ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ޓީމު ނެގުމުގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް: ގައުމީ ކޯޗު

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ކޯޗުން ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް ކަމަށާއި އެ ނޫން އެއްވެސް ކަމަކާ މެދު ނުވިސްނާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެފްއޭއެމްގެ ނުފޫޒު އޮންނަ ކަމަށާއި ބައެއް ކުޅުންތެރިން ގަސްދުގައި ޓީމަށް ނުނަގާކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިއުންތަކާ ގުޅޭގޮތުން ސްޓެވާޓް ބުނީ ކުޅުންތެރިން ނަގަނީ އޭނާ ކަމަށާއި އެކަމަށް އެއްވެސް ބަޔަކު ބާރު ނުފޯރުވާ ކަމަށެވެ.

"ކުޅުންތެރިން ނަގަނީ ފުޓްބޯޅައިގެ ސަބަބުތަކަށް ބެލުމަށް ފަހު. ސްކޮޑު ނަގަނީ އަހަރެން، އެއީ ނަތީޖާއަށް ޒިންމާ ނަގަން ޖެހޭ ފަރާތަކީ އަހަރެން ކަމަށްވާތީ. ލީގުގެ މެޗުތަކަށް ބަލާފައި އަހަރެންގެ ޕްލޭނަށް ފިޓްވާ ކުޅުންތެރިން ނަގަނީ. އެއްވެސް ނުފޫޒެއް ނެތް،" އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމްގެ ހައުސްގައި މިއަދު އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި ސްޓެވާޓް ބުންޏެވެ.

ލާއޯސްއާ ދެކޮޅަށް ނެގި ސްކޮޑުން މާޒިޔާގެ މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) ބާކީކުރީ ސިޔާސީ ސަބަބަކާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ސްޓެވާޓް ބުނީ އަޑުބަރޭ ބާކީކުރީ އޭނާ ހައްޔަރުކޮށްފައި ހުރުމުން، މެޗުތަކެއް ގެއްލިފައިވާތީ ކަމަށެވެ.

"އަޑޭ ބާކީކުރި ފިޓްނަސް އަށް ބަލާފައި. ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށް ފަހު އަޑޭ ނެތް މެޗެއް ކުޅުމުގެ އިތުރުން ޕްރެކްޓިހެއް ވެސް ކޮށްފައި. އެހާލުގައި ހުރި ކުޅުންތެރިއަކު ރަށުން ބޭރުގައި ކުޅޭ ވާދަވެރި މެޗަކަށް ފިޓްވާނެ ކަމަށް ނުދެކެން. އަޑޭގެ ފުޓްބޯޅަ ހުނަރާ ބެހޭގޮތުން އަހަރެން ސުވާލެއް ނުއުފައްދަން. އޭނާ އަކީ އަދިވެސް ޓީމުގެ މުހިއްމު ކުޅުންތެރިއެއް،" ސްޓެވާޓް ބުންޏެވެ.

އެއް މަގާމަކަށް ކުޅޭ މޮޅެތި ގިނަ ކުޅުންތެރިން އެބަތިބި ކަމަށާއި އަޑޭ އަށް މިފަހަރު ސްކޮޑުން ޖާގަ ނުލިބުމަކީ އެހެން ކުޅުންތެރިއަކަށް ލިބިގެންދިޔަ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަަމަށް ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމާއި ވެލެންސިއާ ކުޅުނު މެޗެއްގެ ތެރެއިން: ވެލެންސިއާގެ ބަކާ (ކ) އާއި އަޑޭ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގައުމީ ސްކޮޑުން ފަހަކަށް އައިސް ކުރިން ކުޅުނު ގިނަ ކުޅުންތެރިންނަށް ފުރުސަތު ނުލިބެ އެވެ. އޭގެ ތެރޭގައި ކްލަބް ވެލެންސިއާގެ މުހައްމަދު އާރިފް (ބަކާ) އާއި އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި ހަސަން އަދުހަމް (ސަޑޭ)ގެ އިތުރުން ވިކްޓަރީގެ ރިލްވާން ވަހީދު ހިމެނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ފުރަތަމަ ލެގުގައި މާލޭގައި މިދިޔަ މަހު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 4-0 އިންނެވެ. ލާއޮސްއާ ދެކޮޅަށް އަންނަ ހަފްތާގެ އަންގާރަ ދުވަހު ރަށުން ބޭރުގައި ކުޅޭ މެޗުން އެއަށް ވުރެ ތަފާތު ބޮޑުކޮށް ރާއްޖެ ބަލިނުވެއްޖެނަމަ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ރާއްޖެ އަށް ފުރުސަތު ލިބޭނެ އެވެ.

5 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޖއ

04 October 2016

މިދެން ކިހާ ދެރަކަމެއް. ނޫސް ވެރިން ވެސް ދެން ވަކި ހުދޫދެއްގެ ތެރޭގައި އުޅެން ވެއްޖެ. ބަލަ ދުނިޔޭގެ ކޮން ގައުމެއްގައި އަބަދު އެއްބަޔަކު ގައުމީޓީމަށް އަރަނީ. އަބަދު އެދަނީ ބަދަލުވަމުން. ކީއްވެބާ؟ އެ ގައުމުތަކުގައި ތާއަބަދުމެ، ކުޅުންތެރިން އެދަނީ އުފެދެމުން. ނިސްބަތުން މަދުނަމަވެސް، ރާއްޖޭގައި ވެސް އެކަން ދަނީ އެގޮތަށް. ވީމަ، މިހާރު ނޫސް ފަދަ ޒިންމާދާރު ނޫހަކުން މިފަދަ ގޮތަކަށް އާއްމުންގެ މެދުގައި ޝައްކާއި ވަހުމު އުފެދޭގޮތަކަށް ނުވަތަ އެފަދަ އެއްޗެއް ދޭހަ ވާ ފަދަ މޭރުމަކުން ޚަބަރު ތައް ގެނެސް ދިނުމަކީ ވަރަށް ދެރަވަރު ކަމެއް. މިކިޔަނީ ގައުމީ ޓީމޭ. މީކީ އަޑުބަރޭ ނުވަތަ އަލީވަހީދު، ނުވަތަ އަންނި ނުވަތަ ޔާމީނު ގެ ޓީމެއްނޫން. ވަރަށް ސަލާމް.

The name is already taken The name is available. Register?

ރަަ

04 October 2016

މީވަރުގަދަ ގައުމެއް. މިގައުމުގަ ކޯޗަށްވެސް ޖެހެނީ ހުރިހާ އެންމެން ހިތްހިމަޖެހޭ ޓިމެއް ނަގަން. އޭވަރިހަމަ މެޗްފިޓްނަސް ނެތަސް. ސިޔާސީމީހުންގެ އުދަގުލުން އެފްއޭއެމް ސަލާމަތް ނުވެގެން އުޅޭއިރު އަދިވެސް ފުޓްބޯޅައަށް ކުރެވޭ އުދަގޫ ކުޑައީތަ

The name is already taken The name is available. Register?

މަ

04 October 2016

ބަރާބަރު ވާހަކައެއް....

The name is already taken The name is available. Register?

ދޮން އާމިރު

05 October 2016

މިގައުމުގަ ޓީމަށް ކުޅުންތެރިން ނަގަނީވެސް ގައުމުގެ ރައީސް.

The name is already taken The name is available. Register?

އަހްމަދު

04 October 2016

ކޮޗް އަށް ބުނަނަޖެހޭނީ ނުފޫޒެއްނެތޭ ނެތޭ އެހެންނޫނީ ފިސަރި ކުޅެލާނެކަން ޔަޤީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454