ ވެސް މި ޗެލެންޖާ މެދު އަހަރެންގެ ޝައުގުވެރިކަން ބޮޑުވުމުން،" ޔޫގޯސްލާވިއާ ޓީމު ގޮވައިގެން 1996 ވަނަ އަހަރު ވޯލްޑް ލީގުގެ ތިން ވަނަ ހޯދި މިލޮރަޑް ބުންޏެވެ.
"އަހަންނަށް ލިބިފައި ހުރި ވޮލީގެ އިލްމާއި އެހެނިހެން ކަންތައްތައް ވީ އެންމެ ފުޅާކޮށް މީހުންނަށް ހިއްސާކުރެވުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. ރާއްޖޭގައި މި ޗެލެންޖް ނަގައިގެން ހުރެ މި އެންމެނަށް ވެސް މި ކަންތައްތައް ކިޔައިދެވޭތީ ވަރަށް ހިތްހަމަޖެހޭ."
ގައުމީ ފިރިހެން ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މިލޮރަޑް (މ) ކުޅުންތެރިންނަށް ކިޔައިދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޮކްޓޫބަރު މަހު މިލޮރަޑާ ގައުމީ ފިރިހެން ޓީމުގެ ކޯޗުކަން ހަވާލުކުރިއިރު، އޭނާ ޓީމުގެ ޒިންމާއާ ހަވާލުވީ ނޮވެމްބަރު މަހު ތެރޭގަ އެވެ. ފިރިހެން ޓީމާއި ހަވާލުވުމުގެ ކުރިން މިލޮރަޑް ވަނީ މި މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން މުބާރާތުން ރިހި މެޑަލް ހޯދި ގައުމީ އަންހެން ވޮލީ ޓީމުން މާލޭގައި ކުރިއަށްދިޔަ ޓްރެއިނިންތަކުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަންހެން ޓީމަށް ވެސް އެހީވުމަށް ފަހު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މިލޮރަޑް ވަނީ ފިިރިހެން ޓީމުގެ މަސައްކަތް ފަށައިފަ އެވެ. މިލޮރަޑަށް އެހީތެރިވުމުގެ ގޮތުން ސާބިއާގެ ޓްރެއިނަރު ކިޔަޗް ރަޑޯވަން ވެސް އަންނަނީ ވޮލީ ޓީމުގައި މަސައްކަތް ކުރަމުންނެވެ.
"ޔަގީނުން ވެސް އަހަންނަށް އެނގޭ ކަމަކީ ރާއްޖޭގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ކިބައިގައި ވެސް ހުނަރު އެބަހުރި. އަދި ކުރިއެރުމަށް ވެސް ވަރަށް ބޮޑު ޖާގައެއް އެބައޮތް. އެ ކުޅުންތެރިން ކުރިއެރުވުމުގައި އަހަރެން ވެސް އެ ކުޅުންތެރިން ވެސް މަސައްކަތްކުރަން ޖެހޭނެ. މީގެ ދެކޮޅުން ވެސް އެއް ފޯކަސް އެއްގައި މަސައްކަތް ކޮށްފިއްޔާ މިއީ އުނދަގޫ ކަމަކަށްނުވާނެ،" މިލޮރަޑް ބުންޏެވެ.
މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް މަހަކަށް ވުރެން ވެސް ކުޑަ ދުވަސްކޮޅެއް އޮއްވައި މިލޮރަޑަށް ޓީމުގެ މަސައްކަތްތައް ފެށުނުއިރު، މިހާރު އޭނާ އަންނަނީ ސްރީ ލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުންނެވެ. މި ޓްރެއިނިން ކޭމްޕްގެ ތެރޭގައި އަންހެން ޓީމަށް ވެސް މިލޮރަޑްގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ވަނީ ބުނެފަ އެވެ.
ގައުމީ އަންހެން ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން މިލޮރަޑް (ކ) ކުޅުންތެރިންނަށް ބުނެދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މަހު 27 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯޅަ އިވެންޓުގައި ފިރިހެން ޓީމު ހިމެނެނީ ޕާކިސްތާނާއި ލަންކާއާ އެކު ގްރޫޕް ބީގަ އެވެ. މި މުބާރާތުގައި ވެސް މެޑަލެއްގެ އަމާޒުގައި މަސައްކަތްކުރާއިރު، ހަގީގަތުގައި ފިރިހެން ވޮލީ ޓީމާ އެކު މިލޮރަޑްގެ ބޮޑު މަސައްކަތަށް ވެގެންދާނީ އަންނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތެވެ.
