01 ޖުލައި

July 01, 2020 21
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ

"ނިއު ނޯމަލް" ގެ އުސޫލުތަކަށް ފަރުވާކުޑަކޮށްފި ނަމަ ޕީކެއް އަތުވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.

July 01, 2020 5
މިހާރު ޕޯލް: ގިނައީ ސްކޫލަށް ފޮނުވަން ދެކޮޅު މީހުން

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގައި ސްކޫލްތައް ބަންދުކުރުމަށް ފަހު މާލޭ ސަރަހައްދުގެ ސްކޫލްތައް މިއަދު ހުޅުވި ނަމަވެސް ގިނަ މީހުން ތިބީ ދަރިވަރުން ސްކޫލަށް ނުފޮނުވާ...

July 01, 2020 8
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީ، ރާއްޖޭގެ އެހެން ރަށްރަށުން މާލެ އަށް ދަތުރުކުރަން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން...

30 ޖޫން

June 30, 2020 24
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ

ކެންސަރު ބަލީގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮއްވައި މިއަދު މަރުވި އަންހެން މީހާގެ މައުލޫމާތު، ބޭރުން އަވަސް ފަރުވާ ބޭނުން ބަލިމީހުންގެ ލިސްޓަށް ދެ ވަނަ ފަހަރަށް ބަދަލު ގެނައި އިރު ވެސް ލިބިފައިނުވާ ކަމަށް، އާސަންދައިން މިއަދު ބުނެފި އެވެ.

29 ޖޫން

June 29, 2020 25
ސިއްހީ ކުއްލި ނުރައްކާ އަންނަ މަހުގެ 14 އާ ހަމައަށް

ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރުކުރައްވައިފި...

June 29, 2020 8
ލޮކްޑައުންގައި ފޮރިން މިިނިސްޓްރީން ބޭސް ވެސް ގެނެސްދިން

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކާއި ރާއްޖޭގެ ވެސް ބޯޑަރުތައް ބަންދުކޮށްފައިވާ ހާލަތުގައި ރާއްޖެއިން ނުލިބޭ ބޭސްތައް ފޮރިން މިނިސްޓްރީ މެދުވެރިވެގެން ބޭރުން ގެނެސްދިން...

28 ޖޫން

June 28, 2020 18
ލޮކްޑައުން ލުއިކުރިތާ އެއް މަސް: ކޭސްތައް ވީ މަދު

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އެންމެ ހަރުކަށިކޮށް ލޮކްޑައުން އޮތް އެއް މަސް ދުވަހުގެ ހިސާބުތަކާއި ލޮކްޑައުން އަށް ލުއި ދޭން ފެށި ފަހުން މި ވީ މަަސް ދުވަސް އަޅާބަލާއިރު، ލޮކްޑައުން ލުއިކުރި ފަހުން ކޭސްތައް ނިސްބަތުން މަދު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

26 ޖޫން

June 26, 2020 21
ކޮންމެ 10މީހެއްގެ ތެރެއިން އެކެއްގެ އާމްދަނީ ހުއްޓުނު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ހުރިހާ އާމްދަނީ އެއް މުޅިން ހުއްޓުނު ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

23 ޖޫން

June 23, 2020 9
ޑރ. އަފްޒަލް: ގިނަ މީހުންގެ އާދަތައް ރަނގަޅު

ބޭރަށް ނުކުންނަން ދިން ލުއިތަކުގެ ބޭނުން އާންމުން ހިފަމުން އަންނަ އިރު ގިނަ ބައެއްގެ ކިބާގައި ރަނގަޅު އާދަތަކެއް ހުރުމާ އެކު، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ މަންޒަރެއް އަދި ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

20 ޖޫން

June 20, 2020 75
ގިނަ ބަޔަކު ބޭރުގައި! ޑރ. އަލީ ލަތީފުގެ އިންޒާރެއް

ލޮކްޑައުން ލުއިކުރުމާ އެކު އާންމުންގެ ފަރާތުން ފެންނަ މަންޒަރުތަކާ މެދު، ޓެގް ޓީމުގެ އިސް ލީޑަރު ޑރ. އަލީ ލަތީފު ހިތްހަމަޖެހިވަޑައިނުގެން، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ...

June 20, 2020 53
ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!

މާލޭގައި އަބަދުވެސް ފުރިފައި އޮންނަ ހޮޓާ/ރެސްޓޯރަންޓް/ކެފޭތަކުގެ ވެރިންނަށް، ކޮވިޑް-19 ގެ ވިލާގަނޑު ކެހިލާ އިރު، އޮތީ ދަރަންޏާއި ކަންބޮޑުވުމެވެ.

19 ޖޫން

June 19, 2020 33
ބަލިން ސަލާމަތް ވަންދެން ލޮކްޑައުންގައި ނުތިބެވޭނެ

ކޮވިޑް-19 މުޅި ދުނިޔެ އިން ނެތިގެންދާނެ ކަމަށް ބަލައި، އަހަރު، ދެ އަހަރު ވަންދެން މުޅި ރާއްޖެ ލޮކްޑައުން ހާލަތެއްގައި ނުބޭއްވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ރޭ ވިދާޅުވެއްޖެ އެވެ.

18 ޖޫން

June 18, 2020 39
ބައެއް މީހުންގެ އަމަލުތަކާ މެދު ޝިފާގެ ކަންބޮޑުވުން

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ދެ މަސްދުވަހުގެ ލޮކްޑައުންއަކަށް ފަހު ހުޅުވާލުމުން ބައެއް އާންމުންގެ އަމަލްތަކާ މެދު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން...

