ކުޅިވަރު / ދިވެހި ކުޅިވަރު

ބީޗް ވޮލީގެ ގައުމީ އަންހެން ޗެމްޕިއަންކަން އަރީޝާ އާއި ނާން އަށް

ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންކަން ހޯދި އަރީޝާ އާއި ނާން އިނާމާ ހަވާލު ވަނީ --- ފޮޓޯ: މުހައްމަދު ފައިސަލް | ފޭސްބްކް

03 ނޮވެމްބަރ 2021 - 21:21

ބީޗް ވޮލީބޯލްގެ ގައުމީ މުބާރާތުގެ އަންހެން ސީނިއާ ޗެމްޕިއަންކަން، އާމިނަތު އަރީޝާ އާއި އައިޝަތު އިމްތިނާން (ނާން) ގެ ޕެއާއިން ހޯދައިފި އެވެ.

ހުޅުމާލޭ ބީޗް ވޯލީ ކޯޓްގައި މިއަދު ކުޅުނު ފައިނަލް މެޗު އަރީޝާ އާއި ނާންގެ ޕެއާ ކާމިޔާބު ކުރީ ފައިނަލުގައި ފާތިމަތު ޖޫޒާން ޒަރީރު އާއި އައިޝަތު މާޖިދާގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ. ފުރަތަމަ ދެ ސެޓް ޖޫޒާން އާއި މާޖިދާގެ ޕެއާ ކާމިޔާބު ކުރީ 22-20 ންނެވެ. އެކކަމަކު ފަހު ދެ ސެޓް 21-11 އަދި 15-8 ން ކާމިޔާބު ހޯދައި އަރީޝާ އާއި ނާންގެ ޕެއާ ޗެމްޕިަންކަން ހޯދި އެވެ.

ދެ ވަނަ ރާނަރަފް އަކީ އައިޝަތު ޝަހާ ޝާމިން އާއި މަރްޔަމް ހަލީމްގެ ޕެއާ އެވެ.

އަންހެން ޑިވިޝަންގެ 23 އަހަރުން ދަށުގެ ކެޓެގެރީގެ ޗެމްޕިއަންކަން ހޯދީ އާމިނަތު އަފާފް އާއި ނަރީމާ އިދްރީސްގެ ޕެއާ އެވެ. ފައިނަލު މެޗު އެދެ ކުޅުންތެރިން ކާމިޔާބުކުރީ ފާތިމަތު މާހިޔާ އާއި އައިޝަތު ޒައިނާގެ ޕެއާ ބީޓް ކުރުމަށް ފަހު އެވެ. އަފާފް އާއި ނަރީމާގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ކާމިޔާބު ކުރީ 21-12 އަދި 21-8 ންނެވެ.

މިރޭ ކުރިއަށް ދަނީ ފިރިހެން ޑިވިޝަންގެ އެންމެ ފަހު މެޗުތަކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454