10 ޖޫން

June 10, 2020 72
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން އިއުލާނުކުރަން މިރޭ ބާއްވަން ހަމަޖެއްސި ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފި އެވެ.

June 10, 2020 38
މާދަމާ ދޭން ފަށާ ލުއިތައް އިއުލާނުކުރުން މިރޭ

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ހަފުތާގައި ދޭނެ ލުއިތަކުގެ ތަފްސީލު މިރޭ އިއުލާން ކުރާނެ ކަމަށް...

June 10, 2020 11
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު މައްޗަށް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެ ބަލީގައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެ އެވެ.

09 ޖޫން

June 09, 2020 12
ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

08 ޖޫން

June 08, 2020 17
ކޮވިޑް-19ގެ ކޭސްތައް ހާހަކަށް ވުރެ މަދުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 98 މީހަކު ރަނގަޅުވެ، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ހާހަކަށް ވުރެ ދަށަށް ހިނގައްޖެ އެވެ.

June 08, 2020 69
މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ

މިދިޔަ މަހުގެ ތެރޭގައި އއ. ތޮއްޑޫގައި އަށް މަހުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ފަރުވާ ލިބުން ލަސްވެގެންނެވެ. ރަށުގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވޭނެ ގޮތެއް...

June 08, 2020
ޝޫޓިންތައް އަލުން ފަށަން ބިރުގަނޭ: ބޫމީ

ކޮރޯނާވައިރަކާ އެކު ކުރިމަތިވި ކަންކަމާ ހެދި ފިލްމީ މަަސައްކަތްތައް އަލުން ފަށަން ޖެހިލުންވާ ކަމަށާއި އެކަމަކު ކޮންމެހެން ވެސް އެކަން ކުރަންޖެހޭ ކަމަށް ބޮލީވުޑްގެ ބަތަލާ ބޫމީ...

07 ޖޫން

June 07, 2020 34
ކަރަންޓީނަށް 24 ދުވަސް ދެނީ އެންޓިބޮޑީ ޓެސްޓު ހަދާތީ

މާލޭގައި ތާށިވެފައި ތިބި މީހުން ސީދާ އެ މީހުންގެ ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، އެ މީހުންނަށް 24 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައިވާތީ ކަމަށް ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.

06 ޖޫން

June 06, 2020 42
މިހާރު މާލޭން ރަށަށް ގޮސް ކަރަންޓީނުވެވޭނެ

ކޮވިޑް-19 ފެތުރިފައިވާ މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބެވޭ ގޮތަށް އުސޫލު އެކުލަވާލައި ރަށްރަށަށް މީހުން ފޮނުވަން ފަށައިފި އެވެ.

05 ޖޫން

June 05, 2020
ސަލްމާން ލޯބީގެ ފިލްމެއް ލިޔަނީ

ސަލްމާން ޚާނަކީ ހުނަރުން ފުރިފައިވާ އެކްޓަރެކެވެ. އޭނާގެ ހުނަރުގެ ލިސްޓް ކުރުކޮށް ތަރުތީބުކުރާ ނަމަ މިހުރީ ލިސްޓްގައި ހުންނާނެ ކަންކަމެވެ. އެކްޓްކުރުން، ލަވަކިޔުން، ޅެން ހެދުން،...

June 05, 2020
ސިނަމާތައް ހުޅުވާނީ ކޮވިޑް-19 ގެ ހާލަތަށް ބަލާފައި

ކޮރޯނާވައިރަހާ ހެދި އިންޑިއާގައި އިއުލާންކޮށްފައި ލޮކްޑައުންގެ ސަބަބުން ބަންދުކޮށްފައިވާ ސިނަމާތައް އަލުން ހުޅުވާނީ ކޮވިޑް-19 ގެ ހާލަތާ ބެހޭ ގޮތުން މި މަހުގެ ތެރޭގައި ރިވިއުއެއް...

