25 އޯގަސްޓް

August 25, 2020 30
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި، އިދިކޮޅު ކޯލިޝަނުން މާފުށީ ބޭރުން ކަނޑުމަތީގައި މިއަދު މުޒާހަރާކޮށްފި އެވެ.

05 ޖުލައި

July 05, 2020 29
ޔާމީނަށް އަމިއްލަފުޅަށް ހިންގަވަން ދަތި: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެ، އަމިއްލަފުޅަށް ހިންގަވައި އުޅުއްވަން ވެސް ދަތިވެފައިވާ ކަމަށާއި އެހެންވެ، އެ މަނިކުފާނު ގެއަށް ބަދަލުކުރަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

27 އެޕްރީލް

April 27, 2020 35
"މާފުށީ ހާލަތެއް ނޭނގެ، ޔާމީން ގެއަށް ބަދަލުކޮށްދީ"

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން އެރަށާއި މާފުށީ ޖަލުގެ ހާލަތު ނޭނގޭތީ، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރަން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

26 ޖެނުއަރީ

January 26, 2020 46
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރައްވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް އެމަނިކުފާނު ވެއްދީ ކުރިއަށް ވުރެ އެތަނުގެ ފެންވަރު ރަނގަޅު ކޮށްފައި ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް (އަދުރޭ)ގެ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދޮގު ކުރައްވައިފި...

14 ޑިސެމްބަރ

December 14, 2019 40
އިއްޒަތްތެރި ގޮޅިއަކީ ޔާމީންގެ މަގާމެއް ނޫން: އަދުރޭ

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިތަންމެ "އިއްޒަތްތެރި ގޮޅިއެއްގައި" އޮތަސް އެއީ އެމަނިކުފާނަށް ހައްގުވާ މަގާމެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

08 ޑިސެމްބަރ

December 08, 2019 31
ޔާމީންގެ މައްސަލައިގައި އިދިކޮޅުން ރައީސްގެ އަރިހަށް

މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

02 އެޕްރީލް

April 02, 2019 115
ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް: ޔާމީން

އެމަނިކުފާނު މާފުށީ ޖަލުގައި ބަންދު ކުރީ އެއްވެސް ކުށެއް އިސްތަށިފުޅުގައި ނޭޅުވޭނެތީ ކަމަށާއި ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2018 34
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު

ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރާ އެކު، މިވަގުތަށް މިނިވަންވުމާ ގުޅިގެން، އޭނާގެ ފުރަތަމަ ބައްދަލުވުން ހާއްސަ ކުރެއްވީ ހަމަ އެފަދަ ވޭނާއި ހިތާމައެއް ތަހައްމަލް ކުރަމުންދާ އާއިލާ އަކަށެވެ....

16 ސެޕްޓެމްބަރ

September 16, 2018 12
ރިޔާޒް އަނިޔާއަކަށް ބޮލެއް ނުލަނބާނެ: އާއިލާ

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް މިނިވަން ނުކޮށް، ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ "އަނިޔާގެ އިންތިހާ" ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

23 އޯގަސްޓް

August 23, 2018 8
މައުމޫން ގެއަށް ބަދަލުކުރަން ބޭނުން ނުވާތީ ކަންބޮޑުވޭ

ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަން ތަކުރާރުކޮށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު ވެސް އެގޮތަށް އަމަލުކުރަން ސަރުކާރުން ބޭނުން ނުވާތީ ކަންބޮޑުވާ ކަމަށް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2018 62
މައުމޫންގެ ހާލުކޮޅު ގޯސްވެ، ޖަލަށް ޑޮކްޓަރެއް ގެންދަނީ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު އަނެއްކާ ވެސް ގޯސްވެ، އެމަނިކުފާނަށް ފަރުވާ ދިނުމަށް މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސް ފަރުވާދޭން ނިންމައިފި އެވެ.

18 ޖުލައި

July 18, 2018 15
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ގެންގުޅޭތާ މިއަދު އަހަރެއް ވީ އިރު، އޭނާގެ އިސްލާހީ މަސައްކަތް ހަމަ ކުރިއަށް ދާ ކަމަށް، އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

27 ޖޫން

June 27, 2018 1
ނާޒިމާއި ރިޔާޒް، ލޮލުގެ ޑޮކްޓަރަކަށް ދައްކައިފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލޮލުގެ ޑޮކްޓަރަށް ދައްކަން މިއަދު މާލެ ގެނެސްފި އެވެ.

21 މެއި

May 21, 2018 6
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ޖަލުގައި ބަންދުކޮށްފައި ހުންނަތާ 10 މަހަށް ވުރެ ގިނަ ދުވަސްވި އިރު، އޭނާގެ އަޒުމަށް ކުޑަވެސް ގުޑުމެއް ނާންނާނެ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

16 އެޕްރީލް

April 16, 2018 7
ރިޔާޒަކީ ކުށްވެރިއެއް ނޫން، އަނިޔާ ނުދީ: ޖޭޕީ

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަކީ ކުށްވެރިއެއް ނޫން ކަމަށާއި އޭނާ އަށް ލާއިންސާނީ އަނިޔާ ނުދިނުމަށް ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.

10 އެޕްރީލް

April 10, 2018 2
އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަރެކްޝަނާ ބައްދަލުކުރަނީ

ސުޕްރީމް ކޯޓުން ފެބްރުއަރީ 1ގައި ނެރުނު އަމުރަށްފަހު ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ މެދު އަމަލުކުރާ ގޮތާ ބެހޭ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަރެކްޝަނަލް ސާވިސްއާ...

April 10, 2018 29
ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅެއް ނޫން: އާއިލާ

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅު ނޫން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

07 އެޕްރީލް

April 07, 2018 4
ގައިދީންނާ ބައްދަލުކުރަން ވަނީ ދަތިކޮށްފައި: ވަކީލުން

ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރަމުން އަންނަ ގޮތާ މެދު ބައެއް ވަކީލުން މިއަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

25 މާޗް

March 25, 2018 4
ސިޔާދު، މާފުށީ ޖަލަށް ބަދަލުކުރި ފަހުން ބައްދަލެއްނުވި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް ދޫނިދޫން މާފުށީ ޖަލަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރި ފަހުން އޭނާއާ ބައްދަލުކުރުމުގެ...

March 25, 2018 22
ބަންދުކުރި ބޭފުޅުން މާފުށީ ޖަލަށް ލުން ގާނޫނާ ޚިލާފު

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކުރި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން މާފުށީ ޖަލަށް ލީ ގާނޫނުތަކާ ޚިލާފަށް...

22 މާޗް

March 22, 2018 8
ސިޔާސީ ބޭފުޅުންނަށް ޒަރޫރީ ބޭނުންތަކަށް ތަކެތި ނުލިބޭ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ސިޔާސީ ބޭފުޅުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި ބޭފުޅުން މިއަދު މާފުށީ ޖަލަށް ބަދަލު ކުރިއިރު، ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާ ތަކެތި ފޯރުކޮށް ނުދޭ ކަމަށް ބުނެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

20 ފެބުރުއަރީ

February 20, 2018 3
އަދީބުގެ ގޮޅި އަނެއްކާވެސް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފޯނުކުރައްވާ ކަމުގެ ތުހުމަތުކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޫނިދޫގައި އޮންނެވި ގޮޅި މިއަދު ފާސްކޮށްފި ކަމަށް އޭނާގެ ވަކީލް ހުސައިން ސިރާޖު ވިދާޅުވެއްޖެ އެވެ.