ކުޅިވަރު / އެފްއޭއެމް

އެފްއޭއެމްގެ ފައުންޑޭޝަން ރަސްމީކޮށް ލޯންޗްކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. --ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅަ އާއި މުޅި އާބާދީ އެކި ގޮތްގޮތުން ގުޅާލުމުގެ ވިސްނުމުގައި ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާ އެކު ފަށާ އެފްއޭއެމްގެ ފަައުންޑޭޝަން ރަސްމީކޮށް މިއަދު ލޯންޗްކޮށްފި އެވެ.

މިއީ އެފްއޭއެމްގެ ރައީސް ކަމާ އެންމެ ފުރަތަމަ 2016 ވަނަ އަހަރު އިންތިހާބުވެވަޑައިގަތްއިރު ވެސް ގެންގުޅުނު ވިސްނުމެކެވެ. އެކަމަކު ފުރަތަމަ ދައުރުގައި މިކަމުގެ ޕްލޭން ކުރުމުގެ މަރުހަލާ ދިގުލައި ގޮސް އެތައް މަޝްވަރާތަކެއް ކުރުމަށް ފަހު ދެ ވަނަ ދައުރަކަށް އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތްތާ ހަތަރު ވަރަކަށް މަސް ތެރޭ މި ވަނީ ފައުންޑޭޝަން ރަސްމީކޮށް ލޯންޗްކޮށްފަ އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. އެޑިއުކޭޝަން މިނިސްޓަރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެފްއޭއެމްގެ އިސްވެރިންނާއި އެފްއޭއެމް ފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖެއްސި ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅަ އާއިލާ އަށް ވަރަށް އުފާވެރި ދުވަހެއް ކަަމަށާއި މީގެ ސަބަބުން ދިވެހި މުޖުތަމައު އާއި ފުޓްބޯޅައިގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ އެތައް ކަމެއް ކުރެވިގެންދާނެ ކަމަށެވެ.

އެފްއޭއެމް ފައުންޑޭޝަން ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ކ) ސްޕޯޓްސް މިނިސްޓަރު މަހުލޫފް (މ) އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

"އެފްއޭއެމްގެ ފައުންޑޭޝަން ވެގެންދާނީ ދިވެހި ޒުވާނުންނާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލައިފް ޗޭންޖް ކޮށްދެވޭނެ ފައުންޑޭޝަނަކަށް. މިއަދު ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫން. ފުޓްބޯޅަ އަކީ ވަރުގަަދަ އިންސްޓިޓިއުޝަނެއް. މުޖުތަމައު އަށް ޒުވާނުން ބިނާކުރާ އިންސްޓިޓިއުޝަނެއް. ފަހަރުގައި ފޮތަކުން ކިޔަވާތަން ނުފެނިދާނެ. އެހެން ނަމަވެސް ދަނޑުތަކުން އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިން ވަރަށް ގިނަ ފިލާވަޅުތަކެއް ހާސިލްކުރަމުން ދޭ. އަޅުގަނޑުމެން އަނެކާ އަށް ކުރާ އިހުތިރާމާއި އަޅުގަނޑުމެން ޓީމު ބަލިވެގެންދާ ވަގުތުގައި އަރައިގަންނަން ކުރާ މަސައްކަތް. އަޅުގަނޑަށް ހީވަނީ މިއީ ދިރިއުޅުމުގައި ވަރަށް މުހިއްމު ފިލާވަޅެއް އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބިގެންދާ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ ފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ޑްރީމް ޓީމެއް ގޮތަށް މި މަސައްކަތުގައި ފުޓްބޯޅައިގެ މުހިއްމު ކުޅުންތެރިންތަކެއް ގުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ޓީމެއްގައި ވަކި އަދަދަކަށް ކުޅުންތެރިން ތިބި ނަމަވެސް މި ފައުންޑޭޝަނާއި ވީހާވެސް ގިނަ ކުޅުންތެރިން ގުޅޭނެ ކަމަށާއި އޭގެ ބޭނުމަކީ ފައުންޑޭޝަން މެދުވެރިކޮށް މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖައްސައި މިއަދު އިއުލާނުކުރި ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް (ސާޔާ) އާއި ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ އަންހެން ޓީމަށް ގިނަ ދުވަސްވަންދެއް ކުޅެމުން އަންނަ ފަދުވާ ޒާހިރާއި ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ ލައިޝާ ޖުނައިދުގެ އިތުރުން ގައުމީ އަންހެން ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ މަރިޔަމް މިރުފަތު އަދި އެފްއޭއެމްގެ 14 އަހަރުން ދަށުގެ އެލީޓް ޕޫލްގައި ކުޅެމުން އަންނަ ތަރި އީތަން އިބްރާހިމް ޒަކީ އެވެ.