04 ޖޫން

June 04, 2020 122
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ފުލުހުން ދޭން ފެށި މައްސަލައިގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

June 04, 2020 25
ބިޒްނަސް ޕާމިޓަށް މިހާރު އެދެވެނީ ޕޮލިސް ޕޯޓަލުން

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ އެކު، ވިޔަފާރިތަކަށް ހުއްދަ ހޯދަންް މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް އެެދެން ޖެހޭ ގޮތަށް ކުރިން...

June 04, 2020
"މިޝަން އިމްޕޮސިބަލް 7" ގެ ޝޫޓިން ސެޕްޓެމްބަރަށް

އިޓަލީގައި ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ކޮރޯނާވައިރަހާ ހެދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަސައްކަތްތައް މަޑުޖައްސައިލަން ޖެހުނު ޓޮމް ކްރޫޒްގެ "މިޝަން...

03 ޖޫން

June 03, 2020 16
މިއީ ކާރިސާގެ ވަގުތުކަން ހަނދާން ނައްތާލައިގެން ނުވާނެ

ދިވެހިން މިވަގުތު ތިބީ ކާރިސާގެ ވަގުތެއްގައިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.

02 ޖޫން

June 02, 2020 24
ކޭސްތައް މަދުވެ، ގިނަ ބަޔަކު ރަނގަޅުވި ދުވަހެއް

މާލެތެރޭގައި ކޮވިޑް-19 ފެތުރެެން ފެށި ފަހުން މިއަދަކީ ޕޮޒިޓިވް ކޭސްތައް އެންމެ މަދު އެހެންމެ އެ ބަލިން އެންމެ ގިނަ މީހުން ރަނގަޅުވިކަން އިއުލާނުކުރި އެއް ދުވަހަށް ވެއްޖެ އެވެ.

June 02, 2020
ދޮގު ޚަބަރަކާ ހެދި އަކްޝޭ ނޫހަކަށް ދައުވާކޮށްފާނެ

ނިއު ދިއްލީގައި ދިރިއުޅޭ އަކްޝޭ ކުމާރުގެ ދައްތަ އާއި އޭނާގެ ކުދިން މުމްބާއީ އަށް ގެންދަން އަކްޝޭ ކުމާރު ފްލައިޓެއް ޗާޓަރުކުރަން އުޅޭ ކަމަށް ބުނެ މީޑިއާއަކުން ފެތުރި ވާހަކައެއް،...

01 ޖޫން

June 01, 2020 18
ނަފްސާނީ ބަލިތަކަށް ވެސް ލުޔެއް ބޭނުންވޭ

ކޮވިޑް-19އިން ރައްކާތެރިވުމަށް މާލެ ލޮކްޑައުން ކުރުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ނަފްސާނީ އުނދަގޫތަކަށް ހައްލު ހޯދުމަށް ހެދި ވައިބާ ގުރޫޕަށް މެސެޖު ކުރާ އެއް ބަޔަކީ ކުރީ...

June 01, 2020
ކުރީގެ ދެ ސިލްސިލާއެއް މިރޭ ސޮނީ ޓީވީ އަށް

ލޮކްޑައުނާ އެކު އިންޑިއާގެ މުނިފޫހި އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި އާ އުފެއްދުންތައް ނުގެނެސްދެވޭތީ ސޮނީން ޓީވީން އެ ޗެނެލުން ކުރިން ގެނެސްދިން މަގުބޫލު ދެ ސިލްސިލާއެއް...

31 މެއި

May 31, 2020 8
ދުވަސްވީ މީހުންނާއެކީ އެހެން މީހުން ބޭރަށްނުދާން އެދެފި

ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދިއުމުގެ ހުއްދަ ދީފައިވާއިރު އެ މީހުންނާއެކު އެހެން އުމުރުތަކުގެ މީހުން ވެސް ބޭރަށް ނުކުންނަކަން ފާހަގަކުރެވޭ ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

May 31, 2020 19
މިހާރުގެ ޕޯލް: ލޮކްޑައުންގައި ގިނަ މީހުން އަޅުކަމުގައި

އަހަރެމެންގެ މުޅި ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ބަންދުގައި، ގެއިން ނުނިކުމެ އުޅޭތާ ދޮޅު މަސް ވީ އެވެ. މިއީ އާދައިގެ ބަންދެއް ނޫނެވެ. ކުރިން އުޅެމުން އައި މިނިވަން،...

