07 ސެޕްޓެމްބަރ

September 07, 2020 14
"ގަދަ ބާރުން މެސީ މަޑުކުރުވުން ރަނގަޅެއް ނޫން"

މެޑްރިޑް (ސެޕްޓެމްބަރު 7) - ކޮންޓްރެކްޓްގައި ހިމެނޭ ވަކި މާއްދާއެއްގެ ބޭނުންހިފައި ގަދަ ބާރުން ބާސެލޯނާގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބެހެއްޓުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި ސްޕެއިނާ މިހާރު ހަވާލުވެ ހުރި މަޝްހޫރު ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

05 ޖުލައި

July 05, 2017
"އެންރީކޭގެ ކާމިޔާބީ ވަލްވޭޑޭ އަށް ތަކުރާރު ކުރެވޭނެ"

ބާސެލޯނާ (ޖުލައި 5) - ބާސެލޯނާގެ އާ ކޯޗު އާނަސްޓޯ ވަލްވޭޑޭ އަށް އެންމެ ފަހުން އެ ޓީމުގައި ހުރި ލުއިސް އެންރީކޭ ހޯދި ކާމިޔާބީ ތަކުރާރުކުރެވޭނެ ކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ އަދި ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

28 މެއި

May 28, 2017 4
އެންރީކޭގެ ފަހު މެޗުން ބާސެލޯނާ އަށް ތަށްޓެއް

މެޑްރިޑް (މެއި 28) - ލުއިސް އެންރީކޭގެ ކޯޗުކަމުގައި ބާސެލޯނާ ކުޅުނު ފަހު މެޗުގައި ރޭ 3-1 އިން އަލަވޭސް ބަލިކޮށް ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފި އެވެ.

27 މެއި

May 27, 2017 2
ސީޒަން ސަލާމަތްކުރަން ތަށްޓެއް މުހިއްމު: އެންރީކޭ

ބާސެލޯނާ (މެއި 27) - ހުސްއަތާ ސީޒަން ނިންމާނުލުމަށް މިރޭ ކުޅޭ ސްޕެނިޝް ކަޕުގެ ތަށި ބާސެލޯނާ އަށް މުހިއްމުވެފައިވާ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

23 މެއި

May 23, 2017 2
"ބާސެލޯނާއާ ހަވާލުވާ ކޯޗަކަށް އޮތީ ބޮޑު ޒިންމާއެއް"

ބާސެލޯނާ (މެއި 22) - ބާސެލޯނާއާ ދެން ހަވާލުވާ ކޯޗަކަށް އޮތީ ބޮޑު ޒިންމާއެއް ކަމަށް އެ ޓީމުގެ ކޯޗުކަމުން މި ސީޒަނަށް ފަހު ވަކިވާން ނިންމާފައިވާ ލުއިސް އެންރީކޭ ބުނެފި އެވެ.

21 މެއި

May 21, 2017 3
ތަށި ދެން ގެއްލޭނީ ހިތްދަތި ގޮތަކަށް: ޒިދާން

މެޑްރިޑް (މެއި 21) - ސްޕެނިޝް ލީގުގެ ފަހު މެޗުތަކާ މިރޭ ކުރިމަތިލާއިރު ރެއާލް މެޑްރިޑް އަތުން ދެން ލީގު ގެއްލޭނީ ހިތްދަތި ގޮތަކަށް ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

06 މެއި

May 06, 2017 4
"ރެއާލްގެ ކާމިޔާބީ އެއް މުބާރާތުން ވަޒަން ނުކުރެވޭނެ"

ބާސެލޯނާ (މެއި 6) - ރެއާލް މެޑްރިޑްގެ ކާމިޔާބީ ވަޒަންކުރަންވީ ފާއިތުވި އަހަރުތަކުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގައި ހޯދި ކާމިޔާބަށް ބަލައިގެން ނޫން ކަމަށާއި އެހެން މުބާރާތްތަކުގައި އެ ޓީމުން ނެރުނު ނަތީޖާތަކަށް ވެސް ބަލަންޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

23 އެޕްރީލް

April 23, 2017
ފަހު ކްލަސިކޯ މެޗަށް އެންރީކޭ ތައްޔާރު

މެޑްރިޑް (އޭޕްރިލް 23) – ސަސްޕެންޑްވެފައިވާ ފޯވާޑް ނޭމާއާ އެކު ނުވަތަ ނޭމާ ނެތި ވެސް، އޭނާގެ ފަހު އެލް-ކްލަސިކޯ މެޗަށް ތައްޔާރުވެފައިވާ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

20 އެޕްރީލް

April 20, 2017 10
"ހިތްދަތި ވަގުތެއް، ތައްޔާރުވާންވީ ކްލަސިކޯ މެޗަށް"

ބާސެލޯނާ (އޭޕްރިލް 20) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޭ ޔުވެންޓަސް އަތުން ކެޓުމުން މިއީ ބާސެލޯނާ އަށް ހިތްދަތި ވަގުތެއް ކަމަށާއި ދެން ތައްޔާރުވާންވީ އަންނަ އާދިއްތަ ދުވަހު އޮތް ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗަށް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

19 އެޕްރީލް

April 19, 2017 3
ބޭނުންވަނީ ފަސް ގޯލު، ނަތީޖާ އަނބުރާލެވޭނެ: އެންރީކޭ

ބާސެލޯނާ (އޭޕްރިލް 19) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދަން މިރޭ ޔުވެންޓަސް ކޮޅަށް ފަސް ގޯލު ޖަހައިގެން މެޗުގެ ނަތީޖާ އަނބުރާލެވޭނެ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

17 އެޕްރީލް

April 17, 2017 14
ޔުވެންޓަސްއާ ދެކޮޅަށް ފޯވާޑުންގެ ލަޝްކަރެއް!