ބައްސާމް ވިދާޅުވީ ފުޓްބޯޅައިގެ ދުނިޔެ އިން ފެންނަ ހަގީގަތަށް ބަލާއިރު މި ކުޅިވަރު ސިފަވަނީ ފަގީރުންގެ ކުޅިވަރެއްގެ ގޮތުގައި ކަމަށާއި އެގޮތުން ދުނިޔޭގެ ގިނަ މަޝްހޫރު ކުޅުންތެރިންނަކީ ދަތި ހާލުން އެންމެ އުހަށް ދިޔަ ކުޅުންތެރިން ކަމަށެވެ. ބްރެޒިލްގެ ރޮނާލްޑޯ އާއި ޕޯޗުގީސް ކްރިސްޓިއާނޯ ރޮނާލްޑޯ ދަތި ހާލުގައި ފުޓްބޯޅަ ހަޔާތް ފެށި ނަމަވެސް މިހާރު އެއީ އެންމެ އުހުގައި ތިބި ތަރިން ކަމަށާއި މީގެން ވެސް އެނގެނީ ފުޓްބޯޅަ އަކީ ގުޅިގެން އެކީގައި މަސައްކަތްކޮށްފިނަމަ ދިރިއުޅުން ބަދަލުކުރެވޭނެ ކަމެއްކަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ފައުންޑޭޝަނާ އެކީ އަޅުގަނޑު ގަބޫލުކުރާހިތް އޮތީ ކުރިއަށް ވުރެ ވެސް ވަރުގަދަކޮށް މި މަސައްކަތް ފެށިގެން ގޮސް ދިވެހި މުޖުތަމައު އަތަޅުތަކުގައި ތިބި ކުޅުންތެރިންނަށް އެކި ގޮތްގޮތުން ފުރުސަތުތައް ހޯދައިދީ މަސައްކަތްކުރުން. މިކަމުގައި މުޅި ރާއްޖޭގެ މުޖުތަމައު ވެސް އެއްބައިވެ މަސައްކަތްކުރުން މުހިއްމު،" ބައްސާމް ވިދާޅުވި އެވެ.

ގޯލްކީޕަރު އިމްރާން މުހައްމަދު ފީފާ ސެންޗަރީ ކްލަބްގެ ހަނދާނީ ފިލާ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މި ފެށުނު ފައުންޑޭޝަންގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބެހިފައި އޮތީ ހަތަރު ބަޔަކަށެވެ. އެޑިއުކޭޝަން އާއި އެވެއާނަސް ޕްރޮގްރާމާއި ސޯޝަލް އެންޑް ކޮމިއުނިޓީ ޕްރޮގްރާމްސް އާއި ފުޓްބޯލް އިވެންޓްސް އަދި އެޑިޝަނަލް ރިސޯސަސް އެންޑް ޗެރިޓަބަލް އިނީޝިއޭޓިވްސް އެވެ.

އެފްއޭއެމް ފައުންޑޭޝަން ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އާއި އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެވެ. ފައުންޑޭޝަންގެ ފަރާތުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އައިޖީއެމްއެޗް އަށް ހަދިޔާތަކެއް ދީފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީ އަށް ދިނީ 20،000 މާސްކާއި އަންގީގެ އިތުރުން 5000 ސެނިޓައިޒާ ފުޅި އެވެ. އަދި އައިޖީއެމްއެޗް އަށް ދިނީ އެފްއޭއެމަށް ޔޫއޭއީގެ ފަރާތުން ލިބިފައިވާ 20،000 ޕީސީއާރް ޓެސްޓް ކުރެވޭ ވަރުގެ ޓެސްޓް ކިޓްތަކެކެވެ.

މި ރަސްމިއްޔާތުގައި ގައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދު ފީފާ ސެންޗަރީ ކްލަބްގައި ހިމެނުމުން އެ ފެޑެރޭޝަނުން ދިން ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފަ އެވެ. އެ ފިލާގައި އިމްރާން ގައުމީ ޓީމަށް ކުޅުނު މެޗުތައް ލިޔެފައިވެ އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟާނު

28 November 2020

ދިވެހި ރެފްރީން ވަނީ ކުޅުންތެރިންނަސްވުރެން މާ ގިނަ އިންޓަރނޭސަނަލް ފުރުސަތު ލިބިފަ ރެފްރީ އަމީޒު އަލީސަލީމް ސައީދު ޑޯނާ މި މީހުންގެ އަގުވަޒަން އެފް އޭ އިން ނުކުރަނީ ރެފްރީ އިންވީމަތޯ ފުޓްބޯޅަ ކުލުން ތެރިން ނުދާ ހިސާބަށް މި 4 ރެފްރީން ގޮސް ފައިވަނީ

The name is already taken The name is available. Register?

ކަހުރަބު

27 November 2020

ދިވެހިންގެ ކުޅިވަރު ދިވެހިންނަށް! #ފީފާއައުޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!