May 31, 2020 33
ނަފްސާނީ މައްސަލަތައް ތިން ގުނަ އިތުރުވެއްޖެ

ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން އެދުނު މީހުންގެ އަދަދު ވޭތުވެދިޔަ ތިން މަހު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ތިން ގުނައަށް އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން...

30 މެއި

May 30, 2020 6
ލުޔާއެކު ވެސް މާރުކޭޓުން މަސް ގަންނަންޖެހޭނީ ގުޅައިގެން

މާލޭގެ ލޮކްޑައުންއަށް ލުޔެއް ދިން ނަމަވެސް މަސް މާރުކޭޓަށް މަސް ގަންނަން ދާން ހުއްދަ އަދި ނުދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

May 30, 2020 1
ސަލްމާން ކަރަންޓީނު ދިރިއުޅުން ކަލާޒް އަށް

އިންޑިއާގައި މާޗް މަހުގެ ފަހުކޮޅު ލޮކްޑައުން އިއުލާންކުރީ ސަލްމާން ޚާންގެ އާއިލާގެ ބަޔަކާ އެކު، އޭނާގެ ޕޭންވޭލް ފާމް ހައުސް އަށް ދިޔަތަނާ މާ ގިނަ ދުވަސްތަކެއް ނުވަހީނެވެ. އެތަނަށް...

29 މެއި

May 29, 2020 5
ރިސޯޓު މުވައްޒަފުން ރަށަށް ދާން އިތުރު ފުރުސަތެއް ދީފި

ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންގެ ތެރެއިން، ކުރިން ރަޖިސްޓަރީ ނުވެވުނު ރިސޯޓު މުވައްޒަފުންނަށް ސަރުކާރުން އިތުރު ފުރުސަތެއް މިއަދު ދީފި އެވެ.

May 29, 2020 39
އެއްފަހަރު ނުކުމެވޭ ގޮތަށް ފާސްދެވުނީ އޮޅުމަކުން:ޕޮލިސް

ލޮކްޑައުނަށް ލުއިތަކެއް ދީފައިވާ ކަން އިއުލާންކުރުމަށް ފަހު، ވިޔަފާރިކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް ބޭރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު ކަމަށް ކަނޑައަޅައި ބައެއް މީހުންނަށް ފާސް...

28 މެއި

May 28, 2020
ގޫގުލްގެ އޮފީސްތައް ހުޅުވުން ޖުލައި 6 ގައި

ކޮރޯނާވައިރަހުގެ ހާލަތަށް ބަލައި، އަންނަ ޖުލައި މަހުގެ 6 ގައި ގޫގުލްގެ އޮފީސްތައް ހުޅުވައި މުވައްޒަފުންނަށް އޮފީސްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށް ގޫގުލް އިން...

May 28, 2020 119
އުއްމީދުކުރި ވަރުގެ ލުޔަކަށް ނުވުމުގެ ކަންބޮޑުވުން!

ކޮވިޑް-19 އިން ރައްކާތެރިވާން ގޭގައި، ބަންދުވެ ތިބޭތާ 43 ދުވަސް ފަހުން މިއަދު ލޮކްޑައުނަށް ލުޔެއް ދިން އިރު އެއް ބަޔަކު އުއްމީދުކޮށްގެން ތިބީ ފަތަން ދެވޭނެ ކަމަށެވެ. އަނެއް ބައެއްގެ...

27 މެއި

May 27, 2020 108
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިދީ، މުހިއްމު ޚިދުމަތްތަކެއް ހުޅުވައިލުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ...

May 27, 2020 75
ލޮކްޑައުން ނެތް ރަށްރަށަށް މިހާރު އެއްވެސް ހުރަހެއް

ކޮވިޑްގެ ރާޅު ބޮޑުނުވީ ފިޔަވަޅުތައް ހަރުދަނާ ވެގެން ކަމަށާއި މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއވިއްޖެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެންމެ ވިދާޅުވެއްޖެ އެވެ.