ބާސެލޯނާ (އޭޕްރިލް 17) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ބުދަ ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭއިރު އަށް ފޯވާޑުން ނެރެފާނެ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

11 އެޕްރީލް

April 11, 2017 7
މިހާރު އޮތީ ކުރީގެ ޔުވެންޓަސްއެއް ނޫން: އެންރީކޭ

ޓިއުރިން، އިޓަލީ (އޭޕްރިލް 11) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ރަށުން ބޭރުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުު އޮތީ ކުރިއަށް ވުރެ މާ ވަރުގަދަކޮށް ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

02 މާޗް

March 02, 2017 7
އަރާމުކުރުމަށްޓަކައި އެންރިކޭ ބާސާގެ ވަޒީފާ ދޫކޮށްލަނީ

ބާސެލޯނާ (މާޗް 2) – އަރާމުކުރަން ބޭނުންވާ ކަމަށާއި އެހެންވެ މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން ވަކިވާނެ ކަމަށް ލުއިސް އެންރިކޭ ބުނެފި އެވެ.

19 ފެބުރުއަރީ

February 19, 2017 2
މިއީ ބާސެލޯނާގެ ފެންވަރު ދައްކަންވީ ވަގުތު: އެންރީކޭ

ބާސެލޯނާ (ފެބްރުއަރީ 19) - މިއީ ބާސެލޯނާގެ އަސްލު ފެންވަރު ސާބިތުކޮށްދިނުމަށް ހުރިހާ ކުޅުންތެރިން އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

14 ފެބުރުއަރީ

February 14, 2017
އެންރީކޭގެ ނަޒަރުގައި ފޭވަރިޓަކީ ޕީއެސްޖީ

ޕެރިސް (ފެބްރުއަރީ 14) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ޕީއެސްޖީ އާއި ބާސެލޯނާ ބައްދަލުކުރާ މެޗުގެ ފޭވަރިޓަކީ ޕީއެސްޖީ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

30 ޖެނުއަރީ

January 30, 2017 5
"ލަލީގާގައި ގޯލްލައިން ޓެކްނޮލޮޖީ ބޭނުން ކުރަންޖެހޭ"

ބާސެލޯނާ (ޖެނުއަރީ 30) - ސްޕެނިޝް ލީގުގައި ގޯލްލައިން ޓެކްނޮލޮޖީ ތައާރަފްކުރަން ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

19 ޖެނުއަރީ

January 19, 2017
ސޮސިއެޑާޑަކީ ގޮތް ނޭނގޭ ޓީމެއް: އެންރީކޭ

ބާސެލޯނާ (ޖެނުއަރީ 19) - ރެއާލް ސޮސިއެޑާޑަކީ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ގޮތް ނޭނގޭ ޓީމެއް ކަމަށް އެ ޓީމާ ދެކޮޅަށް ސްޕެނިޝް ކަޕުގައި މިރޭ ނުކުންނަ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

15 ޖެނުއަރީ

January 15, 2017 1
ފަހު މެޗާ ހަމަޔަށް ހިތްވަރު ކުރާނަން: އެންރީކޭ

ބާސެލޯނާ (ޖެނުއަރީ 15) - ސްޕެނިޝް ލީގުގެ ކުރީގައި އޮތް ރެއާލް މެޑްރިޑް އަތުލަން އެންމެ ފަހު މެޗާ ޖެހެންދެން ބާސެލޯނާ އިން ހިތްވަރުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

08 ޖެނުއަރީ

January 08, 2017 1
ބާސެލޯނާ ހުސްއަތާ ސީޒަން ނުނިންމާނެ: އެންރީކޭ

މެޑްރިޑް (ޖެނުއަރީ 8) - މި ސީޒަނުގައި ބާސެލޯނާ އަށް އަދިވެސް ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ނުގެއްލޭ ކަމަށާއި އެ ހުސްއަތާ ސީޒަން ނިންމާލަން ނުޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

10 ޑިސެމްބަރ

December 10, 2016
"މެސީ މަޑުކުރުމަކީ ކްލަބަށް ލިބޭނެ ބޮޑު އުފަލެއް"

ބާސެލޯނާ (ޑިސެމްބަރު 10) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ޓީމުގައި މަޑުކުރުމަކީ އެ ކްލަބަށް ލިބޭނެ އެންމެ ބޮޑު އެއް އުފާކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.