"ޔަގީނުން ވެސް އެންމެން ވަރަށް ރަނގަޅަށް މަސައްކަތް އެބަކުރޭ. އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ އަންނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތް. އޭރަށް މި ޓީމު އޮންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" މިލޮރަޑް ބުންޏެވެ.
ސައުތު އޭޝިއަން ގޭމްސް އަށް އަމާޒުކޮށް މިލޮރަޑްގެ ބެލުމުގެ ދަށުން ބޭއްވި ގައުމީ ޓީމުގެ ޓްރަޔަލްގެ ތެރެއިން ޓީމުގެ ސްކޮޑަށް ވަނީ އާ ތިން ކުޅުންތެރިން އަރައިފަ އެވެ. އެއީ މެދުކެނޑުމަކަށް ފަހު ފުރުސަތު ލިބުނު އަޝްފާގު އާދަމް (އައްކަޅޭ) އާއި މުހައްމަދު ޝާއިން (ޝާއިންޓެ) އަދި މުޅިން އަލަށް ޓީމުން ފުރުސަތު ހޯދި ދިވެހި ސިފައިންގެ ކްލަބްގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކައިޓް ބުރޯ
23 November 2019
33 ނޫން 50 ވިޔާސް ޓީމައް އަރާނީ ކޯޗަކައް ހުންނަ މީހަކައް އައްކަޅޭ ކުޅުން ރަންގަޅުކަމައް ފެނުނީމަ ވީމާ ނޭންގޭ މީހުން ހަޖަމް ކޮއްލުން އެދެން
ކައިޓޭ
23 November 2019
33 އަހަރުގަ ޓީމަށް ކުޅޭކަށް ނޫން ބެންޗުގަ އިންނަން ނެގީ. ބޯހަމަ ކޮއްލަން ގެންދިޔަ ސޮރެއް
ރިފޫގާ
23 November 2019
ބުނަން ކައިޓް ބުރޯ ވާހަކައެއް. 33 އަހަރުގެ އޭޖްޑް ޕްލޭޔަރަކަށްވުރެ ބޮޑަށް އަރަމުން އަންނަ ޒުވާން އުމްމީދީ ކުޅުންތެރީޔާ ބަނޑޮހުގެ ޒަޔާން ޓީމަށް ސެލެކްޓް ކުރިނަމަ ޓީމަށާ ގައުމަށް ފާއިދާވީސް. މިއުޅެނީ ހަޖަމުނުވެގެންނޫން. ނުފޫޒުން ޒުވާންކުޅުންތެރިންނަސް ޗާންސް ނުދެތީ އެވާހަކަބުނެލީ. އައްކަޅޭ ވެއްޖެނު ބަޓިސް ލޯންގޭ ގޮތައް އުޅެން ބޮޑާނަހާކާ.
އަފިހުންބެ
22 November 2019
މިތިބީ ތިކުދިން ގެންނަ މެޑަލް ބަލަން ވެގެން. މެޗަކުން ސެޓެއް ލިބުނަސް ރަނގަޅު
ކާމިނީބެ
22 November 2019
ސެޓަކުން 15 ލިބުނަސް ރަނގަޅު. ތަމްރީނުތަކަށް ލަންކާގަ ނަމެއްގަ، ލަންކާ ހުރިއްޔާ ހުރި ހުރިހާ ޝޮޕިންމޯލްތަކާ ކޮފީ ޝޮޕްތައް ކުޑަކުރަމުން އުޅޭތަން ފެންނަނީ. އަހަރެމެން ރައްޔިތުންގެ ޓެކްސް ފައިސާއިން ތިކުރާ ބޭކާރުހަރަދު ހުއްޓާލަން ގޮވާލަން.
ރޫހީ
22 November 2019
ނުފުއްމާ ޓަޗްއައުޓަށް ޝޮޓް ޖަހާ އައްކަޅޭމެން ލައިގެން ރަންމެޑަލް ލިބޭނެ މިފަހަރު
ބަބޫ
22 November 2019
އައްކަޅޭ ލިބަރޯ އަކަށް ކުޅެންޏާ ރަނގަޅު ޓީމަށް ނަގަން.
އިންމިފުޅު
22 November 2019
އައްކަޅޭ 33 އަހަރުގެ މީހަކު ގައުމިީ ޓީމުގެ އެޓޭކަރަކަށް ކުޅޭނީ ހާދަ ތަފާތުމޮޅުވެފަ ފިޓަނަސް ރަނގަޅުވީމަތާ! ލޮލް #ބެންޗްވޯމާ
މުލޭ
22 November 2019
ޝާޑު އަލަށްތަ؟
ވވވވ
24 November 2019
ބޮޑުވަރު ދެންތީ