26 މެއި

May 26, 2020 102
ނޫން! ނޫން! މިއީ އެންމެންގެ ލޮކްޑައުންއެއް!

އެޕްރީލް 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އަޅުގަނޑުގެ ނަޒަރުގައި، ވަރަށް އާދަޔާ ހިލާފު ކަމެއް ކުރެއްވި އެވެ. މިހާރު އިއުލާންކޮށްފައިވާ...

May 26, 2020 54
ޖަލްސާއަށް ވަޑައިގަތުމަށް ފުލުހުން ހުއްދަ ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ބާއްވާ ޖަލްސާ އަށް ވަޑައިގަތުމުގެ ހުއްދަ ފުލުހުން ދޭން ފަށައިފި އެވެ.

25 މެއި

May 25, 2020 82
އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގައި ޖަލްސާ ނުބޭއްވޭނެ!

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހާޒިރުވެގެން ޖަލްސާތައް ބޭއްވުން ގާނޫނާ ޚިލާފް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ، އަދި ބައެއް މެމްބަރުން ވެސް އެގޮތަށް ޖަލްސާ ބޭއްވުމާ ދެކޮޅު ހައްދަވައިފި އެވެ.

24 މެއި

May 24, 2020 23
ކޮވިޑް19: ރަނގަޅުވިތޯ ބަލާނީ 21 ދުވަސް ފަހުން

ކޮވިޑް-19 އަށް ޕޮޒިޓިވާ މީހުންގެ ތެރެއިން ހައި ރިސްކް، އެކަމަކު ބަލީގެ އަލާމާތްތައް ނުހުންނަ މީހުން ރަނގަޅުވިތޯ ބަލަން ދެން ޓެސްޓް ކުރާނީ ޕޮޒިޓިވްކަން އެނގޭތާ 21 ދުވަސް ފަހުން ކަމަށް އެޗްޕީއޭ އިން ހަމަޖައްސައިފި އެވެ.

23 މެއި

May 23, 2020 94
ސާޖެއް ފެންނާނެ ކަމަށް ބެލެވެނީ ލުއިދިނުމުން: އަމީން

ރާއްޖޭގައި ކޮވިޑް-19ގެ ޕީކަށް މި މަހުގެ 31 ގައި އަރާނެ ކަމަށް ކުރިން ލަފާކުރެވުނަސް މިހާރު އާއްމުކޮށް އެންމެ ގިނައިން ޕޮޒިޓިވްވާ އަދަދުތަކާ އެކު މި މަސް ނިމި، ސާޖެއް ފެންނާނެ ކަމަށް...

May 23, 2020 10
ބައްޕަ ގޮވައިގެން ކުރި ބައިސްކަލު ދަތުރުން ރަނުގެ ފުރުސަތެއް

އިންޑިއާގައ އިއުލާންކޮށްފައި އޮތް ލޮކްޑައުންގެ ތެރޭގައި، އަމިއްލަ ވަޒަން ބިހާރަށް ދެވޭނެ ގޮތެއް ނެތި ގުރްގާއޯންގައި ތާށިވި ރިކްޝޯ ޑްރައިވަރަކު ބައިސްކަލަށް އަރުވައިގެން ދިގު...

22 މެއި

May 22, 2020
އިންޑިއާގެ ފިލްމީ މަސައްކަތް ފަށަން އެކްޝަން ޕްލޭނެއް

ކޮރޯނާވައިރަހުގެ ކުރިމަތިވި ލޮކްޑައުނާ އެކު ހުއްޓިފައިވާ އިންޑިއާގެ ފިލްމީ މަސައްކަތްތައް އަލުން ފެށުމާ ގުޅޭ ގޮތުން އެކްޝަން ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށާއި މަސަައްކަތްތަކަށް ތައްޔާރުވެ ތިބުމަށް އިންޑިއާގެ ފިލްމީ މައި މަރުކަޒު މުމްބާއީ ވެސް ހިމެނޭ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތަކެތީ ވިދާޅުވެއްޖެ އެވެ.