06 ޖުލައި

July 06, 2020 28
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން

ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ރާއްޖޭގައި "ވަރަށް ބޮޑަށް އިތުރުވާތީ" ބަލި ކޮންޓްރޯލް ކުރުމަށް ކުރީގެ ހަރުކަށި ފިޔަވަޅުތައް އަލުން ގެނެސް ފުރިހަމަ އަށް...

July 06, 2020 16
ހަމަ ސުވާލެއް: މި ފެންނަނީ މާ ބޮޑު ދޫވުމެއް ނޫންތަ؟

ކޮރޯނާވައިރަސް އިން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއްގައި ދެ މަހެއްހާ ދުވަހު މާލޭގެ ރައްޔިތުން ތިބުމަށް ފަހު، މި މަހު އެކަކުން ފެށިގެން ދިން ދޫތަކުގައި ފެންނަ މަންޒަރާ މެދު،...

02 ޖުލައި

July 02, 2020 37
މާލެސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނުކުރާނެ

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

01 ޖުލައި

July 01, 2020 8
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީ، ރާއްޖޭގެ އެހެން ރަށްރަށުން މާލެ އަށް ދަތުރުކުރަން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން...

July 01, 2020 15
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް

މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް، ކޮވިޑް-19 ގެ ލުޔާއެކު، ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

27 ޖޫން

June 27, 2020 18
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ

އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް، ކުއްޖާގެ އާއިލާގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުނައިސް އަހްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހަތަރު ދައުވާއެއް އުފުލައިފި އެވެ.

23 ޖޫން

June 23, 2020 26
ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކުރި

ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

21 ޖޫން

June 21, 2020 36
ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ދަމަހައްޓާފައި އޮތް ދެ މަސް ދުވަހުގެ ލޮކްޑައުން އަށް، ސަރުކާރުން ދޭ ލުއިތަކާ އެކު، ކެފޭ/ރެސްޓޯރަންޓުތައް އަންނަ މަހު...

June 21, 2020 30
ބާޒާރުމަތި: މާސްކް އަޅައިގެން، އެކަމަކު ތޮއްޖެހިފައި!

މާލޭގައި ކޮވިޑް-19 ގެ ކޭސްތަކުގެ އެންމެ ބޮޑު ކްލާސްޓާތައް ގުޅިފައި ވަނީ ބާޒާރުމައްޗާ އެވެ. އެހެންވެ ބާޒާރު މައްޗަށް ގޮސް އުޅުމުގައި އިތުރަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އަބަދު...

20 ޖޫން

June 20, 2020 75
ގިނަ ބަޔަކު ބޭރުގައި! ޑރ. އަލީ ލަތީފުގެ އިންޒާރެއް

ލޮކްޑައުން ލުއިކުރުމާ އެކު އާންމުންގެ ފަރާތުން ފެންނަ މަންޒަރުތަކާ މެދު، ޓެގް ޓީމުގެ އިސް ލީޑަރު ޑރ. އަލީ ލަތީފު ހިތްހަމަޖެހިވަޑައިނުގެން، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ...

June 20, 2020 53
ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!

މާލޭގައި އަބަދުވެސް ފުރިފައި އޮންނަ ހޮޓާ/ރެސްޓޯރަންޓް/ކެފޭތަކުގެ ވެރިންނަށް، ކޮވިޑް-19 ގެ ވިލާގަނޑު ކެހިލާ އިރު، އޮތީ ދަރަންޏާއި ކަންބޮޑުވުމެވެ.

19 ޖޫން

June 19, 2020 36
ލޮކްޑައުންއާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕީޖީއަށް

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

18 ޖޫން

June 18, 2020 39
ބައެއް މީހުންގެ އަމަލުތަކާ މެދު ޝިފާގެ ކަންބޮޑުވުން

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ދެ މަސްދުވަހުގެ ލޮކްޑައުންއަކަށް ފަހު ހުޅުވާލުމުން ބައެއް އާންމުންގެ އަމަލްތަކާ މެދު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

15 ޖޫން

June 15, 2020 11
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް

ދެ މަހުގެ ބަންދުން ވީއްލެން މިއަދަށް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ؛ ފަތިހު 5:30 ވި އިރު މާލޭގެ ލޮނުޒިޔާރަތްކޮޅު އޮތީ ފުރިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޕްރީލް، 15، ގައި މާލޭގައި އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނައުމުގެ ފިޔަވަހި މިއަދު ފެށުމާ އެކު ގިނަ ބައެއްގެ މިސްރާބު ހުރީ މާލޭގައި ހިތަށް ފިނިކަމެއް ލިބޭނެ އެ...

June 15, 2020 7
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ފިޔަވައި، އެހެން ރަށްރަށުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިއަދުން ފެށިގެން އެޗްޕީއޭ އިން އުވާލައިފި އެވެ.

June 15, 2020 18
"ގޭގައި ތިބި މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"

މާލެ އިން ކޮވިޑް-19 ފެނުމާއެކު އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭއިރު އަދިވެސް ބައްޔާ މެދު ސަމާލުވެގެން އުޅުމަށާއި ގޭގައި ތިބި އުމުރުން...

13 ޖޫން

June 13, 2020 31
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިއްޔެ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ ތެރޭގައި ބޭރުގައި އުޅުމުން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ނަމަ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

11 ޖޫން

June 11, 2020 102
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން މިރޭ އިއުލާން ކޮށްފި އެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10...

June 11, 2020 44
ފަހުން ލުއިދިނުމަށްޓަކައި މިހާރުގެ ހާލަތު ދަންމައިފި

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމައި އެކަމަކު މިހާރު ވެސް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު މިއަދުން ފެށިގެން ހަތަރު...

09 ޖޫން

June 09, 2020 12
ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

08 ޖޫން

June 08, 2020 69
މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ

މިދިޔަ މަހުގެ ތެރޭގައި އއ. ތޮއްޑޫގައި އަށް މަހުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ފަރުވާ ލިބުން ލަސްވެގެންނެވެ. ރަށުގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވޭނެ ގޮތެއް ނެތުމުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ގަދަ މޫސުމުގައި އެންމެ ފަސޭހައިން ދެވެން އޮތީ އެ އަތޮޅު ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު ފަރުވާ...

07 ޖޫން

June 07, 2020 34
ކަރަންޓީނަށް 24 ދުވަސް ދެނީ އެންޓިބޮޑީ ޓެސްޓު ހަދާތީ

މާލޭގައި ތާށިވެފައި ތިބި މީހުން ސީދާ އެ މީހުންގެ ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، އެ މީހުންނަށް 24 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައިވާތީ ކަމަށް ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.

06 ޖޫން

June 06, 2020 42
މިހާރު މާލޭން ރަށަށް ގޮސް ކަރަންޓީނުވެވޭނެ

ކޮވިޑް-19 ފެތުރިފައިވާ މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބެވޭ ގޮތަށް އުސޫލު އެކުލަވާލައި ރަށްރަށަށް މީހުން ފޮނުވަން ފަށައިފި އެވެ.

04 ޖޫން

June 04, 2020 122
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ފުލުހުން ދޭން ފެށި މައްސަލައިގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ސުވާލު އުފައްދަވައިފި އެވެ.