04 އޯގަސްޓް

August 04, 2020 2
އެސޯސިއޭޝަން ހިންގުން އަނެއްކާ ވެސް މުންތަގިމަށް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިން ވެސް އެ މަގާމު ފުރުއްވަމުން އައި އަހުމަދު މުންތަގިމް ހަމަޖައްސައިފި އެވެ.

29 ޖުލައި

July 29, 2020 8
އެތުލެޓިކްސްގެ ރައީސަކަށް ތިން ވަނަ ދައުރަކަށް ތޮލާލް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް، ތިން ވަނަ ދައުރަކަށް މުހައްމަދު ތޮލާލް އިންތިހާބުވެވަޑައިގެންފި އެވެ.

22 ޖުލައި

July 22, 2020 4
އެތުލެޓިކްސްގެ ރައީސް ކަމަށް ވާދަކުރަނީ ތޮލާލާއި ޔަޒޫ

އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް މިހާރު ވެސް އެ މަގާމް ފުރުއްވަމުން އަންނަ މުހައްމަދު ތޮލާލް އަދި ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ކުރިމަތިލައްވައިފި އެވެ.

06 ޖެނުއަރީ

January 06, 2020
އެތުލެޓިކްސް ކޯޗުން އުފެއްދުމުގެ ފެށުން ފުވައްމުލަކުގައި

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ޓާގެޓްކޮށްގެން، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ވޯލްޑް އެތުލެޓިކްސްގެ ލެވެލް އެކެއްގެ ކޯޗަކު ބެހެއްޓުމަށް އަމާޒުކޮށް އެތުލެޓިކްސް އެސޯސިއޭޝަނުން ލެވެލް އެކެއްގެ ފުރަތަމަ ކޯސް ފުވައްމުލަކުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

23 ޑިސެމްބަރ

December 23, 2019 1
ވާދަކުރުމުގެ ކުރިން ގަބޫލުކުރާ އިވެންޓެއްތޯ ޔަގީންކުރޭ

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކާއި ދުވުމުގެ ރޭސްތަކުގައި ވާދަކުރުމުގެ ކުރިން އެއީ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ނުވަތަ އެ ބާއްވާ ގައުމެއްގެ އެތުލެޓިކްސް އެސޯސިއޭޝަނުން ގަބޫލުކުރާ މުބާރާތެއްތޯ ޔަގީންކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން އިލްތިމާސްކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2019 6
އެތުލެޓިކްސްގެ ރައީސް ކަމަށް ޔަޒޫ ކުރިމަތިލަނީ

އަންނަ އަހަރު އޮންނަ އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރީގެ ދުވުންތެރިޔާ އަދި މިހާރުގެ ކޯޗު ޔަޒްނީ ނަޝީދާ (ޔަޒޫ) ކުރިމަތިލާން ނިންމައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2019
އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ އެއް ވަނަ ކްލަބަކަށް ދިވެހި ސިފައިންގެ ކްލަބް އަދި އެއް ވަނަ އެތުލީޓަކަށް ހަސަން ސާއިދު ހޮވުނުއިރު އަންހެން ބައިގެ އެއް ވަނަ ކްލަބުގެ މަގާމް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އަދި އެ ބައިން އެންމެ މޮޅު އެތުލީޓަކަށް އައިޝަތު ހިމްނާ ހަސަން ހޮވިއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2019 2
އައިއޯއައިޖީއަށް ތައްޔާރުވާން ޝިފާޒަށް ރަނުގެ ފުރުސަތެއް

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް މެޑެއްޔެއް ހޯދައިދޭން ދިގު ރާސްތާ ދުވުންތެރިޔާ ޝިފާޒް މުހައްމަދު ކުރަމުން އަންނަ އުއްމީދު ހަގީގަތަށް ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން މަގުކޮށައިދީފި އެވެ. މިނިސްޓްރީން ބަޖެޓް ދީގެން އެސޯސިއޭޝަނުން މިވަނީ އޭނާ އަށް،...

06 ޑިސެމްބަރ

December 06, 2017 2
އެތުލެޓިކްސްގެ ބޮޑު ބައްދަލުވުމެއް އައްޑޫގައި

ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް ބައްދަލުވުން އަންނަ އާދިއްތަ ދުވަހު އައްޑޫ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2017 4
ޝިފާޒް ގައުމީ މެރަތަން ރެކޯޑް މުގުރާލައިފި

ހަތާވީސް އަހަރު ވަންދެން މުގުރައިނުލެވި އޮތް ގައުމީ މެރަތަން ރެކޯޑް އަހުމަދު ޝަރަފް މުގުރާލިތާ ހަ މަސް ތެރޭ ޝިފާޒް މުހައްމަދު ގައުމީ އާ ރެކޯޑެއް ހަދައި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.

02 އޯގަސްޓް

August 02, 2017 4
މައިޒާން އަލިބެ އަށް ބައިނަލްއަގްވާމީ ޝަރަފެއް

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މައިޒާން އަލިމަނިކު (މައިޒާން އަލިބެ)ގެ ހިދުމަތުގެ އަގުވަޒަންކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2016
އެންމެ މޮޅު އެތުލީޓުގެ މަގާމް ސާއިދާއި އަފާ އަށް

މި އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓަކަށް އަފާ އިސްމާއިލް އެތުލެޓިކްސް އެސޯސިއޭޝަނުން ހޮވައިފި އެވެ.