June 18, 2020 49
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް އެއް ކޭސް އަނެއް ކޭސްއާ ގުޅުމެއް ނެތި ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާ ކަމުގެ އަލާމާތެއް ކަމަށް ހެލްތު...

16 ޖޫން

June 16, 2020 3
ފުރުސަތު ލިބިއްޖެ ނަމަ ހައްޖުގެ އިންތިޒާމް ހަމަޖައްސާނެ

ރާއްޖެ އިން ހައްޖުގެ އަޅުކަމަށް މީހުން ދިއުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ލިބިއްޖެ ނަމަވެސް އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ...

June 16, 2020 35
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ

އަންނަ މަހުގެ އެކެއްގައި ސްކޫލުތައް އަލުން ހުޅުވާއިރު ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ދެއްވައިފި...

15 ޖޫން

June 15, 2020 73
ތައުލީމީ ދާއިރާގެ ޝަކުވާ: ވާނުވާއެއް ނޭނގޭ!

އަންނަ މަހުގެ 1 ގައި ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށުމުގެ ތައްޔާރީތައް ވާން ސްކޫލުތަކަށް މިހާރު ވަނީ އަންގައިފަ އެވެ. ނަމަވެސް ތިން މަހަށް ފަހު ކިޔެވުން ދެން ކުރިއަށްގެންދާނެ ގޮތުގެ ފުރިހަމަ މައުލޫމާތެއް ބެލެނިވެރިންނާ އަދި ހިއްސާއެއް ނުކުރެ އެވެ. މި އަހަރުގެ ކިޔެވުން އިތުރު ހަ މަހަށް ދަންމާލައި އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދުތެރެއަށް ބަދަލުކުރުން ފަދަ ތައުލީމީ ދާއިރާ އަށް ބޮޑު ބަދަލެއް ގެނެސް އެކަން ހާމަކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނެތެވެ.

14 ޖޫން

June 14, 2020 34
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ

މާލެ ސަރަހައްދުގެ މިސްކިތްތައް މިރޭގެ މަގުރިބް ނަމާދާ އެކު ހުޅުވާލައިފި އެވެ. އެކަމަކު އަދިވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް ނެތެވެ.

June 14, 2020 17
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!

މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް...

June 14, 2020 39
"ލުއި ދިނަސް މާލެ އަދިވެސް އޮތީ ރެޑް އެލާޓްގައި"

ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުންކޮށް، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، އާއްްމުންގެ މެދުގައި ބަލި ފެތުރެމުންދާތީ މާލެ އަދިވެސް އޮތީ ރެޑް...

13 ޖޫން

June 13, 2020 31
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިއްޔެ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ...

June 13, 2020 40
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!

ކޮވިޑް-19ގެ ބަލި ފެތުރުނަ ނުދޭން، އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއިން ހިތްވަރު ކުރަމުން އަންނަ އިރު، މި ކަމުން ސަލާމަތްވެގެން ނުވަތަ ސަލާމަތްވުމުގެ މަގުމަތީގައި، އަންނަ...

12 ޖޫން

June 12, 2020 7
ކޮވިޑް19 ޖެހުނު އަދަދު 2000، ފަރުވާހޯދަނީ 800

ރާއްޖޭން އިތުރު 27 މީހަކަށް ކޮވިޑް-19 ޖެހި، ޖުމްލަ ކޭސްތަކުގެ އަދަދު 2،003 އަށް މިއަދު އަރައިފި އެވެ.

11 ޖޫން

June 11, 2020 102
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން މިރޭ އިއުލާން ކޮށްފި އެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10...

June 11, 2020 44
ފަހުން ލުއިދިނުމަށްޓަކައި މިހާރުގެ ހާލަތު ދަންމައިފި

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމައި އެކަމަކު މިހާރު ވެސް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު މިއަދުން ފެށިގެން ހަތަރު...

10 ޖޫން

June 10, 2020 72
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން އިއުލާނުކުރަން މިރޭ ބާއްވަން ހަމަޖެއްސި ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފި އެވެ.

June 10, 2020 38
މާދަމާ ދޭން ފަށާ ލުއިތައް އިއުލާނުކުރުން މިރޭ

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ހަފުތާގައި ދޭނެ ލުއިތަކުގެ ތަފްސީލު މިރޭ އިއުލާން ކުރާނެ ކަމަށް...

June 10, 2020 11
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު މައްޗަށް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެ ބަލީގައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެ އެވެ.

09 ޖޫން

June 09, 2020 12
ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

08 ޖޫން

June 08, 2020 17
ކޮވިޑް-19ގެ ކޭސްތައް ހާހަކަށް ވުރެ މަދުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 98 މީހަކު ރަނގަޅުވެ، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ހާހަކަށް ވުރެ ދަށަށް ހިނގައްޖެ އެވެ.

June 08, 2020 69
މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ

މިދިޔަ މަހުގެ ތެރޭގައި އއ. ތޮއްޑޫގައި އަށް މަހުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ފަރުވާ ލިބުން ލަސްވެގެންނެވެ. ރަށުގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވޭނެ ގޮތެއް...

07 ޖޫން

June 07, 2020 34
ކަރަންޓީނަށް 24 ދުވަސް ދެނީ އެންޓިބޮޑީ ޓެސްޓު ހަދާތީ

މާލޭގައި ތާށިވެފައި ތިބި މީހުން ސީދާ އެ މީހުންގެ ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، އެ މީހުންނަށް 24 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައިވާތީ ކަމަށް ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.