ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ފުޓްބޯޅަ ސީޒަން ލައިވްކޮށް ޕީއެސްއެމް އިން ދައްކާނެ

07 ޑިސެމްބަރ 2020 - 11:16

8 comments
angry icon 55%

މާދަމާރޭ ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ މެޗުތައް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޔެސް ޓީވީން ވަގުތުން ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމުން ވަނީ އިއްޔެ ޕީއެސްއެމް އާ އެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ. ގައުމީ ފެންވަރުގެ ބޮޑު އިވެންޓަކާ ދިމާނުވާ ކަމަށް ވަންޏާ ސީޒަނުގެ ހުރިހާ މެޗެއް ޔެސް ޓީވީން ދައްކާނެ އެވެ. އަދި އެހެން ޗެނަލްތަކުން ލައިވްކޮށް މެޗު ދައްކަން ބޭނުންވާ ނަމަ، އަޕްލިންކް ފީ އެއް ދައްކައިގެން މެޗުތައް ވަގުތުން ފޮނުވޭނެ އެވެ. އެފްއޭއެމުން ބުނީ ޕީއެސްއެމްއާ އެކު ހެދީ ދެ ފަރާތަށް ވެސް ވިޔަފާރި އުސޫލުން ފައިދާ ހޯދިދާނެ ފަދަ އެއްބަސްވުމެއް ކަމަށެވެ.

ޕީއެސްއެމް އަކީ ޒަމާނުއްސުރެ ފުޓްބޯޅަ މެޗުތައް ލައިވްކުރަމުން އަންނަ ޗެނަލެވެ. އެކަމަކު މިދިޔަ ސީޒަނުގެ މެޗުތައް ދައްކަން އެފްއޭއެމުން އެއްބަސްވުން ހެދީ ވީޓީވީއާ އެވެ. ފަހުން ފައިސާގެ މައްސަލައެއް ދިމާވެ ވީޓީވީން ވަކި ހިސާބަކުން މެޗުތައް ދެއްކުން ހުއްޓާލި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މާދަމާރޭ ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ. މި މެޗުގައި ރެފްރީކަންކުރާނީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ރެފްރީ ހަންގޭރީގެ ވިކްޓަ ކަސާއީ އެވެ.

ލީގު ފަށާނީ މި މަހުގެ 13 ވަނަ ދުވަހު ހަވީރު މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީގެ މެޗުންނެވެ.

8 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަށްއިތުމީހާ

07 December 2020

އަހަރަމެން މިހާރު ފީއެސްއެމްގެ ޗެނަލް ތައް ނުބަލާތާ ކިތައްމެ ދުވަހެއް. އަހަރަމެންގެ ޗެނަލަކީ ރާއްޖެޓީވީ. އެ ޓީވީން ދަށްކާ އެއްޗެއް ވިންޔާ ބަލަށް.

The name is already taken The name is available. Register?

ސަފޯޓަރ

07 December 2020

މިސަރުކާރުގަ ބަންސާމްގެ ނުފޫޒް ހާދަ ގަދައޭ. ބަންސާމް އާއި ދެކޮޅު އެއްމެން ސައިޒް ކޮށް މައިތިރި ކޮފި. ހުދު މިނިސްޓަރ ވެސް ފައިބުޑަށް އަށްނަށް ޖެހުނީ.

The name is already taken The name is available. Register?

މޫސަ

07 December 2020

ތިވާނި ދެދުވަސް. ޔެސް ޓީވީއަކަށް ނުވާނެ. އެއްވެސް މިސްރާބެއް ނެތް ޗެލްއެއް. އަބަދު އެކަންޗެއް ދަށްކާނި

The name is already taken The name is available. Register?

މޯޑް

07 December 2020

ތި ބަލާކަށް މީހަކު ނޫޅެ. ބޭކާރު ކަންތަން ނުކުރޭ ފީއެސްއެމުން

The name is already taken The name is available. Register?

ބާބާ

07 December 2020

ދިވެހި ފުޓްބޯޅައިގެ ބަލިފަޔަކީ ސީޒަނަށް ތައްޔާރުވުން. ބައެއް ޓީމުތަކަކުން ފިޒިކަލް ފިޓްނަސްއަކަށް އެއްވެސް އަހުމިއްޔަތު ކަމެއްނުދޭ، ކޮންމެ ދުވަހަކު ކުޑަ ޑްރިލްއެއް ހަދާފަ ޓީމް ބަހާލައިގެން މެޗެއް ކުޅެލަނީ އެވަގުތު ކޯޗު ހުންނާނީ ކޯޗިންސްޓާފެއް އޮލަވާހަކަށް ގެއްލިފަ. ދެން ދަނޑުން އަހަރުމެން މިމެޗުތަށް ބަލާއިރު ފެންނަނީ ލިބޭ ޕާްސްތަށް ކޮންޓްރޯލް ނުވެގެން އުޅޭތަން. ފަހުހާފް ރަގަޅަށް ނުދުވިގެން އުޅޭނީ ވަރުބަލިކަމުން!

The name is already taken The name is available. Register?

1828

07 December 2020

ބަލާނެ މީހަކު މިހާރު ނުވާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

07 December 2020

ސާބަހޭ ޔެސް ޓީވީ.ޔެސް ޓީވީން ކުރާނެ ކަމެއް ނެތިގެން ރޭގަނޑުވެސް ދައްކަނީ މީގެ އެތައް އަހަރެއް ކުރީގަ ވޯލްޑްކަޕް އަދި ކޮޕާ އެމެރިކާގެ މެޗްތައް.

The name is already taken The name is available. Register?

ާއަލިމޯޑު

07 December 2020

ތިޔަބުނީ ހެޔޮކޮށް.އަދި ދައްކާނީވެސް އަބަދު އެއް މެޗުތަކެއް.ކީއް ވާނީ ދިވެހި ފުޓްބޯޅައިގެ ކުރީގެ ވަރުގަދަ މެޗެއް ދައްކާލީޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454